Monday, June 29, 2015

ޤުރުއާނުގެ މާތްކަމާއި މަތިވެރިކަން

އެންމެ ހެޔޮ ބަހަކީ ﷲ ގެ ބަސްފުޅެވެ. ޤުރުއާނަކީ ﷲ ގެ ބަސްފުޅެވެ. އަދި މުއުމިނުންގެ ދުސްތޫރެވެ. އަދި ތަޤުވާވެރިންގެ ރޫޙީ ޣިޛާއެވެ. އަދި ޢާލަމްތަކުގެ ހިދާޔަތެވެ. އަދި އަޅުތަކުން އުޅެންވީ ގޮތުގެ އިލާހީ ޤާނޫނެވެ. ޤުރުއާން ކިޔެވުމަކީ އަޅުކަމެކެވެ. އަދި ކިޔަވައިދިނުމަކީވެސް އަޅުކަމެކެވެ. ޤުރުއާނުގެ ޢިލްމު ލިބިއްޖެ މީހާ ދަންނައެވެ. ފަހެ އޭނާއަށް ދެދުނިޔެ ބާއްޖަވެރިވެއްޖެކަން ކަށަވަރެވެ. އަދި އޭގެ ޢިލްމުން މަޙްރޫމް ވެއްޖެ މީހާ ދަންނައެވެ. ފަހެ އެތައް ހެވަކުން އޭނާ މަޙްރޫމްވެއްޖެކަން ކަށަވަރެވެ.

Saturday, June 27, 2015

މީހުން މެރުން ހުއްޓުވޭނީ މަރަށް މަރުހިފައިގެން



މަރަށް މަރުހިފުމަކީ އިންސާނީ ހަޔާތުގެ ކޮންމެ ދުވަސްވަރެއްގައިވެސް ޢަމަލު ކުރެވެމުން އައިސްފައިވާ ވަރަށް ޤަދީދީ އުޤޫބާތެކެވެ.

Thursday, June 25, 2015

ކުޑަކުދިންނަށް އަނިޔާކޮށް އެކުދިންނަށް އިހުމާލުވުމަކީ މާދަމާ އެކުދިން ގެއްލި ދިއުމުގެ ސަބަބެއް!

2699224271504166573ކުއްޖާ ދުނިޔެއަށް އަންނަނީ ފިތުރަތުގެ ސާފުކަންމަތީގައި ކޮންމެވެސް ބަޔެއްގެ ލޯއްބާއި އަޅާލުން ބޭނުން ވާފަދަ ނިކަމެތި އަމިއްލައަށް ނުއުޅެވޭ ހާލުގައެވެ. ޅައުމުރަކީ އުގެނުމުގެ ދައުރު ކަމަށްވާތީ ކުއްޖާއަށް ފެންނަ މަންޒަރާއި އަޑުތަކަކީ ކުއްޖާގެ ޢުމުރާ ގުޅޭ އަޑުތަކާ މަންޒަރުތަކަށް އެބަވާންޖެހެއެވެ. އަދި ކޮންމެ މަންމައަކަށް އަދި ބައްޕައަކަށް ވުމަކީވެސް އުގެނުމުގެ ދައުރެއްކަން ދަނެގަންނަން އެބަޖެހެއެވެ. 

Sunday, June 21, 2015

ﷲއަށް ކިޔަމަންތެރިވި ޒުވާނެއްގެ ނިމުން އައިގޮތް (ޙަޤީޤީ ޙާދިޘާ)

310944_275726142459719_731938409_nމިއީ ފަތިސް ނަމާދުގެ ބަންގިއަށްފަހު ނަމާދު ފެށެންދެން މިސްކިތުގައި ކިޔަވަން އިން ޒުވާނެއްގެ ވާހަކައެވެ. އޭނާ އިނީ ކިޔަވާށެވެ. މުދިން މީހާ ޤަމަތް ދިނުމުން ތެދުވެގެން ގޮސް ކުރީންވެސް އޮތް ތަނުގައި މުސްޙަފު ބާއްވާފައި ސަފުހެދުމަށް މި ޒުވާނާ ވެސް އަވަސްވެގަތެވެ. ނަމަވެސް ކުއްލި އަކަށް މީނާ ހޭނެތިގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. ނަމާދަށް ތައްޔާރު ވެގެން ތިބި މީހުންގެ ތެރެއިން ބަޔަކު އޭނާ ނަގައިގަނެގެން ހޮސްޕިޓަލަށް ގެންދިޔައެވެ.

Friday, June 19, 2015

ފަޓުލޫނު ލައިގެން ކުރާ ނަމާދުގެ ޙުކުމް. ސަލަފުން މިކަމުގައި ދެކިލެއްވި ގޮތާއި މިޒަމާނުގެ އިލްމުވެރިންގެ ފަތުވާ



ފަހަރެއްގައިވެސް އަހުރެން މިވާހަކަތައް މިލިޔަނީ ބާރުހެދުން ލުމަށް ހިތްވަރުދިނުމުގެ ގޮތަކުން ނޫނެވެ. ނަމަވެސް މީހަކު ކުރާނަމާދު ޞައްޙަނުވާނެކަމަށް ބުނުމަކީ އޭގެ މައްޗަށް ޝަރުޢީގޮތުން ބޮޑެތި ޙުކުމްތަކެއް ތަރުތީބުވާނެ ކަމެކެވެ. ވީމާ މިމައްލަސަލައިގައި ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލައިލުން މުހިންމުކަމުގައި ދެކެމެވެ.

Monday, June 15, 2015

ޤިޔާމަތްވުމުގެ ކުދި ޢަލާމާތްތަކާއި ބޮޑެތި ޢަލާމާތްތައް

މި އުންމަތަކީ އެންމެފަހުގެ އުންމަތަށްވީހިނދު، އަދި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވި ކަލޭގެފާނަށްވީހިނދު، ﷲ ތަޢާލާވަނީ ޤިޔާމަތުގެ ޢަލާމާތްތައް މިއުންމަތުގެ ޒަމާނުގައި ފާޅުކުރެއްވުމަށް ޚާއްޞަ ކުރައްވަވާފައެވެ. އެކަލޭގެފާނަށްފަހު ޤިޔާމަތުގެ ޢަލާމާތްތައް ބަޔާންކޮށްދެއްވާނެ ނަބިއްޔަކުވެސް އަދި ރަސޫލަކުވެސް ނުވާނެކަމުން، އެކަމުގެ މަސްއޫލިއްޔަތު ﷲ ތަޢާލާވަނީ އެއިލާހުގެ ރަސޫލާގެ ކޮނޑުފުޅުގައި އަޅުއްވަވާފައެވެ. ދެންފަހެ އެކަލޭގެފާނުވަނީ އެންމެ ފުރިހަމަ ގޮތުގައި އެމަސްއޫލިއްޔަތު އަދާކުރައްވަވާ އުންމަތައް އެކަންތައްތައް ބަޔާންކޮށްދެއްވަވާފައެވެ.

Saturday, June 13, 2015

ޤުރުއާން ހިތުދަސްކުރުމުގެ ޤަވާޢިދުތައް

1- ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޖުހަފުޅު އަދައިގެން ކުރުން

2- ކިޔެވުން ތަޖުވީދުގެ މަގަށް ބެހެއްޓުން

Thursday, June 11, 2015

ކީރިތި ޤުރުއާނުގެ ބައެއް ނަންތައް

1- ޤުރުއާން: މިއީ ކީރިތި ޤުރުއާނަށް ކިޔޭ ނަންތަކުގެ ތެރެއިން އެންމެ މަޝްހޫރު ނަމެވެ. ޠާހިރު އިބްނު ޢާޝޫރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ޤުރުއާނަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ބާވައިލެއްވި ވަޙީއަށް ކިޔޭ ނަމެކެވެ.

އޭގެ ކުރިން އެއްވެސް އެއްޗަކަށް އެނަން ކިއިފައިނުވެއެވެ. އެއީ ކީރިތި ޤުރުއާނުގެ ނަންތަކުގެ ތެރެއިން އެންމެ މަޝްހޫރު ނަމެވެ.


 އަދި ކީރިތި ޤުރުއާނުގެ ނަންތަކުގެ ތެރެއިން އެންމެ ގިނައިން ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ އެއް ނަމެވެ. އަދި ސަލަފުންގެ ދޫފުޅުމަތިންވެސް އެންމެ ގިނައިން ދައުރުވެފައިވަނީ އެ ނަމެވެ. التحرير والتنوير ( 1/ 71)

Tuesday, June 9, 2015

ސުވަރުގެއާއި އެތާގެ އަހުލުވެރިންގެ ނިޢުމަތްތައް


ސުވަރުގޭގެ އަހުލުވެރިން ސާދަވިލޭރޭގެ ހަނދުފަދައެވެ. އެމީހުންގެ ކާނާއަކީ އެމީހުން އިޚްތިޔާރުކުރަން ލިބޭ މޭވާތެކެވެ. ސުވަރުގޭގެ އަހުލުވެރިންގެ ކެއުންކަމުގައިވާ މޭވާތައްވަނީ އެމީހުންގެ އަތްފޯރާ ހިސާބަށް ކައިރިވެގެންނެވެ. އަދި މަތީން އުދުހިފައިދާ ދޫނި އެމީހުން ހިތަށް އެރުމާއެކު ފިހެވިގެން (ކާންތައްޔާރުވެގެން) އެމީހުންގެ ކުރިމަތީގައިވާ ތަބައްތަކަށް ވެއްޓޭނެއެވެ. އެމަސް ކައިފިނަމަ ހަފަން ނުޖެހޭނެއެވެ. ވަރަށް މީރުވާނެއެވެ. އިސާހިތަކު އަނގަތެރެއަށް ވިރިގެން ހިނގައިދާނެއެވެ. ސުވަރުގޭގެ އަހުލުވެރިންގެ ބުއިމަކީ ކާފޫރު ރަލާއި ޒަންޖަބީލް ރަލެވެ.

Sunday, June 7, 2015

ދިވެހި ފޭކު އޭތިސްޓުން ފޭކު ދީނެއްގެ މަތީގައި

އޭތިސްޓުންނޭ ކިޔައިގެން މިއުޅޭ "ބައިގަނޑު" ގެ މީހުންނަކީ ޙަޤީޤަތުގައި އޭތިޒަމްގެ ޙަޤީޤަތްވެސް ރަނގަޅަށް އޮޅުން ނުފިލާ ތިބި އޭތިޒަމަށް "ޅަ" ކުދީންތަކެކެވެ. އެހެން ޢިބާރާތަކުން ބުނާނަމަ ފޭކު އޭތިސްޓުން ތަކެކެވެ. ތިމަންނާމެންނީ އޭތިސްޓުންނޭ ގޮވާއިރު، ދީނީ ޢިލްމު ކިޔަވާ ކުއްޖަކާ "ޖަދަލުކުރުމުގެ" ތެރޭގައި ކަލޭއަށް "ގޯޑް" ސިކުނޑިއެއް ދެއްވާފައެބައޮތޭ އެ ބުނީ އަނެއްކާ ކޮން ގޯޑެއްގެ ވާހަކަ ބާއެވެ. އޭތިސްޓުންގެ ގޯޑު ވާހަކަ ބާވައެވެ؟

Friday, June 5, 2015

ފުރާނައަށް ދޭންޖެހޭ ކާނާ



ﷲ ސުބުޙާނަހޫ ވަތަޢާލާ އާދަމްގެފާނު ހެއްދެވީ ވެލީންނެވެ. ނުވަތަ މަށީންނެވެ. އިންސާނުންގެ ތެރެއިން އެންމެ ފުރަތަމަ އުފެއްދެވީ އާދަމްގެފާނެވެ. ތަކެތީގެ ތެރެއިން އެންމެ ފުރަތަމަ ހެއްދެވީ ޤަލަމެވެ. މިދުނިޔެ އުފެއްދެވުމަށްފަހު މަލާއިކަތުންނާއި ޖިންނީން އެއިލާހު ވަނީ އުފައްދަވާފައެވެ. އެއިލާހު މަލާއިކަތުން އުފައްދަވާފައިވަނީ އެއިލާހުގެ އަމުރުފުޅުތައް ތަންފީޛުކުރުންމަތީ ދެމިތިބުމަށެވެ.

Wednesday, June 3, 2015

ކުރިސްޓިޔަނުންނަށް ޖަވާބު ނުދެވޭ ސުވާލުތައް

ޅެން: މިޅެމަކީ ޝެއިޚުލް އިސްލާމް އިމާމު އިބުނު 
ޤައްޔިމު އަލްޖައުޒިއްޔާ ރަޙިމަހުﷲ ލިޔުއްވާފައިވާ 

ވަރަށް މަޝްހޫރު ޅެމެކެވެ. އަދި ބަހުގެ ގޮތުންނާއި 

ޢިލްމީގޮތުންވެސް މާނަފުން ޅެމެއްމެއެވެ.

“އޭ ޢީސާގެފާނަށް އަޅުކަންކުރާ މީސްތަކުންނޭވެ. އަހަރެމެންގެ ސުވާލުތަކެއް އެބަވެއެވެ.




Monday, June 1, 2015

ހައްތަހާވެސް ޙައްޤެވެ

އެއް ޒަމާނެއްގައި އުޅުނު ރާ ބޯ މީހަކު ޒިނޭ ކުރާ މީހަކާއި ދިމާއަށް އެބަ ބުނެއެވެ.

ރާބޯ މީހާ: އަހަރެން ރާ ބުއިމަކީ އަހަރެންނަށް ލިބެން ޖެހޭ ޙައްޤެކެވެ.

ޒިނޭ ކުރާ މީހާ: ތިހެން ވިއްޔާ އަހަރެން ޒިނޭ ކުރުމަކީ ވެސް އަހަންނަށް ލިބެން ޖެހޭނެ ޙައްގެކެވެ. އަހަރެން ބޭނުން ކޮންމެ މީހަކާއި އެކުވެސް އަހަރެންނަށް ޒިނޭ ކުރެވެން ޖެހޭނެއެވެ. ކަލޭގެ މަންމަ އާއި އެކުވެސް.........

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons