ޝެއިޚް ސަޢީދު އިބުނު މުފްސިރު މި ހައިރާންކުރުވަނިވި ޙާދިޘާ ކިޔައިދިނެވެ.
އަހަރެން
މަސްޖިދުލް ޙަރާމް އިން ނުކުމެގެން ދިޔައިރު އެތަނުގައި ސަލާން ޖަހާ
މީހަކު ހުއްޓެވެ. ހަމަ އެ ވަޤުތު މުއްސަނދި މީހަކު އޭނާގެ އަގުބޮޑު ކާރަށް
އެރުމަށްޓަކައި މަގު ހުރަސްކޮށްލިއެވެ.
މުއްސަނދިމީހާގެ ޖީބުން ތަޅުދަނޑި
ނަގަން ފެށުމުން ސަލާންޖަހާ މީހާ އޭނާގެ ޝަހާދު އިނގިލި އުޑާ ދިމާއަށް
އުފުލާލުމަށްފަހު ބުންޏެވެ. "ހެޔޮނުވާނެއެވެ. ﷲ އަށްޓަކައެވެ." ނަމަވެސް އެ
މުއްސަނދި މީހާ އޭނާގެ ކިބައިން އަވަސްގޮތަކަށް މިންޖުވުމަށްޓަކައި ﷲ
ތިބާއަށް ދެއްވާނެއޭ ބުންޏެވެ. "ކީކޭ؟ ކަލޭ ފަހަރެއްގައިވެސް ހީކުރަނީތަ މަ
މިއުޅެނީ ކަލެއަކީ މަށަށް ރިޒްޤު ތަނަވަސްކޮށްދޭ ފަރާތްކަމަށް ހީކޮށްގެން
ކަމަށް؟ އެންމެހާ މީސްތަކުންނަށް ރިޒްޤު ދެއްވާ ފަރާތަކީ ﷲކަން އަހަރެން
ރަނގަޅަށް ދަންނަން." ސަލާން ޖަހާ މީހާ ޖަވާބުގައި ބުންޏެވެ.
ދެން
އެ ދެމީހުން އެކަކު އަނެކަކާއި ދިމާއަށް ބަލަހައްޓައިގެން ހިނދުކޮޅަކު
ތިބުމަށްފަހު މުއްސަނދި މީހާ ކާރަށް އަރައިގެން ދުއްވާލައިފިއެވެ.
މަގުމަތީގައި ހެދުން ވިއްކަން އިން ނިކަމެތި އެފްރިކާ އަންހެނަކަށް މިތަން
ފެނުމުން އޭނާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ޚުދު އޭނާވެސް ވަނީ އެހެން
މީހެއްގެ އެހީއަކަށް ބޭނުންވެފައެވެ. އެ އަންހެން މީހާގެ އަތުގައި ދޭނެ
ބައިވަރު އެއްޗެއް ނެތެއްކަމަކު، ޖީބުން ރިޔާލެއް[1] ނަގައިފައި ގެންގޮސް އެ ސަލާންޖަހާ މީހާއަށް ދިނެވެ. ސަލާންޖަހާ މީހާ ހިނިތުންވެލުމަށްފަހު ހިނގައިގަތެވެ.
އަނެއްކޮޅުން،
ކާރަށް އަރައިގެން ދިޔަ މުއްސަނދި މީހާ، ސަލާންޖަހާ ނިކަމެއްޗަކަށް އެހީ
ނުވެވުނުކަން ހިތަށް އަރާފައި ދެރަވާން ފެށިއެވެ. އޭނާއަކަށް ދެން
ކުރިއަކަށް ނުދެވުނެވެ. އެހެންވެ އަނެއްކާވެސް އެނބުރި ޙަރަމްފުޅުގެ
ކައިރިއަށް އައެވެ.
ޝެއިޚް
މުފްސިރު އިތުރަށް ކިޔައިދިނެވެ. އެ މުއްސަނދި މީހާގެ ޖީބުން ދިހަ ރިޔާލް
ނަގައިގެން ސަލާން ޖަހާ މީހާ ހޯދަން އުޅެނިކޮށް އަހަރެންގެ މި ދެލޮލުން
ދުށީމެވެ. އެހެނަސް އެ ސަލާން ޖަހާ މީހާއެއް އޭނާއަކަށް ނުފެނުނެވެ. ﷲގެ
މަގުގައި ހޭދަކުރުމަށްޓަކައި އޭނާގެ ޖީބުން ނެގި މި ދިހަ ރިޔާލް އަލުން
ޖީބަށް ލާކަށް އޭނާގެ ހިތެއް ނުރުހުނެވެ. އެހެންވެ އެތަނާއި އެންމެ
ކައިރިން،
ބޭނުންޖެހިފައިވާ މީހަކަށް އެ ދިނުމަށް އޭނާ ނިންމިއެވެ. އެންމެފަހުން އެ
ދިހަ ރިޔާލް ލިބުނީ އެއްކަލަ އެފްރިކާގެ ދީލަތި އަންހެން މީހާއަށެވެ.
ދަސްކުރާށެވެ.
ތިބާއަށް ލިބިގެންވަނީ ކިތަންމެ މަދުންކަމަށް ވިޔަސް ﷲގެ މަގުގައި
ހޭދަކުރުމަށް ފަސްނުޖެހޭށެވެ. ފަހެ އެއީ ގެއްލެނިވެގެންދާ މުދަލެއް
ކަމުގައެއް ނުވާނެއެވެ. ﷲ ތިބާއަށް އޭގެ އެތައް ގުނައެއްގެ ބަދަލު
ދެއްވާނެއެވެ. މި ދުނިޔެ މަތީގައެވެ. އެހެންނާ އާޚިރަތުގައެވެ.
"އަދި
ތިޔަބައިމީހުން އެއްވެސް އެއްޗެއް ހޭދަކޮށްފި ހިނދެއްގައި ފަހެ އެކަލާނގެ
އެމީހަކަށް ފަހުން އެ އެއްޗެއް ލިބޭ ގޮތް މެދުވެރިކުރައްވައެވެ. އަދި
އެކަލާނގެއީ އެންމެ ހެޔޮ ރޯދިދެއްވާ ރަސްކަލާނގެއެވެ."[2]
[1] ސުޢޫދީ ޢަރަބިއްޔާގައި ބޭނުންކުރެވޭ ފައިސާ
0 comments:
Post a Comment