Sunday, August 28, 2011

ނޫސްތަކުން ހަބަރު؛ 2013އަށް ވޯޓްލާނެ ރަގަޅުވެރިޔަކު ދައްކާދޭން ސަލަފުޖަމްއިއްޔާއިން އިންޓަރވިޔުކުރަނީ.

 ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވާދަކުރާނެކަމަށްބެލެވޭ ކެނޑިޑޭޓުންނާއިގުޅޭ މައުލޫމާތުތައް ދިރާސާކުރުމުގެ މަސައްކަތް ޖަމްޢިއްޔަތުއްސަލަފުން މިއަދު ފަށައިފިއެވެ.


އެޖަމްޢިއްޔާގެ ސެކެޓްރީޖެނެރަލް މުޙައްމަދު ޞަބާހު މިރޭވިދާޅުވީ ޢާއްމުންނަށް ކުރިންވެފައިވާ ވަޢުދާއި އެއްގޮތަށް 2013 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަމަށްބެލެވޭ ކެނޑިޑޭޓުންގެ މަޢުލޫމާތުތައް ދިރާސާކުރުމުގެގޮތުން މިއަދު ފުރަތަމައިންޓަވިއުކޮށްފައިވަނީ ކުރީގެ އަޓާނީޖެނެރަލް ޑރ. މުޙައްމަދު މުނައްވަރާއި ކަމަށެވެ.

އެގޮތުން ޑރ. މުނައްވަރާއިއެކު ސަލަފުންބޭއްވި ބައްދަލުވުމުގައި އޭނާގެނަޒަރުގައި ޤައުމުގެމިހާރު ޙާލަތާއި، އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ގޮތުން އަދި ޤައުމުގެޙާލަތު ކުރިއަށްލަފާކުރާ ގޮތާއިބެހޭގޮތުން ސުވާލު ކުރިކަމަށެވެ. މީގެ އިތުރުން 2013 ވަނަ އަހަރު ޑރ. މުނައްވަރުގެ ތަސައްވަރު ގެންގުޅުއްވާ ބެހޭގޮތުންވެސް ސުވާލުކުރިކަމަށް ސޮބާޙު ވިދާޅުވިއެވެ.

"މުނައްވަރު ދެކެވަޑައިގެންނެވިގޮތުގައި ރާއްޖެމިހާރު ހިނގަމުންގެންދަނީ ވަރަށް ނާޤާބިލްގޮތަކަށް. ޕޮލިސީލެވެލް ވަރަށްދޯދިޔާ. ޤައުމުގެ ކަންތައްތައްކުރިއަށްގެންދިއުމުގައި އެއްވެސްކަހަލަ ސްޓްރެޓީޖިކް ޕްލޭނެއްނެތްކަމަށް މުނައްވަރު ދެކެވަޑައިގަންނަވާ" ސޮބާޙު ވިދާޅުވިއެވެ.

މުނައްވަރާއިއެކު ބޭއްވެވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ސަލަފުގެރައީސް ޢަބްދުﷲ ބިން މުޙައްމަދާއި ނައިބުރައީސް ޙަސަން މޫސާ ފިކުރީ އަދި ސެކެޓްރީ ޖެނެރަލް ސޮބާހުއެވެ.

ސަލަފުން ބުނީ ޑރ. މުނައްވަރުގެ އިތުރުން ރިޔާސީ އިންތިޚާބަށް ވާދަކުރާނެކަމަށްބެލެވޭ އެހެންކެނޑިޑޭޓުންގެ މަޢުލޫމާތުތައްވެސް ދިރާސާކުރަމުން ގެންދާނެކަމަށެވެ.
    

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons