ރަސިޔާގެ
ބައެއް ސިޓީތަކުގައި ކުޑަކުދިން ޑަސްބިނަށާއި ގޮނޑުތަކަށް އެއްލާލާފައި
ހުންނާތީ، އެކުދިން ދޫކޮށްލަން ބޭނުންވާ މީހުންނަށް އެއީ ކާކުކަން ނޭންގޭ
ގޮތަށް ކުޑަކުދިން ދޫކޮށްލަން ޙާއްސަ ފޮށިތަކެއް ބަހައްޓަންފަށައިފިއެވެ.
އެގޮތުން މިހާރު ރަސިޔާގެ 3 ސިޓީއެއްގައިވަނީ މީގެ ކުޑަކުދިން އުކާ ފޮށި
ބަހައްޓާފައެވެ. މިދިޔަ މަހު ތިންފޮށި ބަހައްޓާފައިވާއިރު މިހާތަނަށް
އެއްކުއްޖަކުވަނީ މިފޮއްޓަށް ދޫކޮށްލާފައެވެ.
ސިއްހީ
އޮފިސަލުން ހާމަކުރައްވާ ގޮތުގައި މިކަމުގެ ބޭނުމަކީ ކުނިގޮޑުތަކަށާއި
އަދި އެނޫން ތަންތަނަށް ކުދިން އުކުން ހުއްޓުވާ އެކުދިން ރައްކާތެރިގޮތެއް
މިކަމުގައި ހޯދަދިނުމެވެ. އަދި މިކަން ކުރަން ބޭނުންވާ މީހުންނަށް ސިއްރުން
އެކަންކުރެވޭނެ ގޮތެއް ހަމަޖެހި އަދި އެކުދިން ރައްކާތެރިގޮތުގައި
އެހެންބަޔެއްގެ ބެލުމުގެ ދަށަށް ހަވާލުކުރުމެވެ.
އެންމެ ފުރަތަމަ މިގޮތް ބޭނުންކޮށްފައިވަނީ ސައުތު އެފްރިކާގައި މިދިޔަ އަހަރު ރަބީއު މޫސުމުގައެވެ. އެއީ އެގައުމުގައި ބައެއް ކުދިން ވަރަށް ނުރައްކާތެރި ހިސާބުތަކަށް މީހުން ދޫކޮށްލާތީ އެކަން ހުއްޓުވުމަށްޓަކައެވެ. ބައެއްފަހަރު ބައެއް މީހުން އެކުދިން ވަލުޖަނަވާރުގެ ނުރައްކާ ހިސާބުތަކަށް ދޫކޮށްލުމުގެ ސަބަބުން ފުރާނަ އަށް ނުރައްކާތެރި ވާތީއެވެ. މިކަމުގެ ސަބަބުން އެތައްކުދިންނެއްގެ ފުރާނަ ސަލާމަތްކުރެވެއެވެ. އަދި އެކަން ކުރަން ބޭނުންވާ މީހުންނަށްވެސް ސިއްރުން މިކަން ކުރެވޭނެ ގޮތްވެސްވީއެވެ.
މިފަހަކަށްއައިސް ދިވެހިރާއްޖޭގައިވެސް ދަނީ މިގޮތަށް ކުދިން އެކިތަންތަނަށް އުކައި ހަދަމުންނެވެ. އެގޮތުން މިދިޔަ އަހަރު ހުޅުމާލޭ އަތިރިމަތިން ކުޑަކުއްޖެއް އެއްލާފައި އޮއްވާ ފެނުނު އިރު ވިލިގިއްޔާއި އަދި މާލޭގައިވެސް ވަނީ އެތައް ކުޑަކުދިންނެއް އެއްލާ މަރާލާފައެވެ. ފަތާފެންގަނޑު ސަރަހައްދުންވެސް ކުޑަކުއްޖެއް ފެނިފައިވެއެވެ. ވީމާ މީގެ މެޝިނެއް މާލޭގެ އެކި ހިސާބުތަކުގައި ބެހެއްޓުމަކީވެސް ވަރަށް ރަނގަޅުވާނެކަމެއް ކަމަށް ލަފާކުރެވެއެވެ. މީގެ ހަތަރުވަރަކަށް ފޮށި މާލޭގެ އެކިހިސާބުތަކުގަޔާއި އަދި ހުޅުމާލޭގައި ބަހައްޓަނިކޮށް އެތައްކުދިންނެއްގެ ފުރާނަ ގައިމު ސަލާމަތްކުރެވޭނެއެވެ. ވީމާ މާލޭ ސިޓީ ކައުންސިލުން މިކަމާއި ވިސްނަވާ ފިޔަވަޅެއް އަޅުއްވާނެ ކަމަށް އުއްމީދުކުރެވެއެވެ.

0 comments:
Post a Comment