1- ޙައްޖަށް ދަތުރު ފެށުމުގެ ކުރިންނާއި، އަދި ޙައްޖު ދަތުރުގައި އިޚްލާޞްތެރި ތައުބާއަކުން ﷲ އަށް ތައުބާވާށެވެ.
2- ޙައްޖުގެ އަޅުކަން އަދާކުރަންޖެހޭ ގޮތް އިތުބާރުހުރި ދީނީ ޢިލްމުވެރިއެއްގެ އަރިހުން އަހައި އޮޅުން ފިލުވާށެވެ.
3- ގިނަފަހަރު ޙައްޖުވެފައިވާ މީހެކޭ ބުނުވުމަށް، ނުވަތަ މީސްތަކުންނަށް ދެއްކުމަށް ޙައްޖު ނުވާށެވެ.
4- ތިބާގެ އަޚާއާއި ބައްދަލު ވާ ހިނދު ހިނިތުން މޫނަކާއެކު ބައްދަލު ކުރާށެވެ. [ތިބާގެ އަޚާގެ ކުރިމަތީގައި ތިބާގެ ހިނިތުން ވުމަކީ ވެސް ޞަދަޤާތެކެވެ.]
5- ތިބާގެ މުސްލިމު އަޚުންނަށް ސަލާމް ކުރުމުގައި އިސްނަގާށެވެ. ސަލާމް ކުރުމުގައި ދަންނަމީހުންނާއި ނުދަންނަ މީހުންނަށްވެސް ސަލާމް ކުރާށެވެ. އަދި ދަންނާށެވެ. ހިލޭ އަންހެނުންނާއި ހިލޭފިރިހެނުން އަތާއި އަތްޖޯޑުކޮށް ސަލާމް ކުރުމަކީ ޙަރާމް ކަމެކެވެ.
6- ވީ މިންވަރަކުން ތިބާގެ މުސްލިމު އަޚުންނަށް އެހީ ފޯރުވައި ދޭށެވެ.
7- އެހެން ޤައުމުތަކުގެ ޙައްޖުވެރިންނާ ސަލާމްކޮށް އެމީހުންނަށް ތަޢާރަފްވެ، އެމީހުންގެ ޤައުމުތަކުގައިވާ މުސްލިމު އަޚުންގެ ޙާލު އަޙުވާލު އޮޅުން ފިލުވާށެވެ.
8- ތިބާގެ މުސްލިމު އަޚުން، އެބައިމީހުންގެ ފޮށިތަންމަތި އުފުލުމުގައި ތިބާގެ އެހީއަށް ބޭނުންވާތަން ފެނިއްޖެނަމަ އެމީހުންނަށް އެހީވާށެވެ.
9- ސިގަރޭޓް ބުއިމުން އެއްކިބާވެ ދުރުހެލިވާށެވެ! އަދި ސިގަރޭޓް ބޯ މީހުންނާއިވެސް ދުރުހެލި ވާށެވެ.
10- ގިނަގިނައިން ޤުރުއާން ކިޔަވާށެވެ.
11- ހެނދުނާއި ހަވީރުގެ ޛިކުރުތައް ކުރުން އާދަ ކުރާށެވެ.
12- ގިނަގިނައިން ﷲ އަށް ދުޢާ ދަންނަވާށެވެ! ޚާއްޞަކޮށް ސަޖިދައިގެ ވަގުތުގައި ދުޢާކުރުން ގިނަ ކުރާށެވެ.
13- ޙައްޖު ގުރޫޕްގެ ފަރާތުން ދެވޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރަމެވެ.
14- ދީނީ ގޮތުން ކަންތައް އޮންނަގޮތް ދީނީ ޢިލްމުވެރިންގެ އަރިހުން އޮޅުން ފިލުއްވާށެވެ. އަމިއްލައަށް ހިތުހުރި ގޮތަކަށް ހަދައިގެން މި އަޅުކަން ބޭކާރު ނުކުރައްވާށެވެ.
15- ޢަރަފާތް ދުވަހުގެ ކުރިން، ޤައުމުގައި ތިބި ގާތްތިމާގެ މީހުންނަށް ގުޅައި، ޢަރަފާތްދުވަހު ރޯދަ ހިފުމަށް ވަޞިއްޔަތް ކުރާށެވެ.
16- ޢީދު ދުވަހު ގާތްތިމާގެ މީހުންނަށް ގުޅައި، ޢީދުގެ ތަހުނިޔާ ކިޔާށެވެ.
17- ތިބާގެ ގާތްތިމާގެ މީހުންނާއި، އެކުވެރިންނާއި، މި ލިޔުންކޮޅު ލިޔުނު މީހާއަށް ހެޔޮ ދުޢާ ކުރުން ހަނދާން ނައްތާ ނުލާށެވެ.
18- ހޫނު ގަދަވެއްޖެނަމަ ހަނދުމަކުރާށެވެ. ނަރަކައިގެ ހޫނުކަން އެއަށްވުރެ ހޫނު ކަން ގަދަ އެވެ.
19- މިނާގައި ޝައިޚުން ދެއްވާ ދީނީ ނަސޭހަތުގެ ބަސްކޮޅު އަޑުއެހުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ.
20- މީހުންގެ ވާހަކަ ދެއްކުމާއި، ޣީބަ ބުނުމާއި، ނެތިމޮށުމުން އެއްކިބާވެ ހުންނާށެވެ.
އެންމެހާ ޙަމްދާއި ޘަނާ ޙައްޤުވެގެންވަނީ ކާއިނާތްތައް މިލްކުވޮޑިގެންވާ އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާކުރަނީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަށެވެ. މި ޞަލަވާތުގައި އެކަލޭގެފާނަށް ނަޞްރު ދެއްވި މަތިވެރި ޞަޙާބީންނާއި، ޤިޔާމަތް ދުވަހާއި ހަމައަށް އެކަލޭގެފާނުގެ ރިސާލަތަށް ބޯލަބައި ކިޔަމަންތެރިވާ އެންމެހާ އަޚުންނާއި އުޚްތުން ޝާމިލުކުރަމެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލްވަންވެރިކަމުން އަޅުގަނޑުމެންނަށް ގުނާ ޢަދަދު ނުކުރެވޭހާ ގިނގުނަ ނިޢުމަތްއް ދެއްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (وَإِنْ تَعُدُّوا نِعْمَةَ اللَّهِ لا تُحْصُوهَا)( ސޫރަތުލް އިބްރާހީމް:34) މާނައީ: "ﷲގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަނަމަ، ތިޔަބައިމީހުންނަށް އެނިޢުމަތްތައް ޢަދަދު ނުކުރެވޭހުއްޓެވެ." މިގޮތުން، އަޅުގަނޑުމެންނަށްޓަކައި އެ އިލާހު ބައެއް ޒަމާންތައް މާތްކުރައްވާ އެޒަމާންތަކުގައި ކުރާ ހެޔޮ ޢަމަލުތަކުގެ ދަރުމަ އެހެނިހެން ދުވަސްތަކުގައި ކުރާ ޢަމަލުތަކަށްވުރެ އިތުރުކޮށްދެއްވައެވެ. އަޅުގަނޑުމެންނާއި ބައްދަލުކޮށްފައި މިވާ ޙައްޖު މަހުގެ ފުރުތަމަ ދިހަ ދުވަހަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެހެނިހެން ދުވަސްތަކަށްވުރެ މާތްކުރައްވާ މި ދުވަސްތަކުގައި ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބު އިތުރުކުރައްވާފައިވާ ދުވަސްތަކެކެވެ.
އެހެންކަމުން، އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މި މަތިވެރި މޫސުމާއި ބެހޭގޮތުން ހަނދާން ކޮށްދިނުމަށްޓަކައި މި ލިޔުން ލިޔަން ގަސްތުކުރީމެވެ.
މި މަހުގެ ފުރުތަމަ ދިހަ ދުވަހުގެ މާތްކަން ޤުރުއާނުގައި ބަޔާންވެފައިވޭ:
ކީރިތި ޤުރުއާނުގައި މި ދުވަސްތަކުގެ މާތްކަމަށް އިޝާރާތް ކުރެވިފައިވެއެވެ. ޤުރުއާނުގައި މި ދުވަސްތަކުގެ ޛިކުރުކުރެވިފައިވުމުން ދޭހަވަނީ ﷲތަޢާލާގެ ޙަޟްރަތުގައި މި ދުވަސްތަކުގެ މާތްކަމެވެ. އެ އިލާހު ވަޙީކުރައްވާފައިވެއެވެ. ( وَأَذِّنْ فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالاً وَعَلَى كُلِّ ضَامِرٍ يَأْتِينَ مِنْ كُلِّ فَجٍّ عَمِيقٍ * لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ )(ސޫރަތުލް ޙައްޖު:27،28) މާނައީ: "އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވާލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލުމަތީގައި، ދުރުތަންތަނުން އެބައިމީހުން ކަލޭގެފާނުގެ ގާތަށް އަންނާނެތެވެ. އެއީ އެބައިމީހުންނަށް ހުރި (ދީނާއި، ދުނިޔެވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެއުރެން ﷲގެ އިސްމުފުޅު ހަނދުމަކޮށްއުލުމަށެވެ." އިބްނު ކަޘީރު ރަޙިމަހުއްﷲ އެކަލޭގެފާނުގެ ތަފްސީރުގައި "الأيام المعلومات" ގެ ތަފްސީރުގައި މާތްﷲ ރުއްސުންލެއްވި އިބްނު އައްބާސްގެ ރިވާޔަތެއް ގެނެސްފައިވެއެވެ. "الأيام المعلومات أيام العشر" "ކަނޑައެޅި އެގިގެންވާ ދުވަސްތަކަކީ (ޙައްޖު މަހުގެ) ދިހަ ދުވަހެވެ."
ހަމަ އެފަދައިން، ފަޖްރު ސޫރަތުގައި އެ އިލާހު ވަޙީ ކުރައްވާފައިވެއެވެ. { وَالْفَجْرِ * وَلَيَالٍ عَشْرٍ }މާނައީ: "ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ" (ސޫރަތުލް ފަޖްރު1،2 ) އަލް އިމާމުއް ޠަބަރީ ރަޙިމަހުﷲ " وَلَيَالٍ عَشْرٍ " ގެ ތަފްސީރުގައި ބަޔާންކުރައްވާފައިވަނީ އެއީ ޙައްޖު މަހުގެ ދިހަ ދުވަސްކަމުގައެވެ. ހަމަ އެފަދައިން އިބްނު ކަޘީރު ރަޙިމަހުﷲ، އިބްނު އައްބާސް ރަޟިޔަﷲ ޢަންހުމާއި، އިބްނުއް ޒުބައިރު އަދި މުޖާޙިދު ރަޙިމަހުމުﷲ ފަދަ އެތައް ގިނަ މުފައްސިރުންގެ ކިބައިން މި އާޔަތުގެ މުރާދަކީ ޙައްޖު މަހުގެ ދިހަ ދުވަސްކަމަށް ބަޔާންކުރައްވާފައިވެއެވެ."
މި ދިހަ ދުވަހުގެ މާތްކަން ސުންނަތުގައި ބަޔާންވެފައިވޭ:
ރަސޫލުﷲ ޞައްލާﷲ ޢަލައިހި ވަސައްލަމުގެ ޞައްޙަ ޙަދީޘްތަކުން ޙައްޖުމަހުގެ ފުރުތަމަ ދިހަ ދުވަހުގެ މާތްކަން ބަޔާންވެފައިވެއެވެ. އިބްނު އައްބާސް ރަޟިޔަﷲ ޢަންހު ރިވާ ކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ." ( ما من أيام العمل الصالح فيهن أحب إلى الله منه في هذه الأيام العشر . قالوا ولا الجهاد في سبيل الله !! قال : ولا الجهاد في سبيل الله ، إلا رجل خرج بنفسه وماله ولم يرجع من ذلك بشيء) " (އަލް އިމާމުލް ބުޚާރީ). މާނައި." ހެެޔޮ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތުގައި މި ދިހަ ދުވަހަށް ވުރެ ހެޔޮކަންބޮޑުވެގެންވާ ދުވަސްތަކެއްނުވެއެވެ."(ޞަޙާބީން) ދެންނެވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެންވެސް ބޮޑަށްތޯއެވެ؟ އެކަލޭގެފާނު ޙަދިޘްކުރެވިއެވެ." މީހަކު އޭނަގެ ނަފްސާއި މުދަލުން ޖިހާދުކުރުމަށް ނުކުމެ، އެއިން އެއްޗަކާއެކު އެނބުރިނައި މީހާ ފިޔަވާ ޖިހާދުކުރުމަށްވުރެންވެސް ބޮޑަށެވެ"
މަތީގައި ބަޔާން ކުރެވުނު އާޔަތްތަކާއި ޙަދީޘުން އަޅުގަނޑުމެންނަށް އެނގި ހާމަވެގެންދަނީ މި ދިހަ ދުވަހުގެ މާތް ކަމެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުގައި މި ދިހަ ދުވަހަށްވުރެ، ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރުވެގެންވާ ދުވަސްތަކެއް ނެތްކަމެވެ.
ޙައްޖުމަހުގެ ފުރުތަމަ ދިހަ ދުވަސް އެހެނިހެން ދުވަސްތަކަށްވުރެ މާތްވަނީ ކީއްވެ؟

1. ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދިހަ ދުވަސް ގަންދެއްވާ ހުވާކުރައްވާފައިވުން:-
ﷲ ތަޢާލާ މި ދިހަ ދުވަސް ގަންދެއްވާ ހުވާކުރައްވާފައިވަނީ މި ދުވަހުގެ މަތިވެރިކަމުގެ ސަބަބުންކަމާމެދު އެއްވެސް ޝައްކެތްނެތެވެ. (وَلَيَالٍ عَشْرٍ) މާނައީ:"އަދި ދިހަ ރޭ ގަންދެއްވަމެވެ"

2. ކީރިތި ޤުރުއާނުގައި މި ދިހަ ދުވަހުގެ ވާހަކަ ޛިކުރުކުރެވިފައިވުން
މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެ އިލާހުގެ ފޮތުގައި މި ދިހަ ދުވަހުގެ ވާހަކަ ޛިކުރު ކުރައްވާފައިވާކަމީ، މި ދުވަސްތައް އެހެނިހެން ދުވަސްތަކަށް ވުރެ މާތްކަންބޮޑުވި ސަބަބެކެވެ. އެ އިލާހު ވަޙީ ކުރައްވާފައިވެއެވެ. ( وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ) މާނައީ: "އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެއުރެން ﷲގެ އިސްމުފުޅު ހަނދުމަކޮށްއުލުމަށެވެ."

3. ހެޔޮ ޢަމަލުކުރުމުގެ މޫސުމެއްކަމުގައި ބަޔާންވެފައިވުން.
މަތީގައި ބަޔާން ކުރެވުނު މާތް ނަބިއްޔާގެ ޙަދީޘްތަކުގައި ޙައްޖުމަހުގެ ފުރުތަމަ ދިހަ ދުވަހަށްވުރެ ﷲ ގެ ޙަޟްރަތުގައި ހެޔޮ ޢަމަލުތަކުގެ ޘަވާބު އިތުރުވެގެންވާ ދުވަސްތަކެއް ނެތްކަމަށް ބަޔާންކުރައްވާފައިވެއެވެ.

4. އިސްލާމް ދީނުގެ ފަސްވަނަ ރުކުން، ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ފަށަނީ މި ދިހަ ދުވަސްތެރޭގައި ކަމަށްވުން.
ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އިޙުރާމްބަންނަނީ ( يوم التروية )، ޙައްޖު މަހުގެ އަށްވަނަ ދުވަހުއެވެ. މި ދުވަހަކީ ޙައްޖުގެ އަޅުކަންތައްފެށޭ ދުވަހެވެ. ހަމައެފަދައިން ޙައްޖުގެ އެންމެ މުހިއްމު ރުކުން ކަމުގައިވާ ޢަރާފާތުގައި މަނޑުކުރަނީ ހައްޖު މަހުގެ ނުވަވަނަ ދުވަހު މެންދުރު ފަހުގައެވެ. ޢަރަފާތް ދުވަހަކީ އެދުވަހެއްގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެ އިލާހުގެ އަޅުތަކުން އެންމެ ގިނައިން ނަރަކައިން މިންޖުކުރައްވާ ދުވަހެވެ.عائشة ރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. މާތް ނަބިއްޔާ ޞައްލަﷲޢަލައި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. " ما من يومٍ أكثر من أن يُعتق الله عز وجل فيه عبداً من النار ، من يوم عرفة...."( ޞަޙީހު މުސްލިމު) މާނައީ:" ޢަރަފާތް ދުވަހަށްވުރެ ގިނައިން ﷲ ތަޢާލާ އެ އިލާހުގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއްނުވެއެވެ."
މީގެ އިތުރުން މި ދިހަ ދުވަހުގެ ތެރޭގައި މުޒްދަލިފާގައި ރޭކުރުމާއި، އަދި މުސްލިމުންގެ އެންމެ ބޮޑު ޢީދު ކަމުގައިވާ ޢީދުލް ޢަޟްޙާ ހިމެނިފައިވާކަމީ، މި ދުވަސްތައް އެ އިލާހުގެ ޙަޟްރަތުގައި މާތްކުރެވުމުގެ ސަބަބަތަކުގެ ތެރެއިން ހިމެނޭކަމެއްކަން ކަށަވަރެވެ.

5. ﷲ ތަޢާލާއަށް ކުއްތަންވުމަށްޓަކައި ޤުރުބާން ކަތިލުން މިދުވަސްތަކުގައި ހިމެނިފައިވުން.
ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި އެކި އެކި ހިސާބުތަކުން އަންނަ އެ އިލާހުގެ އަޅުތަކުން ޤުރުބާން ކަތިލުމާއި، އުޟުޙިޔާ ކަތިލުން ހިމެނިފައިވަނީ މި ދިހަ ދުވަހުގެ ތެރޭގައި ކަމަށްވުމީ، މި ދުވަސްތައް އެ އިލާހުގެ ޙަޟްރަތުގައި މާތްކުރެވުމުގެ ސަބަބެކެވެ.

ހެޔޮކަމުގެ މި މޫސުމާއި ކުރިމަތިލާނީ ކިހިނެއް؟
މަތީގައި ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި ﷲ ތަޢާލާގެ ޙަޟްރަތުގައި މާތްކުރެވިފައިވާ ހެޔޮކަމުގެ މި މޫސުމާ ކުރިމަތިލާނީ ކިހިނެއްތޯއެވެ؟ ހަމަޔަޤީނުންވެސް މިއީ އަހަރަކު އެއްފަހަރު ލިބޭނެ ފުރުޞަތެކެވެ. މި ފުރުޞަޠު ބޭނުންނުކެރެވި ފާއިތުވެއްޖެނަމަ، ދެން މި ފަދަ އެހެން ފުރުޞަތެއް ލިބޭނެކަމުގެ ޔަޤީންކަން އޮތީ އަޅުގަނޑުމެންގެ ތެރެއިން ކޮންބޭފުޅަކަށްތޯއެވެ؟ އަޅުގަނޑުމެންނާއެކު ފާއިތުވި އަހަރުގެ ޙައްޖު މަހުގައި އުޅުނު ބައެއް ލޮބުވެތި އަޚުންނާއި އުޚުތުން ވަނީ މި ހެޔޮކަމުގެ މޫސުމާއި ބައްދަލުވުމުގެ ކުރިން ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ.
އެހެންކަމުން ބުއްދިވެރިނަނަކީ، މި ފަދަ ފުރުޞަތުތައް ނަގާނުލައި، ހެޔޮކަމުގެ މޫސުމެއްގެ ގޮތުގައި މި ދުވަސްތައް ބަލައިގަންނަ މީހުންނެވެ. ވުމާއެކު ތިރީގައި އެވަނީ މި މޫސުމުގެ ބޭނުން ހެެޔޮގޮތުގައި ކުރެވިދާނެ ބައެއް ގޮތްތަކެވެ.

1. މި ދުވަސްތަކާއި ބައްދަލުކުރާއިރު، ތެދުވެރި ތައުބާއަކުން ތައުބާވުން
އާދެ، ހެޔޮކަމުގެ މި މޫސުމާއި ބައްދަލުކުރާއިރު އަޅުގަނޑުމެންނަކީ، ތައުބަތުއް ނަޞޫޙާ ނުވަތަ ތެދުވެރި ތައުބާއަކުން ތައުބާވެ މި ދުވަސްތަކާއި ބައްދަލުކުރާ ބަޔަކަން ވާންޖެހެއެވެ. ހަމަކަށަވަރުން ﷲއަށް ތައުބާވެ، ކުރަމުން ދިޔަ ފާފަތައް ދޫކޮށް އެ އިލާހަށް ރުޖޫޢަވުމަކީ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ކީއްތޯއެވެ؟ އަޅުތަކުން ﷲއަށް ތައުބާވުމަކީ އެ އިލާހު އެކަމަކަށް ލޯބިވވޮޑިގަންނަވާކަމެކެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ.( يَا أَيُّهَا الَّذِينَ آَمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَصُوحًا)( އައްތަޙްރީމް-8) މާނައީ:"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތެދުވެރި އިޚްލާސްތެރި ތައުބާއަކުން، ތިޔަބައިމީހުން ﷲއަށް ތައުބާވާށެވެ." އަދިވެސް އެ އިލާހު ވޙީކުރައްވާފައިވެއެވެ.( إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ )( އަލްބަޤަރާ: 222) މާނައީ:" ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ. އަދި ޠާހިރުވާމީހުންދެކެވެސް އެ އިލާހު ލޯބިވެވޮޑިގަންނަވައެވެ"
2. ތެދުވެރިކަމާއެކު ހެޔޮ ޢަމަލުތަކުގެ މަތީގައި ދެމިހުރުމަށް ޢަޒުމު ކަނޑައެޅުމާއި ނުބައި ކަންތައްތަކުން ދުރުވުމަށް ޢަޒުމްކަނޑައެޅުން
މި މޫސުމާއި ބައްދަލުކުރާއިރު، އަޅުގަނޑުމެން ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުމަށް ޢަޒުމްކަނޑައަޅާށެވެ. މި ދުވަސްތަކުގައި އަޅުކަންކުރުމަށް ހީވާގިވާފަދައިން މި މޫސުމަށް ފަހު ޙަޔާތުގެ ބާކީ ދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުމަށް ޢަޒުމް ކަނޑައަޅާށެވެ. ހަމައެފަދައިން މަސްތުވާތަކެތި ބޭނުންކުރުމާއި،ދުންފަތުގެ އިސްތިޢުމާލުކުރުމާއި އަދިވެސް އެ ނޫން އެހެނިހެން ފާޙިޝް ޢަމަލުތައް ކުރަމުންދާ މީހުން އެކަންތައް ހުއްޓުމަށްވެސް ޢަޒުމްކަނޑައަޅައި މަސައްކަތްކުރާށެވެ. އެހެނީ ﷲ ގެ މަގަށް ރުޖޫޢަވުމަށް ތެދުވެރިކަމާއެކު މަސައްކަތްކޮށްފިި މީހަކަށް އެ އިލާހު އެ ކަމުގެ ތައުފީޤުދެއްވާނެކަން ކަށަވަރެވެ. އެ އިލާހު ވަޙީ ކުރައްވާފައިވެއެވެ.(وَالَّذِينَ جَاهَدُواْ فِينَا لَنَهدِيَنَّهُمّ سُبُلَنَا)( އަލް އަންކަބޫތު:69)މާނައީ:" ތިމަން އިލާހުގެ މަގުގައި ޖިހާދުކުރިމީހުން (ދަންނާށެވެ!) އެއުރެންނަށް ތިމަން އިލާހުގެ މަގުތަކަށް މަގުދައްކަވާހުށީމެވެ"

3.ﷲ ސުބުޙާނަހޫ ވަތަޢާލާމަތިން ހަނދުމަކުރުން ގިނަކުރުމާއި ޛިކުރުކުރުން ގިނަކުރުން.
މުސްލިމެއްގެ ޙަޔާތުގެ ކޮންމެ ދުވަހަކީވެސް މާތްﷲ ގެ ހަނދުމަކުރުމާއި ޛިކުރުކުރުންމަތީ ހޭދަކުރާ ދުވަހެކެވެ. ނަމަވެސް، މި ފަދަ މަތިވެރި މޫސުމަކާއި ބައްދަލުވުމުން އެ އިލާހު ހަނދުމަކުރުމާއި ޛިކުރުން އިހުނަށްވުރެ ގިނަކޮށް ހީވާގިވާންޖެހެއެވެ. މި ގޮތުން އެންމެ މާތް ޛިކުރު ކަމުގައިވާ ކީރިތި ޤުރުއާން ކިޔެވުން ގިނަކުރާށެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ދަރުމަ ދެއްވާކަމަށެވެ. އެހެންކަމަށްވާނަމަ ހެޔޮ ޢަމަލުތަކުގެ ދަރުމަ އިތުރުވެގެންދާ މި ފަދަ ދުވަސް ވަރެއްގައި ޤުރުއާން ކިޔެވުން ގިނަކުރުމުން މަތިވެރި ޘަވާބާއި ދަރުމަ ލިބިގެންދާނެކަމީ ކަށަވަރުކަމެކެވެ.
ހަމަ އެފަދައިން އެ އިލާހު ހަނދުމަކޮށް ޛިކުރުކުރުމުގެ ތެރޭގައި، ތަކްބީރު، ތަޙްމީދު އަދި ތަސްބީޙު ކިޔުން ހިމެނެއެވެ. އެހެނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް މި ދުވަސްތަކުގައި އެ އިލާހުގެ ޛިކުރުކުރުމަށް ބާރުއަޅުއްވާފައިވެއެވެ. އެހެންކަމުން ސަލަފުންގެ ބޭކަލުން މި ދިހަ ދުވަހު ބާޒާރަށް ނުކުމެ ވަޑައިގެން ތަކްބީރުވިދާޅުވަމުން ވަޑައިގަންނަވައެވެ. ހަމައެފަދައިން ނަމާދުގެ ފަހުގަޔާއި މަގުމަތީގައްޔާއި، ގޭގައި ތަކްބީރުކިޔުން ސުންނަތްވެގެންވެއެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. މާތް ނަބިއްޔާ ޞައްލަﷲޢަލައި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. (ما من أيام أعظم عند الله سبحانه ولا أحب إليه العمل فيهن من هذه الأيام العشر؛ فأكثروا فيهن من التهليل والتكبير والتحميد )(رواه أحمد) މާނައީ: "ﷲގެ ޙަޟްރަތުގައި މި ދިހަ ދުވަހަށް ވުރެ މަތިވެރި އަދި ހެޔޮ ޢަމަލުކުރުން ލޮބުވެތިކަންބޮޑު ދުވަސްތަކެއް ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތަހުލީލާއި، ތަކްބީރު އަދި ތަޙްމީދުކިޔުން ގިނަކުރާށެވެ." "الله أكبر. الله أكبر. الله أكبر. لا إله إلا الله. والله أكبر. الله أكبر. الله أكبر ولله الحمد" މިއީ ތަކްބީރު ކިޔުމަށް ބައެއް ސަލަފުންގެ ކިބައިން ވާރިދުވެފައިވާ ޞީޣާއެކެވެ.

4. ސުންނަތް ނަމާދުކުރުން ގިނަކުރުން
ހެޔޮ ކަމުގެ މި މޫސުމުގެ ދަރުމަ ލިބިގަތުމަށްޓަކައި ސުންނަތް ނަމާދުކުރުން ގިނަކުރާށެވެ. ހަމަ އެފަދައިން ރޭ އަޅުކަންކުރުމުގައިވެސް އިތުރަށް ހީވާގިވާށެވެ. ސުންނަތް ނަމާދުތަކަށް ފަރުވާތެރި ވުމުގެ ކުރިން ފަރްޟު ނަމާދުތަކަށް ރައްކާތެރިވެ، ފުރުތަމަ ތަކްބީރު ލިބޭނެހެން ޖަމާޢަތުގައި ބައިވެރިވެ ނަމާދުކުރުމަށް އާދަކުރާށެވެ. ޘައުބާން ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. "ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިހެން ޙަދީޘްކުރައްވަނިކޮށް އަޑުއެހީމެވެ." (عليك بكثرة السجود لله، فإنك لا تسجد لله سجدة إلا رفعك الله بها درجة، وحطَّ عنك بها خطيئة)(ރަވާހް މުސްލިމް) މާނައީ:"ތިބާ ގިނަގިނައިން ﷲ އަށް ސަޖިދަކުރުންހުއްޓެވެ. އެހެނީ ތިބާ އެ އިލާހަށް ކުރާ ކޮންމެ ސަޖިދައަކާއިއެކު، ތިބާގެ ދަރަޖަ އެ އިލާހު އުފުއްލަވައެވެ. ތިބާގެ ފާފައެއް ފުއްސަވައެވެ" މިއީ އާއްމު ދުވަސްތަކުގައި ކަމަށްވާއިރު މި މަތިވެރި މޫސުމުގައި ސަޖިދަކުރުން ގިނަކުރުމުން ދަރުމަ އިތުރުވާނެކަން ޔަޤީނެވެ.

5. އުޟުޙިޔާ ކަތިލުން
ޙައްޖުމަހުގެ ދިހަވަނަ ދުވަހު، ބޮޑު ޢީދު ދުވަހު އުޟްޙިޔާ ކަތިލުމަކީ އެކަމަށް ކުޅަދާނަކަން ލިބެގެންވާ މީހަކަށް ކުރުން ސުންނަތްކަންބޮޑުވެގެންވާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާއި އެކަލޭގެފާނުގެ ޞަޙާބީން އެކަން ކުރުން މަތީ ދެމިތިބި ކަމެކެވެ.

6. ޙައްޖާއި ޢުމްރާގެ މާތް އަޅުކަން އަދާކުރުން
އެއްވެސް ޝައްކެތްނެތް ގޮތުގައި، ޙައްޖާއި ޢުމްރާގެ އަޅުކަމަކީ މި ދުވަސްތަކުގައި ކުރެވޭނެ އެންމެ ހެޔޮކަންބޮޑު އެއް އަމަލެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވަނީ ޤަބޫލުކުރެވިގެންވާ މަބްރޫރު ޙައްޖަކަށް ސުވަރުގެ ނޫނީ އެހެންޖަޒާއެއް ނުވާކަމުގައެވެ.

7.ރޯދަ ހިފުން
އާދެ، ހެޔޮ ކަމުގެ މި މޫސުމުގައި ސުންނަތް ރޯދަ ހިފިދާނެއެވެ. އެހެނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވަނީ މީހަކު ﷲއަށް ޓަކައި ރޯދައެއް ހިފައިފިނަމަ ﷲ ތަޢާލާ އޭނަ ނަރަކައާއި ހަތްދިހަ ޙަރީފުގެ ރާސްތާއަށް ދުރުކުރައްވައެވެ. އެހެންކަމަށްވާނަމަ، މި މަތިވެރި ދުވަސްތަކުގައި ރޯދަ ހިފުމުން ލިބޭނެ ދަރުމަ އިތުރުވާނެކަން ކަށަވަރެވެ. ޢަރަފާތް ދުވަހު ރޯދައަށް ހުރުމަކީ އެކަލޭގެ ފާނުގެ ސުންނަތުން ޘާބިތުވެފައިވާ ގަދަވެގެންވާ ސުންނަތެކެވެ. ޙައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ފުރުޞަތު ނުލިބުނު އަޚުންނާއި އުޚުތުން ޙައްޖުމަހުގެ ނުވަވަނަދުވަހު ރޯދަހިފުމަކީ ސުންނަތްކަންބޮޑުކަމެކެވެ. އެހެނީ އެކަލޭގެފާނު ބައެއް އަނބިކަނަބަލުންގެ ކިބައިން، އެކަލޭގެފާނު ޙައްޖުމަހުގެ ނުވަވަނަ ދުވަހު ރޯދައަށް ހުންނަވާކަމަށް އައިސްފައިވެއެވެ.

ހަމައެފަދައިން ޞަދަޤާތް ކުރުމާއި، ފަޤީރުންނަށް އެހީވުމާއި، މިނޫނަސް މި ފަދަ ހެޔޮ ޢަމަލުތައް ގިނަކޮށް މި މޫސުމުގެ ބޭނުން ހެޔޮގޮތުގައި ހިފައި ކާމިޔާބު ލިބެނިވި ބަޔަކަށްވަމާ ހިނގާށެވެ. އަޅުގަނޑުގެ ދުއާއަކީ އަޅުގަނޑުމެން އެންމެންނަކީ މި މޫސުމުގައި ހެޔޮ ޢަމަލުކުރުމުގެ ތައުފީޤުދެއްވާ އަޅުގަނޑުމެން ސުވަރުގޭގެ އަހްލުވެރިންގެ ތެރެއިން ލެއްވުމެވެ.
وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

0 comments:
Post a Comment