ދުނިޔޭގެ ޑިމޮކްރަސީގެ ބައްޕަކަމުގައި ދައުވާ ކުރާ އެމެރިކާއިން މިހާތަނަށް ޤައުމުން ބޭރަށް ސިފައިން ފޮނުވައިގެން ކޮށްފައިވާ އަދި ކުރަމުންދާ ގިނަ ހަނގުރާމަތަކަކީ އެ ޤައުމުތަކަށް މިނިވަންކަން ހޯދައި ދިނުންކަމަށް އެމެރިކާއިން އަބަދަވެސް ބުނެއެވެ. ޚާއްޞަކޮށް މުސްލިމް ޤައުމުތަކަށް ގަދަކަމުން އަރައިގަނެގެން އެތައް ހާސް އިންސާނުންނެއް މަރަމުން ގެންދަނީވެސް ހަމަ އިންސާނުންނަށް މިނިވަންކަން ހޯދައިދޭށޭ އެބައިމީހުން ބުނެއެވެ.
ނަމަވެސް ދުނިޔޭގެ އެންމެ ޕީސް ޤައުމުގެ ގޮތުގައި އަމިއްލައަށް ލޭބަލްކޮށްގެން އުޅެމުންގެންދާ އެމެރިކާގައި އިންސާނުންނަށް ކަމޭހިތުމުގެ ކަންފުޅެއްވެސް ނެތްކަން އެމެރިކާގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާކަމަށް ބުނާ ހިޔުމަން ރައިޓްސް ވޮޗް އިން ނެރެމުންގެންދާ ރިޕޯޓުތަކުން އަބަދުވެސް އެނގި ކަށަވަރުވަމުން ދެއެވެ.
ހިޔުމަން ރައިޓްސް ވޮޗް އިން ދާދިފަހުން ނެރުނު އެ ޖަމާއަތުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގައި އެންމެ ގިނަ ޢަދަދަކަށް މީހުން ޖަލަށްލަމުންގެންދާ ގައުމަކީ އެމެރިކާ އެވެ. މިގޮތުން 2010 ގައި އެމެރިކާގެ ޖަލުތަކުގައި 1.6 މިލިޔަން މީހުން ހައްޔަރުކޮށްފައިވާކަމަށާއި މިއީ އެމެރިކާގެ ރައްޔިތުންގެ ތެރެއިން ކޮންމެ އެއްލައްކަ މީހަކަށް 500 ގައިދީން ކަމުން މިއީ ދުނިޔެއަށް ބަލާއިރު ޖަލުމީހުންގެ ރެކޯޑް އަދަދެއްކަމަށްވެސް އެރިޕޯޓް ބުނެއެވެ. އަދި އެމެރިކާގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ގައިދީންނަށް އެކިބާވަތުގެ އަނިޔާތައްވެސް ކުރާކަމަށާއި ޚާއްޞަކޮށް އަންހެނުންނަށް އެމެރިކާގެ ޖަލުތަކުގައި ޖިންސީ ގޯނާކުރާކަމަށް މިރިޕޯޓް ހާމަކޮށްފައިވެއެވެ.
މީގެއިތުރުން އެމެރިކާގެ ޖަލުތަކުގައި ކަޅު މީހުންނާ އެކިއެކި ބައިމަދު ނަސްލުތަކުގެ މީހުންނާ ދެކޮޅަށް ނަސްލީ އިމްތިޔާޒުގެ ޢަމަލުތައް ހިންގަމުން ގެންދާކަމަށާއި އެމެރިކާއަށް ހިޖުރަކުރާ މުހާޖިރުންގެ ޙައްޤުތަކަށްވެސް ފުޅާދާއިރާއެއްގައި އެމެރިކާ އަރައިގަންނަމުންދާ ކަމަށް މިރިޕޯޓް ތުހުމަތުކޮށްފައިވެއެވެ. މިރިޕޯޓްގައި ބަޔާންކޮށްފައިވާ ގޮތުން އެމެރިކާގެ ޖަލުތަކުގައި އެންމެ ޙާލުގައި އުޅެނީ އެމެރިކާގައި ދރިއުޅޭ ބައިމަދު ނަސްލުތަކުގެ މީހުންނާއި ކުޑަކުދިންނާއި ފަގީރުންނާއި އަންހެނުންނާ އަދި މުސްކުޅިންކަމަށް ބުނެފައިވެއެވެ. މިގްރޫޕްތަކާ ދެކޮޅަށް އެމެރިކާގެ ޖަލުތަކުގައި ހިންގޭ އިންސާނީ ހައްޤުތަކާ ޚިލާފު ޢަމަލުތަކާމެދު އެމެރިކާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އަޅާނުލާކަންވެސް މިރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި އެމެރިކާއަކީ ދުނިޔޭގައި އެންމެ ގިނައިން މީހުން އުމުރަށް ޖަލަށްލާ އަދި އެންމެ ގިނައިން މަރުގެ އަދަބު ތަންފީޒުކުރާ ގައުމުތަކުގެ ލިސްޓްގައިވެސް ކުރީގައިއުޅޭ ގައުމެއްކަން ބަޔާންކޮށްފައިވެއެވެ.
ދެހާސް އެގާރަ ވަނަ އަހަރު 18 އަހަރުން ދަށުގެ 95 ހާސް ކުޑަކުދިން އެމެރިކާގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް ކުށްކުރާ 18 އަހަރުން ދަށުގެ ކުދިން ހައްޔަރުކުރަން ޖެހޭނީ ކުޑަކުދިންނަށް ޚާއްޞަ ޑިޓެއިނިންގް ސެންޓަރުތަކުގައި އެކުދިންނަށް ތައްލީމާއި ތަރްބިއްޔަތު ދެވޭނެ އުސޫލުތަކެއްގެ މަތިންކަމަށް އެމެރިކާގެ ޤާނޫނު ބުނާކަމަށާއި ނަމަވެސް މި 95 ހާސް ކުދިންނާއިމެދު އެމެރިކާ ސަރުކާރުން ޚުދު އެގައުމުގެ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކޮށްފައިނުވާކަންވެސް މިރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.
ހައިރާންވެ އަންތަރީސްވާން ޖެހޭކަމަކީ ދުނިޔޭގެ ބެލެނިވެރިއަކަށް އަމިއްލައަށް ހެދިގެން އުޅޭ އެމެރިކާގެ އެތެރޭގެ ޙާލަތު ރަނގަޅަށް ބަލާލައިފި މީހަކަށް ކަޅާއި ހުދުގެ ތަފާތު ފެންނަ ފަދައިން އަމާންކަމާއި ޖަރީމާތައް ގިނަ ވެއްޓެއް ޤާއިމުވެފައި އޮތުމާއި ދެމެދުގައިވާ ތަފާތު ހާމަވެގެން ދާނެއެވެ.އެމެރިކާއަކީ ދުނިޔެއިން ޓެރަރިސްޓުން ނައްތާލުމަށް ރެއާއި ދުވާލު މަސައްކަތް ކުރަމުންގެންދާކަމަށް ބުނާ އެހެން ނަމަވެސް ދުނިޔޭގެ އެންމެ ބޮޑު ޓެރަރިސްޓު ޤައުމުކަމަށް ޚުދު އެމެރިކާގެ އެތައް ޕްރޮފެސަރުންނެއް ދަނީ ބުނަމުންނެވެ. އަދި މިހުރިހާ ކަމެއް އަޅުގަނޑުމެންނަށް އެނގި ތިބެ މިއޮއް ފަދަ ގޫގުލް ޒަމާނުގައި ދެންވެސް އިސްލާމީ ޤައުމުތަކަށް މިފަދަ ހުޅަގުނގެ ގޮތެއްފޮތެއް ނެތް މީހުން އައިސް އިންސާނީ ޙައްޤުތަކޭ، ކަރާމާތޭ، ޢަބުރުވެރިކަމޭ، ފުރާނައޭ، އިންސާނިއްޔެތޭ، ކިޔައި އަޑުގަދަކޮށް ގަތީމައި ލަދުޙަޔާތެއް ނެތީހޭ ބުނާކަށް އަޅުގަނޑުމެންނަށް ދަސްވާކަށް ނުވޭތޯއެވެ.

0 comments:
Post a Comment