Thursday, August 30, 2012

ޤާދިޔާނީންނަށް ނަޒަރެއް

ޤާދިޔާނީ ޙަރަކާތަކީ، ނަވާރަ ވަނަ ޤަރުނުގައި އިންޑިއާގައި އުފެދުނު ޙަރަކާތެކެވެ.

Wednesday, August 29, 2012

ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެތެރެއިން އިރާއި ހަނދު އެއްކުރެއްވުން

ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން މިކައުނު ފުޅާވަމުންދާކަން، ވިހިވަނަ ޤަރުނުގެ ކުރީކޮޅު ޢިލްމުވެރިން ވަނީ ޘާބިތުކޮށްދެއްވާ ފައެވެ. އަދި އެބޭފުޅުން ވިދާޅުވާ ގޮތުގައި މިފުޅާވުމަކީ ނިމުމެއްނުވާ ކަމެއް ނޫނެވެ. ފަހެ، ބިގްބޭންގގެ ސަބަބުން ބުރައިގެންދިޔަ އެތިކޮޅުތަކުގެ ސަބަބުން މިފުޅާވާ ފުޅާވުން ބޭރަށް ފުޅާވަމުންދާ ބާރުމިން ދަށްވާނެ ވަގުތެއް އަންނާނެއެވެ.

Monday, August 27, 2012

އެހެންމީހުންނަށް ލިބިފައިވާ ނިޢްމަތްތަކާމެދު ޙަސަދަވެރިވުމުގެ ނުބައިކަން


ޝައްކެއްނެތް ! ޙަސަދަވެރިކަމަކީ މީހުން ނަފްރަތުކުރާ ވިޔާނުދާ ސިފަ ތަކުގެ ތެރެއިން ސިފައެއް. އެއީ މާތްﷲ މިންވަރު ކުރައްވާފައިވާ މިންވަރަށް އީމާން ނުވާ ކަމުގެ ހެއްކެއްވެސްމެ. އާދެ ! ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންނުވުން. 

Saturday, August 25, 2012

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މުދިންބޭކަލުންނާއި ލިޔުއްވާބޭކަލުންނާއި ސަފީރުބޭކަލުން.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މުދިންބޭކަލުންނާއި ލިޔުއްވާބޭކަލުންނާއި ސަފީރުބޭކަލުން.

 

Thursday, August 23, 2012

ލޯބީގެ އިޚްލާޞްތެރިކަން

ﷲ ތަޢާލާދެކެ ލޯބިވާކަމަށް ދަޢުވާ ކުރާ މީހުންގެ ކިބައިން އެންމެ ބޮޑަށް އެދެވޭ އެންމެ މުހިންމު އެއްސިފައަކީ ކެތްތެރިކަމެވެ. އެހެނީ، ކެތްތެރިކަމުގެ ދަރަޖައިން، އެބައެއްގެ ވަޢުދަށް އިޚްލާޞްތެރިވަނީ އަދި ވަޢުދަށް އިޚްލާސްތެރިނުވަނީ ކޮންބައެއްކަން އަންގައިދޭތީއެވެ.

Tuesday, August 21, 2012

ޢާލަމްތަކުގެ ވެރި އިލާހު ދެކެ ލޯބިވުމަށް މެދުވެރި ކޮށްދޭ ސަބަބުތައް

1- ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ލައްވަވާފައިވާ ނިޢުމަތްތައް ދެނެގަތުން: މިފަދަ ނިޢުމަތްތަކަކީ، އެނިޢުމަތްތަކުގެ ގިނަކަމުގެ ސަބަބުން ގުނާ އަދަދު ނުކުރެވޭ ވަރުގެ ނިޢުމަތްތަކެކެވެ. ﷲތަޢާލާ ވަހީކުރެއްވިއެވެ. ”وَإِنْ تَعُدُّوا نِعْمَةَ اللَّهِ لا تُحْصُوهَا“ ”ﷲ ގެ، ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެ ނިޢުމަތްތައް ޢަދަދެއް ނުކުރެވޭހުއްޓެވެ.“ (ސޫރަތުލް އިބްރާހީމް: 34)

Sunday, August 19, 2012

أَبو بكر رضي اللّه عنه ވެރިކަމަށް އިސްކުރެއްވުމުން ދެއްވެވި ޚުޠުބާ.

ރަސޫލު
 ﷲ صلى الله عليه وسلم އަވަހާރަވެވަޑައި ގަތުމުން، أَبو بكر رضي اللّه عنه،މުސްލިމުންގެ ޚަލީފާއެއްކަމުގައި  ކަނޑައަޅުއްވައި އެކަލޭގެފާނަށް ބައެޢަތު ހިއްޕެވުމުން، އެކަލޭގެފާނު ކީރިތި ނަބިއްޔާ محمد صلى الله عليه وسلمގެ މިސްކިތްކޮޅުގައި އެންމެހައި މީސްތަކުންނާއި މުޚާޠަބުކުރައްވައި އެންމެ ފުރަތަމަވެސް ދެއްވެވީ ޚުޠުބާއެކެވެ. ﷲ ތަޢާލާއަށް ޙަމްދު ޘަނާ ކިޔުއްވުމަށްފަހު އެކަލޭގެފާނު ވިދާޅުވިއެވެ.
أما بعد:  (އެއަށްފަހު ބުނަމެވެ.)

Friday, August 17, 2012

އިރު އޮއްސެންވާއިރަށް ކުޑަކުދިން ގެއަށް ވައްދާ ދޮރުތައް ލެއްޕުން

އިހުޒަމާނުއްސުރެ މީހުން ކުރަމުން އައި ކަންތައްތަކާއި ދެކެމުން އައި ހުރިހައި ގޮތަކީ ބޯދާ ކަންތައްތަކެއް ނުވަތަ ގޮތްތަކެއް ނޫނެވެ.

Wednesday, August 15, 2012

ނިޢުމަތްތަކާ މެދު ޖަވާބުދާރީ ވުން

ނިޢުމަތަކީ ހަމައެކަނި މުއުމިނުންނަށް ޤިޔާމަތްދުވަހު ދެއްވާއެއްޗެއް ނޫނެވެ. އަދި ނިޢުމަތަކީ ހަމައެކަނި ރަނގަޅުކަންތައްތަކެއް ވެސް ނޫނެވެ. ނިޢުމަތުގެ ތެރޭގައި ނުރަނގަޅުކަންތައްތައް ދުރުހެލިކޮށްދެއްވުން ވެސް ހިމެނެ އެވެ.  މާތްﷲ ހެއްދެވި ހުރިހާ މަޚްލޫޤުންނަށް  މި ދުނިޔޭގައި ތަފާތު ނިޢުމަތްތައް ދެއްވަވަ އެވެ.

Monday, August 13, 2012

ﷲ ތަޢާލާއަށް ބަރޯސާވުމުގެ ފޮނިކަން

އެންމެ އިޚްލާސްތެރި މީހަކީ، ﷲ ތަޢާލާއަށް ހުރީހާކަމެއްގެ މައްޗަށް ބާރުލިބިވޮޑިގެންވާކަން ދެނެހުރެ، އޭނާގެ ރޭވުންތަކާއި އިޚްތިޔާރުތައް (އެއިލާހަށް) ދޫކޮށްލާ މީހާއެވެ. 

Sunday, August 12, 2012

މާތް ﷲ ވޮޑިގެންވާކަމުގެ ހެކިތައް

މާތް ﷲ ވޮޑިގެންވާ ކަމާމެދު ބައެއް މީހުން އިންކާރުކުރެ އެވެ. އެބައިމީހުންގެ ނަޒަރުގައި "ކައުނާއި ކައުނުގައި ވާހައި އެއްޗެއް އުފެދިފައިވަނީ އަމިއްލައަށެވެ. އެންމެ ކުދިކުދި އެއްސެލު ކާއިނާތްތަކުން ފެށިގެން އިންސާނުންނަށް ދާންދެން އުފެދިފައިވަނީ އަމިއްލައަށެވެ. ޒައްރާ އިން ފެށިގެން މަޑިކިލަނބުތަކަށް ދާންދެން ވެސް އުފެދިފައިވަނީ އަމިއްލައަށެވެ. ވީމާ، މާތް ﷲ އަށް އީމާންވެ އެކަލާނގެ ޙަޟުރަތަށް ހިތާއި ނިޔަތް އިޚުލާޞްތެރިކުރުމުގެ ބޭނުމެއް ނެތެވެ."

Friday, August 10, 2012

ރޯދަހިފުމުންވާ ފައިދާއަކީ ކޮބާ؟

ރޯދަހިފުމުންވާ ފައިދާއަށް ބަލާލާއިރު ފާހަގަކޮށްލަންޖެހޭ ދެތިން ކަމެއް އެބައޮތެވެ. އެއްކަމަކީ [އަލްޙަކީމް] އަކީ ﷲ ގެ ނަންފުޅުތަކުގެ ތެރެއިން ނަންފުޅެކެވެ. މި ބަސް އުފެދިފައިވަނީ [ޙުކުމް] އާއި [ޙިކްމަތް] މި ދެބަހުންނެވެ. މިއިން ދޭހަކޮށްދޭ މާނައަކީ ހުރިހާ ޙުކުމެއް ކަނޑައަޅާ ފަރާތަކީ މާތް ﷲ ކަމެވެ. 

Wednesday, August 8, 2012

އިންސާނާގެ ޢަދާވާތްތެރިޔާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިންސާނާގެ އެންމެ ބޮޑު ޢަދުއްވަކީ ޝައިޠާނާއެވެ. ﷲ ތަޢާލާ އާދަމް عليه السلام ޚަލްޤުކުރައްވާ، އެކަލޭގެފާނަށް ސަޖިދަކުރަން މަލާއިކަތުންނަށް އެންގެވުމުން، ޝައިޠާނާވަނީ ބޮޑާވެގަނެ އެކަމާ އިންކާރުކޮށްފައެވެ. އަދި ﷲ ތަޢާލާ ޚަލްޤުކުރެއްވި އެންމެ ފުރަތަމަ އިންސާނާއިން ފެށިގެން ޤިޔާމަތާ ހަމައަށް އުފަންވާނޭ ކޮންމެ މީހަކަށްމެ ވަސްވާސްދީ މަގުފުރައްދާނެކަމަށް އޭނާވަނީ ބުނެފައެވެ.

Monday, August 6, 2012

ދަރުމަޔާ ޘަވާބަށް އެއްމެ ދަހިވެތި ވާންވީ ވަގުތުކޮޅު.

بسم الله الرحمن الرحيم - الحمد لله والصلاة والسلام على رسوله وعلى آله وصحبه وسلم تسليما. وبعد: ވަގުތު ފާއިތު ނުވަނީސް، އޭގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ފެށިއްޖެ ކޮންމެ ކަމަކީ ނިމޭނެ ކަމެކެވެ.

Saturday, August 4, 2012

ނޭނގުން

މީހަކު ކުރެން އެ މީހަކު ލޯބިވާ ދަރިއެއްގެ ވާހަކަ އަހައިފިނަމަ ދައްކާނޭ ވަރަށް ގިނަ ވާހަކަ ހުރެއެވެ. އެ ވާހަކަތައް ދުވަހަކު ކޮޅުންވެސް ނުލާހައި ގިނައިންނެވެ. އެކަމަކު ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވާހަކައެއް އަހައިފިނަމަ އަނގަ ބަންދުވެދެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއާބެހޭ ގޮތުން އޭނާއަށް އެކައްޗެއްވެސް ނޭނގެނީ ކަހަލައެވެ.

Friday, August 3, 2012

އިންސާނާގެ ބައެއް ޙަޤީޤަތް

 ކީރިތި ޤުރުއާނުގައި އަންގަވާފައިވާ، އިންސާނާގެ ބައެއް ޙަޤީޤަތްތަކުގެތެރެއިން...

Wednesday, August 1, 2012

ދީންވެރިކަމާއި ބުއްދިވެރިކަން

މިލިޔުމުގައި އަޅުގަނޑު މިބަލައިލަނީ، ދީންވެރި ވުމުގެ ސަބަބުން މުސްލިމުންގެ ބުއްދިއާއި ވިސްނުމަށް އަންނަ ކުރިއެރުންތަކާއި ހެޔޮ ބަދަލުތަކުގެ މައްޗަށެވެ. ނަމަވެސް، ދުނިޔޭގެ އާއްމު ދިރިއުޅުމުގެ ސަބަބުން، މުސްލިމު މީހާއާއި އެނޫން މީހާގެ ބުއްދިއަށް އަންނަ ބަދަލުތަކުގެ ވާހަކަ މިލިޔުމުގައި ނުހިމެނޭނެއެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons