Monday, December 22, 2014

އޭނާގެ މުދައްރިސު ފަދައިން އެތީސްޓަކަށް ނުވި އަންހެންކުއްޖާ

ވަރަށްޒުވާން އަންހެން މުދައްރިސާއެއް އޭނާގެ ކުލާހަށް ކިޔަވަދެމުން ދިޔައެވެ. އޭނާ ކިޔަވަދެމުން ދިޔައިރު އޭނާއަކީ އެތީސްޓެއް ކަމާއި މޮޅެތި މީހުންނަކީ އެތީސްޓުންކަމަށް ބުނަމުން ދިޔައެވެ. އެޔަށްފަހު އެ މުދައްރިސު ވަރަށް ފޮނިކެނޑުމަށްފަހު އޭނާގެ ކުލާސް ކުދިންގެ ގާތުން އެކުދިންނަކީވެސް އެތީސްޓުންތޯ ސުވާލު ކުރިއެވެ. 



އެކުދިންގެ ކުޑަކަމުން އެކުދިންނަކަށް އެތީސްޓުންނަކީ ކޮބައިކަން ނޭންގި އެކުދިންގެ ލޯބިވާ މުދައްރިސާއި އެއްގޮތްވުމަށްޓަކައި ހުރިހާކުދިންވެސް އަތްނަގައިފިއެވެ. ނަމަވެސް އެންމެ ކުއްޖެއްފިޔަވައެވެ. އެއީ ކުލާހުގައި އިން ޒައިނަބު ކިޔާކުއްޖެކެވެ.


ދެން މުދައްރިސު ޒައިނަބު ކުރެން އެހެން ކުދިންނާއި ތަފާތުވީ ކީއްވެގެންތޯ ސުވާލު ކޮށްފިއެވެ.

ޒައިނަބު: " ސަބަބަކީ އަހަންނަކީ އެތީސްޓަކަށް ނުވާތީ"

މުދައްރިސު: ދެން ޒައިނަބަކީ ކޮންދީނަކަށް އުޅޭ ކުއްޖެއްތަ؟

ޒައިނަބު:" އިސްލާމްދީނަށް"

ޒައިނަބުގެ މިކުއްލި ޖަވާބުގެ ސަބަބުން މުދައްރިސު ގެ ދެކޮލަށް ރަތްކުލަ އަރައިގެން ދިޔައެވެ. އަދި ވަރަށް ރުޅިގަދަވެގެންދިޔައެވެ. އަދި ޒައިނަބު މުސްލިމަކަށް ވީ ކީއްވެތޯ ސުވާލު ކުރިއެވެ.

ދެން ކުޑަކުޑަ ޒައިނަބު ވަރަށް ހަަމަޖެހިލާފައި ޖަވާބުދިނެވެ. " ސަބަބަކީ އަހަރެން ގެ މައިންބަފައިން އަހަރެން ތަރުބިއްޔަތު ކޮށްފައިވަނީ ދީން އުގަންނައިދީ ކަލާންގެ ދެކި ލޯބިވާ މީހެއްގެ ގޮތުގައި ކަމަށްވެފައި އަހަރެންގެ މަންމައާއި ބައްޕައަކީ މުސްލިމުން ކަމަށް ވާތީއެވެ."

މުދައްރިސުގެ ގެ ގާތަށް މިފަހަރު ހަމަ ހަގީގަތުގައިވެސް ނަފުރަތާއި ރުޅިވެރިކަން ފައިދާވެއްޖެއެވެ. އެޔާއެކު މުދައްރިސު ތިޔައީ އެއްވެސް ސަބަބެއް ނޫންކަމަށް ބުނަމުން ވަރަށް ބާރަށް ކުޑަ ކުޑަ ޒައިނަބު ބިރުގަންނަ ވަރަށް ސުވާލުކުރިއެވެ. " އެހެންވިއްޔާ ދެން ޒައިނަބުގެ މަންމައާއި ބައްޕަ އަކީ ތަނެއް ދޮރެއް ނުވިސްނޭ ދެ ގަމާރުންނަށް ވެއްޖިއްޔާ ދެން ޒައިނަބު ވާނީ ކޮން ދީނެއްގެ މީހަކަށް ހެެއްޔެވެ؟"

" ދެން އަހަރެން ވާނީ އެތީސްޓަކަށް " ބިރުގެންފައިވާ ޒައިނަބު ކުރަކި އަޑަކުން ޖަވާބުދިނެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons