އިބުނު
ޤައްޔިމު ރަޙިމަހުﷲ ތަޢާލާ ބަޔާންކުރައްވައެވެ. ތިބާ ﷲ ގެ ލޯބި ބޭނުން
ވާނަމަ ނުވަތަ އެލޯބި ލިބުމަށް އަވަހަށް އެދޭނަމަ މިބަޔާންކުރެވޭ ދިހަ
ކަންތައް ކުރުމުގެ މަތީގައި ދެމިހުންނާށެވެ.
1. ކީރިތި ޤުރުއާން ހިމޭންކަމާއި މަޑުމައިތިރި ކަމާއެކު ޙުޝޫޢަތްތެރިކަމާއެކު މާނަ ދެނެގަތުމާއެކުގައި ކިޔެވުން
2. ވާޖިބު އަޅުކަންތައް ތައް އަދާކުރުމަށްފަހު ވީހާވެސް ގިނައިން ސުންނަތް އަޅުކަންތައް ކުރުން. އޭރުން ﷲ ތަބާރަކަ ވަތަޢާލާގެ ލޯތްބާއި ރުއްސެވުން އެންމެ މަތިވެރި ދަރަޖައިގައި ލިބުމަށް މަގުފަހިވާނެއެވެ.

3.
ކޮންމެ ވަޤުތެއްގައިވެސް ﷲ ގެ މަތިން ހަނދާންކޮށް ޒިކުރުކުރުން. އެއީ
ހިތުންނާއި އަމަލުންނެވެ. ﷲ ތަބާރަކަ ވަތަޢާލާގެ ލޯބި ލިބުން
ބިނާވެގެންވަނީ މިކަމުގެ މައްޗަށެވެ.
4. ތިބާ އެދޭ ކަންތައްތަކަށްވުރެ ﷲ ތަބާރަކަ ވަތަޢާލާ ލޯބިވޮޑިގެންވާ ކަންކަމަށް އިސްކުރުން.
ނޯޓު: އެއީ ތިބާ އެ ނުބައި އަމަލެއް ކުރަން ހިތްއެދޭ ވަގުތުގައި އެކަމެއްގެ މައްޗަށް ﷲ ލޯބިވެ ވޮޑިގެންވާ ކަން އިސްކުރުމެވެ.
5. ﷲ ތަބާރަކަ ވަތައާލާގެ އިސްމުފުޅުތަކާއި އެއިލާހުގެ ސިފަފުޅުތައް ހިތްމައްޗަށް ގެނައުން
6. އެއިލާހުގެ ފަރާތުން ލިބިފައިވާ ފާޅުވެގެންވާ ނިޢުމަތްތަކާއި އަދި ފެންނަން ނެތް ނިޢުމަތްތަކުގެ މަތިން ހަނދާންކުރުން.
7. ތިބާ އަޅުކަންކުރާއިރު ހިތްތިރިކުރާ ފަދައިން އަބަދުވެސް ހިތްތިރިކޮށް މަޑުމޮޅިވުން
8. ރޭގަނޑުގެ ތިންބައިކޮށްފައި ފަހުބައިގައި އެއިލާހު ދުނިޔޭގެ އުޑަށް ތަޖައްލީވެވޮޑިގަންނަވާއިރު އަޅުކަންމަތީގައި ދެމިހުރުން. އެއީ އެގަޑީގައި ނަމާދުކޮށް، ދުޢާކޮށް އަދި އެއިލާހުގެ ބަސްފުޅު ކިޔެވުމެވެ. އަދި ކިޔަމަންތެރިކަމާ އިޚުލާސްތެރިކަމާއެކު ހެޔޮހިތުން އެއިލާހުގެ ހަޟްރަތުގައި ތައުބާވެ ފާފަ ފުއްސެވުމަށް ދެންނެވުމެވެ.
9. ﷲ ތަބާރަކަ ވަތަޢާލާގެ ލޯބިލިބިގެންވާ ނުވަތަ ރުއްސަވާވޮޑިގެންވާ ޞާލިޙު މީހުންނާއި އެކުގައި އުޅުން. އެއީ ހެޔޮލަފާ ޞާލިޙު މީހުންނާއި އެކު މަޖިލިސްކުރުމާއި އެފަދަ މީހުން ރަޙުމަތްތެރިން ކަމުގައި ހިޔާރުކުރުމެވެ.
10. ﷲ ތަބާރަކަ ވަތަޢާލާއާއި ތިމާގެ ހިތް ދުރުކުރާ ކަންކަމުން ދުރުވެ ހުރުން.
ނޯޓު: މިސާލަކަށް މިޔުޒިކު އަޑުއެހުންފަދަ، ނުވަތަ ފާހިޝް ތަކެތި އަޑުއަހާ ބެލުމުގައި ވަގުތު ހޭދަކުރުން ފަދަ ކަންކަމެވެ.
ސަމާލުކަމަށް: ނޯޓުގެ ގޮތުގައި ގެނެސްފައި އެވަނީ އިތުރު ތަފުސީލީ އަމިއްލަ ބަޔާނެކެވެ. ވީމާ އަޅުގަނޑު އެންމެން ނަކީވެސް އިބުނު ޤައްޔިމު ރަޙިމަހުﷲ ތަޢާލާ ގެ މި ނަޞީޙަތުގެ ބަސްކޮޅުން ފައިދާ ލިބިގަންނަ ބަޔެއްކަމުގައި ލައްވައި ދެ ދުނިޔޭގައި ކާމިޔާބު ލިބޭ ބައެއްކަމުގައި ލެއްވުމަކީ އަޅުގަނޑުގެ ދުޢާ އެވެ. މާތްﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ކާމިޔާބު މިންވަރުކުރައްވާށިއެވެ. އާމީން

0 comments:
Post a Comment