Friday, March 30, 2012

ވަކިވުމުގެ އެންމެ ފަހުގެ ހިނދުކޮޅު........

އެ ޤިޔާމަތް ދުވަސް ، އެ ބިރުވެރި ވެގެންވާ މަންޒަރު އައުމުގެ ކުރިން އިންސާނާ އަށް ކުރިމަތިވެގެން އަންނަ ހިނދު ކޮޅެއް އާދެއެވެ. އެ ހިނދު ކޮޅަކީ މި ކެހިވެރި ޖާދުވީ ދުނިޔެއިން ބޮޑުވެގެން ވާ ހިތްދަތި ކަމަކަށް ނޫނީ ބޮޑުވެގެންވާ އުފަލަކަށް އިންސާނާ ގެންދެވޭ ހިނދު ކޮޅެވެ. އެއީ އިންސާނާ އެހެން މަންޒިލަކަށް ގެންދެވޭ ހިނދުކޮޅެވެ. ހިނދުކޮޅުތަކުގެތެރެއިން އަންނަ ބޮޑު ހިނދު ކޮޅެކެވެ. އެ ހިނދުކޮޅަކީ އިންސާނާ ގެ އެންމެ ފަހު ނަޒަރު ހިންގާލާ ހިނދުކޮޅެވެ.

Thursday, March 29, 2012

އެމެރިކާގައި އުޅޭތީޢިރާޤުގެ އަންހެނަކަށް އެމެރިކާ މީހުން ތަޅާ އަނިޔާކޮށް މަރާލާފި

 ޔަހޫދީން ހިމާޔަތްކުރާ ޑިމޮކްރަސީގެ ބައްޕަކަމަށް ބުނާ އެމެރިކާ އެގައުމުގައިއުޅޭ އުޅޭ އިސްލާމުންނާ ދެކޮޅަށް ޓެރަރިސްޓްހަމަލާތައް ދޭއިރު މުސްލިމް ގައުމުތަކުގަ އުޅޭ އެމެރިކާމީހުނަށް ޓެރަރިސްޓް ހަމަލާދޭތޯ ވަރުގަދައަށް  ބަލާ ހިމާޔަތް  މުސްލިމް ސަރުކާރުތަކުންއެމީހުނަށް ދެއެވެ.

Wednesday, March 28, 2012

ﷲގެ ފޮތުން... ޙައްޤު ގޮތް ވަނީ އެނގި ފާޅުވެގެންނެވެ.

ދީނަށް އުޅޭ މީހުންނަށް ކުރެވެމުންދާ މަލާމާތާއި ފުރައްސާރައަކީ އެމީހުން ޙައްޤު ގޮތުގައި ތިބި ކަމުގެ ދަލީލެއް. ﷲގެ ފޮތުން އިތުރު ތަފްޞީލު......

Tuesday, March 27, 2012

ކަންދަހާރުގެ ޤާތިލް، ޤަތްލުއާންމު ހިންގިކަމުގެ ހަނދާނެއްނެތް

ކެންސަސް(މާޗް 26): އަފްޣާނިސްތާނުގެ ދެކުނުގެ ކަންދަހާރުގެ ގެތަކަށް ރޭގަނޑު ވަދެ އަފްޣާން ކުޑަ ކުދިންނާއި އަންހެނުންގެ ގަޔަށް ބަޑިޖަހައި17 މީހުން މަރާލި ޤަތުލުޢާންމު ހިންގި އެމެރިކާ ސިފައިންގެ މީހާ އެކަން ކުރިކަމުގެ ހަނދާން މިހާރުނެތް ކަމަށް އޭނާގެ ވަކީލު ޖޯންހެންރީ ވިދާޅުވެއްޖެ އެވެ.

Monday, March 26, 2012

ފައްޅި އެޅުންމަނާކުރުމުގެ ފަތުވާއާގުޅިގެން ޔޫރަޕްގެ ފާދިރީން ރުޅިގަދަވެއްޖެ


ގަލްފުގެ ޢަރަބި ޤައުމުތަކުގެ ބިމުގައި ފައްޅި އެޅުން މަނާކުރަންޖެހޭ ކަމަށް ވިދާޅުވެ ސަޢޫދީ ޢަރަބިޔާގެ މުފްތީ ޝައިހް ޢަބްދުލްޢަޒީޒް އާލުއްޝައިޚް ނެރުއްވި ފަތްވާއަށް ޔޫރަޕްގެ ބައެއް ފައްޅިތަކުގެ ފާދިރީން (އާޗްބިޝޮޕް) ރުޅިވެރިކަމާއެކު ރައްދުދީފި އެވެ.

ޙަލާލު ރިޒްޤު ތަނަވަސްވުމުގެ ސަބަބުތައް


ރިޒްޤަކީ މާތް ﷲ ދެއްވާ އެއްޗެކެވެ. އެކަލާނގެއީ الرَّزَّاقُ (ގިނަގިނައިން ރިޒްޤުދެއްވާ އިލާހު) އެވެ.

ޙަލާލު ރިޒްޤު ތަނަވަސްވުމުގެ ސަބަބުތައް

Saturday, March 24, 2012

އަނިޔާވެރި ޙާކިމާ އާއި ދެކޮޅަށް ނިކުތުމުގެ ޙުކުމަކީ ކޮބައިތޯ؟

އަނިޔާވެރި ޙާކިމަކާ ދެކޮޅަށް ނިކުތުގެވާހަކަ ދެއްކުމުގެކުރިން ބާޣީންގެ ތަޢާރަފާއި، ބަޣާވާތަކަށްވަނީ ކޮންކޮން ޝަރްޠުތަކެއް ހަމަވެގެންތޯ ބަލައިލަންޖެހެއެވެ. އަނިޔާވެރި ވެރިޔަކާއި ދެކޮޅަށް ނިކުންނަ މީހުންނަކީ ބާޣީންނަށް ވާނެތޯ ނުވަތަ ނޫންތޯ ބަލަންޖެހެއެވެ. ސަބަބަކީ ބާޣީންކަމުގައި ބެލެވޭނީ ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ޝަރްޠުތަކެއް އެބަޔެއްގެ ކިބައިގާ ހަމަވާ މީހުންނަށް އެކަންޏެވެ.

Thursday, March 22, 2012

މުއްސަންޖަކު ހުސްއަތާ


މިއީ ކެނެޑާގައި ދިރިއުޅޭ ޢަރަބި އަޚަކު އޭނާގެ ރަޙްމަތްތެރިއެއްގެ މުއްސަނދި ބައްޕަ އާއި ބެހޭގޮތުން ކިޔައިދީފައިވާ ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ. އޭނާގެ ރަޙްމަތްތެރިޔާގެ ބައްޕައަކީ ވަރަށް ބޮޑު މަހުޖަނެކެވެ. އޭނާގެ މިލްކުގައި ނުހަނު ގިނަ ބިލްޑިންގްތަކާއި މުދާތައް ހުއްޓެވެ. 

Tuesday, March 20, 2012

ބައްޕައަށް ތެދުމަގު ލިބުނީ ލޯފަން ދަރިފުޅުގެ ސަބަބުންނެވެ.

ހަމަ ހިމޭން މެންދަމުގައި އެންމެން ނިދާ އިރު، ޔާމީން އާއި އޭނާގެ ގްރޫޕް ގެންދަނީ ސަކަރާތާއި މަޖާ ނެގުމުގައެވެ. އެމަޖަލުގެ ތެރޭގައި ޔާމީނަކީ ލީޑަރެވެ. ގިނަ ފަހަރު އޮންނަނީ ކޮންމެވެސް ބަޔަކަށް މަލާމާތް ކުރުމެވެ. އެކި މީސްމީހުންގެ އަޑުން ވާހަކަ ދެއްކުމާއި އެމީޙުން ހިނގާ ގޮތްގޮތަށް ހިނގާ ހެދުމުގައި ޔާމީނަކީ ކުޅަދާނަ މާހިރެކެވެ. އޭނާ ކުރާ ކަންތަކަށް އެންމެން ތިބޭނީ ހީހީ ބަލިވާ ވަރުވެފައެވެ.

Sunday, March 18, 2012

ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ.


ކޮންމެ ދުވަހެއްގެ އިރު، އަރައި އޮއްސެނީ އިންސާނާއަށް މެސެޖްތަކެއްދެމުންނެވެ. ކޮންމެ އެއްޗަކަށް ވެސް އަޖަލެއް ކަނޑައެޅިފައިވާކަމުގެ މެސެޖެވެ. އެ އަޖަލު ޖެހުމާއެކީ އިންސާނާގެ އިރުވެސް އޮއްސޭނޭ ކަމުގެ މެސެޖެވެ. ނަމަވެސް މި މެސެޖްތަކުން ޢިބްރަތް ލިބިގަންނަނީ ފަހެ ކޮންބައެއްބާވައެވެ!

Friday, March 16, 2012

މީހަކަށް އިޙްތިރާމް ކުރުމުގެ ގޮތުން ނުވަތަ އެހެން ގޮތަކަށްވެސް އެމީހަކަށްޓަކައި ތެދުވުމުގެ ޙުކުމް

މީހަކަށް އިޙްތިރާމް ކުރުމުގެ ގޮތުން ނުވަތަ އެހެން ގޮތަކަށްވެސް އެމީހަކަށްޓަކައި ތެދުވުމުގެ ޙުކުމް


އަޅުގަނޑުމެންގެ ތެރޭގައި ހިފާފައިވާ އާދައެކެވެ. ޖަލްސާއެއްގައިނަމަ ޝަރަފްވެރި މެހުމާނު އައުމުން އޭނާއަށްޓަކައި ކޮޅަށް ތެދުވުމެވެ. މުދައްރިސް ކުލާހަށް ވަނުމުން ދަރިވަރުން އޭނާއަށްޓަކައި ކޮޅަށް ތެދުވުމެވެ. ނުތެދުވެއްޖެނަމަ އަދަބުވެސް ދެވެއެވެ. ތަރުބިއްޔަތުގެ ނަމުގައެވެ. 

Thursday, March 15, 2012

ނަފްސު މުޙާސަބާކުރަމާ ހިންގަވާށެވެ.

ދުވަސްތައް މިހިރަ ފާއިތުވަނީއެވެ. އެކިމީހުންގެ އަޖަލުތައް އައިސް އެބައިމީހުންނާއި ބައްދަލުކުރަނީއެވެ. އެތައްހާސް ބައެއްގެ މައްޗަށް ކަށުނަމާދު ނުކުރެވޭ ދުވަހަކަށް އިރުއަރައި ނުއޮއްސެއެވެ. މަންމަގެ އުގުން ކަށްވަޅަށް މީސްތަކުން ދަތުރު ކުރަނީއެވެ. ދުނިޔަވީ ލައްޒަތުތަކާއި މަލައްޒާތުތަކަށް އެބައިމީހުން އަލްވަދާއު ކިޔަނީއެވެ.

 40 އަހަރުވުމުން ތައުބާވުމަށް ޢަޒުމްކޮށްގެން، ޣާފިލުކަމުގެ ނިދިން ނިދާފައި ތިއްބާ ނަރަކައިގެން އަނދަވަޅުތަކުގެ ތެރެއިން އަނދަވަޅަކަށް ދާންޖެހެނީއެވެ. ނަމަވެސް މިއިން ޢިބްރަތް ޙާޞިލްކޮށް، އަމިއްލަ ނަފްސު މުހާސަބާކޮށް ތައުބާވުމަށް އަވަސްވެގަންނަނީ ފަހެ ކޮންބައެއްތޯއެވެ؟

Tuesday, March 13, 2012

މިގައުމުގައި އިސްލާމީ ސަރިއަތްއޮންނަ ކަމަށް ރާއްޖޭގެގިނައިލްމުވެރިން ވިދާޅުވާއިރު، މުސްލިމްޕްރިޒަން ގާޑުންނަށް ތުނބުޅި ބާލަން ނޭންގޭނެކަމަށް މާފުށީ ކޯޓުން ކުރި ޙުކުމް އިސްލާމީ ހައިކޯޓުން ބާތިލުކޮށްފި



ޕްރިޒަން އޮފިސަރުންގެ ތުނބުޅި ބޭލުމަށް ނޭންގޭނޭކަމަށް މާފުށީ ކޯޓުން ކުރި ޙުކުމް ހައިކޯޓުން މިއަދު ބާތިލުކޮށްފިއެވެ. ހައިކޯޓުން މިޙުކުން ބާތިލުކޮށްފައިވަނީ ދައުލަތުން މިޙުކުމް އިސްތިޢުނާފުކުރުމާއި ގުޅިގެން ބެލިބެލުންތަކުގައި، މާފުށީ ކޯޓުން މައްސަލަ ބެލިއިރު، މައްސަލަ ރައްދުވާ ފަރާތްކަމުގައިވާ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްގެ ބަހެއް މާފުށީ ކޯޓުން ޝަރީޢަތުގެ މަޖިލީހުގައި އަޑު އަހައިފައިނުވާތީއެވެ.

ޞާލިޙު ދަރިން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ދަރިންނަކީ ﷲ ތަޢާލާ ދެއްވާ ނިޢުމަތެކެވެ. އެއީ ކައިވެނީގެ މޭވާއެވެ. އަދި އެއީ މައިންބަފައިންގެ ލޮލުގެ ނޫރެވެ. ދަރިންނަކީ މައިންބަފައިންނާއި ހަވާލުވެފައިވާ މަސްއޫލިއްޔަތެކެވެ. އެހެންކަމުން އެކުދިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަކީ ބެލެނިވެރިންގެ މައްޗަށް އޮތް ވާޖިބެކެވެ.

Monday, March 12, 2012

ތަބައްރުޖު


ތަބައްރުޖު މީގެ ތަޢުރީފަކީ އަންހެނާ އޭނާއަށް ޝަރުޢީ ގޮތުން ނިވާ ކުރުން ވާޖިބުވެގެންވާ ޒީނަތްތެރިކަމާއި މަޙާސިން ކައިވެނި އަދި މަހުރަމުން ކަމުގައިނުވާ ހިލޭ ފިރިހެނުންނަށް އޭނާ ފާޅުކުރުމެވެ. މިއީ ޖާހިލިއްޔަތުގެ ޢަމަލެކެވެ. ފަހެ ތަބައްރުޖަކީ އަންހެނާ އޭނާގެ ޒީނަތްތެރިކަމާއި މަޙާސިން ހިލޭ ފިރިހެނުންނަށް ފާޅުކުރުމެވެ.

Sunday, March 11, 2012

އެއްޖިންސުންގުޅުން ހިންގުމުގެ ޙައްޤުތަކާބެހޭ ބަހުސްތައް ފެށުމުން މުސްލިމް ޤައުމުތަކުން ޖަލްސާ ދޫކޮށްލައިފި.

ހުރިހާ އެންމެންނަށް ހަމަހަމަ ޙައްޤުތަކެއް ދިނުމާބެހޭ ޤަރާރު 2011 ގައި ފާސްވުމާއިގުޅިގެން، 47 މެންބަރުން ހިމެނޭ އދ ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލްގައި ފުރަތަމަ ފަހަރަށް އެއްޖިންސުން ގުޅުން ހިންގުމާބެހޭ ތަފާތުކުރުންތައް ނައްތާލުމާބެހޭ ޤަރާރެއްގެ މައްޗަށް ބަހުށް ކުރަން ފެށިއްޖެއެވެ. އަދި މި މަޝްވަރާތަކާއި ގުޅިގެން އެބައްދަލުވުމުގައިތިބި އިސްލާމީ ޤައުމުތަކުގެ މަންދޫބުން ބައްދަލުވުން ދޫކޮށް ނުކުމެގެން ދިޔަކަމުގައި އޭއެފްޕީއިން ހާމޮށްފިއެވެ.

ސުވަރުގެއަށް ވާޞިލުކޮށްދޭ ސާޅީސް ފާލަން

މުއުމިނުންނަށްޓަކައި މާތް ﷲ ތައްޔާރުކުރައްވާފައިވާ، ސުވަރުގޭގައި ގިނަގުނަ ނިޢުމަތްތައް ލައްފާފައިވެއެވެ. 

Saturday, March 10, 2012

ރަސިޔާގައި ކުޑަކުދިން އެއްލަން ޑަސްބިން ބަހައްޓަން ފަށައިފި


ރަސިޔާގެ ބައެއް ސިޓީތަކުގައި ކުޑަކުދިން ޑަސްބިނަށާއި ގޮނޑުތަކަށް އެއްލާލާފައި ހުންނާތީ، އެކުދިން ދޫކޮށްލަން ބޭނުންވާ މީހުންނަށް އެއީ ކާކުކަން ނޭންގޭ ގޮތަށް ކުޑަކުދިން ދޫކޮށްލަން ޙާއްސަ ފޮށިތަކެއް ބަހައްޓަންފަށައިފިއެވެ. 
މާލެއަށްވެސް މިކަހަލަ ފޮށިތަކެއް ބެހެއްޓުން މުހިންމެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons