”ރޭގަނޑުގެ ވަގުތުގައި، އެހެން މީސްތަކުންނާއި ވަކިވެ ވަޑައިގެންނަވާނެ އެވެ. އެކަލޭގެފާނުގެ ވެރި އިލާހާއި އެކު އެކަހެރިވެ ވަޑައިގަންނަވައެވެ. ވަރުގަދައަށް ކީރިތި ޤުރުއާން ކިޔުއްވައެވެ. އަދި ދުވާލާއި ރޭގަނޑުގެ އަޅުކަންތަކުގައި އެކަންތައް ތަކުރާރު ކުރައްވައެވެ.
ރޭގަނޑުގެ ވަގުތު ނިމުމުން ފަޖުރުގެ ނަމާދަށް މީސްތަކުންނާއި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެބައިމީހުންނާއި ބައްދަލުކުރެއްވުމުގެ ކުރިން ސުންނަތް ނަމާދު ކުރައްވައެވެ. އެކަލޭގެފާނު ނަމާދުކުރައްވަން ފެއްޓެވުމުން، އެކަލޭގެފާނު ތަކްބީރަތުލް އިޙްރާމް ކިޔުއްވާ ގޮތުން ތިޔަބައިމީހުންތައް ހިތްތައް އުދުހިގެން ދާނެއެވެ. ނަމާދަށް ފެއްޓެވުމުން އެކަލޭގެފާނުގެ ގުނަވަންތައް ތުރުތުރުއަޅުއްވަން ފައްޓަވައެވެ. ކަނާތަށާއި ވާތަށް ހަރަކާތް ކުރައްވައެވެ. އެކަލޭގެފާނު ޤުރުއާން ކިޔުއްވާ ހިނދުގައި ކިޔެވުން ދިގު ކުރައްވައެވެ.
ނަބިއްޔާ(صلى الله عليه وسلم)ގެ ކިޔެވުމާއި ގުޅޭ ގޮތުން ޞައްޙަ ގޮތުން އައިސްފައިވާ އުޞޫލާއި އެއްގޮތަށެވެ. އެކަލޭގެފާނުގެ ރުކޫއާއި ސަޖިދަކުރެއްވުން އަދި އެ ހަރަކާތްތަކުން އެނބުރި ވަޑައިގަތުން ވަނީ ފަރުޟު ނަމާދުތަކާއި ގުޅޭގޮތުން އައިސްފައިވާ އެންމެ ފުރިހަމަ ގޮތުގައެވެ. އަދި ފުރަތަމަ އައްތަހިޔާތުގައި އިށީންނެވުން އެކަލޭގެފާނު ވަރަށް ބޮޑަށް ކުރު ކުރައްވައެވެ. އަދި ފުރަތަމަ ތަސްލީމް ބާރަށް ކިޔުއްވައެވެ. ނަމާދަށް ހާޒިރުވެ ތިބޭ އެހެން މީހުންނަށް އަޑުއިވޭ ވަރަށެވެ.
އަދި އަޅުގަނޑަށް އެނގުނު ގޮތުގައި އެކަލޭގެފާނުގެ އާދަތަކުގެ ތެރެއިން ހިމެނޭ ކަމަކީ، ވަރަށް މުހިއްމު ކަމެއްގައި މެނުވީ އެއްވެސް މީހަކު ހެނދުނުގެ ނަމާދަށްފަހުގައި އެކަލޭގެފާނާއި ވާހަކައެއް ނުދައްކަވައެވެ. ﷲއަށް ޒިކުރު ކުރެއްވުމާއި، އެކަލޭގެފާނު އަމިއްލަ ފުޅަށް ޒިކުރު ކުރައްވާ އަޑުއެއްސެވުމުގައި އިންނަވައެވެ.

ބައެއްފަހަރު، އެކަލޭގެފާނާއި އެކުގައި އިށީދެގެން ތިބޭ މީހުންނަށް އެކަލޭގެފާނު ކުރައްވާ ޒިކުރު އަޑު އިވެއެވެ. ހުރިހާ ވަގުތެއްގައި އެކަލޭގެފާނުގެ ނަޒަރު އުޑާއި ދިމާލަށް އެނބުރުއްވަވަމުންނެވެ. އިރު އަރަންދެން އެގޮތުގައި އިންނަވައެވެ. އަދި ނަމާދު ކުރުން ޙަރާމްވެގެންވާ ވަގުތު ފާއިތު ވެއްޖެއުމަށް ދާންދެނެވެ.
އެކަލޭގެފާނާއި އެކުގައި އަޅުގަނޑު ދިމިޝްގައި ހޭދަކުރި ދުވަސްތަކުގައި، ދުވާލުގެ ބައެއް ވަގުތާއި ރޭގަނޑު ގިނަ ވަގުތުތައް އެކުގައި ހޭދަކުރީމެވެ. އެކަލޭގެފާނު، އަޅުގަނޑު އެކަލޭގެފާނުގެ އަރިހުގައި ކައިރި ކުރައްވައެވެ. އެކަލޭގެފާނުގެ ގާތުގައި އަޅުގަނޑު ބައިންދަވައެވެ. އެކަލޭގެފާނު ކިޔުއްވަވާ އަދި ތަކުރާރުކުރައްވަވާ އެއްޗެހި އަޅުގަނޑަށް އަޑުއިވެއެވެ. އަދި އަލް-ފާތިޙާ ތަކުރާރުކޮށް އެތައް ފަހަރު ކިޔުއްވާ އަޑު އަޅުގަނޑު އެހީމެވެ. އަދި ފަޖުރުގެ ވަގުތާއި އިރު އެރުމާއި ދެމެދުގައި މިފަދައިން ކިޔުއްވުމުގައި އިންނަވައެވެ.
އެހެންކަމުން، އަޅުގަނޑު އަމިއްލަ ނަފްސަށް ވިސްނަމުން ގެންދިޔައީމެވެ. ޤުރުއާނުގެ އެހެން ބާބުތަކާއި ޚިލާފަށް މި ޚާއްޞަ ބާބު ކިޔުއްވަވަނީ ކީއްވެތޯއެވެ؟ އެންމެ ފަހުން އަޅުގަނޑަށް އެގުނު ގޮތުގައި، އަދި ﷲ މޮޅަށް ދެނެވޮޑިގަންނަވައެވެ. އެކަލޭގެފާނު އެކަން ކުރެއްވީ ޙަދީޘްތަކުން އައިސްފައިވާ ގޮތާއި ޢިމްލުވެރިންގެ މެދުގައި މަޝްވަރާ ކުރެއްވެވިފައިވާ ގޮތާއި އެއްގޮތަށެވެ. އެއީ، ޤުރުއާނަށް ވުރެ ބޮޑަށް ވާރިދުވެފައިވާ އަޛްކާރުތޯ އިސްވާނީ ނުވަތަ ޤުރުއާންތޯ އިސްވާނީ މިކަމާއި ގުޅޭގޮތުންނެވެ. އެހެންކަމުން، ތަކުރާރުކޮށް އަލް-ފާތިޙާ ކިޔެއްވުމުން، ދެ ވިސްނުން އެއްކުރެއްވެވުނީ ކަމުގައި އެކަލޭގެފާނު ދެކެލައްވައެވެ. އަދި ދެ ޢަމަލުގެ ފައިދާވެސް ހޯދައިގަނެވޭނެ އެވެ. އަދި މިއީ އެކަލޭގެފާނުގެ ވިސްނުންފުޅާއި ފިކުރުގެ ވަރުގަދަ ކަމުގެ ތެރެއިންވާ ކަމެކެވެ.
އެއަށްފަހުގައި، އެކަލޭގެފާނު ޟުޙާ ނަމާދުކުރައްވައެވެ. އަދި އެހެން ތަނެއްގައި ޙަދީޘްއެއް އަޑުއައްސަވަން ބޭނުންފުޅުނަމަ އެތަނަށް އަވަސް އަވަހަށް ދުވެވަޑައިގަނެއެވެ. އެވަގުތެއްގައި އެކަލޭގެފާނާއި އެކުގައި ހުންނެވި ކޮންމެ މީހަކާއެކުގައެވެ.
ބުއްދިވެރި އެއްވެސް މީހަކު އައިސް އެކަލޭގެފާނާއި ބައްދަލުކުރައްވާ އެކަލޭގެފާނުގެ އަތްޕުޅުގައި ބޮސްނުދީ ދިއުން އެއީ ނާދިރު ކަމެކެވެ. އެންމެ ބުރަކޮށް އުޅޭ ވިޔަފާރި ވެރިންވެސް އެމީހުން ކުރާ މަސައްކަތަކުން އަވަދިވެގެން އައިސް އެކަލޭގެފާނާއި ސަލާމް ކުރައްވާ އެކަލޭގެފާނުގެ ފަރާތްޕުޅުން ހެވެއް ލިބުމަށް އެދެއެވެ. މިހުރިހާ ކަމަކާއި އެކުގައިވެސް، ކޮންމެ މީހަކަށް އެކަލޭގެފާނު ވަގުތު ދެއްވަވައެވެ.
މަގުމަތިން އެއްވެސް ނުބައި ކަމެއް އެކަލޭގެފާނަށް ފެނިވަޑައިގެންފިނަމަ، އެކަމެއް ރަނގަޅު ކުރެއްވުމަށްޓަކައި އެކަލޭގެފާނު ވަޑައިގަނެއެވެ. އަދި ޖަނާޒާއެއް ހިގަމުންދާ ކަމުގެ އަޑު އިވިވަޑައިގެންފިނަމަ އެނަމާދެއްގައި ނަމާދު ކުރެއްވުމަށް އަވަސްވެވަޑައިގަންނަވައެވެ. ނުވަތަ އެނަމާދެއްގައި ބައިވެރިވަޑައި ނުގަނެވުނީތީ މަޢާފަށް އެދިވަޑައިގަނެއެވެ. ބައެއްފަހަރު، ޙަދީޘް އައްސަވައި ނިމުމަށްފަހުގައި، އެކަލޭގެފާނު މަރުވެފައިވާ މީހުންގެ މަހާނަ ކައިރިއަށް ގޮސް އެމީހުންގެ މައްޗަށް ދުޢާ ކުރައްވަވައެވެ.
އެއަށްފަހުގައި، އެކަލޭގެފާނުގެ މިސްކިތަށް އެނބުރި ވަޑައިގަނެއެވެ. އެއީ އެތަނުގައި ތިބި މީހުންނަށް ފަތުވާ ދެއްވުމަށް ނުވަތަ އެމީހުންގެ ބޭނުންތައް ފުއްދަވައި ދެއްވުމަށެވެ. ޖަމާޢަތުގައި މެންދުރުގެ ނަމާދު ކުރެއްވުމުގެ ވަގުތު ޖެހެންދެނެވެ. އެގޮތުގައި ދުވަހުގެ ބާކީއޮތް ވަގުތުތައް އެކަލޭގެފާނު ހޭދަކުރައްވަވައެވެ.
އެކަލޭގެފާނުގެ ދަރުސްތައް ޢާއްމުކުރެވިފައިވަނީ، މުސްކުޅިންނާއި، ޒުވާނުންނާއި، މުއްސަނދިންނާއި، ފަޤީރުންނާއި، މިނިވަނުންނާއި، އަޅުންނާއި، ފިރިހެންނުންނާއި އަދި އަންހެނުންނަށެވެ. އެކަލޭގެފާނު ފަސްދީ ދާ ކޮންމެ މީހެއްގެ ގާތުގައި އައްސަވާ އުޅުއްވައެވެ. އަދި އެމީހުންގެ ތެރެއިން ކޮންމެ މީހަކަށް ހީވާނީ އިބްން ތައިމިއްޔާ އެމީހަކާއި މެދުގައި ކަންތައް ކުރައްވަނީ އެހެން އެންމެނަށް ވުރެ ރަގަޅަށް ކަމުގައެވެ.
ދެން އެކަލޭގެފާނު މަޣްރިބް ނަމާދު ކުރައްވަވައެވެ. ﷲތަޢާލާ އަންގަވާފައިވާ ހުރިހާ ސުންނަތް ނަމާދުތަކެއް ފަރުޟު ނަމާދަށް ފަހުގައި ކުރައްވަވައެވެ. އަޅުގަނޑު، ނުވަތަ އެހެން މީހަކު، އެކަލޭގެފާނުގެ ލިޔުއްވުންތައް އެކަލޭގެފާނަށް އަޑުއިއްވަމެވެ. އަދި އެކި ނުކުތާތަކާއި ނޯޓުތަކުން އެކަލޭގެފާނު އަޅުގަނޑުމެންނަށް ފައިދާ ކުރުވައެވެ. ޢިޝާ ނަމާދު ވަގުތު ވަންދެން މިގޮތަށް އަޅުގަނޑުމެން ކަންތައް ކުރަމެވެ.

އަދި ނަމާދަށް ފަހުގައިވެސް ކުރިން ކުރެއްވި ކަންތައް ތަކުރާރު ކުރައްވަމެވެ. ޢިލްމުގެ އެކި ދާއިރާތައް ދިރާސާކުރުމުގައެވެ. ރޭގަނޑުގެ ބޮޑު ވަގުތު ފާއިތުވަންދެން މިގޮތަށް ކަންތައް ކުރަމެވެ. މިހުރިހާ ވަގުތެއްގައި، ރެއާއި ދުވާލު އިބްނި ތައިމިއްޔާ މެދުނުކެޑި ﷲމަތިން ހަނދުމަކުރައްވައެވެ. އެކަލާނގެ އެއްކައުވަންތަކަން ބަޔާންކޮށް އެކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެއެވެ.
އަދި އަބަދުވެސް އެކަލޭގެފާނު ލޯފުޅު އުޑާއި ދިމާލަށް އުފުއްލަވައެވެ. އަދި މިކަން ކުރެއްވުން އެކަލޭގެފާނު ނުހުއްޓަވައެވެ. އުޑުން އެކަލޭގެފާނަށް އެއްޗެއް ފެނިވަޑައިގަންނަހެން ހީވާ ފަދައިން ލޯފުޅުގެ ނަޒަރު ބަހައްޓަވައެވެ. އަޅުގަނޑު އެކަލޭގެފާނާއި އެކުގައި ހުންނަހާ އިރެއް ވަންދެން މިކަން ކުރައްވައެވެ.
އެހެންކަމުން، ސުބުހާނަﷲ! މިދުވަސްތައް ކިހާ ކުރު ހެއްޔެވެ؟ އެދުވަސްތައް ދިގު ވިނަމައެވެ! ﷲއަށްޓަކައި ބުނަމެވެ، މިއަދާއި ޖެހެންދެން އެކަލޭގެފާނާއި އެކުގައި ހޭދަކުރި ވަގުތުތަކަށް ވުރެ އަޅުގަނޑުގެ ގާތުގައި ލޮބުވެތިކަން ބޮޑު ވަގުތުތަކެއް އަޅުގަނޑުގެ ޙަޔާތުގައި ނާދެ އެވެ. އަދި ރަނގަޅު ޙާލަތެއްގައި އަޅުގަނޑު ވުން އެވަގުތައް މެނުވީ ނާދެއެވެ. އަދި މިއީ ޝެއިޚުގެ ބަރަކާތްތެރިކަން ނޫން އެހެން ސަބަބަކާއި ހެދިއެއް ނޫނެވެ. ﷲތަޢާލާ އެކަލޭގެފާނާއިމެދުގައި ރުހިވޮޑިގަންނަވާށިއެވެ.
ކޮންމެ ހަފްތާއެއްގައި އެކަލޭގެފާނު ބަލި މީހުންނަށް ޒިޔާރަތް ކުރައްވަވައެވެ. ޚާއްޞަގޮތެއްގައި ހޮސްޕިޓަލުގައި ތިބޭ ބަލި މީހުންނަށެވެ.
އެކަކަށްވުރެ ގިނަ މީހުންގެ ފަރާތުން އަޅުގަނޑަށް އެގުނު ގޮތުގައި، އެބައެއްގެ ތެދުވެރިކަމާއިމެދު އަޅުގަނޑު ޝައްކު ނުކުރާ ބައެއްގެ ކިބައިން އެނގުނީ ޝެއިޚްގެ މުޅި ޙަޔާތްޕުޅު ހޭދަކުރެއްވީ އަޅުގަނޑަށް ފެނިފައިވާ ގޮތުގައެވެ. އެހެންކަމުން، މިއަށްވުރެ ހެޔޮކަން ބޮޑުވާނީ ކޮން އަޅުކަމެއް އަދި ކޮން ޖިހާދެއް ހެއްޔެވެ؟“
އިމާމް އަލް-ބައްޒާރު(رحمه الله) ލިޔުއްވާފައިވާ އަލް-އަޢުލަމް އަލް-އަލިއްޔާ ފީ މަނާޤިބް އިބްނި ތައިމިއްޔާ އޭ ކިޔުނު ފޮތުގެ ކުރު ނަޒަރެއް

0 comments:
Post a Comment