އެންމެ ބޮޑު
ފާފައަށް
ޝިރުކު ވެގެންދަނީ
އަންނަނިވި ކަންތައްތަކުގެ
ސަބަބުންނެވެ.
1- އޭގައި ވަނީ އުފެއްދެވި ފަރާތާއި އުފެއްދުން ތައް އެއްގޮތް ކުރުމެވެ. ޚާލިޤާއި މަޚްލޫޤް އެއްގޮތް ކުރުމެވެ. އެހެނީ އެއްވެސް ފަރާތަކާ ﷲ އާ ޝިރުކުކޮށްފި މީހަކު ﷲ ގެ މަޚްލޫޤް ތަކުންގެ ތެރެއިން މަޚްލޫޤަކާ ﷲ އެއްފަދަކޮށްފިއެވެ.

މިއީ އަނިޔާވެރިކަމުގެ ތެރެއިން ވާ އެންމެބޮޑު އަނިޔާއެވެ.إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ[1] މާނައީ: “ހަމަކަށަވަރުން ޝިރުކަކީ ބޮޑުވެގެންވާ އަނިޔާއެކެވެ” وَمِنَ النَّاسِ مَنْ يَتَّخِذُ مِنْ دُونِ اللهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللهِ[2] މާނަ: “އަދި ﷲ ފިޔަވައި ޝަރީކުންތަކެއް ހިފައި އިޚްތިޔާރުކޮށްގެން އުޅޭބަޔަކު (އެބަހީ ﷲ ނޫން އެހެން ފަރާތްތަކަށް އަޅުކަންކުރާ ބަޔަކު) މީސްތަކުންގެ ތެރޭގައިވެއެވެ.
އެމީހުން އެމީހުންގެ އެޝަރީކުންތަކަށް ﷲ އަށް ލޯބިކުރާފަދައިން ލޯބިކުރެއެވެ.” فَلاَ تَجْعَلُواْ لِلهِ أَندَاداً وَأَنتُمْ تَعْلَمُونَ[3] “ފަހެ ތިޔަބައިމީހުން ދެނެތިބި ޙާލުގައި އެއިލާހަށް ޝަރީކުންތަކެއް ނުލާށެވެ.”
2- ހަމަކަށަވަރުން ޝިރުކުކުރާމީހާގެ މައްޗަށް ސުވަރުގެ ޙަރާމްވެގެންވެއެވެ. ނަރަކައިގެ އަލިފާނުގައި ތާއަބަދަށް ދެމިގެންވާގޮތުގައި އޭނާވާނެއެވެ. إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ-المائدة 72“ހަމަކަށަވަރުން، މާތްﷲ އަށް ޝަރީކުކުރާ މީހާ، ފަހެ ހަމަކަށަވަރުން، މާތްﷲ އެމީހެއްގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އަދި އޭނާ ގޮސް އޮންނާނޭ ތަނަކީ، ނަރަކައެވެ. އަދި އަނިޔާވެރިންނަށް ނަޞްރުވެރީން ކަމުގައިވާނޭ ބަޔަކު ނުވެއެވެ.
” عَنْ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: مَنْ مَاتَ وَهُوَ يَدْعُو لِلهِ نِدًا دَخَلَ النَّارَ[4] އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން، ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިހެން ޙަދީޘްކުރެއްވިކަމަށް ރިވާވެގެންވެއެވެ. “ﷲ އާ އެހެން ފަރާތެއް އެއްފަދަކޮށް އަޅުކަންކުރާ ޙާލު މަރުވާމީހާ، ވަންނަހުށީ ނަރަކައަށެވެ. އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
مَنْ مَاتَ يُشْرِكُ بِاللهِ شَيْئًا دَخَلَ النَّارَ[5] “ﷲއާ އެއްވެސް އެއްޗަކާ ޝިރުކުކުރާ ޙާލު މަރުވެއްޖެމީހާ، ނަރަކައަށް ވަންނަހުއްޓެވެ.” عَنْ جَابِرٍ رَضِيَ اللهُ عَنْهُ قَالَ : أَتَى النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ رَجُلٌ فَقَالَ: يَارَسُولَ اللهِ، مَا المُوْجِبَتَانِ ؟ فَقَالَ : مَنْ مَاتَ لاَ يُشْرِكُ بِاللهِ شَيْئًا دَخَلَ الْجَنَّةَ وَمَنْ مَاتَ يُشْرِكُ بِاللهِ شَيْئًا دَخَلَ النَّارَ[6] ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވާ ދެކަމަކީ ކޮބައިހެއްޔެވެ؟
ދެންފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ﷲ އާ އެއްވެސްއެއްޗަކާ ޝަރީކުނުކޮށް، މަރުވެއްޖެމީހާ ސުވަރުގެއަށް ވަންނަހުއްޓެވެ. އަދި ﷲއާ އެއްވެސް އެއްޗަކާ ޝަރީކުކުރާ ޙާލު މަރުވެއްޖެމީހާ، ނަރަކައަށް ވަންނަހުއްޓެވެ.
3- އެއީ ޢަމަލުތައް ބާޠިލުކޮށްލާ ކަމެކެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ.وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ[7] ” ހަމަކަށަވަރުން، ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަޙީކުރައްވާފައިވެއެވެ. ކަލޭގެފާނު ޝަރީކުކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާޠިލު ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.

” އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ. وَلَوْ أَشْرَكُوا لَحَبِطَ عَنْهُمْ مَا كَانُوا يَعْمَلُونَ[8]“އެބޭކަލުންވެސް ޝިރުކުކުރެއްވިނަމަ އެބޭކަލުން ކޮށްއުޅުއްވި ޢަމަލުތައް ބާޠިލުވީހެވެ.” މުޝްރިކުންގެ ޢަމަލުތަކާ ބެހޭގޮތުން، އެބައިމީހުންގެ ޢަމަލުތަކަކީ ނެތިގެންދާނޭ ޢަމަލުތަކެއްކަމުގައި އަދި އެކަމުގައި އެބައިމީހުންނަށް އެއްވެސް އަޖުރެއް ނުވާކަން ބަޔާންކުރައްވަމުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَقَدِمْنَا إِلَى مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَنْثُورًا[9] – ”އަދި ޢަމަލުގެ ތެރެއިން އެއުރެންކުޅަ ކަންތަކަށް، ތިމަންއިލާހު ބައްލަވައި، އެ ޢަމަލުތައް ވަޔާބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ.”
މުޝްރިކުންގެ މިޙާލުން އަހަރެމެން ﷲގެ ޙަޟްރަތުން ރައްކާތެރިކަން އެދެމެވެ. އެބައިމީހުންނަކީ އެބައިމީހުންގެ މިދުނިޔެމަތީގެ ޢަމަލުތައް ބާޠިލުވެގެންވާ ބައެކެވެ. އަދި އެބައިމީހުން ރަނގަޅަށް ކަންތައްކުރާކަމަށް އެބައިމީހުން ހީކުރެތެވެ. ޝަރީކުކުރާމީހާގެ ފަރާތުން ޤިޔާމަތްދުވަހުގައި އެއްވެސް ކަމެއް ޤަބޫލުވެވިގެން ނުވެއެވެ. ފަރުބަދަތައްފަދަ ބޮޑެތި ޢަމަލުތަކައިގެން އައިކަމުގައިވިޔަސްމެއެވެ. އެ ޢަމަލުތައް ވެގެންދާހުށީ ބުރުވާލެވޭ ކުނޑިފުއްތަކެއް ފަދައިންނެވެ. ތައުޙީދަކީ ޢަމަލުތައް ޞައްޙަވުމުގެ ޝަރުޠެކެވެ.
4- ހަމަކަށަވަރުން ﷲ ތަޢާލާ ޝިރުކުކުރާ މީހާގެ ފާފަ ނުފުއްސަވައެވެ. إِنَّ اللهَ لاَ يَغْفِرُ أنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَالِكَ لِمَنْ يَشَاءُ[10] ”ހަމަކަށަވަރުން މާތްﷲ އެއިލާހަށް ޝިރުކުކުރުމުގެ ފާފަ ނުފުއްސަވައެވެ. އެ ނޫންފާފަތައް އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ.” މުޝްރިކުމީހާ ތައުބާނުވެ ޝިރުކުގެ މަތީގައި މަރުވެއްޖެނަމަ އޭނާ ﷲގެ މަޣްފިރަތުގެ ތެރެއަށް ނުވަދެއެވެ.

އޭނާގެ މައްޗަށް މަޣްފިރަތާއި ރަޙްމަތް ޙަރާމްވެގެންދެއެވެ. އަދި އޭނާ ނަރަކައިގެ އަލިފާނުގައި ދާއިމަށް ދެމިހުންނަނިވި މީހެއްކަމުގައި ވެދެއެވެ. އެއްވެސް ޝަފާޢަތެއްގެ ފައިދާއެއް ނުލިބޭ، އެއްވެސް ރަޙުމަތެއް ނުލިބޭ، އެއްވެސް މަޣްފިރަތެއް ނުލިބޭ މީހެއްގެ ގޮތުގައެވެ.
5- މުޝްރިކުމީހާގެ ލެއާއި މުދާ ޙަލާލުވެގެންވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدْتُمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ[11]- “ފަހެ، ތިޔަބައިމީހުންނަށް މުޝްރިކުން ފެނުނު ކޮންމެ ތަނަކުން، ތިޔަބައިމީހުން އެއުރެން ޤަތުލުކުރާށެވެ! އަދި ތިޔަބައިމީހުން އެއުރެން ހިފާށެވެ! އަދި އެއުރެން ޙިޞާރުކުރާށެވެ! އަދި (އެއުރެން އަތުލައިގަނެވޭނެ) ކޮންމެތަނެއްގައި އެއުރެން އަތުލައިގަތުމަށްޓަކައި، ހުޝިޔާރުވެ ފިލައިތިބޭށެވެ!”
عَنْ ابْنِ عُمَرَ رَضِي اللهُ عَنْهُمَا أَنَّ رَسُولَ اللهِ صَلّى الله عَلَيْهِ وَآلِهِ وَسَلَّمَ قَالَ: أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَن لاَ إِلَهَ إِلاَّ اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَيُقِيْمُوا الصَّلاَةَ، وَيُؤْتُوا الزَّكَاةَ. فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُمْ وَأمْوَالَهُمْ إِلاَّ بِحَقِّ الإِسْلاَمِ, وَحِسَابُهُمْ عَلَى اللهِ تَعَالَى-[12]
އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަމާއި، ހަމަކަށަވަރުން މުޙައްމަދުގެފާނީ ﷲގެ ރަސޫލާ ކަމުގައި ހެކިވެ، ނަމާދު ޤާއިމުކޮށް، ޒަކާތް ދީފުމަށް ދާންދެން، މީސްތަކުންނާއި ހަނގުރާމަ ކުރުމަށް ތިމަންކަލޭގެފާނަށް އަމުރުވެވިގެން ވެއެވެ.

ފަހެ އެބައިމީހުން މިކަން ކޮށްފިނަމަ ތިމަން ކަލޭގެފާނުންގެ ކިބައިން އެމީހުންގެ ލެޔާއި މުދާ، އިސްލާމް ދީނުގެ ޙައްޤުގައި މެނުވީ ރައްކާތެރިވެއްޖެއެވެ. އަދި އެއުރެންގެ ހިސާބު އޮތީ ﷲ ތަޢާލާގެ މައްޗަށެވެ.”
މުޝްރިކުމީހާއާއި މުރުތައްދުވީމީހާ ޤަތުލުކުރުން ވާޖިބުވެގެންވެއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘްގެ މައްޗަށް ބިނާކޮށެވެ.
لَا يَحِلُّ دَمُ امْرِئٍ مُسْلِمٍ يَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ، وَأَنَّ مُحَمَّدًا رَسُولُ اللهِ إِلَّا بِإِحْدَى ثَلَاثٍ الثَّيِّبُ الزَّانِي، وَالنَّفْسُ بِالنَّفْسِ، وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ[13]
ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށާއި ހަމަކަށަވަރުން މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް ހެކިވާ އެއްވެސް މުސްލިމު އިންސާނެއްގެ ލޭ، މިތިންކަމުގެ ތެރެއިން ކަމަކާ ލައިގެންމެނުވީ ހުއްދަވެގެންނުވެއެވެ. ޒިނޭކުރާ މުޙްޞިން މީހާއާއި (ރަޖަމުކުރުން)، ނަފްސަށް ހިފެވޭ ނަފްސާއި (ޤަތުލުކުރުމުގެ ސަބަބުން ޤިޞާޞްގެގޮތުގައި) ދީން ދޫކުރުމުން ޖަމާޢަތާ ވަކިވެގަންނަ (މުރުތައްދުވާ) މީހާއެވެ.
ޔާހޫދީންނާއި ނަޞާރާއިންނާއި މަޖޫސީން ދަންނައެވެ. ފަހެ އެމީހުންނަށް އިސްލާމްދީނަށް ގޮވާލަންޖެހޭނެއެވެ. ދެކޮޅުހަދައިފިނަމަ އެބައިމީހުންގެ ކިބައިން ޖިޒީ ނެގޭނެއެވެ. ޖިޒީ ދެއްކުމަށް ދެކޮޅުހަދައިފިނަމަ ޤަތުލުކުރެވޭނެއެވެ.
މިތަނުގައި ސަމާލުވާންޖެހޭ ނުކުތާއެއް އެބަވެއެވެ. އެއީ މުޝްރިކުންނާއި މުރުތައްދުން ޤަތުލުކުރުމަކީ ޢާއްމު މީސްތަކުންގެ މައްޗަށް އޮތްކަމެއް ނޫނެވެ. އެކަމުގެ ވެރިކަންވަނީ މުސްލިމުންގެ ވެރިމީހާގެ މައްޗަށެވެ. ޖިހާދުގެ ޛަރީޢާއިންނެވެ. މުސްލިމުންގެ ތެރެއިން މީހަކު މުރުތައްދުވެއްޖެނަމަ އެކަންކުރާނީ ޤަޟާގެ ޛަރީޢާއިންނެވެ.

ޢާއްމު މުސްލިމުން ދަންނައެވެ. މުޝްރިކުން ޤަތުލުކުރުމާއި މުރުތައްދުން ޤަތުލުކުރުން އެބައިމީހުންނަކަށް ނުވެއެވެ. އެބައިމީހުން އެފަދަ މީހުންގެ ކަންތައްތައް މުސްލިމުންގެ ވެރިމީހާއަށް ފޯރުކޮށްދޭނީއެވެ. ނުވަތަ މުސްލިމުންގެ ވެރިމީހާގެ ބަދަލުގައި އެކަން ޤާޟީއާ ޙަވާލުކުރާނީއެވެ. އެއީ އަމިއްލައަށް އެފަދަ ކަންތައްތައް ކުރުމުގެ ސަބަބުން އުފެދިދާނެ ހައިޖާނަކުން އަދި އުފެދިދާނެ ހަމަނުޖެހުމަކުން ރައްކާތެރިވުމަށެވެ.
= أَنْوَاعُ الشَّرْكِ وَالتَّحْذِيرُ مِنْهَا – د. صالح بن فوزان الفوزان=
[1] لقمان 13
[2] البقرة ١٦٥
[3] البقرة 22
[4] رواه البخاري
[5] رواه مسلم
[6] رواه مسلم
[7] الزمر٦٥
[8] الأنعام:88
[9] الفرقان 23
[10] النساء 48
[11] التوبة 5
[12] رَوَاهُ البُخَارِي وَمُسْلِمٌ.
[13] أخرجه البخاري في كتاب الديات- باب قول الله تعالى: {أن النفس بالنفس} (6878)، ومسلم في كتاب القسامة- باب ما يباح به دم المسلم (1676)، من حديث عبد الله بن مسعود رضي الله عنه.

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރު
0 comments:
Post a Comment