ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ އިސްލާމި އަޚްލާޤުގެ ތެރޭގައި ހިމެނޭ ސިފަތަކުގެ ތެރެއިން އެއްސިފައަކީ މަޢާފްކުރުމެވެ.
ޢަފޫކުރެއްވުމުގައި ހިއްޕަވާށެވެ! (އެބަހީ، މީސްތަކުންނަށް ލުއި ފަސޭހަގޮތުގައި ހިއްޕަވާށެވެ!) (7:199)
އަދި އެހެން އާޔަތެއްގައި މާތްﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.
"ތިއަބައިމީހުންގެ ތެރެއިން، ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރީން، ގާތްތިމާގެ މީހުންނަށާއި، މިސްކީނުންނަށާއި، މާތްﷲގެ މަގުގައި ހިޖުރަކުޅަ މީހުންނަށާއި، (ތިމާމެންގެ ތަނަވަސްކަމުގެތެރެއިން ނުދިނުމަށް ހުވާނުކުރާހުށިކަމެވެ. އަދި، އެބައިމީހުން، ޢަފޫކޮށް މާފުކުރާ ހުށިކަމެވެ. ތިޔަބައިމީހުންނަށް މާތްﷲ، ފާފަފުއްސަވާ އަފޫކުރައްވާކަށް ތިއަބައިމީހުން ނޭދެމުހޭ؟ މާތްﷲ އީ، ފާފަފުއްސަވާ، ރަޙްމަތްލައްވާ ރަސްކަލާންގެއެވެ. (24:22)
ޤުރުއާނުގައި އަންގަވާފައިވާ އަޚްލާޤީ ސިފަތަކަށް ތަބަޢަނުވާ މީހުންނަށް އެނެކާއަށް މަޢާފްކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެނީ އެފަދަ މީހަކީ ކުރެވޭ ކުޑަކުޑަކުށަކުން އޭނާގެ ރުޅި އޭނާއަށް ކޮންޓްރޯލްކުރުމަށް އުނދަގޫވާނެ މީހެކެވެ. އެހެނަސް މަޢާފް ކުރުމަކީ މާތްﷲ އަށް ފުރިހަމަގޮތުގައި އީމާންވެގެންތިބި މީހުންނަށް އެންމެ ރަނގަޅުގޮތްކަމުގައި އެކަލާންގެވަނީ އަންގަވާފައެވެ.
ނުބައިކަމެއްގެ ޖަޒާއަކީ އެފަދަ ނުބައިކަމެކެވެ. ފަހެ އޭނާއަށް ނުބައިކަމެއްކޮށްފި މީހާގެ ކިބައިން ޢަފޫކޮށް ޞުލްޙަވެރިވެގަތް މީހާގެ ޖަޒާވަނީ މާތް ﷲގެ ހަޟްރަތުގައެވެ. ހަމަކަށަވަރުން ޟުލްމުވެރި އަނިޔާވެރީންދެކެ އެކަލާންގެ ރުހިވޮޑިގެނެއްނުވާނެތެވެ. (42:40)
އޭ އީމާންވީމީސްތަކުންނޭވެ. ހަމަކަށަވަރުން ތިޔަބައިމީހުން އިނދެގެންއުޅޭ މީހުންނާއި ތިޔަބައިމީހުންގެ ދަރީންގެ ތެރޭގައި ތިއަބައިމީހުންގެ ދުޝްމަނުންވެއެވެ. ފަހެ އެމީހުންނަށް ރައްކައުތެރިވެތިބޭށެވެ. އަދި، (އެމީހުންނަށް) ޢަފޫކޮށް މަޢާފުދީ ކުށުގެ މަތިން ހިތް ރަނގަޅުކޮށްފިނަމަ ފަހެ ހަމަކަށަވަރުން މާތް ﷲއީ ފާފަފުއްސަވާ ރަޙީމުވަންތަ ކަލާނގެއެވެ. (64:14)
އަދި މަޢާފުކުރުމަކީ ވަރައްމަތިވެރި ސިފައެއްކަމުގައި އަންނަނިވި އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
ކެތްތެރިވެ ޢަފޫކުރުން އެއީ ޢަޒުމްތައް ވަރުގަދަ މީހުންނަށް ކުރެވޭނެ ކަމެކެވެ. (42:43)
އެހެންކަމުން މުޢުމިނުންނަކީ ޢަފޫކޮށް މަޢާފުކުރާ ޒާހިދު އަދި އަޒުމް ވަރުގަދަބައެކެވެ. ކީރިތި ޤުރުޢާނުގައި މާތްﷲ މުޢުމިނުން ސިފަކުރައްވާފައިވާ ފަދައިންނެވެ. އެކަލާންގެ ވަޙީކުރައްވާފައިވަނީ؛
އެބައިމީހުންނީ ތަނަވަސްކަމުގައްޔާއި، ދަތިކަމުގައި ހޭދަކޮށްއުޅޭ މީހުންނެވެ. އަދި ރުޅި މަތަކޮށް ހިފަހައްޓާމީހުންނެވެ. އަދި މީސްތަކުންގެ ކިބައިން ޢަފޫކުރާ މީހުންނެވެ. މާތް ﷲ ހެޔޮކޮށް ކަންތައްކުރާ މީހުންދެކެ ލޯބިވެވޮޑިގެންވެއެވެ. (3:134)
މުޢުމިނުން މަޢާފުކުރުމާއި ޢަފޫކުރުން މާނަކުރާގޮތާއި ކީރިތި ޤުރުޢާނުގައި އަންގަވާފައިވާ އަޚްލާޤީ ސިފަތަކަށް ޢަމަލުނުކުރާ މީހުންނާއި ވަރަށް ތަފާތެވެ. މީހަކު އޭނާއަށް ދެރައެއް ދިންމީހަކަށް މަޢާފްކޮށްފީމެ ބުނިނަމަވެސް ހަޤީޤަތުގައި އޭނާގެ ހިތުން އެކަމުގެ ރުޅިއާއި ހިތްހަމަނުޖެހުން ފުހެލުމަށް ގިނަ ދުވަސްތަކެއްނަގައެވެ. އަދި އޭނާގެ އަމަލުތައް ބައްޓަންވެގެންދަނީ އެ ރުޅިވެރިކަމުގެ ބަދަލު އަނެކާއަށް ކޮންމެވެސް ގޮތަކުން ދިނުމަށެވެ. އެއާއި ޚިލާފަށް ތެދުވެރި މުޢުމިނުން އަނެކާއަށް މަޢާފުކުރުމުގައި ހިތް ޚަލާސްކުރެއެވެ. އެންމެ ތެދުވެރި ފުރިހަމަގޮތުގައެވެ.
އެހެނީ މުޢުމިނުންނަށް އިންސާނާއަކީ ކުއްކުރެވޭނޭ ބައެއްކަމާ އެބައިމީހުންނަކީ އެބައިމީހުންނަށް ކުރެވޭ ކުއްތަކުން އިބްރަތްލިބިގަނެ އެފަދަ ކުއްތައް ތަކުރާރުނުކުރުމަށް މަސައްކަތްކުރާނޭ ބައެއްކަން އެނގެއެވެ. އެހެންކަމުން މުޢުމިނުންނަކީ ކެތްތެރި ޢަޒުމްވަރުގަދަ ބައެކެވެ. އަދި ހަމައެފަދައިން މުޢުމިނުންނަކީ އެބައިމީހުންތިބީ ރަނގަޅުގޮތުގައިކަން އެނގި އަދި އަނެކާއީ ގޯސްމަގުގައިހުރި މީހަކަން އެނގޭއިރުގައިވެސް މަޢާފްކޮށް ޢަފޫކުރާ ބައެކެވެ. އަދި ޢަފޫކޮށް މަޢާފުކުރުމުގައި ބޮޑެތި ކަންތައްތަކާއި ކުދިކަންތައްތަކުގެ މެދުގައި އެބައިމީހުން ތަފާތުކުރުމެއް ނުގެންގުޅޭނެއެވެ. މީހަކަށް ނޭންގި އޭނާއަށް ކިތަންމެބޮޑު ގެއްލުމެއް ނުވަތަ ދެރައެއްވެސް ދީފާނެއެވެ. އެހެނަސް މުޢުމިނުންނަށް އެ ހުރިހާކަމެއްގެވެސް އަމުރުވެރިފަރާތަކީ މާތް ﷲ ކަމާއި އެކަންތައްތަކަކީ ކަނޑައެޅިފައިވާ ގޮތުގެ މަތިން ވާނޭކަންތައްތަކެއްކަން އެނގޭނެއެވެ. އެހެންކަމުން އެފަދަ ކޮންމެ ކަމެއްގައި އެބައިމީހުން ރުޅި މައިތިރިކޮށް މާތް ﷲ އަށް ވަކީލުކުރެއެވެ.
އެމެރިކާގެ ސައިންސްވެރިންގެ ފަހުގެ ދިރާސާތައް ދައްކާގޮތުގައި އަނެކާއަށް މަޢާފުކޮށް އަފޫކުރާމީހުންގެ ސިކުނޑިއާއި ހަށިގަނޑުގެ ޞިއްހަތު އެފަދަ ކުޅަދާނަކަންލިބިފައިނުވާ މީހުންނަށްވުރެ މާރަނގަޅެވެ. ސްޓެންފޯޑް ޔުނިވަރސިޓީން ކައުންސިލިންގއާއި ސައިކޮލޮޖީގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) ޙާޞިލްކުރައްވާފައިވާ ޑރ. ފްރެޑެރިކް ލުސްކިން އާއި އޭނާގެ ޓީމުން ސެންފްރެންސިސްކޯގައި ދިރިއުޅޭ މީހުންގެތެރެއިން 259 މީހެއްގެ މައްޗައް ދިރާސާއެއް އެކުލަވާލިއެވެ. ސައިންޓިސްޓުންގެ މިޓީމުން މި ދިރާސާގައިބައިވެރިވާ ކޮންމެމީހަކަށް ދޮޅުގަޑިއިރުގެ ހަ ސެޝަނަކަށް އައުމަށް ދަޢުވަތުދިނެވެ. އަދި އެމީހުންނާއެކު ދެކެވުނު ވާހަކަތަކުގައި މަޢާފުކުރުމާ ޢަފޫކުރުމާގުޅޭގޮތުން ވާހަކަ ދެކެވުނެވެ.
މިގޮތުން ދިރާސާކުރެވުނު ފަރާތްތަކުން އެބައިމީހުންނަށް ދެރައެއް ނުވަތަ ލަނޑެއް ދިން މީހަކަށް ނުވަތަ ބަޔަކަށް މަޢާފުކުރުމުން އެކަމުން އެބައިމީހުންނަށް ލިބުނު ހިތްހަމަޖެހުން ބޮޑެވެ. އަދި ދިރާސާއި ދެއްކި ގޮތުގައި އަނެކާއަށް މަޢާފުކުރުމަށް ދަސްކުރާމީހުންނަށް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ލިބޭ ހިތްހަމަޖެހުމާއި ކުރާ އަސަރުތައް މާރަނގަޅެވެ. އެގޮތުން ފާހަގަކުރެވުނު ބައެއްކަންތައްތަކުގެ ތެރޭގައި އެފަދަ މީހުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ކުރިމަތިވާ ބައެއް މައްސަލަތައްކަމުގައިވާ ހާސްވެ ކަންބޮޑުވުމާއި އެކަމާގުޅިގެން އުނަގަނޑުގައިރިއްސުން، އިންސޮމްނިއާ އަދި ބަނޑުގައި ރިއްސުންފަދަ މައްސަލަތައް ވަރަށްބޮޑަށް ދަށްވެގެންދެއެވެ.
ޑރ. ފްރެޑްރިކް މިދިރާސާގެ މައްޗައް އެކުލަވާލި "ފޮގިވް ފޯ ގުޑް" (ތިމާގެ ހެވަށް އަނެކާއަށް މަޢާފްކުރާށެވެ.) މިފޮތުގައި މަޢާފްކޮށް އަފޫކުރުމަކީ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް މުހިންމު ބައެއްކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިފޮތުގައި އަނެކާއަށް މަޢާފުކުރުމުގެ ސަބަބުން ރުޅި މަޑުކޮށް ޑިޕްރެޝަންއާއި ހާސްވެ ކަންބޮޑުވުމުން ސަލާމަތްވެ، އުންމީދު އާވުމާއި، ކެތްތެރިކަމާއި އަމިއްލަ ނަފްސައް އިތުބާރުކުރުންފަދަ ރަނގަޅު ސިފަތައް ތިމާގައި އަށަގަންނަ ސަބަބުތައް ބަޔާންކޮށްދީފައިވެއެވެ. ޑރ. ލުސްކިން ހާމަކޮށްފައިވާ ގޮތުގައި ރުޅި ކޮންޓްރޯލް ނުކުރެވި އަނެކާ ކުއްވެރިކުރުމުގައި ދެމިހުންނަ މީހުންގެ ފުށުން ބޭރަށް ފެންނާނެ ޖިސްމާނީ ސިފަތައްވެސް ފާހަގަކުރެވޭނެއެވެ.
"ގިނަ ދުވަސްތަކަކަށް ޙައްލުނުވެ ނުވަތަ މައިތިރިނުވެ ހުންނަ ރުޅީގެ ސަބަބުން އިންސާނާގެ ހަށިގަނޑުގެ ފިނިހޫނުމިން ކޮންޓްރޯލް ކޮށްދިނުމުގެ ވަޞީލަތަށް ބުރޫއަރައެވެ. ތިމާ އަބަދުވެސް އާދައިގެ ކަންކަމުގައި ރުޅިއައިސް އެ ރުޅި ގިނަ ވަގުތުތަކުގައި ދެމިހުންނަނަމަ ތިމާގެ ވިސްނުމަކަށް ޢާންމުކޮށް އިންސާނުން ވިސްނާކަންތައްތަކެއް ތަޞައްވުރެއް ނުކުރެވޭނެއެވެ. އެގޮތުން ހާސްވެ ކަންބޮޑުވުމުގެ ސަބަބުން އެޑްރިނަލް މޮޑުއުލާގެ ތެރެއިން ލޭގެ ތެރެއަށް ފޮނުވާލެވޭ ސިއްރު ހޯމޯންތައް ފުނިޖެހި އެކަމަކީ އޭނާއަށް އާދައަކަށް ވެދެއެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ހޫނުމިން މައްޗަށްގޮސް ކަންކަމާއިމެދު ފުރިހަމަގޮތުގައި ވިސްނާފިކުރުކުރުމަށް އުނދަގޫވެއެވެ. އަދި އެކަމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް އިތުރަށް ގޯސްވެ ކޮންޓްރޯލް ކުރުމަށް ދަތިވެއެވެ."
އޭގެ އިތުރުން ޑރ. ލުސްކިން ހާމަކުރައްވާ ގޮތުގައި ހާސްވެ ކަންބޮޑުވާ ވަގުތު ހަށިގަނޑުން ފޮނުވާލާ ބައެއް އެންޒައިމްސް ތަކުގެ ސަބަބުން ކޮލަސްޓްރޯލާއި ލޭގެ ޕްރެޝަރ މައްޗައްދެއެވެ. މިކަންތައްތަކަކީ ގިނަވަގުތު ހަށިގަނޑުގައި ހުރުން އެދެވިގެންވާ ފަދަ ކަންކަމެއްނޫނެވެ.
ހީލިންގ ކަރަންޓްސް މެގެޒިންގެ 1996 ވަނަ އަހަރުގެ ސެޕްޓެމްބަރ � އޮކްޓޯބަރ މަހުގެ ޢަދަދުގައި ޝާއިޢުކޮށްފައިވާ "މަޢާފުކުރުން" ކިޔާ ލިޔުމެއްގަައި ހާމަކޮށްފައިވާ ގޮތުން ކަމަކާ ނުވަތަ މީހެއްދެކެ ރުޅި އަންނަގޮތް މެދުވެރިވެއްޖެނަމަ އޭނާގެ ހަށިގަނޑުގައިވާ އިދިކޮޅު ރޫޙުތައް ހަރަކާތްކުރަންފަށެއެވެ. އަދި އެރޫހުތައް އޭނާގެ ކެތްތެރިކަމާއި ފިކުރުގެ މައްޗައް ވެރިވެގަނެ އޭނާ ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ބަލިކަށިކޮށްލައެވެ. މި ލިޔުމުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އެފަދަމީހުންނަށް ރުޅިއަކީ ހަޤީޤަތުގައި އެމީހުންނަށް ކުރިމަތިވި ދެރައެއްކަމުގައި ފަހުން ޤަބޫލުކުރެވި މަޢާފުކުރުމަށް ބޭނުންވެއެވެ. އަދި އެލިޔުމުގައިވާގޮތުން އިންސާނުންގެ ތެރެއިން ގިނަ މީހުންނަކީ އެމީހުންގެ ދިރިއުޅުމުގެ އަގުހުރި ވަގުތު ރުޅިއާ ބަދަލުހިފުމުގެ ރޫޙުގައި ދުއްވާލުމަށް ބޭނުންވާ ބައެއްނޫނެވެ. އެގޮތުން އޭނާގެ އަމިއްލަ ނަފްސަށާއި އަނެކާއަށް މަޢާފުކުރަން ބޭނުންވެއެވެ.
1500 މީހުން ބޭނުންކޮށްގެން ކުރެވުނު އެހެން ދިރާސާއަކުން ދައްކާގޮތުގައި ކަންބޮޑުވެ ހާސްވުމާއި ރުޅިގަދަވުން ދީންވެރިންގެ ފުށުން ފެނުން ކުޑައެވެ. މިދިރާސާ ކުރެއްވި ޑރ. ހަރބަރޓް ބެންސަން ހާމަކުރާގޮތުގައި އެކަމުގެ ސަބަބަކީ ތަފާތު ދީންތަކުގައި މަޢާފުކުރުމަށް ބާރުއަޅާފައިވާ މިންވަރެވެ. އެގޮތުން އޭނާ ހާމަކޮށްފައިވާ ގޮތުގައި:
މަޢާފުކުރުމަކީ އެކަމުގައި ނަފްސާނީގޮތުން ހާއްޞަ ސިފަތަކެއް ހިމެނިފައިވާ ކަމެކެވެ. ތިބާ އަނެކާއަށް ނުވަތަ އަމިއްލަ ނަފްސައް މަޢާފުނުކުރާނަމަ އެ ރުޅި ތިމާ ކައި ހުސްކޮށްލާނެއެވެ.
ހާވަރޑް ޔުނިވަރސިޓީން ނެރޭ ގެޒެޓެއްގައި "ރުޅި ތިމާގެ ހިތުގެ ދުޝްމަނެއް" މިނަމުގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައިވާގޮތުން ރުޅިއަކީ ތިމާގެ ހިތައް ވަރަށް ނުރައްކާތެރި އެއްޗެކެވެ. މެޑިސިންގެ ޢިލްމާބެހޭ އެސިސްޓަންޓް ޕްރޮފެސަރެއްކަމަށްވާ އިޗިރޯ ކަވަޗީއާއި އޭނާގެ ޓީމުން ވަނީ ގިނަ ޓެސްޓްތަކަކާއި ދިރާސާތަކެއް ކުރުމަށްފަހު މިކަމުގެ ސައިންސް ވަރަށްތަފްޞީލުކޮށް ހާމަކޮށްދީފައެވެ. މިގޮތުން އަބަދުވެސް ރުޅިއައިސްފައިތިބޭ ދުވަސްވީމީހުންނަށް މަދުން ރުޅިއަންނަމީހުންނަށްވުރެ ހިތުގެ ބަލިތައްޖެހުމުގެ ފުރުޞަތު ތިންގުނަ އިތުރުކަމުގައި ހާމަކޮށްފައިވެއެވެ. "ހިތުގެ ބަލި ޖެހުމުގެ ތިންގުނަ އިތުރުވުން ގުޅިފައިވަނީ ގަދަ ރުޅިއައުމާއި، ރުޅިގަނޑު މައިތިރިނުވެ އެރުޅީގެ އުދާސްތައް ފަޅައިގެންގޮސް އެއްޗިއްސައް ގެއްލުންދިނުމާ އަނެކާއަށް އަނިޔާކޮށް ގެންލުންދޭ ހިސާބައް ރުޅިގަދަވެ އެރުޅި ކޮންޓްރޯލްނުކުރެވި ހުރުމުން" ކަވަޗީ ހާމަކޮށްފައިވެއެވެ.
ތަޙްލީލިކުރާ ފަރާތްތަކުން ޤަބޫލުކުރާގޮތުގައި ކަންބޮޑުވެ ހާސްވެ ރުޅިގަދަވުމުން ބޭރުވެގެންދާ ހޯމޯންތަކުގެ ސަބަބުން ހިތުގެ ހިނގުމަށްބޭނުންވާ އޮކްސިޖަންގެ މިންވަރު ވަރަށްބޮޑަށް އިތުރުވެގެންދެއެވެ. އަދި އޭގެސަބަބުން ލޭހިނގުމުގައި އުނދަގޫތައްކުރިމަތިވެ ލޭދައުރުކުރުން މަޑުޖެހޭގޮތްދިމާވެއެވެ. ނަތީޖާއެއްގެގޮތުން ހިތް ހުއްޓުމަށް މަގުފަހިވެގެންދެއެވެ. އަދި އެފަރާތްތަކުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ރުޅި ގަދަވާވަގުތުތަކުގައި ހިތުގެ ހިނގުމާއި ވިންދު އާންމުކޮށް ހުންނަ މިންވަރަށްވުރެ މައްޗައްދެއެވެ. އޭގެސަބަބުން ލޭހިނގާ މައިނާރުގައި ލޭގެ ޕްރެޝަރު މަތިވެ ހިތް ހުއްޓުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ.
"ރުޅި ހިތް ހުއްޓުމުގެ ފުރުޞަތު ބޮޑުކޮށްދޭ" މިނަމުގައި ޓައިމްސް މެގެޒިންގައި ޝާއިޢުކޮށްފައިވާ ލިއުމެއްގައިވާގޮތުން ރުޅި ކޮންޓްރޯލް ނުކުރެވުމަކީ ހިތް ހުއްޓުމަށް އަޮތް ކުރުމަގެކެވެ. އެ ލިޔުމުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ހާސްވެ ކަންބޮޑުވާވަގުތު ރުޅިއިސްކުރާ ޒުވާނުންނަށް ޅައުމުރުގައި ހިތުގެ ބަލިތައްޖެހުމުގެ ފުރުޞަތު ބޮޑެވެ. އަދި ޅައުމުރުގައި ހިތްހުއްޓުމުގެ ފުރުޞަތު ފަސްގުނަ އިތުރުވެގެން ދެއެވެ. މެރީލޭންޑްގެ ބަލްޓިމޯރގައި ހުންނަ ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ ސައިންސްވެރިން ހާމަކޮށްފައިވާ ގޮތުގައި ޢާއިލާގެ ތެރޭގައި ހިތުގެ ބަލީގެ ތާރީޚެއް ނެތްނަމަވެސް އާންމުކޮށް ކަންކަމުގައި ރުޅި އިސްކުރާމީހުންގެ ހިތްހުއްޓުމުގެ ފުރުޞަތު ބޮޑެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު ސައިންސްގެ ދާއިރާއިން ހޯދިފައިވާ ހުރިހާ ހޯދުންތަކެއްވެސް މަގުދައްކާފައިވަނީ ރުޅިއަކީ ތިމާގެ ސިއްޙަތައް އޭގެ ނޭދެވޭއަސަރުކުރުމަށް ތިމާގެ ސިކުނޑި ވައްޓާލެވޭ ފުން ވަޅުގަނޑެއްކަމަށެވެ. އެއާ ޚިލާފަށް އުންދަގޫ ކަމެއްނަމަވެސް މަޢާފްކޮށް އަފޫކުރުމަކީ ރިވެތި އަޚްލާޤީ ސިފައެއްގެ އިތުރުން އޭގެ ސަބަބުން ރުޅި އިސްކުރުމުގެ ސަބަބުން ތިމާއަށް ކުރާ ނޭދެވޭ ސިއްހީއެތައް މައްސަލަތަކަކުން ދުރުކޮށްދީ ފުރިހަމަ ސިއްޙަތުގައި ދެމިހުރުމަށް އެހީތެރިވެދޭ ކަމެކެވެ.
އެހެންކަމުން އަނެކާއަށް ކުރެވޭ ކުއްތަކަށް މަޢާފްދީ އެކުވެރި އުފާވެރި މުޖުތަމައެއް ބިނާކުރުމަށް އެކަމުން ވަރަށްބޮޑަށް މަގުފަހިވެގެން ދާނެއެވެ. ނަމަވެސް އަޅުގަނޑުމެން ދެނެގަންނަންޖެހޭ ހަޤީޤަތަކީ ކޮންމެ ކަމެއްކުރުމުގައިވެސް އަޅުގަނޑުމެންގެ މަޤްޞަދަކަށް ވާންވާނީ މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދުމެވެ. އެހެނީ މިފަދަ މަތިވެރި އަޚްލާގީ ސިފަތަކުން ބޮޑެތި ސިއްހީ ފައިދާތަކެއް ތިމާގެ ދިރިއުޅުމަށް ކުރާނޭކަން މިއަދުގެ ސައިންސްގެ ހޯދުންތަކުން ސާބިތުވެފައިވާއިރު މީގެ އެތައްހާސް އަހަރެއްކުރިން މާތް ﷲ ބާއްވާލެއްވި ކީރިތި ޤުރުޢާނުގައި އެކަމަށް ވަނީ އިޝާރާތްކުރައްވާ މުޢުމިނުންނަށް އެގޮތަށް ޢަމަލުކުރުމަށް އިރުޝާދުދެއްވާފައެވެ.

1 comments:
islaam dheenuga, maafah edhumuge muhimmu kamaa, adhi dheenu ga mikan onna gothuge mahchah binaa koh ehcheh saaiu kohla dhinihya v ragalhu.
Post a Comment