Thursday, June 28, 2012

ސިޙުރެއް ޖެހިފައިވާ މީހުންނާއި އަނބިމީހާއާ ގުޅުން ނުބޭއްވޭ މީހުންނަށް ހުރި ފަރުވާއެއް

ތިރީގައި އެވަނީ ސިޙުރެއް ޖެހިފައިވާ މީހުން ނާއި އަނބި މީހާ އާއި ގާތް ގާތްކަން ނުބޭއްވޭ މީހުންނަށް ވަރަށް ފައިދާ ހުރި ފަރުވާއެއް ކަމުގައި ޢިލްމުވެރިން ލިޔުއްވާފައިވާ ފަރުވާއެކެވެ. މިފަދަ ކަންކަމުގެ ޝަކުވާ ބައެއް ބޭފުޅުންނަށް ބޮޑުވެފައިވާތީ ލޮބުވެތި ކިޔުންތެރިންގެ ފައިދާއަށްޓަކައި ބަޔާން ކޮށްލީއެވެ.

-    އެއްމެ ފުރަތަމަ ކުންނާރު ފަތުގެ ރީތި، ރޯ (ފެހި) ހަތް (7) ފަތް ހޯދައި ދެ ގައު ނުވަތަ އެފަދަ އެއްޗެއްގައި އެފަތް ޗިސްކޮށް ނުވަތަ ފުނޑައި ފެންވަރައި ނުވަތަ ގައި ދޮވެލުމަށް ފުދޭހައި ފެނާއި އެއްކޮށް أعوذ بالله من الشيطان الرجيم ކިޔައި އަންނަނިވި އާޔަތްތަކާއި ސޫރަތްތައް އެފެނަށް ކިޔަވާނީއެވެ.

-    އާޔަތުލް ކުރްސީ: { اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ }.
-    سورة الأعراف ގެ 117 އިން  122 އަށް { وَأَوْحَيْنَا إِلَى مُوسَى أَنْ أَلْقِ عَصَاكَ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ (*) فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ (*) فَغُلِبُوا هُنَالِكَ وَانْقَلَبُوا صَاغِرِينَ (*) وَأُلْقِيَ السَّحَرَةُ سَاجِدِينَ (*) قَالُوا آمَنَّا بِرَبِّ الْعَالَمِينَ (*) رَبِّ مُوسَى وَهَارُونَ }.

-    سورة يونس ގެ 79 އިން 82 އަށް: { وَقَالَ فِرْعَوْنُ ائْتُونِي بِكُلِّ سَاحِرٍ عَلِيمٍ (*) فَلَمَّا جَاءَ السَّحَرَةُ قَالَ لَهُمْ مُوسَى أَلْقُوا مَا أَنْتُمْ مُلْقُونَ (*) فَلَمَّا أَلْقَوْا قَالَ مُوسَى مَا جِئْتُمْ بِهِ السِّحْرُ إِنَّ اللَّهَ سَيُبْطِلُهُ إِنَّ اللَّهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ (*) وَيُحِقُّ اللَّهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ}.

-    سورة طه ގެ 65 އިން 70 އަށް: { قَالُوا يَا مُوسَى إِمَّا أَنْ تُلْقِيَ وَإِمَّا أَنْ نَكُونَ أَوَّلَ مَنْ أَلْقَى (*) قَالَ بَلْ أَلْقُوا فَإِذَا حِبَالُهُمْ (*) وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِنْ سِحْرِهِمْ أَنَّهَا تَسْعَى (*) فَأَوْجَسَ فِي نَفْسِهِ خِيفَةً مُوسَى (*) قُلْنَا لَا تَخَفْ إِنَّكَ أَنْتَ الْأَعْلَى (*) وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا إِنَّمَا صَنَعُوا كَيْدُ سَاحِرٍ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَى (*) فَأُلْقِيَ السَّحَرَةُ سُجَّدًا قَالُوا آمَنَّا بِرَبِّ هَارُونَ وَمُوسَى}.
-    سورة الكافرون

بسم الله الرحمن الرحيم { قُلْ يَا أَيُّهَا الْكَافِرُونَ (*) لَا أَعْبُدُ مَا تَعْبُدُونَ (*) وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ (*) وَلَا أَنَا عَابِدٌ مَا عَبَدْتُمْ (*) وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ (*) لَكُمْ دِينُكُمْ وَلِيَ دِينِ}.
-    سورة الإخلاص
بسم الله الرحمن الرحيم { قُلْ هُوَ اللَّهُ أَحَدٌ (*) اللَّهُ الصَّمَدُ (*) لَمْ يَلِدْ وَلَمْ يُولَدْ (*) وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ}.
-    سورة الفلق
بسم الله الرحمن الرحيم { قُلْ أَعُوذُ بِرَبِّ الْفَلَقِ (*) مِنْ شَرِّ مَا خَلَقَ (*) وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ (*) وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ (*) وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ}.
-    سورة الناس
بسم الله الرحمن الرحيم { قُلْ أَعُوذُ بِرَبِّ النَّاسِ (*) مَلِكِ النَّاسِ (*) إِلَهِ النَّاسِ (*) مِنْ شَرِّ الْوَسْوَاسِ (*) الْخَنَّاسِ (*) الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ (*) مِنَ الْجِنَّةِ وَالنَّاسِ}.
މިސޫރަތްތައް ކުންނާރު ފަތާއި އެއްކޮށްފައިވާ ފެނަށް ކިޔެވުމަށް ފަހުގައި އެފެނުން ތިން ފަރަހު ބޮއި، ބާކީ ބައިން ފެން ވަރާނީއެވެ. އަދި އިތުރަށް ބޭނުން ވެއްޖެ ނަމަ އެއްފަހަރު ނުވަތަ ދެފަހަރު ނުވަތަ އެއަށް ވުރެ ގިނައިންވެސް މިކަން ކުރެވިދާނެއެވެ.

މިފަރުވާއަކީ ސިޙުރު ޖެހިފައިވާ މީހުންނާއި އަނބިމީހާއާއި ގާތްކަން ނުބޭއްވޭ މީހުންނަށް ފައިދާ ހުރި މުހިންމު ފަރުވާއެއް ކަމުގައި ޢިލްމުވެރިން ލިޔުއްވާފައިވާ ފަރުވާއެކެވެ.

އަދި މިފަދަ ފަރުވާއަކަށް އެދޭ މީހާ އީމާން ކަމާއި އެކުގައި ބަލި ޖެހެނީ މާތްﷲގެ އިޛުނައާއި ބާރުން ކަމާއި ބަލީގެ ފަރުވާ ދެއްވާ ފަރާތަކީވެސް އެކަލާނގެ ކަން ޔަގީން ކުރަން ޖެހޭނެއެވެ. ހަމަ އެފަދައިން ފަރުޟު ފަސް ނަމާދާއި ދީނީ ވާޖިބުތަކަށް ރައްކާތެރިވުމާއި މުންކަރާތްތަކުން ދުރުހެލި ވުމަކީވެސް ކޮންމެހެން ލާޒިމު ކަމެކެވެ.

 އަދި މި ފަރުވާގެ އިތުރުން ގިނައިން ޤުރްއާން ކިޔަވައި، ދުޢާކޮށް ހެދުމަކީ މުހިންމު ކަމެކެވެ.[1]
އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ މިފަދަ ކަމެއް ޖެހިފައިވާ އެއްމެހައި އަޚުންނާއި އުޚްތުންނަށް އެމީހުންގެ އުނދަގޫތައް ފިއްލެވުމެވެ. އާމީން!
—————————————————————————————————————
[1] وهب القحطاني، سعيد بن علي، الدعاء ويليه العلاج بالرقى من الكتاب والسنة، (السعودية: وزارة الشئون الإسلامية والأوقاف والدعوة والإرشاد، ط5، 1423هـ)، ص 35- 38.



 ލިޔުނީ:

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons