އެކަލޭގެފާނުގެ ލިޔުއްވުންތަކުގައި ގެންގުޅެފައިވާ ވައްޓަފާޅި އަދި އެކަލޭގެފާނު ލިޔުއްވި ފޮތްތައް
އެކަލޭގެފާނުގެ ލިޔުއްވުންތަކުގައި ގެންގުޅުއްވި ވައްޓަފާޅި
އެކަލޭގެފާނަކީ ލިޔުއްވުމުގައި ދުނިދަނޑިއެއް ދާހާ ހަލުއިމިނުގައި ލިޔުއްވަމުން ގެންދެވި ބޭފުޅެކެވެ. އެކަލޭގެފާނު އެހާވެސް ބާރު ދުވެލީގައި އެކަލޭގެފާނުގެ ގަލަންކޮޅު ހިންގެވިއެވެ. އެކަލޭގެފާނުގެ ބޭބޭފުޅު ޢަބްދުﷲ ވިދާޅުވިކަމަށް އަލް އުޤޫދުއް ދުއްރިއްޔާގެ 64 ވަނަ ޞަފުޙާގައި ލިޔުއްވާފައިވެއެވެ. " މާތް ﷲ އެކަލޭގެފާނަށް ވަރަށް ހަލުވިކަމާއެކު ލިޔުމުގެ ނިޢުމަތް މިންވަރުކޮށްދެއްވިއެވެ. އަދި އެއްވެސް އެއްޗަކުން ކޮޕީކުރުމެއް ނެތި އެކަލޭގެފާނުގެ ހަނދާނުގައި ހުންނަ ތަކެތި ލިޔުއްވައެވެ.

އަދި
އެކަލޭގެފާނުގެ ލިޔުއްވުންތައް ނަކަލު ކުރުމަށްޓަކައި ކާތިބެއް ވެސް
އެކަލޭގެފާނު ގެންގުޅުއްވިއެވެ. ކާތިބުގެ ނަމަކީ އަބްދުﷲ ބިން ރަޝީދު
އަލްމަޣުރަބީއެވެ. އަލްޙާފިޡު އިބުނު ކަޘީރު މިކަން ބަޔާންކުރައްވަމުން
އެކަލޭގެފާނުގެ ތާރީހު ފޮތްކަމުގައިވާ ބިދާޔަތު ވައް ނިހާޔަތުގައި
ލިޔުއްވައެވެ. " ކާތިބު މީހާ ލިޔާއިރުގައި ޝެއިޚުއަށްވުރެ މޮޅަށް ޝެއިޚުގެ
އަތުލިޔުންފަދައިން އޭނާ ނަކަލުކުރައްވައެވެ. "
އަލް އުޤޫޤުއް ދުއްރިއްޔާގައި ބަޔާންކުރައްވާ ގޮތުގައި އެކަލޭގެފާނު ހިޖުރީ ސަނަތުން 721 ވަނަ އަހަރު ޖަލުން މިނިވަން ކުރެއްވުމާއެކު އެކަލޭގެފާނުގެ ލިޔުއްވާފައިވާ ފަތްފުތްތަކުގައި މައްސަލައެއް ހުރިތޯ ވަރަށް ގިނައިރުވަންދެން މުތާލިޢާކުރައްވަވައެވެ. ސަބަބަކީ ވަރިޔާއި ބެހޭގޮތުން ޖެހުނު ފިޤުހީ މައްސަލައެއްގެ ސަބަބުންނެވެ.

އަދި އަލްބިދާޔަތު ވައްނިހާޔަތުގައި ވާ
ގޮތުން އެކަލޭގެފާނު ޙިޖުރީ ސަނަތުން 712 ވަނަ އަހަރު ޝާމަށް އެނބުރި
ވަޑައިގަތުމަށްފަހު ވަރަށް ގިނަ ބޮޑެތި ފޮތްތައް ލިޔުއްވިއެވެ. އަދި
އަލްކަވާކިބު ދުއްރިއްޔާގައި ވާގޮތުން އެކަލޭގެފާނަށް ނިސްބަތްކުރެވޭ
ލިޔުއްވުންތަކަށް އެކަލޭގެފާނު ވަރަށް ބޮޑު ސަމާލުކަމެއް ދެއްވިއެވެ.
މިއަދު އަޅުގަނޑުމެންނަށް އެކަލޭގެފާނަށް ނިސްބަތްކުރެވޭ ފާޑުކިޔުންތަކާއި
އަދި ރައްދުތައް ފެންނަމުން ދަނީ އެކަލޭގެފާނު ލިޔުއްވާފައިވާ
މަސައްކަތްތަކުގެ ގިނަކަމާއި އެ މަސައްކަތްތަކުގެ ކުޅަދާނަކަމުންކަން
ޔަޤީނެވެ.
އަދި އެކަލޭގެފާނުގެ ނަމަށް ނިސްބަތްކޮށް އަގުވައްޓާލުމަށްޓަކައި
އެތައް ދޮގުތަކެއްވެސް ހަދައި އަދި އެކަލޭގެފާނުގެ އަގުވައްޓާލުމަށް
މަސައްކަތްކުރަމުން ދަނީ މިލިޔުންތަކަށް މީހުން ކުރާ ޤަދަރު ހުއްޓުވާލުމުގެ
ބޭނުމުގައެވެ.
އެކަލޭގެފާނުގެ ލިޔުއްވާފައިވާ ފޮތްތައް
އެކަލޭގެފާނުގެ ގަލަންކޮޅަކީ ހިނގާ ގަލަންކޮޅެއްކަން އެނގެނީ އެކަލޭގެފާނު ލިޔުއްވާފައިވާ ފޮތްތަކުންނެވެ. އެކަލޭގެފާނުގެ ކޮންމެ ފޮތަކީ މިޒަމާނުގައި އެންމެ ހިނގާ ފޮތްތަކެވެ. އެކަލޭގެފާނާއި ދެކޮޅަށް މިހާރާއި އަދި އޭރުގައިވެސް އެހާ ގިނަ ގުނަ މަސައްކަތް ކުރުމާއެކުވެސް އެކަލޭގެފާނުގެ ފޮތްތައް މި ހިސާބަށް އައުމަށް އެބައިމީހުންނަށް ހުރަސް ނުއެޅުނެވެ. އެއްޗެއް ދެމިހުރުމުގައި އެމަސައްކަތުގައި އިޚުލާސްތެރިކަން ދެމިހުރުމަކީ ކޮންމެހެންވެސް ލާޒިމުކަމެކެވެ.

އެކަލޭގެފާނުގެ ފޮތްތައް މިހިސާބަށް އައިސްފައިވަނީވެސް
މިދެންނެވި މަގުން އެކަލޭގެފާނު ކުރެއްވި އިޚުލާސްތެރި މަސައްކަތުގެ
ނަތީޖާއެއްގެ ގޮތުންނެވެ. މިއަދު އިބުނުތައިމިއްޔާގެ ފޮތެއް ނެތް
ލައިބުރަރީއަކީ މަދު ލައިބުރަރީއެކެވެ. ދުނިޔޭގެ ބޮޑެތި ހުރިހާ
ލައިބަރަރީތަކެއްގައި އަދި އެކި ބަސްބަހަށް ދަނީ އެކަލޭގެފާނުގެ ފޮތްތައް
ތަރުޖަމާކުރެވެމުންނެވެ.
އަދި މިހާރުވެސް އެކަލޭގެފާނަށް މީހުން ފާޑުކިޔައި އަދި އެކަލޭގެފާނުގެ ފޮތްތަކަށް ރައްދުދެމުން ދަނީ އެކަލޭގެފާނަކީ މިޒަމާނުގައި އުޅުއްވާ ޢިލްމުވެރިއެއްފަދައިންނެވެ. ނުވަތަ މިޒަމާނުގައި އުޅުއްވާ ބޭފުޅަކަށްދޭނެ ރައްދުތަކަށްވުރެވެސް ބޮޑަށެވެ. ދިވެހި މުހާވިރާއެއްގައި ބުނާހެން ގަޅި އުކޭނީވެސް އެއްޗެއް ހުންނަ އެއްޗަކަށްތާއެވެ. އަދި އެކަލޭގެފާނާއި މެދުގައި މިޒަމާނުގައި އުފައްދަމުންދާ ސުބުހަތަކަށް ވަކި މައުޟޫއެއްގެ ދަށުން އަލިއަޅުވާލެވޭނެ ވާހަކަ ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
އެގޮތުން ތިރީގައި މިވަނީ އެކަލޭގެފާނު ލިޔުއްވާފައިވާ ބައެއް ފޮތްތަކެވެ.
1. މަޖޫމޫޢު ފަތުވާ – ފަތުވާ ސެޓު. މި ފަތުވާ ސެޓަކީ އެކަލޭގެފާނުގެ ބައެއް ފަތުވާތަކާއި އަދި ބައެއް ރިސާލާތަކުގެ މައްޗަށް ތައްޔާރު ކުރެވިފައިވާ 35 ފޮތުގެ މައްޗަށް އެކުލެވޭ ބޮޑު ފޮތެކެވެ.
2. މަވާފިޤަތުއް ޞަޙީހުލް މަންޤޫލު ލިޞަރީހިލް މަޢުޣޫލު. މިއީ ދިހަ ފޮތުގެ(މުޖައްލަދު ނުވަތަ ބައި) މައްޗަށް އެކުލެވޭ ފޮތެކެވެ.
3. އަލްޖަވާބުއް ޞަޙީހް ލިމަން ބައްދަލަ ދީނުލް މަޞީޙު. މިއީ ނަޞާރާ ދީނުގެ ޝުބުހާތަކަށް ރައްދު ދީފައިވާ ފޮތެކެވެ.
4. މިންހާޖުއް ސުންނަތުއް ނަބަވިއްޔަތި ފިއް ރައްދި އަލާ ޝީޢަތި ވަލް ޤަދަރިއްޔާ
5. އަލްފަތާވަލް މިޞްރިއްޔާ
6. އިޚުތިޔާރާތުލް ފިޤުހިއްޔާ
7. އަލްޤަވާޢިދުއް ނޫރާނިއްޔަލް ފިޤުހިއްޔާ
8. ނަޤުޟު މިންހާޖިއް ތައުސީސު
9. އިޤާމަތުއް ދަލީލި ޢަލައް އިބްތާލިއް ތަޙުލީލް
10. ޝަރަހަލް ޢަޤީދަތުލް އަޞްފަހާނިއްޔާ
11. އަލް އިސްތިޤާމާ
12. ކިތާބުލް އީމާން
13. އައްނުބުއްވާތު
14. އިޤުތިޟާއުއް ޞިރާތިލް މުސްތަޤީމި މުޚާލަފަތު އަޞްޙާބުލް ޖަޙީމް
15. އައް ރައްދު އަލަލް މަންތިޤިއްޔީން. ( މަންތިޤީންނަށް ދީފައިވާ ރައްދު)
16. ދާރު ތަޢާރުޟު އަލް އަޤަލު ވައްނަޤަލު
17. ނަޤުދުލް މަރާތިބުލް އިޖްމާޢު
18. އަލް ޢުބޫދިއްޔާ
19. ޙިޖާބުލް މަރްއާ. އަންހެނާގެ ޙިޖާބު
20. އައުލިޔާއުއް ރަޙުމާނު ވަ އައުލިޔާއުއް ޝައިތާނު. ( ﷲ ގެ ވަލީވެރިންނާއި ޝައިތާނާގެ އެކުވެރިން)
21. އައްރައްދު އަލަލް އިބުނު ޢަރަބީ
22. އައްޒުހުދު ވަލްވަރަޢު ވަލް ޢިބާދާ
23. ސިޔާސަތުއް ޝަރުޢިއްޔާ. މިއީ އެކަލޭގެފާނު ސިޔާސަތާއި ބެހޭގޮތުން ލިޔުއްވާފައިވާ ފާހަގަކޮށްލެވޭ ފޮތެކެވެ.
24. އައްޞޯރިމުލް މަސްލޫލު
25. އައްޞަފުދިޔާ
26. އަޤީދަތުލް ވާސިތިއްޔާ ( މެދުމިނުގެ އަޤީދާ)
27. ބަޔާނުލް ތަލްބީސުލް ޖަހަމިއްޔާ
28. ތަޙުޤީޤުލް މަސްއަލަތި ޢިލްމިﷲ
29. ބަޣިއްޔަތުލް މުރުތާދު
30. ދަޤާއިޤުއް ތަފްސީރު
31. ދީނުލް އަންބިޔާއު ވާޙިދު
އަދިވެސް އެތައް އެތައް ފޮތެއް އެކަލޭގެފާނު ލިޔުއްވާފައިވެއެވެ. އަދިވެސް އޭގެ އިތުރުން އެކަލޭގެފާނު ލިޔުއްވި ބައެއް މަސައްކަތްތައް ވަނީ ގެއްލިގެން ގޮސްފައެވެ. މިފޮތްތަކަކީ އެކަލޭގެފާނުގެ ޢިލްމުވެރިކަން ރަމްޒުކޮށްދޭ އަލިގަދަ ހެކިތަކެކެވެ. އަޅުގަނޑުމެންނަކީ މިފޮތްތަކުން ފައިދާ ޙާޞިލުކުރާ ބަޔެއް ކަމުގައި ލައްވާށިއެވެ. އަދި މިފޮތްތައް ލިޔުއްވި މުއައްލިފުކަމަށްވާ ޝެއިޚުލް އިސްލާމް އިމާމް އިބުނު ތައިމިއްޔާގެ ފާފަ ފުއްސަވާ އެކަލޭގެފާނަށް ހެޔޮވެގެން ވާ މަތިވެރި ހެޔޮ ރަޙުމަތް ލައްވާށިއެވެ. އާމީން

އެކަލޭގެފާނަށް ޢިލްމުވެރިން ރައްދުކުރައްވާފައިވާ ތަޢުރީފުގެ ބަސްފުޅުތައް
ޝައިޚުލް އިސްލާމް އިމާމް އިބުނު ތައިމިއްޔާއަށް އެކަލޭގެފާނުގެ އިލްމުވެރިކަމުގެ ހައިބަތުގެ ބޮޑުކަމާއި އިލްމުގެ މައިދާނުގައި އެކަލޭގެފާނުގެ ފުންނާބު އުސްކަމުގެ ސަބަބުން އެކަލޭގެފާނަށް ބޮޑެތި ޢިލްމުވެރިން އަބަދާއި އަބަދުދަނީ ތާރީފުގެ ބަސްފުޅުތައް ރައްދުކުރައްވަމުންނެވެ. އެކަލޭގެފާނަށް މިތާރީފުތައް ހައްޤުނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެކަލޭގެފާނުވަނީ ނުހަނު ދަތިހާލުގައްޔާއި އަދި އެކަލޭގެފާނަށް ޖެހުނު ގިނަ ދުއްތުރާތަކާއި ބަލާތަކާއި ކުރިމަތިލައްވައި މިމަތިވެރި ދީން ހިމާޔަތްކުރެއްވުމަށްޓަކައި ގަދައަޅައި މަސައްކަތްކުރައްވާފައެވެ.

މިއަދު އަހުލުއް ސުންނަތް
ވައްޖަމާޢަތާއި އަދި ސަލަފުއް ޞާލިޙުންގެ މަންހަޖަށް އެންމެބޮޑަށް
މަލާމާތްކުރާ މީހުން އެކަލޭގެފާނަށް މަލާމާތުގެ ބަސްތައް ރައްދުކުރައްވަނީ
ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ގެންނެވި މަގު ހިމާޔަތް ކުރައްވަން
އެކަލޭގެފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ ސަބަބުންނެވެ.
މިފަދަ
މީހުން އެކަލޭގެފާނުގެ ނަމުގައި ދޮގުތަކާއި އަދި އެކަލޭގެފާނަށް
ނިސްބަތްކުރެވޭ ބައެއް ކަންތައްތައް ދޮގުތައް އިތުރުކޮށްގެން ޖަރީކޮށްގެން
ކިޔާ ފަތުރައި އުޅެނީ މިބައިމީހުންގެ ބާތިލު ބިދުޢަވެރި މަގުތައް
ފެތުރުމަށްޓަކައެވެ. ނަމަވެސް ﷲ ތަބާރަކަވަތަޢާލާވަނީ ޙައްޤުގެ މަގު
ފާޅުކުރައްވާފައެވެ. އަދި ޙައްޤާއި ބާތިލަކީ ކޮބައިކަން އަންގަވައިދެއްވައި
މިއުއްމަތުގެ ސަލަފުއް ޞާލިޙުންނާއި އަދި އެބޭކަލުންގެ މަގަށް ތަބާވެ
ވަޑައިގެން ޢިލްމުވެރިންގެ ޒަރީއާއިން އެކަންވަނީ ފާޅުކުރައްވާފައެވެ.
މިބައިމީހުން ކިތަންމެ ވަރަކަށް މިބައިމީހުންގެ ބިދުޢަވެރިމަގުތައް
ހިމާޔަތްކުރަން މަސައްކަތް ކުރި ކަމުގައި ވިޔަސް އެކަން ކާމިޔާބު
ނުވާހުއްޓެވެ. މާތްﷲ ގެ ވާގިފުޅާއި އެކު މިލިޔުމުގެ ފަހުބައިގައި އަންނާނީ
މިފަދަ ބައެއް ފަރާތްތަކުން އެކަލޭގެފާނުގެ ނަމުގައި ހަދާފައިވާ ދޮގުތަކާއި
އަދި އެނޫންވެސް ޝުބުހާތަކަށް ޢިލްމުވެރިން ދެއްވާފައިވާ ރައްދުތަކާއި
ބެހޭގޮތުންނެވެ.
އިމާމް އިބުނު ތައިމިއްޔާއަށް ޢިލްމުވެރިން ރައްދުކުރައްވާފައިވާ ތަޢުރީފުގެ ބަސްފުޅުތައް
އަލްޙާފިޡު އިބުނު ކަޘީރު އެކަލޭގެފާނު ލިޔުއްވާފައިވާ އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވާފައިވެއެވެ.
"އެކަލޭގެފާނަށް އަޑުއިވިވަޑައިގަންނަ އެއްޗެއް ހިތުދަސްނުކުރައްވާ ދޫކޮށްލައްވަނީ މަދުއެއްޗެކެވެ. އަދި އެކަލޭގެފާނުގެ ޢިލްމުގެ ތެރެއަށް އެބައި އިތުރުކުރައްވައެވެ. އެކަލޭގެފާނަކީ ބުއްދިވެރި އަދި ހަނދާންގަދަ ބޭކަލެކެވެ. އަދި ތަފުސީރާއި އަދި ތަފުސީރާ ގުޅޭ އެހެނެހިން ޢިލްމުތަކުގައި އިމާމަކަށް ވެވަޑައިގަތެވެ. ފިޤުހުގައި އެކަލޭގެފާނުގެ ފުންނާބު އުހެވެ. ބުނެވޭގޮތުގައި އެކަލޭގެފާނަކީ އެކަލޭގެފާނުގެ ޒަމާނުގައި ފިޤުހީ ހުރިހާ މަޒުހަބުތަކެއް އެންމެ ބޮޑަށް ދެނެވަޑައިގަންނަވާ އެއްފަރާތެވެ.

އެއީ އެ
މަޒުހަބުތަކުގެ އަހުލުވެރިންނަށްވުރެވެސް ބޮޑަށެވެ. އަދި ޢިލްމުވެރިން
އިޚުތިލާފުވެފައިވާ މައްސަލަތައް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އަދި
އުޞޫލާއި ފުރޫޢާއި ނަޙޫއާއި އަދި ބަހުގެ އިލްމާއި އަދިވެސް އެނޫން
ޢިލްމުތަކުގައި އެކަލޭގެފާނަކީ ފުންނާބު އުސް ޢިލްމުވެރިއެކެވެ. އެއްވެސް
މަޖިލީހެއްގައި އެކަލޭގެފާނު ފަންނަކާއި ބެހޭގޮތުން އެއްވެސް ފަރާތަކާއި
ވާހަކަފުޅުދައްކަވާނަމަ އެއީ އެކަލޭގެފާނުގެ އެފަންނެއްގައި
އެންމެކުރިއަރާފައިވާ ފަންނު ކަމުގައި ހީނުވާ ފަދަ ހާލަތެއް ނާދެއެވެ.
އެމީހަކަށް އެކަލޭގެފާނު އެފަންނު ރަނގަޅަށް ދެނެވަޑައިގަންނަވާކަން
އެނގޭނެވެ. ޙަދީޘް ޢިލްމަށް ބަލާއިރު އެކަލޭގެފާނަކީ އެފަންނުގެ ދިދަ
އުފުއްލަވާފަދަ ބޭކަލެއް ފަދައެވެ. އަދި އެޢިލްމަށް އެކަލޭގެފާނު
ރައްކާތެރި ވެލައްވައެވެ. ޙަދީޘްގެ ޞައްޙަ ނުޞައްހަ އެކަލޭގެފާނަށް
ރަނގަޅަށް އެނގިވަޑައިގަނެއެވެ. އަދި ޙަދީޘް ރިވާކުރައްވާފައިވާ ފަރާތައް
އެނގިލައްވައެވެ. އަދި ހަދީޘްފަންނުގައި އެކަލޭގެފާނަކީ ނުހަނު ފުންނާބު
އުސްފަރާތެކެވެ. އަދި އެކަލޭގެފާނު ވަރަށްގިނަގުނަ މަސައްކަތްޕުޅުތައް
ލިޔުއްވާފައިވެއެވެ. އަދި އުޞޫލާއި އަދި ފުރޫޢުގައި އެކަލޭގެފާނުގެ
ބަސްފުޅުތައް ނުހަނު ބޭނުންތެރިވެގެންވެއެވެ. "
އަލް ޙާފިޡު މިއްޒީ އެކަލޭގެފާނަށް ޘަނާ ވިދާޅުވަމުން ވިދާޅުވެފައިވެއެވެ.
"އެކަލޭގެފާނުފަދަ ދެވަނަ އެހެން މީހަކު ތިމަންނާ (ލޮލުން) ނުދެކެމެވެ. އަދި އެކަލޭގެފާނު ފަދަ އެހެންމީހަކު ނުވެސް ފެންނާނެއެވެ. އަދި އެކަލޭގެފާނަށްވުރެ ބޮޑަށް ﷲ ގެ ފޮތާއި އަދި ރަސޫލުﷲ (ޞައްލަﷲ އަލައިހި ވަސައްލަމަ)ގެ ސުންނަތް ބޮޑަށް ދެނެވަޑައިގަންނަވާ، އަދި އެ ދޭއްޗަށް އެކަލޭގެފާނަށްވުރެ ބޮޑަށް ޢަމަލުކުރައްވާ ބޭކަލަކުވެސް ތިމަންކަލޭގެފާނު ނުދެކެމެވެ. "
އަލްއިމާމު އިބުނު ދަޤީޤުލް ޢައިދު ވިދާޅުވެފައިވެއެވެ.
"އިބުނު ތައިމިއްޔާއަށް ނަޒަރުހިންގާއިރު ފެންނަނީ އެކަލޭގެފާނުގެ ދެލޮލުގެ ކުރީމަތީގައި ހުރިހާ ޢިލްމެއް ޖަމާކުރެވިފައިވާ ބޭކަލެއްކަމުގައެވެ. އެކަލޭގެފާނު ބޭނުންފުޅުވާ އެއްޗެއް އެއިން ނަންގަވައެވެ. އަދި ބޭނުންނުވާ އެއްޗެއް ދޫކޮށްލައްވައެވެ. "
އެތައްފަހަރެއްގައި އިބުނު ތައިމިއްޔާއާއި އެކިމައްސަލަތަކުގައި ބަހުޘްކުރެއްވާފައިވާ ޝައިޚު ކަމާލުއްދީން އައްޒަމްލަކާނީ ވިދާޅުވެފައިވެއެވެ.
"އެކަލޭގެފާނާއި އެއްވެސް ދާއިރާއަކުން ސުވާލުކުރެއްވިއްޖެނަމަ އަޑުއަހާމީހާއާއި އަދި ދެކޭމީހާ އެކަލޭގެފާނަކީ އެފަންނުގައި ހުރި އެންމެ މޮޅު މީހާކަމާއި އަދި އެފަންނަކީ އެކަލޭގެފާނުގެ ފަންނުކަމުގައި ހީކުރާނެއެވެ. ހުރިހާ މަޒުހަބުތަކެއްގެ ފިޤުހުވެރިން އެކަލޭގެފާނާއި އެކު މަޖިލިސްކުރައްވާނަމަ އެބައިމީހުންނަށް ފައިދާކުރެއެވެ. އެއީ އެބައިމީހުންނަށް އެބައިމީހުންގެ މަޒުހަބާއި ބެހޭގޮތުން ކުރިން އެނގިފައި ނެތް މައްސަލަތަކުގައިވެސް މެއެވެ. "
އަބޫ ހައްޔާނު އަލްއަންދަލޫސީ ވިދާޅުވެފައިވެއެވެ.
" މާތްﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. އަހަރެންގެ މިދެލޮލުން އިބުނު ތައިމިއްޔާފަދަ އެހެން މީހަކު ނުދެކެމެވެ."
އަލްހާފިޡު ބަދުރުއްދީނުލް އަލް ޢައިނީ އަލްހަނަފީ ވިދާޅުވެފައިވެއެވެ.
އެކަލޭގެފާނަކީ މާތް ތަޤުވާވެރި ޞާލިޙު އިމާމެކެވެ. އަދި ތަފުސީރާއި ޙަދީޘާއި ފިޤުހާއި އަދި ޙާއްޞަކޮށް ދީނުގެ ދެ މަޞްދަރު (ޤުރުއާނާއި ސުންނަތް)ގެ ފުންނާބު އުސް ޢިލްމުވެރިއެކެވެ. އެކަލޭގެފާނަކީ ބިދުޢަވެރިންގެ މައްޗަށް އުރައިން ދަމައިގަނެފައި ހުރި ތޫނު ކަނޑިއެއްފަދަ ބޭކަލެކެވެ.

އެކަލޭގެފާނަކީ ދީނުގެ
ކަންކަން ބަޔާންކުރައްވައި އެކަން ޤާއިމުކުރަން މަސައްކަތްކުރެއްވައި އަދި
ހެޔޮކަންތައްތަކަށް އަމުރުކުރައްވައި އަދި ނުބައިކަންތައްތައް
ނަހީކުރެއްވި ކޮމާންޑަރެކެވެ. އަދި އެކަލޭފާނަކީ ގިނަގިނައިން ﷲގެ މަތިން
ޒިކުރުކުރައްވައި އަދި ރޯދަހިއްޕަވައި ނަމާދުކުރައްވައި އަޅުކަން
ކުރައްވުން ގިނަ ބޭކަލެކެވެ.
ޞަޙީޙުލް ބުޚާރީގެ އެންމެ މަޝްހޫރު ޝަރަޙަކަމަށްވާ ފަތުޙުލްބާރީ ލިޔުއްވި އަލްހާފިޡު އިބުނު ޙަޖަރުލް އަސްޤަލާނީ ވިދާޅުވެފައިވެއެއެވެ.
"އެކަލޭގެފާނަށް ދެވިފައިވާ ލަޤަބުކަމަށްވާ ޝައިޚުލް އިސްލާމް އެޒަމާނުން ފެށިގެން އަހަރެމެންގެ ޒަމާނާއި ހިސާބަށް ހެޔޮލަފާ މީސްތަކުންގެ ދޫމަތިންވަނީ ވާސިލުވެފައެވެ. އެގޮތަށް އިއްޔެ މުޚާތަބުކުރި ފަދައިން މާދަމާވެސް މުޚާތަބުކުރެވޭނެއެވެ. ޖާހިލަކު ނުވަތަ އެކަލޭގެފާނުށް ދެވިފައިވާ މަޤާމު ނޭންގޭ މީހަކު ނުވަތަ އެކަލޭގެފާނުގެ އަގުވަޒަން ކުރުމުން އެއްކިބާވެގަންނަ މީހަކު މެނުވީ މިކަމަށް އިންކާރު ނުކުރާނެއެވެ. "
އަދި ޤާޟީ އިބުނު ޙުރައިރީ ވިދާޅުވެފައިވެއެވެ.
" އިބުނު ތައިމިއްޔާ ޝެއިޚުލް އިސްލާމްއަށް ނުވަންޏާ ދެން އެމީހަކީ ފަހެ ކޮބައި ހެއްޔެވެ؟ "
ނުނިމޭ

0 comments:
Post a Comment