ދިވެހިބަހުގައި ލަވަޔޭ ބުނެވެނީ ވަކިރާގަކަށް ފައްތައިގެން ކިޔޭ ޅެމަށެވެ. ރާގު އެމާނަކުރެވެނީ މިޔުޒިކުގެ މާނައިގަޔެއްނޫނެވެ. ނަމަވެސް އެއީ އަޑަށް ގެނެވޭ ރާގުގެ ވާހަކައެވެ.
ނަމަވެސް މިފަހަކަށް އައިސް ލަވަ މިލަފުޒު ބޭނުންކުރެވެނީ މިޔުޒިކާއި އެކު ކިޔޭ ޅެމަށެވެ. ދެން މިޔުޒިކާއި ނުލާ ރާގަށް ފައްތައިގެން ލަވަ ކިޔުމެވެ. ދެން މިޔުޒިކާއި ނުލާ ކިޔާނަމަ އެއީ ޅެންކިޔުމެވެ.
ކޮންމެއަކަސް ލަވަކިޔޭ އޮންނަނީ މިދެގޮތެވެ. ވަކި ރާގަކަށް އަޑު ފައްތައިގެން މިޔުޒިކާއި ނުލާ ކިޔާ ލަވައާއި އަދި މިޔުޒިކާއި އެކު ކިޔާ ލަވައެވެ. ޅެންކިޔުމަކީ ލަވަކިޔުމެއް ނޫނެވެ. މިއީ މީހުންނަށް އޮޅޭ ކަމެކެވެ. ޅެމަކީ ސަދުރަކާއި އަޖުޒެއްގެ މައްޗަށް ބިނާކޮށް ހެދިފައިވާ އެއްޗަކަށް ދިވެހިބަހުގައި ކިޔޭ ނަމެކެވެ.
ޅެމެއް ކިޔުމަކީ ލަވަކިޔުމޭ ބުނެވޭނެ އެއްވެސް ޖާގައެއް ނޯންނާނެއެވެ. ބައެއް މީހުން ޢުމަރުގެފާނާއި އަދިވެސް އެނޫން ބޭކަލުން ލަވަކީކަމަށް ބުނާ ބުނުމަކީ ބުހުތާނު ދޮގެކެވެ. ޅެންކިޔުމުގެ މާނަ ދިވެހިބަހަށް ތަރުޖަމާކުރާއިރު ލަވަކިޔުމަށް ބަދަލުކޮށްފިނަމަ ހުދު ރަސޫލުﷲ ގެފާނުވެސް ( ސައްލަﷲ އަލައިހި ވަސައްލަމަ) ލަވަ ވިދާޅުވިކަމަށް ބުނާކަށް މިފަދަ މީހުން ފަހެއް ނުޖެހޭނެއެވެ. މިފަދަ މީހުން ބޭނުންވަނީ މިޔުޒިކާއި ލަވަކިޔުމަކީ ހުއްކަމެއްކަމުގައ ހެދުމަށެވެ. އެފަދައިން އެ ރައުޔަށް ތާއީދުކުރާ މީހުންގެ ފަތުވާތައް މިބައިމީހުން ދިވެހިބަހަށް ތަރުޖަމާ ކުރުމަކީ އާންމުކަމެކެވެ. ނަމަވެސް އިސްލާމްދީނުގައި ޙަރާމްކަންތައްތައް ވަނީ ބަޔާންވެ ނިމިފައެވެ. އަދި ހަލާލުކަންތައްތައްވެސް ވަނީ ބަޔާންވެ ނިމިފައެވެ. ވީމާ މިފަދަ މީހުންގެ އިތުރު ފަތުވާތަކެއްމިކަމުގައި ބޭނުމެއް ނުވެއެވެ.
އަދި މިފަދަ މީހުން ބުނާ އަނެއްވާހަކައަކީ މިޔުޒިކު ޙަރާމްކަމުގައިވިޔަސް ލަވަކިޔުން ހުއްދަކަމުގެ ބަހަނާއެވެ. މިޔުޒިކު ވަނީ ޙަރާމްވެގެންނެވެ. އެޔާއެކު ލަވަވެސް ވަނީ ހަރާމްވެގެންނެވެ. ލަވަޔާއި މިޔުޒިކުގެ މިސާލަކީ ވަކިނުކުރެވޭނެ ދޭތީގެ މިސާލެވެ. މިޔުޒިކުވަނީ އެކީ އެކައްޗަކަށް ޙަރާމްވެފައެވެ. ނަމަވެސް ލަވައިގެ ތެރޭގައި މިޔުޒިކާއި ނުލާ ފާހިޝްކަންތައްތައް ނުހިމެނޭ ގައުމީޅެން ނުވަތަ އެނޫންވެސް ޅެމެއް ކިޔުން ހުއްދަވެދާނެކަމަށް ބައެއް އިލްމުވެރިން ވިދާޅުވެއެވެ. ވިސްނާށެވެ. އެއީ މިޔުޒިކާއި ނުލާ ކިޔާ ގައުމީ ޅެމާއި ނުވަތަ ފާހިޝް ފިތުނަވެރިކަމެއް ނުގެންނާނެ ފަދަ ޅެން ތަކެވެ.
ގައުމީ ލަވައެއްވިޔަސް، ޕާރޓީ ލަވައެއް ވިޔަސް އަދި ކުޑަކުދިންނާއި ބެހޭ ލަވައެއް ވިޔަސް މިޔުޒިކާއި އެކު ކިޔާނަމަ ވާނީ އެއީ ޙަރާމްކަމަކަށެވެ.
މިކަންކަމުގެ ދަލީލުތަކަކީ:
ޝައިޙުލް އިސްލާމް އިބުނު ތައިމިއްޔާގެ ބަޔާން
އެކަލޭގެފާނު ވިދާޅުވާގޮތުން ޝައިތާނާގެ ކަންތައްތަކުގެ ތެރެއިން އިންސާނާއަށް އެންމެބޮޑަށް އަސަރުކުރާ ކަންތައްތަކުގެ ތެރޭގައި ލަވަޔާއި ބޭކާރު ކުޅިވަރުފަދަ އެއްޗެހީގެ އަޑުއެހުން ހިމެނެއެވެ. އަސްލު ޙަޤީޤަތުގައި އެއީ މުސްރިކުންގެ ކަމެކެވެ.
" އަދިވެސް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވަނީ ލަވައަޑުއެހުމުގެ ސަބަބުން އޭނާގެ ރޫޙާނީ ބާރު (އެބަހީ ގުރުއާން ކިޔެވުމުން ލިބޭ ފޮނިކަން) ޤުރުއާން ކިޔަވާ ވަގުތު މަރުވެ ކެނޑިގެންދެއެވެ. އަދި ޝައިތާނާގެ އޮނުފުމޭ (އެބަހީ: މިޔުޒިކު) އަޑުއިވޭހިނދު ޖޯޝު އައިސް ވަރުގަދަވެއެވެ. އެހެންވެގެން ލަވަ އަޑުއަހާ މީހުން ރޭގަނޑު ނެށުމުގައި އެތައް ވަގުތެއް ހޭދަކުރެއެވެ.
އެހެންނަމަވެސް ނަމާދުވަގުތުވުމުން ނަމާދުކުރަނީ ކައްނެތްކަމާއެކު އިށީނދެ އިންނަ ހާލުގައެވެ. ފަރުވާކުޑަކޮށެވެ. އެހެންނޫނީ ކުކުޅު ހޮވާކާ ފަދައިންނެވެ. ޤުރުއާން އަޑުއެހުމަކީ ބޮޑުކަމަކަށްވެ އެޔަށް ފަރުވާލެއް ނުބަހައްޓައެވެ. އަދި އެޔަށް އެއްވެސް ހައިސިއްޔަތެއް ނުބަހައްޓައެވެ. އަދި ޤުރުއާނަށް އެއްވެސް ލޯއްބެއް ނުކުރެއެވެ. އަދި އެޔަށް ޝައުޤުވެރިކަން ނުދިނުމުގެ ސަބަބުން އެބައިމީހުންނަށް އެއިން އެއްވެސް ފޮނިކަމެއް ނުލިބެއެވެ. "

0 comments:
Post a Comment