ޝައްކެއްނެތް
! ޙަސަދަވެރިކަމަކީ މީހުން ނަފްރަތުކުރާ ވިޔާނުދާ ސިފަ ތަކުގެ ތެރެއިން
ސިފައެއް. އެއީ މާތްﷲ މިންވަރު ކުރައްވާފައިވާ މިންވަރަށް އީމާން ނުވާ
ކަމުގެ ހެއްކެއްވެސްމެ. އާދެ ! ހެޔޮ މިންވަރާއި ނުބައި މިންވަރަށް
އީމާންނުވުން.
ޙަސަދަ
ވެރިކަމަކީ އެހެން މީހަކަށް ލިބިފައިވާ ނިޢުމަތެއް އެމީހެއްގެ ކިބައިން
ފިލައި ދިއުމަށް ތިމާގެ ހިތް އެދުން. އަދި އޭގެ ބަދަލުގައި ތިމާއަށް
އެނިޢުމަތް ލިބުމަށް އެދުންވެސްމެ . އެހެންކަމުން ޙަސަދަ ވެރިޔާއަށް
ދުވަހަކުވެސް ހިތް ހަމަޖެހުމެއް ނުލިބޭނެ. އެހެނީ އަނެކެއްގެ ފަރާތުން
ނިޢުމަތެއް ފެންނައިރަށް އެކަމާ ޙަސަދަ ވެރިވާން ފަށާނެ ، އަދި އޭނާގެ
ކިބައިން އެ ނިޢުމަތް ނެތިގެން ދިއުމަށް ބޭނުންވާނެ . މިހެން ނުވާހާ
ހިނދަކު އޭނާގެ ހިތަކަށް ހަމަޖެހުމެއް އަރާމެއް ނުލިބޭނެ.
ޝައްކެއްނެތް. ޙަސަދަ ވެރިކަމަކީ ބޮޑުވެގެންވާ ފާފައެއް. މާތްﷲ ލައުނަތް ލެއްވި އިބްލީސް ސުވަރުގޭގެ
މަތިވެރި ނިޢުމަތުން ބޭރުކުރެވުނީވެސް ޙަސަދަވެރިކަމުގެ ސަބަބުން . އާދެ!
ޢާދަމް ޢަލައިހިތް ސަލާމް މަށިން އުފައްދަވާ އެކަލޭގެފާނަށް ސަޖިދަ
ކުރުމަށް މާތްﷲ ހުރިހާ މަލާއިކަތް ބޭކަލުންނަށް ޢަމުރު ކުރެއްވިހިނދު
އެބޭކަލުން ސަޖިދަ ކުރެއްވި. ނަމަވެސް މާތްﷲ އެބޭކަލުންގެ ދަރަޖަ
ދެއްވާފައިވާ އަލިފާނުން ހެއްދެވިގެންވި އިބްލީސް ސަޖިދަކުރުމަށް
އިންކާރުކުޅަ . އެއީ އޭނާގެ ކިބައިގާވާ ބޮޑާ ކަމުގެ ސަބަބުން
އާދަމުގެފާނާމެދު ޙަސަދަވެރިވީ . އެހެންވެ ބުނެވެނީ ޙަސަދަ ވެރިކަމުގެ
އަސްލަކީ ބޮޑާ ކަމެވެ.
ހަމައެހެންމެ މާތްﷲ އެބައެއްގެ މައްޗައް ލައުނަތްލެއްވި ޔަހޫދީން
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ޢީމާން ނުވީވެސް ހަމަ މި
ސަބަބާހުރެ. އާދެ އެމީހުންގެ ދަރިންނަކީ ކޮބާކަން ވަކިކުރަން އެގޭފަދައިން
އެކަލޭގެފާނީ ﷲ ފޮނުއްވި ރަސޫލާކަން އެމީހުންނަށް އެގޭ އިރުވެސް
އެކަލޭގެފާނީ އެބައިމީހުންގެ ތެރެއިން ވަޑައިގަތް ބޭކަލަކަށް ނުވީތީވެ
އެބައިމީހުން އެކަލޭގެފާނަށް އީމާނެއްނުވި .
މާތްﷲ
އޭނާގެމައްޗަށް ލަޢްނަތްލެއްވި އަބޫ ޖަހުލު ވެސް މުޙައްމަދު ޞައްލަﷲ
ޢަލައިހި ވަސައްލަމް އަށް އީމާން ނުވީ ހަމަ މި ސަބަބާ ހުރެ. އާދެ!
އެކަލޭގެފާނަކީ ﷲ ފޮނުއްވި ރަސޫލަކުކަމަށް އޭނާއަށް އެގޭކަމަށް ދުލުން
އިޢުތިރާފުވި . ނަމަވެސް އޭނާގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ބޭކަލަކަށް
ނުވާތީވެ އީމާންވުމަށް އިންކާރު ކުޅަ. އެމަތިވެރި ޝަރަފު އެހެން މީހަކަށް
ލިބުނީތީވެ އެކަމާ ޙަސަދަވެރިވި .
އާދެ
! މިހިރީ ހައްތަހާވެސް ޙަސަދަވެރިކަމުގެ ނުބައި ކަން . ރަގަޅުގޮތް
ކިތަންމެ ރީއްޗައް ފެންނަން އޮތަސް ޙަސަދަވެރިޔާ އެކަމަށް އިޢުތިރާފުވުމަށް
އިންކާރުކުރޭ. އެހެންކަމުން މިނުބައި ސިފައިން ސަލާމަތްވެ ތިބުމަށް
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެނަށް އިރުޝާދު
ދެއްވާފައިވޭ . އެކަލޭގެފާނު ޚަދީޘް ކުރައްވަނީ: ތިޔަބައިމީހުން އެކަކު
އަނެކަކު ދެކެ ރުޅި ނާންނާށެވެ. އެކަކު އަނެކަކާ ޙަސަދަވެރި ނުވާށޭ. އެކަކު އަނެކަކަށް ފުރަގަސް ނުދޭށޭ. އަދި ތިޔަބައިމީހުން އަޚުންތަކެއް ކަމުގައިވާ ޙާލު ﷲ ގެ އަޅުންތަކެއްކަމުގައި ވާށޭ.
0 comments:
Post a Comment