ދެން ރަސްގެފާނު އޭނާ ކައިރިއަށް ސިޙުރު ދަސްކުރުމަށް ޒުވާނަކު ފޮނުއްވިއެވެ.
މިކުއްޖާ ސިހުރުވެރިޔާ ގާތަށް ދިޔަ މަގުމަތީގައި ރާހިބަކާ ދިމާވެ އޭނާގާތުގައި އިށީނދެއްޖެއެވެ. ރާހިބުގެ ވާހަކަތައް އަޑުއަހައި މިކުއްޖާ އެއާމެދު ޢަޖާއިބު ވެއްޖެއެވެ. ދެން ސިހުރުވެރިޔާ ގާތަށްދާ ކޮންމެ ފަހަރަކު ރާހިބު ގާތުގައި މިކުއްޖާ މަޑުކުރެ އެވެ.
މިކުއްޖާ ސިހުރުވެރިޔާ ގާތަށް ދިޔަ މަގުމަތީގައި ރާހިބަކާ ދިމާވެ އޭނާގާތުގައި އިށީނދެއްޖެއެވެ. ރާހިބުގެ ވާހަކަތައް އަޑުއަހައި މިކުއްޖާ އެއާމެދު ޢަޖާއިބު ވެއްޖެއެވެ. ދެން ސިހުރުވެރިޔާ ގާތަށްދާ ކޮންމެ ފަހަރަކު ރާހިބު ގާތުގައި މިކުއްޖާ މަޑުކުރެ އެވެ.
އަދި އޭގެފަހުން ސިހުރުވެރިޔާ ގާތަށް އައުމުން އޭނާ އެކުއްޖާ ގައިގާ ތަޅައިގަނެއެވެ. މިކަމާއިމެދު ރާހިބުގާތުގައި އެކުއްޖާ ޝަކުވާކުރުމުން އޭނާ ބުންޏެވެ. ކަލޭ ސިހުރުވެރިޔާދެކެ ބިރުގަންނަ ނަމަ އޭނާގާތުގައި ތިމަންނާގެ ޢާއިލާ މީހުންނާ ހެދި ލަސްވީއޭ ބުނާށެވެ. އަދި ޢާއިލާދެކެ ބިރުގަންނަ ނަމަ ސިހުރުވެރިޔާއާ ހެދި ލަސްވީއޭ ބުނާށެވެ.
މިހެން އުޅެމުން އައިސް އެއްދުވަހަކު މީސްތަކުންގެ މަގަށް ހުރަސް އަޅަމުން އައި ބޮޑު ދާއްބައަކާ ދިމާވެއްޖެއެވެ. ދެންފަހެ މިކުއްޖާ ބުންޏެވެ. ސިހުރުވެރިޔާތޯ މޮޅީ ނުވަތަ ރާހިބުތޯ މޮޅީ މިއަދު އަހަންނަށް އެނގިދާނެ އެވެ.
ދެން އެތަނުން ހިލަގަނޑެއް ނަގާފައި ބުންޏެވެ. އޭﷲ އެވެ! ސިހުރުވެރިޔާގެ ޢަމަލުތަކަށްވުރެ ރާހިބުގެ ޢަމަލުތައް އިބަ ﷲ ގެ ޙަޟްރަތުގައި ލޯބިވެތިކަން ބޮޑުވެގެންވާނަމަ، މީސްތަކުން މިނިވަންކަމާ އެކީ ހިނގައި އުޅުމަށް މިޖަނަވާރުގެ މަރުގަންނަވައިދެއްވާށެވެ.
މިހެން އުޅެމުން އައިސް އެއްދުވަހަކު މީސްތަކުންގެ މަގަށް ހުރަސް އަޅަމުން އައި ބޮޑު ދާއްބައަކާ ދިމާވެއްޖެއެވެ. ދެންފަހެ މިކުއްޖާ ބުންޏެވެ. ސިހުރުވެރިޔާތޯ މޮޅީ ނުވަތަ ރާހިބުތޯ މޮޅީ މިއަދު އަހަންނަށް އެނގިދާނެ އެވެ.
ދެން އެތަނުން ހިލަގަނޑެއް ނަގާފައި ބުންޏެވެ. އޭﷲ އެވެ! ސިހުރުވެރިޔާގެ ޢަމަލުތަކަށްވުރެ ރާހިބުގެ ޢަމަލުތައް އިބަ ﷲ ގެ ޙަޟްރަތުގައި ލޯބިވެތިކަން ބޮޑުވެގެންވާނަމަ، މީސްތަކުން މިނިވަންކަމާ އެކީ ހިނގައި އުޅުމަށް މިޖަނަވާރުގެ މަރުގަންނަވައިދެއްވާށެވެ.
ދެން އެ ހިލަގަނޑުން ޖަހައި އޭތި ޤަތުލުކޮށްލައިފިއެވެ. އެއަށްފަހު މީސްތަކުންނަށް މިނިވަންކަމާއެކީ ހިނގާބިނގާވެ އުޅެވެން ފަށައިފިއެވެ.
ދެން މިކުއްޖާ ރާހިބުގާތަށް އައިސް ކަންތައް ވީގޮތުގެ ޚަބަރު ދީފިއެވެ. ދެން ރާހިބު ބުންޏެވެ. އޭ ދަރިފުޅާއެވެ. ކަލޭ މިއަދު ތިވަނީ އަހަންނަށް ވުރެވެސް މޮޅުވެފައެވެ. ކަލޭގެ ކަންތައް މިއަދު ތިވަނީ އަހަރެން ދެކޭގޮތުގައި އެކަމުގެ ސަބަބުން ކަލޭ ވަރަށް އަވަހަށް އިމްތިހާނުކުރެއްވޭނޭ ހިސާބަކަށް ގޮސްފައެވެ. ފަހެ ކަލޭ އިމްތިހާނު ކުރެވިއްޖެ ނަމަ އަހަރެން މިއީ ކާކުކަން އެއްވެސް މީހަކަށް ނާންގާށެވެ. މި ޒުވާނާ ލޯ އަނދިރިވެފައިވާ މީހުންނާއި ބަރަސްބަލި ޖެހިފައިވާ މީހުންގެ ބަލި ރަނގަޅުކޮށް، އަދި ހުރިހާ ބާވަތެއްގެ ބަލިތަކުން މީސްތަކުން ރަނގަޅުކުރަން ފަށައިފިއެވެ.
މިޒުވާނާގެ ވާހަކަތައް ރަސްގެފާނު އަރިހު އުޅުއްވާ ލޯއަނދިރިވެފައިވާ ބޭކަލަކަށް އިވިއްޖެއެވެ. ދެން މިބޭކަލަކު ޒުވާނާގެ ގާތަށް ގިނަގުނަ ހަދިޔާ ހިއްޕަވައިގެން އައިސް ވިދާޅުވިއެވެ. ކަލޭ އަހަރެންގެ ބަލި ރަނގަޅުކޮށްދީފިނަމަ މިތާ މިހިރަ ހުރިހާ އެއްޗެއް ކަލެއަށެވެ. ޒުވާނާ ބުންޏެވެ. ހަމަކަށަވަރުން އަހަރެން އެއްވެސް މީހަކަށް ޝިފާއެއް ނުދެމެވެ. ޝިފާދެއްވަނީ ހަމަކަށަވަރުން ﷲއެވެ. ފަހެ ކަލޭ ﷲއަށް އީމާންވެއްޖެ ނަމަ އަހަރެން ކަލެއަށް ޝިފާދެއްވުން އެދި އެއިލާހުގެ ޙަޟްރަތުގައި ދުޢާ ދަންނަވާނަމެވެ. ދެން އޭނާ ﷲއަށް އީމާންވުމުން އެއިލާހު އޭނާއަށް ޝިފާދެއްވިއެވެ.
ދެން މިމީހާ ރަސްގެފާނުގެ ދަރުބާރަށް ވަޑައިގެން ކުރީންވެސް ރަސްގެފާނު އަރިހު އިށީނދެ އުޅުއްވިފަދައިން އިށީނދެވަޑައިގެންފިއެވެ. ރަސްގެފާނު އޭނާއަށް ދެންނެވިއެވެ. ކަލޭގެ ލޮލުގެފެނުން ކަލެއަށް އަނބުރާ ދިނީ ކާކުހެއްޔެވެ؟ އޭނާ ދެންނެވިއެވެ. އަހަރެންގެ ވެރި ربّ އެވެ. ރަސްގެފާނުދެންނެވިއެވެ. ކަލެއަށް އަހަރެން ނޫން ރައްބަކު ވޭހެއްޔެވެ؟ ދެންނެވިއެވެ. އަޅުގަނޑު އަދި ރަސްގެފާނުގެ ވެރި ރައްބު ﷲ އެވެ.
ދެން އޭނާ ހައްޔަރުކޮށް އެ ޒުވާނާގެ ވާހަކަ ބުނަންދެން އެކި ފާޑު ފާޑުގެ އަނިޔާދައްކަމުން ދިޔައެވެ.
ދެންފަހެ އެ ޒުވާނާ ރަސްގެފާނުގެ ދަރުބާރަށް ގެނެސްފިއެވެ. ރަސްގެފާނު ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ. ލޯއަނދިރިވެފައިވާ މީހުންނާއި ބަރަސް ބަލި ޖެހިފައިވާ މީހުންގެ ބަލި، ކަލޭގެ ސިހުރުވެރިކަމުން ފަސޭހަކޮށް އަދިވެސް މިފަދަ މިފަދަ ކަންތައް ކުރާ ޚަބަރު އަހަންނަށް ލިބިއްޖެއެވެ. ޒުވާނާ ބުންޏެވެ. އަހަރެން އެއްވެސް މީހަކަށް ޝިފާއެއް ނުދެމެވެ. ޝިފާ ދެއްވަނީ ﷲއެވެ. ދެން ޒުވާނާ ހައްޔަރުކޮށް ރާހިބުގެ ވާހަކަ ބުނާންދެން އެކި އަނިޔާކޮށް ހާނީއްކަކުރަން ފަށައިފިއެވެ.
ދެން ރާހިބު ދަރުބާރަށް ގެނެސް އޭނާއަށް ބުނެވުނެވެ. ކަލޭގެ ދީނުން އެނބުރި ރުޖޫޢަވާށެވެ. މިކަމަށް އޭނާ ދެކޮޅު ހެދުމުން ކީހެއް ގެނައުމަށް އަމުރުކުރެއްވިއެވެ. ދެން އެ ކީސް އޭނާގެ ބޮލުމެދުގައި ބައިންދައި ބޯދެފަޅިއަށް ފެޅެންދެން ކީހާލި އެވެ.
ދެން އެއްކަލަ ރަސްގެފާނުގެ އަރިސް މީހާ ދަރުބާރަށް ގެނެސް އޭނާއަށް ބުނެވުނެވެ. ކަލޭގެ ދީނުން އެބުރި ރުޖޫޢަވާށެވެ. މިކަމަށް އޭނާ ދެކޮޅު ހެދުމުން އެ ކީސް އޭނާގެ ބޮލުމެދުގައި އަޅައި ބޯދެފަޅިއަށް ކީހާލިއެވެ.
އެއަށްފަހު ޒުވާނާ ދަރުބާރަށް ގެނެސް އޭނާއަށް ބުނެވުނެވެ. ކަލޭގެ ދީނުން އެބުރި ރުޖޫޢަވާށެވެ. މިކަމަށް އޭނާ ދެކޮޅު ހެދުމުން ދަރުބާރުގައި ތިބި ރަސްގެފާނުގެ އަރިސް ބަޔަކާ އެކުއްޖާ ހަވާލުކޮށްފައި ވިދާޅުވިއެވެ. މީނާ ގޮވައިގެން މިވެނި އެވެނި ފަރުބަދައަކަށް ގޮސް އޭނާ ފަރުބަދައަށް އަރުވާށެވެ. ފަރުބަދައިގެ އެންމެ އުހަށް އެރުމުން އޭނާ (ދީނުން ބޭރުވުމަށް) ދެކޮޅު ހަދައިފިނަމަ (ފަރުބަދަމަތިން) އޭނާ ވައްޓައިލާށެވެ.
ދެން އެބައިމީހުން އޭނާ ގޮވައިގެން ގޮސް ފަރުބަދައަށް އެރުވިއެވެ. ޒުވާނާ ބުންޏެވެ. އޭﷲ! އިބަ ރަސްކަލާނގެ އިރާދަކުރެއްވި ގޮތަކަށް، މިބައި މީހުންގެ ކިބައިން މިއަޅާ ސަލާމަތް ކޮށްދެއްވާނދޭވެ. ދެން ފަރުބަދަ ހެލެންފަށައިފިއެވެ. އަދި އެ އެންމެން (ފަރުބަދަމަތިން) ވެއްޓިއްޖެއެވެ.
ދެން އެ ޒުވާނާ ހިނގާފައި ރަސްގެފާނު ގާތަށް އައުމުން ރަސްގެފާނު ވިދާޅުވިއެވެ. ކަލެއާ އެކުގައި ވީ މީހުންނަށް ވީ ކިހިނެއް ހެއްޔެވެ؟ ޒުވާނާ ބުންޏެވެ. އެބައިމީހުންގެ ކިބައިން ﷲ އަހަރެން ސަލާމަތް ކުރައްވައިފިއެވެ. އަނެއްކާވެސް ރަސްގެފާނު ދަރުބާރުގައި ތިބި އަރިސް ބަޔަކާ އެކުއްޖާ ހަވާލުކޮށްފައި ވިދާޅުވިއެވެ. މީނާ ގޮވައިގެން ބައްތެއްޔެއްގައި ކަނޑަށް ނުކުމެ އޭނާ (ދީނުން ބޭރުވުމަށް) ދެކޮޅު ހަދައިފިނަމަ (ކަނޑަށް) އޭނާ ވައްޓައިލާށެވެ.
ދެން އެމީހުން އޭނާ ގޮވައިގެން ހިނގައްޖެއެވެ. ޒުވާނާ ބުންޏެވެ. އޭﷲ! އިބަ ރަސްކަލާނގެ އިރާދަކުރެއްވި ގޮތަކަށް، މިބައި މީހުންގެ ކިބައިން މިއަޅާ ސަލާމަތް ކޮށްދެއްވާނދޭވެ. މާ ގިނައިރުތަކެއްނުވެ އެބައްތެލި ބަންޑުން ޖަހާލައި އެ އެންމެން ޣަރަޤުވެއްޖެ އެވެ. ޒުވާނާ ހިނގާފައި ރަސްގެފާނު އަރިހަށް އަތުވެއްޖެއެވެ. ރަސްގެފާނު ވިދާޅުވިއެވެ. ކަލެއާ އެކުގައި ވީ މީހުން ކޮބައި ހެއްޔެވެ؟ ޒުވާނާ ބުންޏެވެ. އެމީހުންގެ ކިބައިން ﷲ އަހަރެން ސަލާމަތް ކޮށްދެއްވައިފިއެވެ. އަދި ބުންޏެވެ. އަހުރެން ބުނާ ކަމެއް ކޮށްފުމަށް ދާންދެން ރަސްގެފާނަށް އަހަރެން މަރައެއް ނުލެވޭނެތެވެ.
ރަސްގެފާނު ވިދާޅުވިއެވެ. އެއީ ކޮންކަމެއް ހެއްޔެވެ؟ ޒުވާނާ ބުންޏެވެ. މީސްތަކުން މައިދާނަކަށް އެއްކޮށް ގަސްގަނޑެއްގައި އަހަރެން ސަލީބަށް އަރުވާށެވެ. އެއަށްފަހު އަހަރެންގެ ދުނިއުރައިން ދުންޏެއްނަގައި ދުނިދަނޑީގައި ރުކުރުވާށެވެ. އެއަށްފަހު ބިސްމިﷲ ރައްބިލް ޣުލާމް (ޒުވާނާގެ ވެރި ރައްބު ﷲގެ އިސްމުފުޅުން) ކިޔައި ދުނި އެއްލާށެވެ. ހަމަކަށަވަރުން މިގޮތަށް ކަންތައް ކޮށްފިނަމަ އަހުރެން ޤަތުލުކުރެވިދާނެ އެވެ.
ދެން މީސްތަކުން މައިދާނަކަށް އެއްކޮށް ގަސްގަނޑެއްގައި ޒުވާނާ ސަލީބަށް އެރުވުނެވެ. އެއަށްފަހު އޭނާގެ ދުނިއުރައިން ދުންޏެއްނަގައި ދުނިދަނޑީގައި ރުކުރުވާލެވުނެވެ. އެއަށްފަހު ބިސްމިﷲ ރައްބިލް ޣުލާމް (ޒުވާނާގެ ވެރި ރައްބު ﷲގެ އިސްމުފުޅުން) މިފަދައިން ކިޔައި ދުނި އެއްލި އެވެ. ދުނި ގޮސް ހެރުނީ ޒުވާނާގެ ބޮލުގެ ހިނދިވަޅަށެވެ. ދެން އޭނާގެ އަތްތިލަ ދުނިހެރުނުތާ މަތީގައި ބޭއްވިއެވެ. އެއަށްފަހު ޒުވާނާ މަރުވެއްޖެ އެވެ.
ދެން މީސްތަކުން ބުންޏެވެ. އަހަރެމެން މިޒުވާނާގެ ރައްބަށް އީމާންވެއްޖައީމެވެ. އަހަރެމެން މިޒުވާނާގެ ރައްބަށް އީމާން ވެއްޖައީމެވެ. އަހަރެމެން މިޒުވާނާގެ ވެރި ރައްބަށް އީމާން ވެއްޖައީމެވެ. މީސްތަކުންގެ ތެރެއިން ބަޔަކު ރަސްގެފާނު އަރިހަށް އައިސް ދެންނެވިއެވެ. މަނިކުފާނަށް އެބަ ފެނޭތޯއެވެ. މަނިކުފާނު ބިރުހީވެގެން އުޅުއްވިކަންތައް މިހިރަ ވެނިމުނީއެވެ. މީސްތަކުން ޒުވާނާގެ ވެރި ރައްބަށް އީމާންވެއްޖެއެވެ.
ދެން މަގުތައް ފެށޭ ހިސާބުތަކުގައި ވަޅުތަކެއް ކޮނުމަށް ރަސްގެފާނު އަމުރުނެރުއްވިއެވެ. ވަޅުތައް ކޮނެ އެވަޅުތަކުގެ ތެރޭގައި އަލިފާން ރޯކުރުމުން މީސްތަކުންނަށް އެންގެވިއެވެ. ޒުވާނާގެ ދީން ދޫކޮށްނުލާ މީހަކު ނަމަ މި އަލިފާންގަނޑަށް އެއްލައިލާށެވެ. ނުވަތަ އެމީހަކަށް މި އަލިފާންގަޑުތެރެއަށް ފުންމާލުމަށް އަމުރުކުރެވޭނެއެވެ.
ދެން އެބައި މީހުން އެގޮތަށް ކަންތައް ކުރަމުން ދަނިކޮށް، މަޔަކު އޭނާގެ ދަރިފުޅު ގޮވައިގެން އަލިފާންގަނޑަށް ފުންމާލުމަށް އައިސް، އެކަން ކުރުމަށް ފަސްޖެހުމުން އެކުއްޖާ ބުންޏެވެ. މަންމާއެވެ. ކެތްތެރިވާށެވެ. ހަމަކަށަވަރުން މަންމަ ތިޔަހުރީ ޙައްޤުގޮތުގަ އެވެ."
ރިވާކުރެއްވީ މުސްލިމް، 3005 ވަނަ ޙަދީޘް. ކޮމާކޯޅީގެ ތެރޭގައި އެވަނީ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވާހަކަ ބަޔާންކޮށްދެއްވުމަށް ޙަދީޘްކުރައްވާފައިވާ ޙަދީޘްބަސްފުޅުގެ ތަރުޖަމާއެވެ. (ބުރޫޖް ސޫރަތުގައި މިބައިމީހުންގެ ވާހަކަ ނަންގަނެވިގެންވެއެވެ.)
ރިވާކުރެއްވީ މުސްލިމް، 3005 ވަނަ ޙަދީޘް. ކޮމާކޯޅީގެ ތެރޭގައި އެވަނީ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވާހަކަ ބަޔާންކޮށްދެއްވުމަށް ޙަދީޘްކުރައްވާފައިވާ ޙަދީޘްބަސްފުޅުގެ ތަރުޖަމާއެވެ. (ބުރޫޖް ސޫރަތުގައި މިބައިމީހުންގެ ވާހަކަ ނަންގަނެވިގެންވެއެވެ.)
0 comments:
Post a Comment