Sunday, October 9, 2011

އިމްތިޙާނު ކުރިއަށްދާތީކަމަށްބުނެ ބޭރަށް އަޑުއިވޭގޮތަށް ބަންގި ނުގޮވުމަށް އަންގައިފި.

     އިމްތިޙާނު ކުރިއަށްދާތީކަމަށްބުނެ، ބޭރަށް އަޑުއިވޭގޮތަށް ބަންގިނުގޮވުމަށް އައްޑުއަތޮޅު ހުޅުމީދޫގައި ހުންނަ މަސްޖިދް ޢަބްދުﷲ ބިން އިބްރާހީމްގެ އިމާމުމީހާއަށް ހުޅުމީދޫ އަވަށުބޯޑުގެ ވަގުތީރައީސް އިބްރާހީމް ޒުބޭރު އަންގައިފިއެވެ. 


"މިއަދު އަޞުރުނަމާދަށް ގޮވުމުގެކުރިން މިސްކިތުގެ އިމާމަށް އިބްރާހީމް ޒުބޭރު އެންގީ ބޭރަށް އަޑުއިވޭގޮތަށް ހުރި ލައުޑަށް ނުދީ ބަންގި ގޮވުމަށް. ނަމަވެސް އިމާމުމީހާ ބަންގިގޮވާފައިވަނީ ލައުޑަށްދީގެން. މި މައްސަލައިގައި އިބްރާހީމް ޒުބޭރުއައިސް އިމާމު މީހާއަށް ރުޅިވެރިކަމާއިއެކު ބައެއް އެއްޗެތި ގޮވި. އަދި މާދަމާ މިސްކިތުގެ މައިކު ނަގާނެކަމުގައިބުނެ އިމާމު މީހާއަށް އިންޒާރުވެސްދިން" އެކަންތައްތައްހިނގިވަގުތު ކައިރީހުރިކުއްޖަކު ރާއްޖެއިސްލާމަށް ކިޔައިދިނެވެ.

އިމާމުމީހާކުރި ސުވާލަކަށް ޖަވާބުދެމުން އިބްރާހީމް ޒުބޭރު ބުނިކަމަށް ރާއްޖެއިސްލާމަށް ޚަބަރުލިބުނީ، އެކަން އެގޮތަށްކުރަން އެންގީ އިސްލާމިކް މިނިސްޓްރީގެ ފާރޫޤަށްގުޅައި އޭނާގެލަފާ ލިބުމުންކަމަށެވެ. ނަމަވެސް އެއީ ކަނޑައެޅިގެން އިބްރާހީމްޒުބޭރު ހެއްދެވި ދޮގެއްކަން ގިނަބަޔަކު ތުހުމަތުކުރެއެވެ.


ކޮންމެއަކަސް އަޅުގަނޑުމެންނަށް ފެނިގެންމިދަނީ ވަރަށްބޮޑު ކަންތައްގަނޑެއްގެ ފެށުމެވެ. މިކަން ގިނަދިވެހީންނަށް ރޭކާލާނީ އަދި ތަންކޮޅެއްފަހުންނެވެ. މިސްކިތްތަކުން ބަންގިގޮވާއަޑު އިވޭތީ ކަންފަތްތަކަށް އުނދަގޫވާ މީހުން މިރާއްޖޭގައިވެސް އުޅެއެވެ. އެއީވެސް ހަމަ މުސްލިމުންނޭ ކިޔައިގެން އުޅޭބައެކެވެ. ކޮންމެފަދަ ބަހަނާއެއްދެއްކިޔަސް ސްކޫލުތަކުގައިކުދިން އިމްތިޙާނުތައް ހަދަންފެށީކީ އިއްޔެއަކު މިއަދަކު ނޫނެވެ. އުނދަގޫވެގެން އުޅެނީކީ އިމްތިޙާނު ހަދާކުދިންނަކަށްނޫނެވެ. އެހެންބަޔަކަށެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons