ހުރިހާ
އެންމެންނަށް ހަމަހަމަ ޙައްޤުތަކެއް ދިނުމާބެހޭ ޤަރާރު 2011 ގައި
ފާސްވުމާއިގުޅިގެން، 47 މެންބަރުން ހިމެނޭ އދ ގެ އިންސާނީ ޙައްޤުތަކާއި
ބެހޭ ކައުންސިލްގައި ފުރަތަމަ ފަހަރަށް އެއްޖިންސުން ގުޅުން ހިންގުމާބެހޭ
ތަފާތުކުރުންތައް ނައްތާލުމާބެހޭ ޤަރާރެއްގެ މައްޗަށް ބަހުށް ކުރަން
ފެށިއްޖެއެވެ. އަދި މި މަޝްވަރާތަކާއި ގުޅިގެން އެބައްދަލުވުމުގައިތިބި
އިސްލާމީ ޤައުމުތަކުގެ މަންދޫބުން ބައްދަލުވުން ދޫކޮށް ނުކުމެގެން
ދިޔަކަމުގައި އޭއެފްޕީއިން ހާމޮށްފިއެވެ.
މިދިޔަ ބުދަދުވަހު ބޭއްވުނު މިބައްދަލުވުމުގައި އެފްރިކާ ބައްރުގެ ޤައުމުތަކާއި އިސްލާމީ ޤައުމުތަކުންވަނީ ނުރުހުން ފާޅުކުރުމުގެ ގޮތުން ބައްދަލުވުން ދޫކޮށް ނުކުމެގެން ގޮސްފައެވެ. އދ ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ މިބައްދަލުވުމުގައި މަޝްވަރާކުރުމަށް ކަނޑައެޅިފައިއޮތީ، "ގޭ ރައިޓްސް" ނުވަތަ ފިރިހެނުން އެއްޖިންސުން ގުޅުން ހިންގުމުގެ ޙައްޤުތަކުގެ މައްޗަށް ބަހުސްކުރުމަށެވެ.
އޯއައީސީ އާއި ޢަރަބި ޤައުމުތަކުގެ މެންބަރުންނާއި އެފްރިކާ ޤުރޫޕުން އެމީހުންގެ ނުރުހުން ފާޅުކުރުން ސާފުކޮށް ހާމަކުރުމުގެ ގޮތުން މިބައްދަލުވުން ދޫކޮށް ނުކުމެފައިވާއިރު ޕާކިސްތާނުގެ މަންދޫބު ހާމަކޮށްފައިވާ ގޮތުގައި "އިސްލާމް ދީނުގަ އާއި އަދިވެސް އެތައް ދީނެއްގައި އެއް ޖިންސުން ގުޅުން ހިންގުމަކީ ހުއްދަކަމެއް ނޫނެވެ. ވީމާ، "ސެކްޝުވަލް އޮރިއެންޓޭޝަން"ގެ ނަމުގައި މިފަދަ ހަޑިމުޑުދާރު ޢަމަލުތައް ކުރިއެރުވުމަށް ހިތްވަރު ދިނުމަކީ ކުރެވޭނޭ ކަމެއް ނޫންނެވެ."
"ހޯމޯސެކްޝުވަލްސް" (އެއްޖިންސުން ގުޅުންހިންގާ) މީހުންގެ ޙައްޤުތަކަށް ތަރުޙީބުދޭކަމަށް އިޝާރާތް ކުރަމުން، މި ބައްދަލުވުން ފައްޓައިދެމުން އދ ގެ ސެކެއްޓްރީ ޖެނެރަލް ބަންކީ މޫންވަނީ އޭނާގެ ތާއިދުއޮތްކަން ހާމަކޮށްފައެވެ. "ލެސްބިއަންސް (އެއްޖިންސުން ގުޅުންހިންގާ އަންހެނުން) ނާއި ގޭ (އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުން) ނާއި، ބައިސެކްޝުއަލްސް (ދެޖިންސުގެ މީހުންނާއެކުގައިވެސް ޖިންސީ ގުޅުން ހިންގާ މީހުންނާއި) އަދި ޓްރާންސްޖެންޑާ (ޖިންސު ބަދަލުކޮށްފައިވާ މީހުންނާއި) މިއެންމެންނަށް ބުނެލަން އޮތީ، ކަލޭމެންގެ ޙައްޤުތައް ހޯދުމުގައި ކަލޭމެންނަކީ އެކަނިވެރިން ނޫންކަމުގައެވެ. ތިޔަ ޙައްޤުތައް ހޯދަމަށްކުރެވޭ މަސައްކަތުގައި ކަލޭމެންނާ ބައިވެރިވާ ބަޔަކު އެބަތިބި" ބަންކީ މޫން ބުނެފައިވެއެވެ.
މިބައްދަލުވުމުގައި އދގެ އިންސާނީ ޙައްޤުތަކާބެހޭ އިސްވެރިޔާ ނާވީ ޕިއްލޭގެ ދެއްކި ވާހަކައިގައި ޖިންސީ ތަފާތުކުރުންތާކަކީ މުޅި ދުނިޔޭގައިވެސް އޮތްކަމެއްކަމުގައި ބުނެފައިވެއެވެ. "ދުނިޔޭގެ ތަފާތު ތަންތާނގައި ކުރެވިފައިވާ ތަޖުރިބާތަކަށް ބަލާއިރު، އެގެނީ އެމީހުންގެ ފަރުދީ ޝުޢޫރުތަކެއްގެ ސަބަބުން LGBT(lesbian, gay, bisexual and transgender) ގެ މީހުންނަށް ކުރެވޭ އަނިޔާތަކާއި ތަފާތުކުރުންތަކަކީ މުޅި ދުނިޔޭގައި އޮތްކަމެއް ކަމުގަ. އަދި މިވާހަކަތައް އަހަރުމެން ނުދައްކައި ތިބޭތާ މާގިނަދުވަސް ވެއްޖެ"

0 comments:
Post a Comment