Wednesday, September 30, 2015

މުޖުތަމަޢުއެއް ހަލާކުވެގެންދާނެ ސަބަބުތައް

އިބްން ކަޘީރު، البدا و النهاية (އަލްބިދާޔާ ވަންނިހާޔާ) ގައި ޔަމޫކު ހަނގުރާމަ ނިމުނުގޮތުގެ ބާބު ނިންމަވާލެއްވުމުގެ ކުރިން، ޔަމޫކު ހަނގުރާމާއިގައި ބަލިވި ރޯމަނުންގެ ލަޝްކަރު އެނބުރި ހިރެކަލް ކާރިއަށް ދިއުމުން ހިނގާދިޔަ ހާދިސާއެއްވަނީ ނަކަލުކޮށްފައެވެ.

Monday, September 28, 2015

ބިދުޢަ ހަދަން ދިމާވި ބައެއް ސަބަބު


ދީނުގެ ކަންކަމުގައި ބިދުޢަހެދި މީސްތަކުން ބިދުޢަހަދާފައިވަނީ އެކިއެކި ސަބަބާހުރެއެވެ. އެކިއެކި މަޤްޞަދުގައެވެ. ބައެއް މީހުން ބިދުޢަހެދީ ސުންނަތަށް ޢަމަލުނުކުރުމުގެ ގަސްތުގައެވެ. އަނެއް ބަޔަކު ބިދުޢަހެދީ ސުންނަތް ނޭނގިގެންނެވެ. އަދި އަނެއް ބަޔަކު ބިދުޢަ ހެދީ، މަތިވެރިވެ ގަތުމުގެ އެދުމުގައެވެ.

Thursday, September 24, 2015

ފަރުބަދަ


ފަރުބަދަތަކަކީ ﷲ ތަޢާލާ ދުނިޔެމަތީގައި ލައްވާފައި ވާ ވަރަށް ފުރިހަމަ މަޚްލޫޤެކެވެ. އެއިލާހުގެ އުފެއްދެވުމުގެ ކުޅަދުންވަންތަކަން ހާމަވާ ފުރިހަމަ މިސާލެކެވެ.

ކީރިތި ޤުރުއާނުގައި ސޫރަތުލް އަންބިޔާގެ 31 އާޔަތުގައި ﷲސުބުޙާނަހޫވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.


وَجَعَلْنَا فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجًا سُبُلًا لَعَلَّهُمْ يَهْتَدُونَ -الأنبياء/31  "އަދި އެއުރެންނާއިގެން އެބިން، ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ތިމަންރަސްކަލާނގެ ބިމުގައި ލެއްވީމެވެ. އަދި އެ ބިމުގައި، ބޮޑެތި ތަނަވަސް މަގުތައް ލެއްވީމެވެ. (އެއީ) އެއުރެންނަށް މަގު އެނގުމަށްޓަކައެވެ."

ފަރުބަދަތަކަކީ ބިމުގައި ހަރުކުރެވިފައި ހުންނަ އެއްޗެއްގެ ގޮތުގައި މި އާޔަތުގައި ސިފަކުރަށްވާފައިވުމަކީ ޤުރުއާން ބާއްވައިލެއްވި އިލާހުގެ ކުޅަދުންވަންތަކަމާއި އެއިލާހުގެ ޢިލްމުފުޅުގެ ތަނަވަސްކަން ހާމަވާކަމެކެވެ. ސަބަބަކީ 1835 ޖެހެންދެން ސައިންސްވެރީން ބުނަމުން އައީ ފަރުބަދަތަކަކީ ހަމައެކަނި، މައްޗަށް އަރާފައި ހުންނަ އުސްއެއްޗެހި ތަކެއް ކަމެވެ. ނަމަވެސް 1835 ގައި ޕިއެރާ ބޮޣޭ މި ވިސްނުމަކީ ގޯސް ވިސްނުމެއް ކަމަށް ހާމަކުރިއެވެ.

 އެއީ އެންޑީސް ފަރުބަދަތަކުގައި ވާ ޖާޒުބިއްޔަތުގެ ބާރު އެހާ ބޮޑު އެއްޗަކާ ބަލައި ކުޑަކަމުންނެވެ. މިކަން މިހެން ވާނީ ހަމަ އެކަނި އެފަރުބަދައިގެ ވަރަށް ބޮޑުބައެއް ބިމުގެ އަޑީގައި ވާނަމައެވެ. ޕިއެރާ ބޮޣޭގެ މިބުނުމާ ގުޅިގެން ސައިންސްވެރީން ފަރުބަދަތަކާބޭހޭ ގޮތުން އިތުރަށް ހޯދަންފެށިއެވެ. އަދި ޒަމާނީ ވަޞީލަތްތަކުގެ އެހީގައި ދުނިޔޭގެ އެންމެ އުސް ފަރުބަދަކަމަށްވާ މައުންޓް އެވަރެސްޓާއި ބެހޭގޮތުން ކުރި ދިރާސާ އަކުން ހާމަވިގޮތުގައި 9 ކިލޯމީޓަރުގެ އުސް މިފަރުބަދައިގެ ބޮޑުބައި ބިންގަނޑުގެ ތެރެއަށް 125 ކިލޯމީޓަރު އަޑިއަށް ދެމިގެންދާކަމެވެ.

ﷲ ސުބުޙާނަހޫވަތަޢާލާ ކީރިތި ޤުރުއާނުގެ ސޫރަތުއް ނަބާގެ 6 އަދި 7 ވަނަ އާޔަތުގައި ޥަޙީ ކުރައްވާފައިވެއެވެ.

أَلَمْ نَجْعَلِ الْأَرْضَ مِهَادًا -النبأ/6- وَالْجِبَالَ أَوْتَادًا -النبأ/7  މާނައީ: "ތަންމައްޗެއް ކަމުގައި، ތިމަންއިލާހު ބިން ނުލައްވަން ހެއްޔެވެ.؟ އަދި (ބިން ހިފެހެއްޓުމަށްޓަކައިވާ) ކަޑަތަކެއް ކަމުގައި، ތިމަންއިލާހު ފަރުބަދަތައް ނުލައްވަން ހެއްޔެވެ."

އަދިހަމަ ސޫރަތުއް ނާޒިޔާތުގެ 32 ވަނަ އާޔަތުގައި ޥަޙީކުރަށްވާފައިވެއެވެ. وَالْجِبَالَ أَرْسَاهَا -النازعات/32  މާނައީ: އަދި އެފަރުބަދަތަށް (އެ ބިމުގައި) ހަރުލެއްވީމެވެ.

މި އާޔަތުގައި ފަރުބަދަތަށް ސިފަކުރެއްވުމުގެ ގޮތުން ބޭނުން ކުރައްވާފައިވާ ޢަރަބި ބަހަކީ أَرْسَاهَا އެވެ.

މިބަސް ބޭނުންކުރެވިފައި މިވަނީ ބިންވަޅުނެގުމުގެ މާނައިގާ ކަމަށް ތަފްސީރު ޢިލްމުވެރިން ވިދާޅުވެއެވެ. ނުވަތަ ހަރުލެއްވުމުގެ މާނައިގައެވެ.

މިހުރިހައި އާޔަތްތަކުންވެސް ހާމަވެގެން މިދަނީ އިންސާނުންނަށް ޒަމާނީ އާލާތްތަކުގެ އެހީގައި ގިނަގުނަ އަހަރުތަކެއްވަންދެން މަސައްކަތްކޮށްގެން އެނގުނު ޙަޤީގަތެވެ.

މީގެއިތުރުން ސައިންސްވެރީން ވިދާޅުވާ ގޮތުގައި ދުނިޔޭގެ އަލިފާނުގެ ފަށަލައިގެތެރެއަށް ފަރުބަދަތަކުގެ އަޑިގައިވާބައި ފައިބާފައިވެއެވެ. މީގެސަބަބުން ދުނިޔޭގެ ބިމުގެ މަތީ ފަށަލަ، އެތެރޭގައިވާ އަލިފާނުގެ ފަށަލައިގައިވަނީ ހަރުކުރެވިފައެވެ. ފިލާގަނޑަކަށް މޮހޮރުޖަހާ ހަރުކުރާ ބީދައިންނެވެ.

ޤުރުއާނުގައި ފަރުބަދަތަކާ ގުޅޭގޮތުންވާ މި ޙަޤީގަތް މިއަދު ހުރިހައި ސައިންސްވެރީންވެސް ޤަބޫލު ކުރެއެވެ. އަދި ފަރުބަދަތަކައިނުލާ ދުނިޔޭގެ ބިމުގެ ބޭރުފަށަލަ ވާނީ ފެންގަނޑެއްގެ މަތީގައި އޮންނަ ފިލާގަނޑެއްގެ ފަދައިންނެވެ. އެއްވެސްކަހަލަ ދިރުމަކަށް ދުނިޔޭގައި އުޅުމަށް އެކަށީގެނެއް ނުވާނެއެވެ.

ޙަޤީގަތަކީ މިއީ ކަމަށް ވީނަމަވެސް ހިތާމަޔަކީ ކީރިތި ޤުރުއާނުގައިވާ މިފަދަ ކުޅަދުންވަންތަކަމުގެ ހެކިތަކާމެދު ވިސްނަނީ މަދު ބަޔެކެވެ.

ﷲ ސުބުޙާނަހޫވަތަޢާލާ ކީރިތި ޤުރުއާނުގެ ސޫރަތުލް ބަޤަރާގެ 39 ވަނަ އާޔަތުގައި ޥަޙީ ކުރަށްވާފައި ވެއެވެ. وَالَّذِينَ كَفَرواْ وَكَذَّبُواْ بِآيَاتِنَا أُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ -البقرة/39  މާނައީ: ތިމަންއިލާހުގެ އާޔަތްތަށް ދޮގުކޮށް ކާފިރުވެއްޖެ މީސްތަކުން އެއީ ނަރަކައިގެ އަހުލުވެރީންނެވެ. އެބައިމީހުންނީ އެނަރަކައިގައި ދެމިތިބޭނޭ ބައެކެވެ.

އެހެންކަމުން ބުއްދިވެރިއަކީ ﷲ ތަޢާލާގެ މި އާޔަތްތަކާމެދު ފުން ކޮށްވިސްނައި އެއިން ޢިބްރަތް ލިބިގަންނަ މީހާ އެވެ.

Tuesday, September 22, 2015

ނިޔަތް އިޚްލާސްތެރި ކުރުން

އަޅުގަނޑުމެން މިދުނިޔޭގައި ވޭތުކުރަމުން މިދާ ދުވަސްތަކުގައި ކުރާ ކޮންމެ ޢަމަލެއްވެސް ﷲ ތަޢާލާ ޤަބޫލުކުރެއްވުމުގެ ދެ ޝަރުތެއް ވެއެވެ.

 އެއީ ކުރާ ޢަމަލުގައި އިޚްލާސްތެރިވުމާއި އެ ޢަމަލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާއި އެއްގޮތަށް ކުރެވޭ ޢަމަލެއްކަމުގައިވުމެވެ.

Sunday, September 20, 2015

އިޚްލާޞްތެރިކަން ސަލަފުންގެ ދޫތަކުން


قال سفيان الثوري: «إن العبد ليعمل العمل في السر فلا يزال به الشيطان حتى يتحدث به فينتقل من ديوان السر إلى ديوان العلانية».ސުފްޔާނު އައްޘައުރީ ވިދާޅުވިއެވެ. ހަމަކަށަވަރުން އަޅާ ސިއްރިއްޔާތުގައި (ހެޔޮ) ޢަމަލުކުރެއެވެ. އެ ޢަމަލުގެ ވާހަކަ އޭނާ ދައްކައިފުމަށް ދަންދެން ޝައިޠާނާ (އޭނާއަށް ވަސްވާސް ދިނުމުގައި) ފިލާނުދެއެވެ. ދެންފަހެ ސިއްރުވެރިކަމުގެ ކިއްލާއިން ފާޅުވެރިކަމުގެ ކިއްލާއަށް އެވާހަކަ ނަޤުލުވެގެން ދެއެވެ.

Friday, September 18, 2015

އަޅުކަމުގެ ވައްތަރުތައް


އަޅުކަމުގެ ނަންތަކާއި ވައްތަރުތައް ވަރަށްވެސް ގިނައެވެ. އޭގެ ތެރެއިން މިބަޔާންކުރާ ކަންތައް ވެއެވެ. ނަމާދު ކުރުން، ޒަކާތްދިނުން، ރޯދަ ހިފުން، ޙައްޖުވުންވުން، ޛަބަޙަކުން (ކަތިލުން)، ނަދުރު ބުނުން، ޠަވާފުކުރުން، ތައުބާ ވުން، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ބަހައްޓަންވާ ލޯބިވެތިކަން ބެހެއްޓުން،

Wednesday, September 16, 2015

لا اله الا الله محمد رسول الله ގެ މާނަ


ފުރިހަމަ މުއުމިނަކަށްވެ އިސްލާމަކަށް ވެވޭނީ މި ދެ ކަލިމައިގެ މާނަ ދަސްކޮށް ހިތުގެ އަޑީން ޤަބޫލުކޮށް، ދުލުން ކިޔައި އެ ދެ ކަލިމައިން އެދެވޭ މުރާދެއް ތިމާގެ ޢަމަލުތަކުން ގެނެސް ގަނެގެންނެވެ. ވީއިރު މިދެ ކަލިމައިގެ މާނަ އެންމެން އުނގެނުން ލާޒިމުއެވެ.

لا اله الا الله ގެ މާނައީ:

ﷲ ނޫން އެހެން އެއްވެސް އިލާހަކު ނުވެއެވެ. އެބަހީ ﷲ ތަޢާލާ މެނުވީ އަޅުކަން އެފަރާތަކަށް ކުރުން ހައްޤު ވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.

Monday, September 14, 2015

އެންމެ ބޮޑު ފާފަ

އެންމެ ބޮޑު ފާފައަކީ ޝިރުކުކުރުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަސްކަންފުޅާއި އެހެން ފަރާތަކާއި އެއްވަރުކޮށްދީ އެއިލާހުގެ ރަސްކަންފުޅާ ބައިވެރި ކުރުމެވެ. ޚާއްސަކޮށް އަޅުކަން ކުރުމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެހެން ފަރާތަކާއި ބައިވެރި ކުރުމެވެ.

Saturday, September 12, 2015

ރޯދައިގެ ފައިދާ ތަކުގެ ތެރެއިން



މިއަހަރުގެ ރަމަޟާން މަސް އަޅުގަނޑުމެންނާ މިއޮތީ ކުރިމަތިވެފައެވެ. ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައިވެސް މުސްލިމުން މިމަހުގައި ރޯދަ ހިފާނެއެވެ. ފަޖުރުގެ އަލިކަން ފައުޅުވީއްސުރެ އިރު އޮއްސެންދެން އެއްޗެއް ނުކައި ނުބޮއި ހޭދަކުރާނެއެވެ. މިގޮތުގައި 29 ނުވަތަ 30 ދުވަސް ފުރިހަމަ ކުރާނެއެވެ.

Sunday, September 6, 2015

މީސްތަކުންނާއި މެދު ހެޔޮކޮށް ވިސްނުން

މީހަކާއި މެދުގައި އެއްވެސް ޝައްކެއް ކޮށް އެމީހާއާއި ދެކޮޅަށް ވެވޭ އެއްވެސް ކަމެއް ޤަބޫލުކުރުމުގައި މުސްލިމުން ސަމާލުކަންދޭންޖެހޭ އަސާސަކީ، އޭނާގެ މުސްލިމް އަޚާއާއި މެދުގައި ނުބައި ވިސްނުމެއް ބޭއްވުމުގެ ބަދަލުގައި އޭނާއާއި މެދުގައި ހެޔޮ ވިސްނުމެއް ދިނުމަށް އިސްކަންދިނުމަށެވެ.

Friday, September 4, 2015

އިބްން ތައިމިއްޔާ (رحمه الله) ގެ ދުވާލުގެ ތާވަލް

 ”ރޭގަނޑުގެ ވަގުތުގައި، އެހެން މީސްތަކުންނާއި ވަކިވެ ވަޑައިގެންނަވާނެ އެވެ. އެކަލޭގެފާނުގެ ވެރި އިލާހާއި އެކު އެކަހެރިވެ ވަޑައިގަންނަވައެވެ. ވަރުގަދައަށް ކީރިތި ޤުރުއާން ކިޔުއްވައެވެ. އަދި ދުވާލާއި ރޭގަނޑުގެ އަޅުކަންތަކުގައި އެކަންތައް ތަކުރާރު ކުރައްވައެވެ.

Wednesday, September 2, 2015

މިޔުޒިކްގެ ހަރާމްކަން

ދިވެހިބަހުގައި ލަވަޔޭ ބުނެވެނީ ވަކިރާގަކަށް ފައްތައިގެން ކިޔޭ ޅެމަށެވެ. ރާގު އެމާނަކުރެވެނީ މިޔުޒިކުގެ މާނައިގަޔެއްނޫނެވެ. ނަމަވެސް އެއީ އަޑަށް ގެނެވޭ ރާގުގެ ވާހަކައެވެ.


ނަމަވެސް މިފަހަކަށް އައިސް ލަވަ މިލަފުޒު ބޭނުންކުރެވެނީ މިޔުޒިކާއި އެކު ކިޔޭ ޅެމަށެވެ. ދެން މިޔުޒިކާއި ނުލާ ރާގަށް ފައްތައިގެން ލަވަ ކިޔުމެވެ. ދެން މިޔުޒިކާއި ނުލާ ކިޔާނަމަ އެއީ ޅެންކިޔުމެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons