މީސްތަކުންގެ މުދަލާއި އަބުރާއި ލެއަކީ، އިސްލާމީ ޝަރީޢަތުގައި ޙުރުމަތްތަރެ ވެގެންވާ އެއްޗެއްސެވެ. ޝަރްޢުގައި ހުއްދަކުރައްވާފައިވާ ވަސީލަތަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް ލިބިގަތުން އަނެކާއަށް ހުއްދަވެގެން ނުވެއެވެ.
އެއީ، ހުއްދަ ވިޔަފާރިއަކުން ނުވަތަ ތިމާ ހެޔޮހިތުން ދޭ ހަދިޔާއަކުން ނުވަތަ ޞަދަޤާތަކުންނެވެ. ރިބާއާއި ޖުވާ ނަހަމަގޮތުގައި މީސްތަކުންގެ މުދާ ކެއުމަށް ގެންގުޅޭ އުކުޅުތަކެކެވެ. މިފަދަ މުޢާމަލާތްތައް ހިންގާމީހުން ތަފާތު ނަންތައް ބޭނުން ކޮށްފާނެއެވެ. މިގޮތުން ކޮންމެފަދަ ނަމެއް ބޭނުންކުރި ކަމުގައިވިޔަސް، ހުއްދަނޫން ވަސީލަތަކުން މީހެއްގެ މުދާ އަތުލުން ހުއްދައެއް ނުވާނެއެވެ.
އެއީ، ހުއްދަ ވިޔަފާރިއަކުން ނުވަތަ ތިމާ ހެޔޮހިތުން ދޭ ހަދިޔާއަކުން ނުވަތަ ޞަދަޤާތަކުންނެވެ. ރިބާއާއި ޖުވާ ނަހަމަގޮތުގައި މީސްތަކުންގެ މުދާ ކެއުމަށް ގެންގުޅޭ އުކުޅުތަކެކެވެ. މިފަދަ މުޢާމަލާތްތައް ހިންގާމީހުން ތަފާތު ނަންތައް ބޭނުން ކޮށްފާނެއެވެ. މިގޮތުން ކޮންމެފަދަ ނަމެއް ބޭނުންކުރި ކަމުގައިވިޔަސް، ހުއްދަނޫން ވަސީލަތަކުން މީހެއްގެ މުދާ އަތުލުން ހުއްދައެއް ނުވާނެއެވެ.
ޖުވާއަކީ މީގެތެރެއިން އެއްވަސީލަތެވެ. ޖުވާކުޅޭ މީހުން މިކަންކުރުމަށް ތަފާތު ވަސީލަތްތައް ގެންގުޅެއެވެ. އަދި މިހާރަކަށް އައިސް މީގެ ވަތްތަރުތައް ވަނީ ގިނަގުނަ ވެފައެވެ. ތަފާތު ކުޅިވަރުތަކާއި މުބާރާތްތަކުގައި މިފަހަކަށް އައިސް ޖުވާ ބޭނުންކުރެއެވެ.
ޖުވާއަކީ ދެފަރާތެއްގެ މެދުގައި، ބަލިވާ ފަރާތުން މޮޅުވާ ފަރާތަށް ލިބޭގޮތަށް ފައިސާއެއް ބަހައްޓައިގެން ނުވަތަ ފައިސާއެއް ދޭން ޝަރުޠުކޮށްގެން ކުޅޭ ކުޅިވަރެކެވެ. މިއާ ޚިލާފަށް، ބައިވެރިވާ ފަރާތްނޫން ފަރާތަކުން އިނާމެއް ހުށަހަޅައިގެން، ދެފަރާތެއްގެ ދެމެދުގައި ބޭއްވޭ މުބާރާތަކުން މޮޅުވާ ފަރާތަކަށް ލިބޭ އިނާމު ޖުވާގެ ތެރޭގައި ނުހިމެނެއެވެ.
ޖުވާގެ ތަޢާރަފުގައި ޑރ.ޔޫސުފް އަލްޤަރްޟާވީ ވިދާޅުވެފައިވެއެވެ. "ދެފަރާތުންކުރެ ކޮންމެވެސް އެއްފަރާތަކަށް ގެއްލުންވެފައި އަނެއް ފަރާތަށް މަންފާކުރާގޮތަށް ކުޅޭ ކޮންމެ ކުޅިވަރަކީ ޖުވާގެ ކުޅިވަރެކެވެ."
މިއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކަމެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالأنْصَابُ وَالأزْلامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ (٩٠)إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنِ الصَّلاةِ فَهَلْ أَنْتُمْ مُنْتَهُونَ (٩١) [المائدة 90-91]
މާނައީ"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި ނަޞީބުލިބުމަށްޓަކައެވެ.
ޝައިޠާނާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި اللَّه ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން އެކަންތައްތައް ހުއްޓާލަން ނުވޭހެއްޔެވެ؟" އެބަހީ، ހުއްޓާލާށެވެ!
ޖުވާއަކީ ޝައިޠާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ޢަމަލެކެވެ. ހަމައެހެންމެ އެއީ، މީސްތަކުން ނަމާދުކުރުމުންނާއި ﷲ ހަނދުމަކުރުންފަދަ ހެޔޮކަންތައްތަކުން އެއްކިބާކުރުވާކަމެކެވެ. އަދި އެއްވެސް ފައިދާއެއް ނެތްގޮތުގައި ތިމާގެ ޙަޔާތުގެ އަގުހުރި އެތައް ވަގުތުތަކެއް ބޭކާރުގޮތުގައި ނަގާލުމެކެވެ.
ޝައިޠާނާ މިފަދަ ޢަމަލުތައް މެދުވެރިކޮށް މީސްތަކުންގެ މެދުގައި ދެކޮޅުވެރިކަމާއި ރުޅިވެރިކަމާއި ޢަދާވާތްތެރިކަން ފަތުރައެވެ. މިހުރިހާ ކަންތައްތަކަށް ނަޒަރު ހިންގައިލުމުން އިސްލާމް ދީނުގައި މިނުބައި ޢަމަލު ޙަރާމްކުރައްވާފައިވަނީ ކީއްވެގެންކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ސާފުވެގެން ހިނގައްޖެއެވެ.
0 comments:
Post a Comment