ޕްރިޒަން އޮފިސަރުންގެ ތުނބުޅި ބޭލުމަށް ނޭންގޭނޭކަމަށް މާފުށީ ކޯޓުން ކުރި ޙުކުމް ހައިކޯޓުން މިއަދު ބާތިލުކޮށްފިއެވެ. ހައިކޯޓުން މިޙުކުން ބާތިލުކޮށްފައިވަނީ ދައުލަތުން މިޙުކުމް އިސްތިޢުނާފުކުރުމާއި ގުޅިގެން ބެލިބެލުންތަކުގައި، މާފުށީ ކޯޓުން މައްސަލަ ބެލިއިރު، މައްސަލަ ރައްދުވާ ފަރާތްކަމުގައިވާ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްގެ ބަހެއް މާފުށީ ކޯޓުން ޝަރީޢަތުގެ މަޖިލީހުގައި އަޑު އަހައިފައިނުވާތީއެވެ.
އަދި މާފުށީ ކޯޓުން ޙުކުމް ކުރި ކުރުމުގައި އެމައްސަލަ އެކޯޓަށް ހުށަހަޅާފައިވަނީ 8 ފަރާތަކުންކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެމައްސަލަ ހުށަހަޅާފައިވަނީ އެންމެ ފަރާތެއްކަމަށް ލިޔެކިޔުމުން އެނގެން އޮތްކަމަށްވެސް ހައިކޯޓުން ބުނެފައިވެއެވެ.
ހައިކޯޓުގެ ޙުކުމް އިއްވެވި ފަނޑިޔާރުންކަމުގައިވާ ޝުޢައިބު ޙަސަން ޒަކަރިއްޔާއާއި، ޢަބްދުﷲ ޙަމީދާއި، ޔޫސުފް ޙުސެއިން އިއްވެވި ޙުކުމުގައި ޕްރިސަން އޮފިސަރުން ތުނބުޅި ބޭލުމަށް އެންގުމުގެ ސައްޙަކަމާއިމެދު އެއްޗެއް އަންގަވާފައެއް ނުވެއެވެ.
ޑީޕީއާރްއެސްގައި މަސައްކަތްކުރަމުންދާ ޕްރިޒަން އޮފިސަރުންތަކެއް ތުނބުޅިބޭލުމަށް އަންގަމުންދާ މައްސަލައިގައި ވޭތިވެދިޔައަހަރުވަނީ މާފުށީ ކޯޓުގައި މައްސަލަ އުފުލައިފައެވެ.
މާފުށީ ކޯޓުގެ ޤާޟީ އިބްރާހިމް ޙުސެއިން އެންމެ ފުރަތަމަ ޙުކުމް އިއްވިއިރު ވިދާޅުވެފައިވަނީ އަންހެންވަންތަކަމުގެ ސޫރަ ޖެހިގެންދާމަގުން، ފިރިހެނުންނަށް ތުނބުޅިބޭލުމަށް އެންގިގެންނުވާނެކަމަށާއި، އާދަމްގެފާނުން ފަށައިގެން، މުޙައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ހަމައަށް ހުރިހާ ރަސޫލުންވެސް ތުނބުޅިފުޅު ބެހެއްޓެވިކަމަށެވެ.
ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި އަބްދުﷲ ހަމީދު އަދި ޔޫސުފް ހުސެއިން ސޮއިކުރައްވައި އިއްޔެ އިއްވެވި ހުކުމްގައި ބުނަނީ މާފުށީ ކޯޓުން ޑީޕީއާރުއެސްގެ މައްޗަށް ހުކުމް ކުރި އިރު އެ މައްސަލަ ހުށަހެޅިފައިވާ ކަމެއް ޑީޕީއާރުއެސް އަކަށް އެ ކޯޓުން އަންގާފައި ނުވާ ކަމަށެވެ.
އެހެންކަމުން މާފުށީ ކޯޓުގެ ހުކުމް އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކުރީ ކަމަށް އެ ހުކުމްގައިވެ އެވެ.
0 comments:
Post a Comment