މީހަކާއި މެދުގައި އެއްވެސް ޝައްކެއް ކޮށް އެމީހާއާއި ދެކޮޅަށް ވެވޭ އެއްވެސް ކަމެއް ޤަބޫލުކުރުމުގައި މުސްލިމުން ސަމާލުކަންދޭންޖެހޭ އަސާސަކީ، އޭނާގެ މުސްލިމް އަޚާއާއި މެދުގައި ނުބައި ވިސްނުމެއް ބޭއްވުމުގެ ބަދަލުގައި އޭނާއާއި މެދުގައި ހެޔޮ ވިސްނުމެއް ދިނުމަށް އިސްކަންދިނުމަށެވެ.
އެބައިމީހުން (އެބަހީ އެކަމެއް ރައްދުވާ ބައެއް) އެރައްދުކުރެވޭ ބަދުނާމަކުން ސަލާމަތްކުރެވޭނެ ފަދަ ޢުޒުރުތަކާއި ޙުއްޖަތްތަކެއް ފެނޭތޯ އޭނާ މަސައްކަތް ކުރަންޖެހޭނެ އެވެ. ޙާއްޞަގޮތެއްގައި، އެ ބަދުނާމެއް ރައްދުވަނީ ﷲ ގެ މަގަށް ގޮވާލާ މީހުންނާއި އަދި ޞާލިޙުން ކަމުގައިވާނަމައެވެ.
މިއީ މުސްލިމުންގެ ތެރެއިން އެބައިމީހުންގެ ވެރި ﷲ އަށް ބިރުވެތިވާ އަދި ﷲ ގެ ދީނަށް ނަޞްރާއި މަތިވެރިކަން ލިބުމަށް ދަހިވެތިވާ ޞާލިޙުންނާއި، ވިސްނުމާއި ބުއްދީގެ އަޙުލުވެރިން ކަންތައް ކުރެއްވި ގޮތެވެ.
މިކަންތައް މީގެ އިދިކޮޅަށް ވީނަމަ.. މިސާލަކަށް މީސްތަކުންނާއި މެދުގައި ހެޔޮކޮށް ވިސްނުމުގެ ބަދަލުގައި ނުބައިކޮށް ވިސްނުމަށް އިސްކަންދޭ ނަމަ މަލާމާތާއި ބަދުނާމު ރައްދުވާ އެއްވެސް ޢިލްމުވެރިޔަކު ނުވީހެވެ. އެމީހެއްގެ ކިބައިގައި އެއްވެސް ކުށެއް ފެންނަންނެތް މާތް މީހަކު ނުވާނެ އެވެ. އަދި ރިވެތި ނަމޫނާ ތަކުން މުސްލިމުން ވާނީ މަޙްރޫމްވެގެންނެވެ. މި އުސޫލަކީ ނުވަތަ މިގޮތަކީ އިސްލާމީ ޝަރީޢަތް ނުވަތަ އަދި ކިއެއްތަ ބުއްދި ވެސް ޤަބޫލުކުރާނެ އުޞޫލެއް ނޫނެވެ.
މިކަމުގައިވާ އެންމެ އާންމު އަސާސަކީ ﷲ ތަޢާލާގެ ބަސްފުޅެވެ:
”يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلا تَجَسَّسُوا وَلا يَغْتَبْ بَعْضُكُمْ بَعْضًا أَيُحِبُّ أَحَدُكُمْ أَنْ يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَاتَّقُوا اللَّهَ إِنَّ اللَّهَ تَوَّابٌ رَحِيمٌ“
”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުން ކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނެ އެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމްވަންތަ އިލާހެވެ.“ [ސޫރަތުލްޙުޖުރާތު: 12]
ﷲ ތަޢާލާވަނީ ހީތަކުން ދުރުވުމަށް އަމުރުކުރައްވަވާފައެވެ. ސަބަބަކީ، އޭގެ ބައެއް ހީތަކަކީ ފާފަކަމަށްވާތީއެވެ. އަދި އެކަލާނގެ މިއަމުރުފުޅު ގެންނެވުމުގައި، އެކުއެކީގައި ވަނީ، ޖާސޫސް ކުރުން ޙަރާމްކުރައްވާފައެވެ. ގިނަ ޙާލަތްތަކުގައި ޖާސޫސްކުރެވެނީ ނުބައި ހީތަކެއްގެ ސަބަބުންކަން ފާހަގަކުރައްވަމުންނެވެ.
މުސްލިމެއްގެ އާއްމު އުޞޫލަކީ، އެހެން މީހުންގެ ކުށްތައް ފޮރުވާ އަދި އެހެން މީހުންނާމެދުގައި ރަނގަޅު ވިސްނުމެއް ދިނުމެވެ. އެބައިމީހުންގެ މުސްލިމު އަޚުންނާމެދުގައި ކަމެއްގެ ތުހުމަތު ކުރާ އަޑުއިވުމުން އެމީހުންނާމެދުގައި ހެޔޮކޮށް ވިސްނުމަށް ﷲ ތަޢާލާ މުއުމިނުންނަށް އަމުރުކުރައްވާފައިވަނީ މިހެންވެގެންނެވެ.
އަދި އިފްކްގެ ވާހަކައިގައި (އުއްމުލް މުއުމިނީން ސައްޔިދާ ޢާއިޝާ (رضي الله عنها) އާއި ބެހޭގޮތުން ދޮގު ވާހަކަ ފެތުރުމުން ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި އެކަމަނާ އެކަމުން ބަރީއަވެގެންވާ ކަން އެންގެވުން)، އެބުނެވުނު އެއްޗެއް ބުނެވުމުން، ކޮންމެ މުސްލިމަކަށް ވެސް ވިސްނެންޖެހޭނެ ތެދުގޮތް ﷲ ތަޢާލާ ސާފުކޮށް ބަޔާންކޮށްދެއްވި އެވެ. އެކަލާނގެ ވަހީކުރެއްވި އެވެ.
”لَوْلا إِذْ سَمِعْتُمُوهُ ظَنَّ الْمُؤْمِنُونَ وَالْمُؤْمِنَاتُ بِأَنْفُسِهِمْ خَيْرًا وَقَالُوا هَذَا إِفْكٌ مُبِينٌ“
”އެވާހަކަ ތިޔަބައިމީހުން އެހި ހިނދު، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުން އެބައިމީހުންގެ އަމިއްލަ ނަފްސުތަކާމެދުގައި ހެޔޮކޮށް ހީނުކުރީ ކީއްވެގެން ބާވައެވެ؟ އަދި މިއީ، ބަޔާންވެ ފާޅުވެގެންހުރި ބޮޑުދޮގެކޭ ނުބުނީ ކީއްވެގެން ބާވައެވެ؟“ [ސޫރަތުއް ނޫރު: 12]
ޑރ.މުސްޠަފާ އައްސިބާއީ ވިދާޅުވިއެވެ. "އެހެނީ މީހަކާމެދުގައި ނުބައި ވިސްނުމެއް ދީ އެކަމާއި ހިތާމަކުރަންޖެހުމަށް ވުރެ މީހަކާމެދުގައި ހެޔޮ ވިސްނުމެއް ދީ އެކަމާ ހިތާމަކުރަންޖެހުން ހެޔޮކަން ބޮޑެވެ. (އައްސިބައީ، ހަކަދާ އައްލާމަތަނީ އަލް ޙަޔާތު، އަލްމަކްތަބް އަލްއިސްލާމީ، ބެއިރޫތް، 1984، ވޮލިއުމް 1، ޞަފްޙާ ނ.42)

0 comments:
Post a Comment