Wednesday, October 26, 2011

ގާތް ވާގިވެރިޔާ މަރުވުމުން އެމެރިކާގެ މަތީފަންތީގެ ވަފުދެއް ސުޢޫދީއަށް


އެމެރިކާގެ ގާތް އެކުވެރިޔާ އަދި އެހީތެރިޔާ ސުލްޠާން ބުން ޢަބްދުﷲ މަރުވުމުގެ ސަބަބުން ގޮނޑިކޮއްކޮ ޢަބްދުﷲ ރަސްގެފާނަށް ލިބުނު ހިތާމައިގާ ތައުޒިޔާ ކިޔުމުގެގޮތުން، ސުޢޫދީ ޢަރަބިއްޔާއަށް "މަތީފަންތީގެ" ވަފުދެއް ފޮނުވަން ހަމަޖައްސައިފިކަމަށް، ވައިޓް ހައުސްއިން ހާމަކޮށްފިއެވެ.

ވަފުދުގެ އިސްމީހެއްގެ ގޮތުގައި އެމެރިކާގެ ނާއިބު ރައީސް ޖޯ ބިޑެން ޢައްޔަންކޮށް، ވަފުދެއް ފޮނުވާކަން އެމެރިކާގެ ރައީސް އޮބާމާ އިޢުލާނުކުރީ މިދިޔަ އާދީއްތަދުވަހުގައި، އޭނާގެ ގޮނޑި އެކުވެރި ޢަބްދުﷲ ރަސްގެފާނަށް ކުރި ދިގު ފޯނުކޯލެއްގައެވެ. މިފޯނުކޯލުގައި ޢަބްދުﷲގެ ކޮއްކޮ މަރުވުމުގެ ހިތާމައިގާ އޮބާމާގެ ފަރާތުން ތައުޒިޔާ ރައްދުކުރިއެވެ.

އަދި "ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި (އެމެރިކާއަށްޓަކައި) ސުލްޠާން ކޮށްދީފައިވާ ކަންތައްތައް ފާހަގަކުރިއެވެ. އޭގެ ތެރޭގައި (ޓެރަރިސްޓު) އެމެރިކާއާ ސުޢޫދީ ޢަރަބިއްޔާއާ ދެމެދު 'ދެމިއޮންނަނިވި ވަރުގަދަ އެކުވެރިކަމެއް' ބިނާކުރުމަށްޓަކައި އޭނާ ކުޅުނު 'ނުރައްކާތެރި ރޯލު' ފާހަގަކޮށް، އެކަމަށް އޭނާއަށް ތަޢުރީފުކޮށް އޮބާމާ ވާހަކަ ދެއްކިއެވެ." ވައިޓްހައުސްއިން ހާމަކުރެއެވެ.

ސުޢޫދީގެ ގޮނޑިކޮއްކޮ ރަސްކަމުން ސުލްޠާން މަރުވިކަން އިޢުލާނުކުރީ މިދިޔަ އާދީއްތަ ދުވަހުގައެވެ. އޭނާވަނީ ގާތްގަނޑަކަށް 50 އަހަރުވަންދެން ސުޢޫދީގެ ދިފާޢީ ވަޒީރުކަން ކޮށްފައެވެ. މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރުމަށްޓަކައި އެމެރިކާނުންނަށް ސުޢޫދީ ފަސްގަނޑުގައި މަރުކަޒުތަކާއި ވައިގެ ބަނދަރު އަޅައިދިނީވެސް އޭނާގެ ވަޒީރުކަމުގައެވެ. އޭނާ އެމެރިކާއަށް ބޭސްފަރުވާކުރަން ގޮސްފައިވަނީ މިއަހަރުގެ ޖޫން މަހުގައެވެ. އަދި ސާޖަރީ ކުރެވުނީ ޖުލައި މަހުގައެވެ.

އިސްލާމީ ޝަރީޢަތް "ފުރިހަމައަށް" ޤާއިމްކުރާކަމަށް ދަޅަދައްކައިގެން، ކުފުރުގެ ބާރުތަކާއެކު މުސްލިމުންނާ ދެކޮޅަށް ވަގު ހަނގުރާމަތައް ކުރުމުގައި ދުވަސްތައް ހޭދަކުރަމުންދާ ސުޢޫދުގެ ޢާއިލީ ރަސްކަމަކީ، މެދުއިރުމަތީގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން އެމެރިކާގެ އެންމެ ވާގިވެރި އަދި އެންމެ އެހީތެރިވާ ވެރިކަމެވެ.


ޢާއިލީ ރަސްކަމުގެ ވަލީ ޢަހްދު ސުލްޠާނުގެ ސަންދޯއް ރިޔާޟުގައި ވަޅުލުމުގެ ކުރިން ކަށުނަމާދުކުރުމަށްޓަކައި އޭނާގެ ބޭބެއިންނާ ދަރިން އުފުލަނީ.ޢާއިލީ ރަސްކަމުގެ ވަލީ ޢަހްދު ސުލްޠާނުގެ ސަންދޯއް ރިޔާޟުގައި ވަޅުލުމުގެ ކުރިން ކަށުނަމާދުކުރުމަށްޓަކައި އޭނާގެ ބޭބެއިންނާ ދަރިން އުފުލަނީ.
ސުޢޫދީގެ ދިފާޢީ ވަޒީރު އަދި އާލްސުޢޫދުގެ އާއިލީ ރަސްކަމުގެ ވަލީ ޢަހްދު ސުލްޠާން ބުން ޢަބްދުލް ޢަޒީޒުގެ ޖަނާޒާ އިއްޔެގެ ވަގުތެއްގައި ނިމިއްޖެއެވެ. ދުނިޔޭގެ އެތަން މިތަނުން އޭނާއަށް ހެޔޮއެދޭމީހުންވަނީ ސުޢޫދީގެ ވެރިރަށް ރިޔާޟަށް ޖަމާވެފައެވެ. މަތިންދާބޯޓުން އެންބިއުލަންސަށް ލެވުނު މަންޒަރުތައް ޓީވީތަކުން ވަގުތުން ދުރަށް ދައްކަމުން ދިޔައެވެ.
ތެލުގެ މުއްސަނދިކަން ދެއްވަވާފައިވާ ސުޢޫދީގެ ގޮނޑިކޮއްކޮ ރަސްކަމުގެ ވަލީ ޢަހްދުގެ ގޮނޑި ހުސްވި ފުރަތަމަ ފަހަރަކީ މިއީއެވެ. 35 ވަލީ ޢަހްދުންގެ މައްޗަށް 2006 ވަނަ އަހަރު އެކުލަވާލި ވަފާތެރިންގެ ކައުންސިލުގެ ޤަވާޢިދުގައިވާ ގޮތުން، ދެން ވެރިކަމަށް އަންނަން ހުރީ ސުލްޠާނެވެ.
1987 ވަނަ އަހަރު އިނގިރޭސި ކުފުރު ދައުލަތުގެ ރާނީގެ ތާޖުދިނުމުގެ ރަސްމިއްޔާތުގައި، ސުޢޫދީ ޢަރަބިއްޔާގެ ރަސްކަމުގެ ބާނީ އަދި ސުޢޫދުގެ ދަރި، ޢަބްދުލް ޢަޒީޒު ތަމްސީލުކޮށް، ރާނީގެ އަތުން ޖީ.ސީ. އެމް.ޖީ (GCMG) ގެ ޞަލީބު ލިބުނު ފަހުދު ރަސްގެފާނުގެ ވެރިކަން 1995 ވަނަ އަހަރު ސްޓްރޯކެއްޖެހިގެން ބަލިވެއުޅުމަށްފަހު ނިމުނުފަހުން، ޢަބްދުﷲ އާއެކު ވެރިކަން ހިންގުމުގައި އުޅެފައިވަނީ ސުލްޠާން އަދި ނާއިފުއެވެ.
މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށްފަހު މިދިޔަ ހަފްތާގައި އެނބުރި ސުޢޫދީއަށް އައި 80 އަހަރުން މައްޗަށް ގޮސްފައިވާ ޢަބްދުﷲ ރަސްގެފާނުގެ ފަހުން ވެރިކަމަށް ދެން އިސްވާން ތައްޔާރުވަނީ ދެން ނާއިފެވެ. މުސްލިމުންގެ އެންމެ މުޤައްދަސް ދެބިން ކަމަށްވާ މައްކާއާ މަދީނާގެ ބާރުއޮތުމުގެ ސަބަބުން ޚާދިމުންކަމުގައިވާތީ، ދުނިޔޭގެ ގިނަ މުސްލިމުން ސުޢޫދީގެ ޢާއިލީ ރަސްކަމަން ޢިއްޒަތްދީ ހަދައެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons