قال سفيان الثوري: «إن العبد ليعمل العمل في السر فلا يزال به الشيطان حتى يتحدث به فينتقل من ديوان السر إلى ديوان العلانية».ސުފްޔާނު އައްޘައުރީ ވިދާޅުވިއެވެ. ހަމަކަށަވަރުން އަޅާ ސިއްރިއްޔާތުގައި (ހެޔޮ) ޢަމަލުކުރެއެވެ. އެ ޢަމަލުގެ ވާހަކަ އޭނާ ދައްކައިފުމަށް ދަންދެން ޝައިޠާނާ (އޭނާއަށް ވަސްވާސް ދިނުމުގައި) ފިލާނުދެއެވެ. ދެންފަހެ ސިއްރުވެރިކަމުގެ ކިއްލާއިން ފާޅުވެރިކަމުގެ ކިއްލާއަށް އެވާހަކަ ނަޤުލުވެގެން ދެއެވެ.
وقال يحيى بن أبي كثير: «تعلموا النية فإنها أبلغ من العمل»
ޔަޙްޔާ ބިން އަބީ ކަޘީރު ވިދާޅުވިއެވެ. ނިޔަތް ދަސްކުރާށެވެ. އެއީ ޢަމަލަށްވުރެ މުހިއްމު ކަމެކެވެ.
وقال ابن المبارك: «رب عمل صغير تعظمه النية ورب عمل كبير تصغره النية».
އިބްނުލް މުބާރަކު ވިދާޅުވިއެވެ. ކުޑަކުޑަ ޢަމަލެއްވެސް ނިޔަތުގެ ސަބަބުން ބޮޑުވެގެންދެއެވެ. އަދި ބޮޑު ޢަމަލެއްވެސް ނިޔަތުގެ ސަބަބުން ކުޑަވެގެންދެއެވެ.
وقال مطرف بن عبد الله: «صلاح القلب بصلاح العمل وصلاح العمل بصلاح النية».
މަޠްރަފް ބިން ޢަބްދިﷲ ވިދާޅުވިއެވެ. ހިތް އިޞްލާޙުވުން ވަނީ ޢަމަލު އިޞްލާޙުވުމުގައެވެ. ޢަމަލު އިޞްލާޙުވުން ވަނީ ނިޔަތް އިޞްލާޙްވުމުގައެވެ.
وقال بعض السلف: «من سره أن يكمل له عمله فليحسن نيته فإن الله عز وجل يأجر العبد إذا حسن نيته حتى باللقمة».
ބައެއް ސަލަފުން ވިދާޅުވިއެވެ. އެމީހެއްގެ ޢަމަލު ފުރިހަމަވުމަށް އެދޭމީހާ، އެމީހާގެ ނިޔަތް ރަނގަޅުކުރާހުށިކަމެވެ. އަޅާގެ ނިޔަތް ރަނގަޅުވެއްޖެނަމަ ހަމަކަށަވަރުން ﷲ ޢައްޒަ ވަޖައްލަ އޭނާއަށް އަޖުރުދެއްވައެވެ. އޭނާ ކާ ސުވާއަށްވެސް މެއެވެ.
قال يوسف بن الحسين الرازي: «أعز شيء في الدنيا الإخلاص وكم أجتهد في إسقاط الرياء عن قلبي وكأنه ينبت فيه على لون آخر».
ޔޫސުފް ބިން އަލްޙަސަނު އައްރާޒީ ވިދާޅުވިއެވެ. ދުނިޔޭގައިވާ އެންމެ ޢިއްޒަތްތެރި އެއްޗަކީ އިޚްލާޞްތެރިކަމެވެ. ދެއްކުންތެރިކަން އަހަރެންގެ ހިތުން ފިލުވައިލެވޭތޯ ކިހާގިނައިން އަހަރެން މަސައްކަތްކުރަމު ހެއްޔެވެ؟ ކޮންމެވެސް އެހެންކުލައެއްގައި ހިތުގައި އެ ހެދިގަންނަ ފަދައެވެ.
وقال يوسف بن أسباط: «تعلموا صحة العمل من سقمه فإني تعلمته في اثنتين وعشرين سنة!!»
ޔޫސުފް ބިން އަސްބާޠު ވިދާޅުވިއެވެ. (ޢަމަލުތަކުގެ ތެރެއިން ރަނގަޅު ޢަމަލާއި ނުބައި ޢަމަލަކީ ކޮބައިކަން އުނގެނޭށެވެ.) ދެންފަހެ ހަމަކަށަވަރުން އަހަރެން އެކަން ދެނެގަތީ ބާވީސް އަހަރުންނެވެ.
قال الجنيد: «الإخلاص سر بين الله وبين العبد، لا يعلمه ملك فيكتبه، ولا شيطان فيفسده».
ޖުނައިދު ވިދާޅުވިއެވެ. އިޚްލާޞްތެރިކަމަކީ ﷲއާ އަޅާއާދެމެދުގައިވާ ސިއްރެކެވެ. މަލާއިކަތަކަށް ވެސް އޭތި ލިޔުމުގެ ގޮތުންވެސް ނޭނގޭނެއެވެ. އަދި ޝައިޠާނަކަށްވެސް އޭތި ފަސާދަކުރުމުގެ ގޮތުންވެސް ނޭނގޭނެއެވެ
وقال مكحول: «ما أخلص عبد قط أربعين يومًا إلا ظهرت ينابيع الحكمة من قلبه على لسانه».
މަކްޙޫލް ވިދާޅުވިއެވެ. އޭނާގެ ހިތުން އޭނާގެ ދޫމަތީ ޙިކުމަތުގެ އާރުތައް ފާޅުވާކަމުގައި މެނުވީ ސާޅީސް އަހަރުވަންދެން އެއްވެސް އަޅަކު އިޚްލާޞްތެރިނުވެއެވެ.
وقال أبو سليمان الداراني: «إذا أخلص العبد انقطعت عنه كثرة الوساوس والرياء».
އަބޫ ސުލައިމާނު އައްދާރާނީ ވިދާޅުވިއެވެ. އަޅާ އިޚްލާޞްތެރި ވެއްޖެނަމަ އޭނާގެ ކިބައިން ގިނަވެގެންވާ ވަސްވާހާއި ދެއްކުންތެރިކަން ކެނޑިދެއެވެ.
وقال بعضهم: «الإخلاص أن لا تطلب على عملك شاهدًا غير الله ولا مجازيًا سواه».
ބައެއް މީހުން ބުންޏެވެ. އިޚްލާޞްތެރިކަމަކީ ތިބާގެ ޢަމަލަށް ﷲ ފިޔަވައި އެހެން ހެއްކަކު ނޭދުމެވެ. އަދި ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކުން ޖަޒާއަކަށް ނޭދުމެވެ.

0 comments:
Post a Comment