Friday, August 2, 2013

އަނބިމީހާދެކެވާ އިންތިހާލޯބި

ވަރަށް، ހެޔޮލަފާ ވަރަށް ވިސްނުންތޫނު މުސްކުޅި އަންހެނަކު އުޅުނެވެ.
އެނާގެ ފިރިމީހާ އެ އަންހެންމީހާ ދެކެ އިންތިހާޔަށް ލޯބިވެއެވެ.
 ފިރިމީހާ އެކަނބުލޭގެ ދެކެ ވާ ލޯބިން ޅެންހަދައި،
ކިޔާ އުޅެއެވެ.


“ޢުމުރުން ދުވަސްވާ ވަރަކަށް ދެމީހުންގެ ލޯތްބާއި އުފާވެރިކަންދަނީ އިތުރުވަމުންނޭ.”
އެހާބޮޑަށް ފިރިމީހާ ލޯބި ވަނީ ކީއްވެތޯ ސުވާލުކުރަމުން އެހީމެވެ.
ކަނބުލޭގެދެކެ ފިރިމީހާ އެހާބޮޑަށް ލޯބިވަނީ މާމީރުކޮށް ކައްކާހަދާތީހެއްޔެވެ؟
ނޫނީ މާބުރަ ސޫރަ ރީތިވީމަ ހެއްޔެވެ؟

ނޫނީ މާ މުއްސަނދިވެފައި ގިނަ ދަރިންތަކެއް ލިބުނީމަ ހެއްޔެވެ؟
ނޫނީ އެލޯބީގައި ވަނީ އެހެން ސިއްރެއްހެއްޔެވެ؟
ޖަވާބުގައި އަންހެންމީހާ ބުންޏެވެ. ” މާތްﷲގެ ހަޟުރަތުން ދިރިއުޅުމެއްގައިލައްވާ އުފާވެރިކަންފިޔަވާ ހުރިހާ އުފަލެއްވަނީ އަނބިމީހާގެ އަތުގައެވެ. އަނބިމީހާ ބޭނުންނަމަ ދިރިއުޅުން ( ގޭގެ މާޙައުލު ) ސުވަރުގޭގެ ހިޔަނި ކަމުގައި ހެދިދާނެއެވެ. އަދި އެ އަންހެންމީހާ ބޭނުންނަމަ ހަމަ އެގެ ( އެދިރިއުޅުން ) ނަރަކައިގެ އަނދަ އަނދާހުރި އަލިފާނަށްވެސް ހެދިދާނެއެވެ.

“މުދަލާއި ފައިސާ އަކީ އުފާވެރިކަމުގެ ސަބަބެއްކަމުގައި ނުދެކޭށެވެ. ތާރީޚަށް ބަލާލިޔަސް ތަނަވަސްއަނބިންގެ މުދާތައް އެއްކޮށްދޫކޮށް އެމީހުންނާ ވަކިވެގެންދިޔަ ފިރިންގެ ވާހަކަތައް މަދެއްނޫނެވެ.”
“އަދި ގިނަދަރިންލިބޭ އަންބަކަށްވުމަކީވެސް މާމުހިންމުކަމެއްނޫނެވެ. ކިތައްމެ އަންހެނުންނެއް ދިހަކުދިން ވިހާފަވެސް އެބަހުއްޓެވެ. ނަމަވެސް ފިރިން އެކަމަށްޓަކައި ޝުކުރުވެރިވެފައެއްނުވެއެވެ. އޭގެއިތުރުން އިތުރަށް ލޯބި ލިބިފައެއްވެސް ނެތެވެ. އަދިކިއެއްތަ ވަރިޔާހަމަޔަށްވެސް މިފަދަ ދިރިއުޅުންތައް، ގޮސްފައިވާ މިންވަރު މަދެއްވެސް ނޫނެވެ.”
“މާ މީރުކޮށް ކެއްކުމަކީވެސް މުހިންމު ކަމެއްނޫނެވެ. މުޅިދުވަސް ބަދިގޭގައި މީރު ކާއެއްޗެހި ހަދަން ހޭދަކުރުމަށްފަހު، ދިމާވާ ކޮންމެވެސް ކަމަކަށް ޝަކުވާ ކުރަންފެށުމުން ފިރިމީހާ އަނބިމީހާއަށް ކުރާ ގަދަރެއްނޯވެއެވެ.”

އެހެންވިއްޔާމު ތިއުފާވެރި ހަޔާތުގެ ސިއްރަކީ ކޮބައިކަން ބުނެދީފާނަން ހެއްޔެވެ؟ . އަދި ދެމީހުންގެ ދެމެދުގައި ދިމާވާ މައްސަލަތަކާ ކުރިމަތިލަނީ ކިހިނަކުންކަން ބުނެދީފާނަންހެއްޔެވެ؟

އަންހެންމީހާ ޖަވާބުދިނެވެ. ” ޙަޤީޤަތަށް ބުނަނީނަމަ ހަމަޔަޤީނުންވެސް އަހަރެންގެ ފިރިމީހާޔަކީ ވަރަށް ރުޅިގަދަމީހެކެވެ. ފިރިމީހާ ރުޅި އަތުވެއްޖެނަމަ އެވަގުތު އަހަރެން ( ވަރަށް އިޙުތިރާމާއެކު )މަޑުން އިންނަމެވެ. އިޙުތިރާމާއެކު މަޑުއިންނަމޭ މިބުނީ ދަށްކުރުމުގެ ނަޒަރަކުން ( މަލާމަތުގެ ) އަދި ނަފުރަތުގެ ރަޒަރަކުންވެސް ނުބަލަމެވެ. އަދި ޖެއްސުމަށްވެސް އެއްވެސްކަމެއްނުކޮށް އިންނަވާހަކައެވެ.

 އެހެނީ ފިރިހެނުންނަކީ ވަރަށް ބުއްދިގަދަ އަދި އެފަދަ ކަންކަން ވަރަށްފަސޭހައިން ނަގައިގަންނަބައެކެވެ.”
އެންމެ ރަނގަޅެވެ. އެފަދަވަތު ތަކުގައި ކަނބުލޭގެ ކޮޓަރިން ބޭރަށް ނުދަނީ ކީއްވެހެއްޔެވެ؟

އޭނާ ބުންޏެވެ. ” އެއްގޮތަކަށްވެސް އެހެންހަދައިގެން ނުވާނެއެވެ. އެހެންހަދައިފިއްޔާމު ފިރިމީހާޔަށް ހީވާނީ އަނބިމީހާ ވަކިވާން ބޭނުން ވަނީހެންނެވެ. އަދި އޭނާގެ ވާހަކަ އަޑުއަހަން ބޭނުން ނުވާ ހެންނެވެ. އެވަގުތަށް ބޭނުންވާނީ މަޑުމަތިރި ކަމެވެ. ފިރިމީހާ އެވަގުތު ދައްކާވާހަކަ ހަމައެކަނި އަޑުއެހުމުގެ ބަދަލުގައި އޭނާގެ ވާހަކަތަކަށް އެއްބަސްކިޔުމަކީ ވަރަށް މުހިންމުކަމެކެވެ.

 އަހަރެން ކޮޓަރިން ބޭރަށްދަނީ ފިރިމީހާ ކިޔާ ހުރިހާއެއްޗެއްކިޔައި ނިމުމުންނެވެ. އެހެން އަހަރެން ހަދަނީ އެހުރިހާ ޒުވާބަކާއި އަޑުގަދަކުރުމަށްފަހު ފިރިމީހާ ހަމަޖެހިލާ އަރާމުކޮށްލަން ބޭނުންވާނެކަން އަހަރެން ދަންނަމެވެ. އެވަގުތު އަހަރެން މަސްއޫލުވަނީ ގޭގެ ކަންކަމުގައްޔާއި ދަރިންގެ ކަންކަމުގައެވެ. އަދި އަހަރެންގެ ފިރިމީހާ އަހަންނާ، ކުރިހަނގުރާމަޔާ ދުރަށްދެވޭތޯ އަހަރެން ވަރަށް މަސައްކަތްކުރަމެވެ.”

މިހެން ދިމާވުމުން އެތައްދުވަހެއްވަންދެން ފިރިމީހާޔާ ގުޅުން ކަނޑާލައި، އަދި ހަފުތާއެއް ނުވަތަ 10 ވަރަކަށް ދުވަސްވަންދެން ވާހަކަ ނުދައްކާ ހުންނަން ހެއްޔެވެ؟ މިހެން މިއަހާލީ މީވަރަށް ގިނަބައެއް ކަން ކުރާ ގޮތްކަމުގައިވާތީއެވެ؟

އޭނާ ޖަވާބުދިނެވެ. ” ނޫން، އެއްގޮތަކަށްވެސް ނުހުންނަމެވެ. ފިރިމީހާޔާ ވާހަކަ ނުދައްކާ ހުރުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެކެވެ. އަދި އެހާމެ ނުރައްކާވެސްކަމެކެވެ. ފިރިމީހާޔާ ވާހަކަދެއްކުން ހުއްޓާލައިފިނަމަ ފަހަރެއްގައި ފުރަތަމަ އޭނާޔަށް އުނދަގޫ ވާކަމަކަށްވެދާނެއެވެ. އަދި އަނބިމީހާޔާ ވާހަކަ ދައްކަންބޭނުންވެ ވާހަކަދައްކަން މަސައްކަތްވެސް ކުރާނެއެވެ.

 ނަމަވެސް ގިނަދުވަސް ހޭދަވެގެންދާވަރަކަށް އެކަމަށް ފިރިމީހާ އާދާވަނެއެވެ. އަނބިމީހާ ހަފުތާއެއްވަންދެން ފިރިމީހާޔާ ވާހަކަ ނުދައްކާ ހުރެއްޖެނަމަ ދެހަފުތާވަންދެންވެސް ވާހަކަ ނުދައްކާ ހުރުމުގެ ހިތްވަރު ފިރިމީހާޔަށް ލިބިގެން ހިގައިދާނެއެވެ. ނޫނީ ފަހަރެއްގައި އަނބިމީހާޔާ ނުލައިވެސް އުޅެން ފަރިތަވެދާނެއެވެ. އަނިބީހާޔާ ނުލައި އުޅުމަކީ ފިރިމީހާޔަށް ވޭނަކަށްވާހާ، ލޯބިދީ އެކަމަށް އާދަކުރުވަން ވާނެއެވެ.

 އަނބީމީހާ އަކީ ފިރިމީހާގެ އޮކްސިޖަން ފަދަ މީހެއްކަން ފިރިމީހާޔަށް އިޙުސާސް ކުރެވެންވާނެއެވެ. ފިރިމީހާއަށްޓަކައި ފިނި ރޯޅިއަކަށް އަނބިމީހާ ވާން ވާނެއެވެ. ހިރަފުސް އެކުލެވިގެންވާ ތޫފާނީ ވަޔަކަށް އަނބިމީހާ ވެގެން ނުވާނެއެވެ.”
އެއަށްފަހު ދެން ކަންތައްކުރަނީ ކިހިނެއްޔެވެ؟

އެއަންހެންމީހާ ބުންޏެވެ. “ދެ ގަޑިއެއްހާއިރު ނުވަތަ ބައެއްފަހަރު އެއަށްވުރެސް ގިނައިރުކޮށްލާފައި ޖޫސް ،ނުވަތަ ސައިތައްޓެއްހިފައިގެން އޭނަ ކައިރިއަށްދަމެވެ. އަދި ވަރަށް އަދަބު ވެރިކަމާއެކު އެބޯލުމަށް އެދެމެވެ. އެވަގުތު އެފަދަ އެއްޗެއްބޯލަށް ބޭނުންވެފައި އިންނަކަން އަހަންނަށް އެނގެއެވެ. އަހަރެން މިހެންކަންތައް ކުރުމުން ދެމީހުންގެ ވާހަކަދައްކާހަދާއިރު ކުޑައިރުކޮޅެއް ކުރިން ރުޅިވެރިކަމެއް ހިނގި ކަމެއްނުވެސް އެނގެއެވެ. ދެމީހުންގެ ގުޅުން މުޅިން ރަނގަޅުވެއެވެ.

އޭގެ ބަދަލުގައި އަހަރެން ހުރީ ރުޅި އައިސްފައިތޯ ފިރިމީހާ ތަކުރާރުކޮށް އަހައެވެ. އެހެންއަހާ ކޮންމެފަހަރަކުވެސް އަހަރެން ޖަވާބުގައި ބުނަމެވެ. ނޫން އެއްގޮތަކަށްވެސް ރުޅިއެއްނާންނަމެވެ. އެއަށްފަހު އޭނަޔަށް އެހެން ކަންތައްކުރެވުނީތީ ދެރަވެގެން ވާހަދައްކާހަދައެވެ. އަދި އެތައްއިރެއްވަންދެން ދެމީހުން ލޯބިން ވާހަކަދައްކަން ތިބެމެވެ.”
އެންމެ ރަނގަޅެވެ. ފިރިމީހާގެ އެވަގުތު ދެއްކި ލޯބިންފުރިގެންވާ ވާހަކަތައް ޤަބޫލުކުރަންހެޔެވެ؟

” ހޫނ ޔަޤީނުންވެސް، އަހަރެންމީ ޖާހިލެއްނޫވެނެވެ.” އަންހެންމީހާ ބުނެލިއެވެ.
” ފިރިމީހާ ރުޅިއައިސްފަ ހުންނައިރު ދައްކާ ވާކަހަތައް ޤަބޫލުކޮށްފައި ލޯބިން އޯގާތެރިކަމާއެކު ދައްކާ ވާހަކަތައްޤަބޫލު ނުކުރާށޭ ތިއުޅެނީ ބުނަންހެއްޔެވެ؟ ކިޔޭ އެއްޗެއްނޭނގޭފަދަޔަށް ރުޅިއައިސްފާ ހުންނަމީހާ ކުރާ ވަރި ވަރިއަކަށް ނުވާއިރު އަހަރެންގެ ފިރިމީހާ ރުޅިއައިސްފައި ހުންނައިރު ދައްކަވާހަކަ ޤަބޫލުކުރާށޭ ބުނަންއުޅޭހެން އަހަންނަށް ހާދާ ހީވެއެވެ.”

އެހެންވިއްޔާމު ކަނބުލޭގެގެ ޢިއްޒަތާއި ނަފުސުގެ ޤަދަރު ކޮބައިހެއްޔެވެ؟
ޖަވާބުގައި އަންހެންމީހާ ބުންޏެވެ. “ކޮން ޢިއްޒަތެއްޔެވެ؟ ކޮން ނަފުސުގެ ޤަދަރެއްހެއްޔެވެ؟ ޢިއްޒަތުން ނަފުސަކީ ރުޅިގަދަވެ، ކޮންޓްރޯލުން ނެއްޓިފައިވާ މީހެއްގެ ވާހަކަތައް އަޑުއަހައި އެމައްސަލައަކަށް ހަނދައި، ލޯބިން ދައްކާވާހަކަތައް އަޑުނާހާ އެޔަށް ފުރަގަސްދިނުންހެއްޔެވެ. އެފަދަ ވަގުތު ތަކުގައި އަހަންނާ ދިމާލަށް ބުނެފައިހުރި ، ހިތުގައިޖެހޭފަދަ ވާހަކަތައް ހަނދާންނައްތާލާ، ހަނދާނަން ގެންނަނީ އޯގާތެރިކަމާއި ލޯތްބާއެކުގައި ދައްކާފައިހުރި ވާހަކަތަކެވެ. އަހަރެންގެ ފިރިމީހާ އަހަރެންދެކެ އިންތިހާޔަށް ލޯބި ވަނީ މިސަބަބުތަކާ ހުރެއެވެ.”

= އާނއެކެވެ. ލޯބިންފުރިގެންވާ، އުފާވެރި ހަޔާތެއްގެ ސިއްރުވަނީ އަނބިމީހާގެ ސިކުނޑީގައެވެ.ނަމަވެސް މިސިއްރުވަނީ އޭނާގެ ދުލުގައި ބަނދެވިގެންނެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons