Sunday, August 21, 2011

ނޫސްތަކުން ހަބަރު..... .ސަންނޫސް ؛ ގަބުރުފެނިގެން އައްޑޫމިސްކިތެއްބަންދުކޮށްފި.



ގަބުރު ފެނިގެން ސ. ހިތަދޫގެ މިސްކިތެއް ބަންދުކޮށްފި

    21 އޯގަސްޓް 2011 - 3 ގަޑި 46 މިނެޓް ކުރިން

    0 ކޮމެންޓު


އައްޑޫ ސިޓީގެ ހިތަދޫގައި ހުންނަ "މަސްޖިދުލް ބާބުލް ހައިރު" އިން ގަބުރުފެނިގެން އެ މިސްކިތް އިއްޔެ ބަންދުކޮށްފި އެވެ.




ހިތަދޫ މަސްޖިދުން ބާބުލް ހައިރު މިސްކިތުގައި ގަބުރު ހުރި ކަމަށް ބުނެ، އެ މައްސަލަ އިސްލާމިކް މިނިސްޓްރީއަށާއި އައްޑޫ ސިޓީ ކައުންސިލްގެ ސަމާލު ކަމަށް ގެނައީ މިދިޔަ ހަފްތާގައި އައްޑޫ ސިޓީގައި ބޭއްވި ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޕްރޮގްރާމްގެ ދީނީ ފޯރަމެއްގަ އެވެ. އެ ފޯރަމްގައި ހިތަދޫ މީހަކު ވަނީ އެ ރަށުގެ މިސްކިތެއްގައި ގަބުރި ހުރި ކަމަށް ބުނެ ހުވާކޮށްފަ އެވެ.


އިސްލާމިކް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އަހްމަދުﷲ ޖަމީލު މިއަދު ވިދާޅުވީ އެ ޝަކުވާއާ ގުޅިގެން އިއްޔެ އެ މިސްކިތް ކޮނުނު އިރު ގަބުރު ފެނިގެން މިސްކިތް "މިވަގުތައް" ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ މިސްކިތުން ގަބުރު ފެނުނު މައްސަލާގައި އިތުރަށް މިސްކިތް ކޮންނަން ޖެހޭ ކަން ނިންމަވާނީ ފިގުހު އެކަޑަމީން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްލާމިކް މިނިސްޓްރީގެ ބޭފުޅުންނާއި އައްޑޫ ސިޓީ ކައުންސިލްގެ ބޭފުޅުން އެތާތިއްބާ ކޮނުމުން ގަބުރު ފެނިފައި ވަނީ. ގަބުރު ހުރިކަން ސާބިތުވެގެން މިވަގުތައް އެހެރީ ބަންދުކޮށްފައި. ދެން އެކަމުގައި ގޮތެއް ނިންމަވާނީ ފިގުހު އެކަޑަމީން،" އަހްމަދުﷲ ޖަމީލު ވިދާޅުވި އެވެ.    

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons