( ކުރީދުވަހުގެ އަދަދާއި ގުޅޭ. )
ތިބާ މަރުވާނެ ދުވަހާއި މެދު ތިބާ ދުވަހަކުވެސް ވިސްނާލިންތޯއެވެ؟ އެދުވަހު ތިބާއަށް ލަހެއް ފަހެއް ނުކުރެވޭނެއެވެ. އަދި އެދުވަހުން ތިބާ ތިބާގެ ކުށް ޤަބޫލުކުރުމަކުން ތިބާއަށް މަންފާއެއް ނުކުރާނެއެވެ. ތިބާގެ ހިތް އެ އެއްޗަކުން ފަރުދާކުރެވިގެންވާ ޣާފިލުކަން ނައްޓާލައްވާށެވެ. އެހެނީ ތިބާގެ ހިތުގެ ޝުޢޫރުތަކާއި ތިބާގެ ހިތަށް އަރާހާ ތަކެއްޗެއް މޮޅާށް ދެނެވޮޑިގެންވާ ﷲ ގެ ޙަޟްރަތުގައި ތިބާ ވަރަށް އަވަހަށް ކޮޅަށް ހުންނަން ޖެހޭނެއެވެ. އެދުވަހު ހަމަކަށަވަރުން ﷲ ތިބާގެ ލޮލުން ކުރި ކަންތައްތަކާއި މެދު އެއްވެސް މެދުވެރި އަކާނުލާ ސީދާތިބާއާއި ސުވާލު ކުރައްވާނެއެވެ. ތިބާގެ ކަންފަތުން އަޑުއެހި ތަކެތި ޙިސާބުކުރެއްވޭނެއެވެ.
ތިބާ މަރުވާނެ ދުވަހާއި މެދު ތިބާ ދުވަހަކުވެސް ވިސްނާލިންތޯއެވެ؟ އެދުވަހު ތިބާއަށް ލަހެއް ފަހެއް ނުކުރެވޭނެއެވެ. އަދި އެދުވަހުން ތިބާ ތިބާގެ ކުށް ޤަބޫލުކުރުމަކުން ތިބާއަށް މަންފާއެއް ނުކުރާނެއެވެ. ތިބާގެ ހިތް އެ އެއްޗަކުން ފަރުދާކުރެވިގެންވާ ޣާފިލުކަން ނައްޓާލައްވާށެވެ. އެހެނީ ތިބާގެ ހިތުގެ ޝުޢޫރުތަކާއި ތިބާގެ ހިތަށް އަރާހާ ތަކެއްޗެއް މޮޅާށް ދެނެވޮޑިގެންވާ ﷲ ގެ ޙަޟްރަތުގައި ތިބާ ވަރަށް އަވަހަށް ކޮޅަށް ހުންނަން ޖެހޭނެއެވެ. އެދުވަހު ހަމަކަށަވަރުން ﷲ ތިބާގެ ލޮލުން ކުރި ކަންތައްތަކާއި މެދު އެއްވެސް މެދުވެރި އަކާނުލާ ސީދާތިބާއާއި ސުވާލު ކުރައްވާނެއެވެ. ތިބާގެ ކަންފަތުން އަޑުއެހި ތަކެތި ޙިސާބުކުރެއްވޭނެއެވެ.
ﷲ ވަޙީބަސްފުޅުގައިވަނީ،
.
"އަދި އެދުވަހުން (ޙިސާބުކުރެއްވުމަށް) ތިޔަބައިމީހުން ގެނެވޭނެއެވެ. ތިޔަބައިމީހުން ސިއްރުކުރަން ބޭނުންވާ ކަންތައްތަކެއް ސިއްރެއް ނުކުރެވޭނެތެވެ." (سورة الحاقة : 18)
އެންމެފަހަރަކު ނަމަވެސް ހިޔާލާ ފިކުރުން ހުސްވެ ފުންކޮށް މާރާއި މެދު ވިސްނާލައްވާށެވެ! އެހެނީ އިންސާނާ ﷲ އަށް ނުކިޔަމަންތެރިވުމުން އެއްކިބާ ކުރަނީ އެކަމެވެ. ހަރު ހިތްތައް މަޑުކުރުވަނީވެސް އެކަމުންނެވެ. މިޙަޔާތަށް އިތުބާރުކުރުމުން ދުރުކޮށް، އުނދަގުލާއި މުޞީބަތުގެ ވަޤުތުގައި ހިތްހަމަޖައްސައި ދެނީވެސް އެކަން.
މަރު ހަނދުމަކުރޭ! އޭރުން ފަހަރުގައި ހިތާމައިގެ ވަގުތުން ތިބާ ސަލާމާތް ވެދާނެ.
ﷲ އަށް ބިރުވެތިވޭ! އެއްވަގުތެއްގައި ދެކަމެއް ތިބާ އާއި ކުރިމަތި ވިޔަނުދީ! އެއީ މަރުގެ ސަކަރާތާއި އުނދަގޫތައް، އަދި ހިތާމައާއި ހިތްދަތިކަން. މަރުގެ ސަކަރާތާއި މެދު ރައްކާތެރިވޭ! އެހެނީ މަރު ތިބާއާއި ބައްދަލުކުރާނީ ކުއްލިއަކަށް. އެކަކަށްވެސް ތިބާ އާއި ބައްދަލުވާނޭ ކަންތަކާއި ތިބާއަށް ފެންނާނޭ ކަންތައް ޞިފައެއް ނުކުރެވޭނެ. ނުކިޔަމަންތެރިކަމުގައި ވަނިކޮށް މަރުނުވުމަށް ހުށިޔާރުވޭ! އެހެންނޫންނަމަ، ތިބާގެ ވެރި رَبُّ އާއި ތިބާ ބައްދަލުކުރަން ޖެހޭނީ ދެއްކޭނެ އެއްވެސް ޢުޛުރެއް ނެތިއެވެ.
ޢިއްޒަތްތެރި އަޚުންނޭ! ތިމަންމެންނަށް ފުދޭނެ ރިޒްޤެއް ނުލިބިދާނެ ކަމަށް އުޅުނު މީހުން ކޮބައިބާއެވެ؟ ދަތުރުގެ ދުރުކަމާއި އުޅެންޖެހޭ ބީރައްޓެހި ކަމާއި މެދު ބިރުވެތިވި މީހުން ކޮބައިބާއެވެ؟ ނިކަން ވިސްނަވާށެވެ މިދުނިޔެއިން އޭނާ ނެގި ނުވަތަ ބޭނުންކުރެވުނު ހަމައެކަނި އެއްޗެއް ކަމުގައި ވަނީ ބާވެފައިވާ ފޭރާމަކާއި، ކުޑަކުޑަ ކާއެތި ކޮޅެއްއެކަންޏެވެ.
ދުނިޔޭގެ ޙަޔާތުގައި އޭނާވީ ތެދު މަގުލިބިގެންވާ އިއްފަތްތެރިއެއް ކަމުގައިވެ. ކުޑަކުޑަ ކާއެތި ކޮޅަކުން އޭނާއަށް ފުދި. އޭނާގެ ވެރި رَبُّ ގެ ޙަޟްރަތުގައި އޭނާ ލަދުވެތިވެ. މަރު ހަނދާންކޮށް އަޅުކަންކުރުމާއި ހެޔޮއަމަލުތައް ކުރުމުގައި ދުނިޔޭގެ ކެހިވެރި އާފިލުކަމުގައި ނުޖެހުނު ނަސީބުވެރިން އެހެންވެ އޭނާ އޭނާގެ ޙިއްސުތަކާއި ބަނޑު ރައްކާތެރި ކުރި. އެނާ އެދުނީ އާޚިރަތުގެ ދަރުމައާއި ޘަވާބު، އެހެންވެ އޭނާ ދުނިޔޭގެ ހެއްލުންތެރި ޒީނަތްތެރިކަން ދޫކޮށްލި. ފިލާދަނިވި ތަކެތީގެ މައްޗަށް އޭނާ އިޚްތިޔާރުކުރީ އަބަދުގެ އަބަދަށް ދެމިހުންނަ ތަކެތި. ބުއްދިވެރިއަކީ މިއީ ކަން ޔަޤީންނެވެ.
ވީއިރު ﷲ އަށް ތަޤްވާވެރިވޭ! އަދި ތިބާގެ ނިކަމެތި ނަފްސަށް ރަޙުމްކުރޭ! ﷲ އަށް ބިރުވެތިވޭ! ތިބާއާއި ﷲ ޙަވާލު ކުރެއްވި އެކަމަކާ ބެހޭ ގޮތުން ތިމާ އާއި ސުވާލުކުރެވޭ އަމާނަތްތަކަށް ފާރަވެރި ބެލުންތެރިއަކު ކަމުގައިވޭ! ދިގުވެގެންވާ ދުވަހެއްގައި ތިބާގެ ވެރި رَبُّ ގެ ޙަޟްރަތުގައި ތިބާ ކޮޅަށް ހުންނަން ޖެހޭ ކަން ހަނދުމަކުރޭ! ތިބާގެ ޢަމަލުތަކުގެ ޙިސާބު ބެއްލެވޭނެ! ތިބާ ފަރުވާކުޑަކުރި ކަންތައްތަކާއި މެދު ތިބާ ހިތާމަކުރަންޖެހޭނެ
!
ﷲ ވަޙީކުރައްވާފައިވޭ.
"ކޮންމެ ނަފްސަކީ ވެސް މަރުގެ ރަހަ ދެކޭނޭ އެއްޗެކެވެ. ތިޔަބައިމީހުންގެ އުޖޫރަތައް ފުރިހަމައަށް ފުއްދަވައި ދެއްވާހުށީ، ޤިޔާމަތް ދުވަހުންނެވެ. ފަހެ އެދުވަހުން ނަރަކައިން އެއްކިބާ ކުރެއްވި ސުވަރުގެ ވައްދަވައިފި މީހަކު ނަސީބު ލިބިގެންފިކަން ކަށަވަރެވެ. ހެއްލުންތެރިކަމުގެ އުފަލެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ." (سورة آل عمران : 185)
بَادِرُوْا بِالأَعْمَالِ سَبْعًا هَلْ تَنْظُرُوْنَ إِلاَّ فَقْرًا مُنْسِيًا أَوْ غِنًى مُطْغِيًا أَوْ مَرَضًا مُفْسِدًا أَوْ هَرَمًا مُفَنِّدًا أَوْ مَوْتًا مُجْهِزًا أَوِ الدَّجَّالَ فَشَرُّ غَائِبٍ يُنْتَظَرُ أَوِ السَّاعَةُ فَالسَّاعَةُ أَدْهَى وَأَمَرُّ (الترمذي)
"މަޝްޢޫލުވުމުގެ ކުރިން ހެޔޮޢަމަލު ކުރުމަށް އަވަސްވެގަންނާށެވެ! ތިޔަބައިމީހުން ތިޔަ އިންތިޒާރުކުރަނީ ތެދުވެރިވުމުން އެއްކިބާކުރުވާ ފަދަ ތަދުމަޑުކަމަކަށް ހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުން ފަސާދަކޮއްލާ ފަދަ ފާގަތިކަމަކަށް ހެއްޔެވެ؟ ނުވަތަ ތިޔަބައިމީހުން ނުކުޅެދޭ ބަޔަކަށް ހަދަލާނެ ފަދަ ބަލިމަޑު ކަމަކަށް ހެއްޔެވެ؟ ނުވަތަ ހަމަބުއްދި ފިލައިދާ ފަދަ މުސްކުޅިކަމަކަށް ހެއްޔެވެ؟ ނުވަތަ ކުއްލި މަރަކަށް ހެއްޔެވެ؟ ނުވަތަ ވަންހަނާވެގެންވާ ޢަލާމާތްތަކުގެ ތެރެއިން އެންމެ ނުބައި ޢަލާމާތް، ދައްޖާލަށް ހެއްޔެވެ؟ ނުވަތަ (ތިޔަބައިމީހުން ތިޔަ އިންތިޒާރުކުރަނީ) ޤިޔާމަތްވުމަށް ހެއްޔެވެ؟ ވޭނާއި ހިތިކަން ބޮޑުވެގެންވާ ކަންތައްތަކުގެ ތެރެއިން އެންމެ ހިތިކަން ބޮޑުކަމަކީ އެއީ އެވެ."
ތިބާ ފުންކޮށް ވިސްނާފިނަމަ މަރުގެ ހިތިކަމާއި ހިތާމަ މިހާރުވެސް ތިބާއަށްވަޒަން ކޮށްލެވޭނެއެވެ.
ވީއިރު ހެޔޮޢަމަލެއް ކުރުމަކާއި ނުލައި އާޚިރަތަށް އުއްމީދުކުރި މީހުންނާއި، ދުނިޔޭގައި އަދި އުޅެވޭނެ ކަމަށް ހީކޮށް ތަވްބާވުން ލަސްކޮށް އުފަލާ މަޖަލުގައި ބޭގަރާރުވެފައިވަނިކޮށް ކުއްލިއަކަށް މަރުއައިސް ބިންގަޑުގެ ދަށަށް ގެންދިޔަ މީހުން ފަދައިން ތިބާ ވެނުލައްވާށެވެ!
ގިނަގިނައިން ޤަބުރުސްތާނަށް ޒިޔާރަތްކުރާށެވެ، އެހެނީ އެއީ އިންސާނާއަށް އާޚިރަތް ހަނދުމަކޮށްދޭ އަދި ތިމާގެ އަސްލުމިދުނިޔޭގެ ގޯތި ވަޒަން ހަނދުމަކޮށްދޭނެ ކަމެއް. އާއިލާތަކާއި ލޯބިވެރިންނާއި ގުޅުން ކެނޑި ބިންގަނޑު ގެ ދަށުގައިވާ މީހުންނާއި މެދު ވިސްނައި، އެއިން ފިލާފަޅެއް ހޯދައިގަނޭ! އެމީހުންނާއި މަރު ބައްދަލުކުރީ އެމީހުން ހީވެސް ނުކުރާ ފަދަ ގަޑިއެއްގައި. ހީވެސް ނުކުރާފަދަ ތަނެއްގައި ، ހީވެސް ނުކުރާފަދަ ހާލެއްގައި ވަނިކޮށް އެމީހުންނަށް މިބިރުވެރިކަން އައީ އެމީހުން ވިސްނާފަވެސް ނެތް ފަދަ ގޮތަކަށްށެވެ.
ޤަބުރުސްތާނަށް ޒިޔާރަތްކޮށްފި މީހާ، މަރުވެފައިވާ އޭނާގެ ތިމާގެމީހެއް ނުވަތަ ރަޙްމަތްތެރިއަކާއި މެދު ވިސްނާލައްވާ. އެމީހުން ފައިސާ އެއްކުރި. ފޮނި އުއްމީދުތަކެއް ކުރި. ނަމަވެސް ކުއްލިއަކަށް އެމީހުންގެ ހުރިހާ އުއްމީދު ތަކެއް ގެއްލިގެން ދިޔަ. އެމީހުންގެ މުދާތައް އެމީހުންނަށް އެއްވެސް ފައިދާއެއް ނުކޮށްދިން. ފަސްގަނޑު އެމީހުންގެ މޫނުގެ ރީތި ސިފަ ބަދަލުކޮށްލި. އެމީހުންގެ ހަށިގަނޑުގެ އެކިއެކި ގުނަވަންތައް ކައްވަޅުގެ ތެރޭގައި އެތަންމިތަނަށް އުކާލެވުނު. އެމީހުންގެ އަނބިންތައް ހުވަފަތްވި. އެމީހުންގެ ގެދޮރާއި މުދާ ބަހާލެވުނު.
"(އެމީހުންނަށް ބުނެވޭނެއެވެ.) ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުން ފުރަތަމަ، ހެއްދެވި ފަދައިން ތިމަން އިލާހުގެ ޙަޟްރަތަށް ތިޔަބައިމީހުން ތިޔައައީ އެކަންޏެވެ. ތިޔަބައިމީހުން ތިޔައައީ ތިމަން އިލާހު ތިޔަބައިމީހުންނަށް ދެއްވިތަކެތި ތިޔަބައިމީހުންގެ ފަހަތަށް ދޫކޮށްފައެވެ. " (سورة الأنعام: 94)
ވީއިރު ﷲ އަށް ތަޤްވާވެރިވޭ! ތިބާ ނިކަމެތި ހަށިގަނޑަށް ތިބާއަށް ރަޙުމްކުރޭ! އަދި އާޚިރަތަށްޓަކައި މަސައްކަތް ކުރޭ! އެހެނީ އެއީ އޭގެ އަހުލުވެރިން މަރުވުމެއް ނެތް ގެއެއް. އޭގެ ޢިމާރާތުގައި ރެނދުލުމެއް ހަލާކުވުމެއް ނުވޭ. އެތަނުގައި ޒުވާނުން މުސްކުޅިވުމެއް ނެތް. އޭގެ އުފާތަކަށް ނިމުއެއް ނެތް. އޭގެ ރީތިކަމާއި، މަޖަލާއި އުފާ ބަދަލުވުމެއްނެތް. އޭގެ އަހުލުވެރިން އުޅޭނީ އެންމެ އޯގާވަންތަ އިލާހުގެ އޯގާވަންތަކަމުގެ ދަށުގައި.
ﷲ ވަޙީކުރައްވާފައިވެއެވެ.
"އެތާގައި އެބައިމީހުންގެ ދުޢާއަކީ (سُبْحَانَكَ اللَّهُمَّ) އޭ ހައްދަވައި ބޮޑުކުރެއްވި ﷲ އެވެ! އިބައިލާހުގެ ޙަޟްރަތަށް އަޅަމެން ތަސްބީޙަ ދަންނަވަމުއެވެ. އަދި އެތާގައި އެމީހުންގެ (އެކަކު އަނެކަކަށް އަދާކުރާ) ތަޙިއްޔްތަކީ ސަލާމެވެ. އަދި އެމީހުންގެ ދުޢާ ނިންމާނީ (الْحَمْدُ للهِ رَبِّ الْعَالَمِيْن) ޢާލަމްތައް ހައްދަވައި ބޮޑުކުރެއްވި އިލާހަށް ޙަމްދު ހުއްޓެވެ." (سورة يونس : 10)
ބުއްދިވެރިންނަކީ ހެޔޮބަސްއަހާ ހެޔޮބަސް ގަބޫލުކުރާ އިބްރަތްހާސިލްކުރާ މީހުނެވެ.
ﷲ ގެ ނަބިއްޔާ ޙަދީޘްކުރައްވާފައިވާ. أَكْثِرُوْا ذِكْرَ هَاذِمِ اللَّذَّاتِ -( إبن ماجة) -އުފާތައް ނެތިކޮށްލާ އެތީގެ މަތިން ތިޔަބައިމީހުން ގިނަގިނައިން ހަނދުމަކުރާށެވެ! އެބަހީ: މަރު ހަނދުމަކުރާށެވެ!
މިއީ މަދުކަލިމަތަކެއްވާ މާނަފުން އިރުޝާދާމެދެ ވިސްނާމީހުންނެވެ. ޔަޤީނުންވެސް މަރު ހަނދުމަކުރަންޖެހޭ ގޮތަށް މަރުހަނދުމަ ކުރާ މީހުންނެވެ. އެކަމުގެ ސަބަބުން އޭނާގެ ޢަމަލުތައް އިސްލާހުވެ ހިސާބުބެއްލެވުމުގެ ކުރިން އަމިއްލައަށް ނަފްސް ޙިސާބުކުރާމީހުންނެވެ، އޭނާގެ ޢަމަލުތަކާއި މެދުގައްޔާއި، އޭނާގެ ލަނޑުދަނޑިއަށް އޭނާއަށް ވާޞިލުވޭތޯ އޭނާގެ ނަފްސާއި ސުވާލުކުރާމީހުންނެވެ.
އަޅުގެ ދުއާ އަކީ އަޅުގެ މިކޮށި ބަސްކޮޅުގެ ސަބަބުން އަޅާއާއި މިފަދަ އެހެންވެސް އަޅުންނަށް ހެޔޮވިސްނި ހައްގަރުޖޫއަވުމުގެ ތައުފީގުދެއްވާ އަޅަމެންނީ ޖަންނަތުލް ފިރްދައުސް ވާރުތަކުރާ ބައެއް ކަމުގައި ލެއްވުމެވެ. އާމީން. الْحَمْدُ للهِ رَبِّ الْعَالَمِيْن.
0 comments:
Post a Comment