މީހަކަށް އިޙްތިރާމް ކުރުމުގެ ގޮތުން ނުވަތަ އެހެން ގޮތަކަށްވެސް އެމީހަކަށްޓަކައި ތެދުވުމުގެ ޙުކުމް
އަޅުގަނޑުމެންގެ
ތެރޭގައި ހިފާފައިވާ އާދައެކެވެ. ޖަލްސާއެއްގައިނަމަ ޝަރަފްވެރި މެހުމާނު
އައުމުން އޭނާއަށްޓަކައި ކޮޅަށް ތެދުވުމެވެ. މުދައްރިސް ކުލާހަށް ވަނުމުން
ދަރިވަރުން އޭނާއަށްޓަކައި ކޮޅަށް ތެދުވުމެވެ. ނުތެދުވެއްޖެނަމަ އަދަބުވެސް
ދެވެއެވެ. ތަރުބިއްޔަތުގެ ނަމުގައެވެ.
ކޮންމެއަކަސް އަހަރުމެންނީ
މުސްލިމުން ކަމުގައި ވީތީ އަހަރުމެން ކުރާ ކޮންމެ ކަމެއްގައިވެސް ދީނުގައި
އޭގެ ޙުކުމް އައިސްފައިވަނީ ކިހިނެތްތޯ ބަލަން ޖެހޭނެއެވެ. އެއީ ހުއްދަ
ކަމެއްތޯ ޙަރާމް ކަމެއްތޯ ބަލަން ޖެހޭނެއެވެ. ކިޔުންތެރިންނޭވެ.
ދަރިވަރުންނޭވެ. މުދައްރިސުންނޭވެ. ކިޔަމުންދާށެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
من أحب أن يمثل له الرجال قياماً فليتبوأ مقعده من النار
މާނައީ: " އެމީހަކަށްޓަކައި އެހެންމީހުން ކޮޅަށް ތެދުވުމަށް ހިތް އެދޭ މީހާ، ފަހެ ނަރަކައިން އެމީހެއްގެ ޖާގަ ހޯދައިފިއެވެ."
(ރިވާކުރެއްވީ: އިމާމް އަޙުމަދު، އަބޫ ދާވޫދު އަދި ތިރުމިޛީ މުޢާވިޔަތު رضي الله عنه ގެ އަރިހުން ޞަޙީޙް އިސްނާދަކާ އެކުއެވެ.)
އަދިވެސް އިމާމް އަޙުމަދާއި ތިރްމިޛީ ޞަޙީޙް އިސްނާދަކާއެކު އަނަސް ރަޟިޔަﷲ ޢަންހްގެ ކިބައިން ރިވާ ކުރައްވައެވެ.
لم يكن شخص أحب إليهم - يعني الصحابة رضوان الله عليهم ـ من رسول الله صلى الله عليه وسلم ، وكانوا لا يقومون له إذا دخل عليهم لما يعلمون من كراهيته لذلك
މާނައީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ވުރެ ޞަޙާބީންގެ އަރިހުގައި ލޮބުވެތިކަން ބޮޑު އެކަކުވެސް ނުވެއެވެ. ނަމަވެސް އެކަލޭގެފާނު އެބޭކަލުންގެ އަރިހަށް ވަޑައިގަތުމުން އެބޭކަލުން ކޮޅަށް ތެދުވެވަޑައިގަންނަވާ ކަމުގައި ނުވެއެވެ. އެއީ އެކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމަ ނުރުއްސަވާ ކަމެއްކަން އެބޭކަލުންނަށް އެނގިވަޑައިގެންފައި ވާތީއެވެ."
ރަސޫލާގެ ސުންނަތަށް ބަލާލާއިރު އަހަރުމެންގެ ތެރޭގައި ހަރުލާފައި މިވާ އާދައަކީ ރަނގަޅު އާދައެއް ކަމުގައި ނުވެއެވެ. ތަރުބިއްޔަތު ކުރުމުގެ ނަމުގައި، މުދައްރިސުންނަށް އިޙްތިރާމް އަދާ ކުރަންޖެހޭނެއޭ ކިޔައިގެން މިކުރެވެނީ ދީނާ ޚިލާފް ކަމެއް އެހެން ނޫންތޯއެވެ؟ އެހެން ކަމުން ދަންނަވަމެވެ.
މި މައްސަލައާ ގުޅިގެން އަލް ޢައްލާމާ ސަމާހަތުއްޝައިޚް
އިބުނު ބާޒް (ރަޙިމަހުﷲ) އާ ސުވާލު ދެންނެވުމުން އެމީހަކަށްޓަކައި
އެހެންމީހުން ކޮޅަށް ތެދުވުމަށް އަމުރު ކުރުމަކީ ފުރަތަމަ ބަޔާންވެދިޔަ
ޙަދީޘުގެ އަލީގައި ޙަރާމްކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އެފަދަ
އަމުރަކަށް ކިޔަމަންވުމަކީ ދެވަނައަށް ބަޔާންކުރެވުނު ޙަދީޘުގެ އަލީގައި
މަކުރޫހަ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ދަރިވަރުންނޭވެ. ހަނދާންކުރާށެވެ. ﷲ އާއި އެއިލާހުގެ ރަސޫލާއަށް އުރެދުމުގައި މަޚްލޫޤަކަށް ކިޔަމަންވުމެއް ނެތެވެ.
އެނެމް މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ.
0 comments:
Post a Comment