Saturday, June 30, 2012

މިޔުޒިކު


ހަމަ ޙަޤީޤަތުގައިވެސް މިއުޒިކަކީ އޭގެ ސަބަބުން ހިތް ހަމަޖެހުން ލިބޭ އެއްޗެއްބާ؟ މިއުޒިކު އަޑުނާހާ މީހުންގެ ހިތްތައް ވަނީ ހިތްހަމަޖެހުމާއި އުފާވެރިކަމުން މަޙްރޫމްވެފައިބާ؟ މިއުޒިކުގައި އާދަޔާ ޚިލާފު "ގެއްލުންތަކެއް" އެކުލެވޭބާ؟

Thursday, June 28, 2012

އިސްލާމީ ޝަރީޢަތުގެ އެއްވެސް ކަމަކަށް ދެކޮޅުހަދައި މަނާވެގެންފި ބަޔަކާއި ހަނގުރާމަ ކުރުން؟

ޝަރީޢާއިސްލާމީ ޝަރީޢަތުގެ ކަންކަމުގެ ތެރެއިން ކަމަކާއި ދެކޮޅުހަދައި މަނާވެގެންފި ބަޔަކާއި ހަނގުރާމަ ކުރުން ހުއްދަކަމުގައި އިސްލާމްދީނުގެ ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވެއެވެ. ފަހެ އެފަދަބަޔަކާއި ދެކޮޅަށް ޖިހާދުކޮށް ހަނގުރާމަ ކުރުމަކީ ވާޖިބުވެގެންވާ ކަމެއްކަމުގައި ހުރިހާ މުސްލިމުން އިއްތިފާޤުވެފައިވެއެވެ.

ސިޙުރެއް ޖެހިފައިވާ މީހުންނާއި އަނބިމީހާއާ ގުޅުން ނުބޭއްވޭ މީހުންނަށް ހުރި ފަރުވާއެއް

ތިރީގައި އެވަނީ ސިޙުރެއް ޖެހިފައިވާ މީހުން ނާއި އަނބި މީހާ އާއި ގާތް ގާތްކަން ނުބޭއްވޭ މީހުންނަށް ވަރަށް ފައިދާ ހުރި ފަރުވާއެއް ކަމުގައި ޢިލްމުވެރިން ލިޔުއްވާފައިވާ ފަރުވާއެކެވެ. މިފަދަ ކަންކަމުގެ ޝަކުވާ ބައެއް ބޭފުޅުންނަށް ބޮޑުވެފައިވާތީ ލޮބުވެތި ކިޔުންތެރިންގެ ފައިދާއަށްޓަކައި ބަޔާން ކޮށްލީއެވެ.

Tuesday, June 26, 2012

މިބައިމީހުން މިއުޅެނީ އުޚްރަވީ ޙަޔާތުގެ ސަޒާއަށް އަންހެނުން ހުށަހަޅާށެވެ.

ސައްތައިންސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމުން އެކަމާއި ކަންބޮޑުވެ، ހަތަރުއުދަރެސްފެނުޖެހިގެން ބަޔަކު އެބައުޅެއެވެ. އަޅުގަނޑުމެންގެ ޤައުމުގައި އޮތް އިސްލާމީ ވަޙުދަތު ނަގާލައި އެހެންދީންތަކުގެ ޝިޢާރުތައް އެކިއެކި މޮޅެތި ނަންތައް ކިޔައިގެން ފާޅުކުރަން މަސައްކަތްކުރަމުން އެބަދެއެވެ.

Sunday, June 24, 2012

ރަނގަޅު ނިމުން - ކޯމާގައި ސުވަރުގޭގެ ވާހަކަ ކިޔައިދިން މީހާ

ސުޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއްޝައިޚް ޢަލީ އަލްޔާސީން ވިދާޅުވިއެވެ.
އަހަރެންނަށް ސުޢޫދީ ޢަރަބިއްޔާގެ ޤާޟީއަކު ކިޔައި ދެއްވިއެވެ. އެއްދުވަހަކު އަހަރެން ހެޔޮ މަރާއި ނުބައި މަރުގެ މައްޗަށް ދަރުސެއް ދިނީމެވެ. އޭގައި އަހަރެން ވަރަށް ގިނަ މިސާލުތައް ކިޔައިދިނީމެވެ.

Saturday, June 23, 2012

ހިޔަރަކާތުގެ ބައެއް ބިދުޢަތައް


ޝަޢުބާން މަސް ދެބައިވާ ރޭގައި ބައެއް މުސްލިމުން ކުރާ ނަމާދެއް ވެ އެވެ. އެ ނަމާދަށް ދިވެހިން ކިޔައިއުޅެނީ ހިޔަރަކާތް ނަމާދެވެ. ހިޔަރަކާތް އުފެދިފައިވަނީ ހިޔައާއި ރަކާތުންނެވެ. ހިޔައަކީ "ނުވަދިހަ ހަޔެއް" އެވެ. ރަކާތަކީ "ރަކުޢަތް" އެވެ. އެހެންވީމާ ހިޔަރަކާތުގެ މާނައަކީ، ނުވަދިހަ ހަ ރަކުޢަތެވެ. މިނަމާމެދު ވިސްނާލާއިރު، މިނަން އުފެދިފައިވަނީ، ހިސާބުގެ ދިހަ ވަޅުގެ ނިޒާމު ދިވެހިންގެ ތެރޭގައި ޢާއްމުވުމުގެ ކުރިން ކަމަށް ލަފާކުރެވެ އެވެ. އެހެނީ، ހިޔަރަކާތް ނަމާދުގައިވަނީ ނުވަދިހަ ހަ ރަކުޢަތެއް ނޫނެވެ. އެކަމަކު އެ ނަމާދުގައިވަނީ ސަތޭކަ ރަކުޢަތެވެ.

Friday, June 22, 2012

ޚައްބާބު އިބްނިލް އަރައްތު ރަޟިޔަﷲ ޢަންހު އުފުއްލެވި އުދަގޫތައް

މާތްﷲ ރުއްސުން ލެއްވި ޚައްބާބު ބިނިލް އަރައްތަކީ އަމިއްލަ ނަފުސު ފުޅު ގަދަފަދަވެގެންވި އިމްތިޙާނަށް ޓަކައި ހުށަހެޅުއްވި މަތިވެރި ޝަޚުޝިއްޔައްތަކުތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. އިލާހީ މަގުގައި ބޮޑެތިވެގެންވާ މުޞީބާތްތައް ތަޙައްމުލް ކުރެއްވި ބޭފުޅެކެވެ.

Wednesday, June 20, 2012

ﷲ އަށް ޓަކައެވެ.

ޝެއިޚް ސަޢީދު އިބުނު މުފްސިރު މި ހައިރާންކުރުވަނިވި ޙާދިޘާ ކިޔައިދިނެވެ.
އަހަރެން މަސްޖިދުލް ޙަރާމް އިން ނުކުމެގެން ދިޔައިރު އެތަނުގައި ސަލާން ޖަހާ މީހަކު ހުއްޓެވެ. ހަމަ އެ ވަޤުތު މުއްސަނދި މީހަކު އޭނާގެ އަގުބޮޑު ކާރަށް އެރުމަށްޓަކައި މަގު ހުރަސްކޮށްލިއެވެ. 

Monday, June 18, 2012

ބަރަކާތް

މީހުން ބުނާ އަޑު އިވެއެވެ. މުދަލުގައި "ބަރަކާތެއް" ނެތެވެ. ކުރާ މަސައްކަތުގައި "ބަރަކާތެއް" ނެތެވެ. ހޭދަކުރެވޭ ވަގުތުގައި "ބަރަކާތްތެރި" ކަމެއްނެތެވެ. ބަރަކާތަކީ މިޒަމާނުގައި ހޯދައި ނުފެނިފައިވާ ޚަޒާނާއެއް ފަދަ އެއްޗެކެވެ. އަޅުގަނޑުމެން މިކިޔާ "ބަރަކާތް" ޙާޞިލްކުރާނީ ކިހިނެއްތޯ އެނގުމުގެ ކުރިން "ބަރަކާތަކީ" ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.
ޢިލްމުވެރިޔަކު ވިދާޅުވެފައި ވެއެވެ.

Saturday, June 16, 2012

ހެޔޮލަފާ އަނބިން

 
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަކީ ވާރުތަމުދަލުގެ ގޮތުގައި ދެކެވުނު ބައެކެވެ. އޭނާގެ ފިރިމީހާ މަރުވުމުން، ވާރުތަ މުދާ ބަހާއިރު، ވާރުތަވެރީން އެއަންހެނާވެސް ވާރުތަ މުދަލުގެ ތެރޭގައި ހިމަނައެވެ. އަދި އެމުޖުތަމަޢުގައި އަންހެން ދަރިއަކު އުފަންވިކަމުގެ ޚަބަރު ލިބިއްޖެނަމަ އެކުއްޖާގެ ބައްޕަގެ މޫނުގެ ކުލަ އޮއްސިގެންދެއެވެ. އަދި އެކުދިން ދިރިތިއްބާ ވަޅުލާނީތޯ ނުވަތަ ލިބުނު ނިކަމެތިކަން ތަޙައްމަލުކުރާނީތޯ އެބައިމީހުން އެހިނދު ފިކުރުކުރެއެވެ.

Thursday, June 14, 2012

ﷲ ޙަރާމްކުރައްވާފައިވާ ކަމެއް ހުއްދަކުރުން އަދި ﷲ ހުއްދަކުރައްވާފައިވާ ކަމެއް މަނާކުރުން

އަޅުގަނޑުމެންގެތެރޭގައި ފެތުރެމުންދާ އެންމެ ބޮޑު އެއް ޝިރުކަކީ މާތް ﷲ ޙަރާމްކުރައްވާފައިވާ ކަންތައްތައް ހުއްދަކުރުމާއި، ހުއްދަކުރައްވާފައިވާ ކަންތައްތައް މަނާކުރުމާއި، ނުވަތަ އެފަދަ ކަމެއް ކުރުމުގެ ޙައްޤު ﷲ ފިޔަވައި އެހެންފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ލިބިގެންވާކަމަށް ގަބޫލުކުރުމާއި، މުސްލިމް ނޫން ނުވަތަ މުސްލިމް ކޯޓަކުންވިޔަސް ނުވަތަ އެހެންވެސް މުއައްސަސާއަކުން ވިޔަސް ﷲ ބާވައިލައްވާފައިވާ ޙުކުމްފުޅުތަކާއި ޚިލާފަށް އަމިއްލައަށް އުފައްދާފައިވާ ޙުކުމްތައް އަޅުގަނޑުމެންގެ ކަންތައްތަކުގައި ޙުކުމް ކަޑައެޅުމުގައި ބޭނުންކުރުން، އަދި މިއީ ހުއްދަ ކަންތައްތައް ކަމުގައި ގަބޫލުކުރުމެވެ.

Wednesday, June 13, 2012

ދީނާ ދެކޮޅަށް ސަޢުދީޢަރަބިއްޔާގައި ހިންގާ އިލްހާދުގެ ޢަމަލުތައް އެޤައުމުގެ ޢިލްމުވެރިން ކުށްވެރިކުރައްވާ ބަޔާނެއް ނެރުންވައިފި.

ސަޢުދީ ޢަރަބިއްޔާގައި އިސްލާމްދީނާ ދެކޮޅަށް ފަތުރަމުންދާ އިލްހާދާއި ދީނާމެދު ޝައްކު އުފެއްދުމުގެ “އޮއިވަރުގެ ނުރައްކާތެރިކަށް އެޤައުމުގެ ރައްޔިތުންނަށް ބަޔާންކޮށްދެއްވާ 105 ޢިލްމުވެރިން ސޮއި ކުރައްވާ ބަޔާންނެއް ނެރުންވައިފިއެވެ.

Tuesday, June 12, 2012

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ލޯފުޅުގެ ފަރުވާ ނުހޯއްދެވުން

ޢަބްދުﷲބްނި ޢައްބާސުގެފާނުންގެ ލޯފުޅުގައި ފެންއުފެދި އަނދިރިވުމުން އެކަލޭގެފާންގެ ލޯފުޅަށް ބޭސް ފަރުވާކުރުމަށް ޓަކައި ޠަބީބަކު (ޑޮކްޓަރަކު) ވަޑައިގެން ލޮލުގެ ސާޖަރީ ހެދުމަށްފަހުގައި ފަސްދުވަސްވާދެން ނަމާދުގައި ސަޖިދަ ބިންމަތީގައި ޖަހައިގެން ނުވާނެކަމަށް ބުނުއްވިއެވެ. 

Sunday, June 10, 2012

އިމާމު މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ ދަޢުވަތުގެ ކުރިން އަރަބިކަރަ

ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޢަބްދުލްވައްހާބު ބިން ސުލައިމާން ބިން ޢަލީ އައްތަމީމީ އަލްޙަންބަލީ (ރަޙިމަހުﷲ) އަކީ ފަހުގެ ޤަރުނުގައި އިސްލާމީ އުންމަތުން ފެނިގެންދިޔަ އެންމެ ވަރުގަދަ އެއް މުޞްލިޙެވެ. އިމާމެކެވެ. މުޖައްދިދެކެވެ. އުފަންވެ ވަޑައިގެންނެވީ ނަޖިދު ކަރައިގެ ( މިހާރުގެ ސަޢޫދީ ޢަރަބިޔާގެ ބައެއް ) އަލްޢުޔައިނާގައި ހިޖުރައިން އެއްހާސް އެއްސަތޭކަ ފަނަރަވަނަ އަހަރުގައެވެ.

Friday, June 8, 2012

ކާމިޔާބު މީހުންގެ ކަލިމަ

އިންސާނާ ދުނެޔައަށް ނޭވާލީ ވަގުތުން ފެށިގެން ހިފެހެއްޓުމެއްނެތި ދުވަހަކަށްފަހު ދުވަހެއް އޭނާގެ ޙަޔާތުން ފާއިތުވަމުން ދެއެވެ. އެ ދުވަސްތަކުގެ ތެރޭގައި އޭނާގެ ހިތަށް އެތައް ބައިވަރު ސުވާލުތަކެއް އަރާ ފައިިބަމުން ދެއެވެ. 

Wednesday, June 6, 2012

މާތް ﷲ ރުއްސުންލެއްވި މުޢާޛް އިބްނު ޖަބަލް

رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَ އަންޞާރިއްޔަ ބޭކަލުންނާއެކު ޢަޤަބާގެ ދެވަނަ ބައިޢަތު ހިއްޕެވިއިރު، އެހަތްދިޔަ ބޭކަލުންގެ ވަފުދުގެ ތެރޭގައި ސަމައްތަރު ރީތި، ހިނިތުން މޫނުފުޅެއްގެ ވެރި ވަރަށް ޒުވާން ބޭކަލަކު އިންނެވިއެވެ.

Tuesday, June 5, 2012

ލާދީނީ ސަރުކާރަކަށް ފަހު ދީނީ ސަރުކާރެއްބާ؟

ނިމިދިޔަ ސަރުކާރަކީ ލާދީނީ ސަރުކާރެއް ކަމަށް ބުނެ، އެސަރުކާރު ބަދަލުކުރުމުގައި މަދަނީ އިއްތިހާދުގެ ތެރެއިން އެންމެ އިސްކޮށް މަސައްކަތްކުރި އެއް ޕާޓީ އަކީ އަދާލަތުޕާޓީއެވެ. ނަޝީދު ގެ ސަރުކާރަކީ އިސްލާމުދީނަށް ފުރައްސާރަކުރާ ސަރުކާރެއްކަމަށް ބުނެ، ދީނަށް ނަސްރު ދިނުމަށްޓަކައި އަދާލަތުޕާޓީގެ ޝެއިހުން ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިއެވެ. ސުވާލަކީ އެމްޑީޕީގެ ވެރިކަން ބަދަލުވުމަށްފަހު އަދާލަތު ޕާޓީން އެދޭ (ނުވަތަ ހިތްހަމަޖެހޭ) ފެންވަރުގެ ބަދަލުތަކެއް ދީނީ ކަންކަމަށް އައިސްފި ބާއެވެ؟

Monday, June 4, 2012

އިސްލާމީ އަޚްލާގުގެ ތެރެއިން އަނެކާއަށް މަޢާފްކުރުމާއި އެކަމުގެ ސިއްޙީ ފައިދާ

ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ އިސްލާމި އަޚްލާޤުގެ ތެރޭގައި ހިމެނޭ ސިފަތަކުގެ ތެރެއިން އެއްސިފައަކީ މަޢާފްކުރުމެވެ.

Saturday, June 2, 2012

ނިޢުމަތްތަކަށް ޝުކުރުވެރިވުން


    މި ދުނިޔެއަކީ ވަގުތީ ޙަޔާތެކެވެ. އިމްތިޙާނުގެ ގޮވައްޗެކެވެ. މާތް ﷲ މިދުނިޔޭގައި އެކިމީހުން އިމްތިޙާނު ކުރައްވަނީ ތަފާތު އެކި ގޮތްގޮތަށެވެ. އެއްބަޔަކަށް ތަނަވަސްކަމާއި ތިޔާގިކަން ދެއްވަވާ އެބައިމީހުންގެ ގޮތްބައްލަވައެވެ. އަނެއްބަޔަކު ނިކަމެތިކަމާއި ފަޤީރުކަމުގައެވެ. މާތް ﷲ އަށް އީމާންވެގެން ތިބި ކޮންމެ މުސްލިމެއްވެސް މިޙަޤީޤަތް ޤަބޫލުކުރާނެއެވެ.

ޕާޓީތަކަކީ ފިތުނަފަސާދަ އުފެއްދުމަށްޓަކައި ކާފަރުންގެތެރެއިން އައިސްފައިވާ ނިޒާމެއް: ޝައިޚް ޢަބްދުﷲ


"ޕާޓީތަކުގެ ފަލްސަފާއަކީ ﷲ ފިޔަވައި އަޅުކަންކުރެވޭ މަޢުބޫދުންތަކެއް"
"ކަނު ތަޤުލީދެއް ކުރަމުންމިދާދިއުމަކީ އެއީ ޕާޓީއަކީ އެމީހާގެ އިލާހުކަމުގައި ބަލައިގަނެގެން އުޅޭ އުޅުމެއް"
30 މެއި 2012

ޕާޓީތަކަކީ ފިތުނަފަސާދަ އުފެއްދުމަށްޓަކައި ކާފަރުންގެތެރެއިން އައިސްފައިވާ ނިޒާމެއްކަމަށާއި އެފަދަ ނިޒާމުތައް ނައްތާލުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭކަމަށް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދީނުގެ ޢިލްމުވެރިންގެ ފަތުވާ - އަންހެނަކަށް ޤައުމުގެ ރައީސްކަން ކުރުން ހުއްދަވެގެން ނުވެއެވެ.

އަންހެނާއަށް ޤައުމެއްގެ ވެރިކަން ކުރުން ހުއްދަނޫންކަމުގައި ދީނުގެ ހުރިހާ ޢިލްމުވެރިންވަނީ އެއްބަސްވެ ވަޑައިގެންފައެވެ. މިކަމާމެދު ސަލަފުއްސާލިޙުން ވިދާޅުވެފައި ވަނީ ކީކީތޯ އަޅުގަނޑުމެން ބަލާލަން އެބަޖެހެއެވެ. އަދި ދީނުގެ ޢިލްމަށް ފުންނާބު އުސް މިހާރުގެ މުފްތީން ފަތުވާ ދެއްވަނީ ކިހިނަކުންތޯ ވެސް ބަލާލައިގެން ނޫނީ ދީނުގެ މިފަދަ ކަމެއް ސާފުނުވާނެ ކަން ކަށަވެރެވެ.

Friday, June 1, 2012

ބައްޝާރުގެ ބޮލަށް 450000 އެމެރިކާ ޑޮލަރު!

ސޫރިޔާގެ ރައީސް ބައްޝާރު މަރާލައިފި މީހަކަށް 450000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ދޭނެ ކަމަށް ސައުދި އަރަބިއްޔާގެ ޝައިހް އަލީ އަލްރުބައީ ވިދާޅުވެއްޖެއެވެ.

އަސްތަޣުފާރު

   ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. (طُوبَى لِمَنْ وَجَدَ فِيْ صَحِيْفَتِهِ اسْتِغْفَاراً كَثِيْراً) އެމީހެއްގެ ޢަމަލުގެ ފަތުގައި ގިނަ އަސްތަޣުފާރު ފެނިއްޖެ މީހާއަށް އުފާވެރިކަން ހުއްޓެވެ!

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons