އަދާލަތުޕާޓީއަކީ މަޝްހޫރުނަމުންނަމަ " ތުނބުޅިލީ މީހުންގެ" ޚާއްޞަޕާޓީއެވެ. މިއީ ލާދީނީ ހުރިހާ މީހުން ޢަދާލަތު ނަންކުރާގޮތެވެ. އަދި އޭގެތެރެއިން ބައެއް ހައްދުފަހަނައަޅައިފާ މީހުން " ތުނބުޅިލީ މުއްލާއިން" ގެ ޕާޓީކަމުގައި ބުނަމުންދިޔައެވެ. އެހެނީ އަދާލަތު އެބައެއްގެ މައްޗަށް އެއްވެފައިވަނީ މާތްރަސޫލާގެ ސުންނަތަށް ލޯބިކުރާ ﷲއާއި ރަސޫލާއަށް ނަޞްރުދޭނޭ މީހުން އެކަނިވަދެގެން ފެށިގެންއައި ޕާޓީއެއްގެގޮތުގައެވެ.
ޕާޓީ އުފެއްދުމުގައި އިސްކޮށްތިއްބެވީ އިސްލާމްދީނުގެ ޢިލްމުވެރިންނެވެ. އަދި އެއާއި ވިދިގެން އިސްލާމްދީނަށް ލޯބިކުރާ އެތައްބަޔަކު ދީނަށް ނަޞްރު ދިނުމުގެގޮތުން އަދާލަތަށް ބައިއަތު ހިފަމުންދިޔައެވެ. އޭރުގައި ސުންނަތާއި އެންމެ ދެކޮޅު މީހުންކަމުގައި އިދިކޮޅުމީހުންނަށް އިޝާރަތްކޮށް އަދާލަތުގެ ޕޯޑިއަމްތަކުގައި އެންމެގިނައިން ވާހަކަދެއްކެވި ޢިލްމުވެރިންނަކީ ތުނބުޅީގެ ސުންނަތުގައި ގަދަޔަށް ހިފަހައްޓަވައިގެން ތިއްބެވި ޡާބިތު ޢިލްމުވެރިންނެވެ. އެހެނަސް އޭގެތެރޭގައި ޡާބިތުނޫން މަދުބަޔަކު ތިބެދާނެކަން އަޅުގަނޑުމެން ދަންނަންޖެހޭނެއެވެ.
އާދަލަތު އުފެދުމުގެ އަސްލަށްބަލާއިރު އޭރުގެ މައުމޫނުގެ ވެރިކަމުގައި އިސްލާމްދީނަށްދީފައިވާ ގެއްލުންތައް ގިނަކަމާއި ޢިލްމުވެރިންގެ އަނގަ ބަންދުވެފައިވާކަމުގައި ގިނަ ޢިލްމުވެރިންތަކަކަށްފެނި އެކަމުގައި ތިބިވަގުތެއްގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙު ޚަރާބުވެ ތަޅާފޮޅުންގިނަވެ ޕާޓީތައް އުފެއްދުމުގެ ހުއްދަ ޤާނޫނީގޮތުން ލިބި އެރޫޙު އުފެދިގެންދިޔުމުގެ ނަތީޖާއެއްގެގޮތުން ސިޔާސީ މަސްރަހުގައި އިސްލާމްދީން ދިފާޢުކޮށް ސުންނަތްޖަމާޢަތުގެ އަހްލުވެރިންގެ މަންހަޖުދިފާޢުކޮށް އެކަމުގައި ދީނަށް ނަޞްރުދީ އެދީނާއިގެން ފިދާވުމަށްކަމަށެވެ.
އެގޮތުން ޕާޓީ އުފެދި ބޭއްވުނު ބައިވަރު ޖަލްސާތަކުގައި މައުމޫނުގެ ތުނބުޅި ނުހުންނަވާހަކައާއި ދިވެހިރާއްޖޭގައި މައުމޫނު ޕްރޮމޯޓްކުރަމުންދިޔައީ ޝާފިޢީ މަޒްހަބުކަމާއި އެހެނަސް ޝާފިޢީ މަޒްހަބުގައި ތުނބުޅިބޭލުމަކީ ޙަރާމް ކަމެއްކަމުގައިވާ ޙުކުމް ބާޔަންކުރުމަށްފަހު، މައުމޫނުގެ ތުނބުޅި އެއްކޮށް ބާލާއިފައި ހުރުމުން އެކަން ކަމުނުގޮސްގެން ވާހަކަ ނުދައްކަވާ ޢިލްމުވެރިއަކު ނުހުންނާނެއެވެ. އެއްބައި ޢިލްމުވެރިން ވާހަކަ ދެއްކެވީ މައުމޫނުގެ ނަންލައިގެންނެވެ. ތަންކޮޅެއް ލަދުވެތި ބޭފުޅުން ވާހަކަ ދެއްކެވީ މައުމޫނުގެ ނަންނުލައެވެ.
ހަމައެއާއިއެކު މައުމޫނުގެ ޕާޓީގައި ތިބި ޢިލްމުވެރިންކަމުގައި ބުނަމުންދިޔަ މީހުންގެތެރެއިން ޚުރާފާތާއި ބިދުޢަތަކަށްގޮވައި ސުންނަތަށް ފުރައްސާރަކުރުމުގައި ހައްދުފަހަނައަޅައި މާތްނަބިއްޔާގެ މައްޗަށް ކަނޑައެޅިގެން ބުހުތާނު ދޮގު ހެދުމުގައި ޑރ. އަފްރާޝީމް ޢަލީ ހިނގައްޖެހިނދު އޭނާ އާއި ބެހޭގޮތުން ދިވެހިރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށް ޖަމްޢިއްޔަތުއްސަލަފުން އިސްނަގައިގެން ބޮޑު ސިންގާ ބަޔާނެއް ނެރުނެވެ. އެބަޔާނުގައި " އެންމެހާ ޝިރުކީ ޢަޤީދާތަކާއި، ފާސިދު ޢަމަލުތަކާއި ބާޠިލު ކަންކަމުން އެއްކިބާވެ ތައުބާވެއްޖެކަން ޢިޢްލާން ކުރުމަށް ދާންދެން :
1. އޭނާގެ ފަހަތުގައި އިޤްތިދާވުމީ ހުއްދަކަމެއްނޫންކަމުގައްޔާއި،
2. އޭނާގެ ކިބައިން ދީނީފަތުވާއާއި ދީނުގެ އެއްވެސް ވާހަކައެއް އަޑުއެހުމަކީވެސް ހެޔޮވާނޭ ކަމެއްނޫންކަމުގައި
16 ޢިލްމުވެރިޔަކު ސޮއިކޮށްފައިވާ ފަތުވާއެއް ނެރެފައިވެއެވެ. އޭގެތެރޭގައި އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހިމެނެއެވެ. މިއީ އޭނާވެސް އިޤްރާރުވެ ނިމިފައިވާ ކަމެކެވެ
އަދި މީގެ އިތުރުން މުޙައްމަދު ރަޝީދު އިބްރާހީމަކީ ހަވީރު ނޫސް 11 ޖޫން 2008 ގައި " އޭނާއަކީ ރަނގަޅަށް އަރަބިބަސް ދަންނަ މީހެއްނޫންކަމަށާއި އަދި ޤުރުއާނުގެ މާނަ ނުބައިކޮށްވެސް ކޮށްފާނޭކަމުގައިބުނެ އަފްރާޝީމާއި ދެކޮޅަށް އިންޓަރވިއުދީފައިވާ މީހެކެވެ." އެފަދަ ޖާހީލެއްކަމަށް ތިމާ އަމިއްލައަށް އެއްބަސްވެފައިވީ ނަމަވެސް ސުންނަތަށް ފުރައްސާރަކުރުމަށް އަލުން އޭނާއަށް ބައިޢަތު ހިފައިގެން މީސްތަކުންގެ ބުއްދިއަށް ޖޯކުޖަހަމުންދަނީ ތިމާމެންނަކީ ކިހާ ތާކުންތާކުނުޖެހޭ ބައެއްކަން އެހެންމީހުންނަށް ދައްކަން ހެއްޔެވެ؟ ހަމަ ސަހަރޯއެވެ؟....30 އަހަރުވަންދެން އޮޅުވާލި އޮޅުވާލުންވެސް މަދުވީއެވެ.
ނަމަވެސް ބުރުމާ ޤާސިމްގެ ވީޓީވީން އާދަމް ނަސީރުގެ މޭސްތިރިކަމުގައި އޭނާގެ ޚާއްޞަރޭވުމުގެދަށުން މިނުބައި ޖާހިލު އަފްރާޝީމާއިއެކު މާތްރަސޫލާގެ ތުނބުޅީގެ ސުންނަތަށް ފުރައްސާރަކޮށް ޖޯކުޖެހީ އެއްކަލަ ފަތުވާ ހުއްދަނުވާ އަފްރާޝީމާއި ކުރީގައި ދީން އޮޅުވައިލިކަމަށް ބުނާ މުޙައްމަދު ރަޝީދު އިބްރާހިމާއިއެކު މުޙައްމަދު ޝަހީމް އަލީ ސަޢީދުވެސް ބައިވެރިވެގެންނެވެ. ކިރިޔާވެސް ދީނީ ޢިލްމު ފިލާފައިވާ މީހަކަށްވިއްޔާ ތުނބުޅިއާއި ބެހޭގޮތުން މި ތިންމީހުން ދައްކާފައިވާ ބުހުތާނުތަކާއި ހަދާފައިވާ ދޮގުތައް ވީޑިއޯ ބެއްލެވި ކޮންމެ ބޭފުޅަކަށް ފެންނާނެއެވެ. މި މައްސަލައިގައި އައްޑޫއާއި ފޯއްމުލަކާއި އުތުރާއި ދެކުނުން މީސްތަކުން އެކިއެކި ޢިލްމުވެރިންނަށް ފޯނުކޮށް މައްސަލަވަނީ ވަރަށް ހޫނުވެފައެވެ. މިފަދައިން ނުވިސްނާކަންކަން ކުރުމުގެ ނަތީޖާގެގޮތުން އަދާލަތުން މީސްތަކުން ކެނޑެން ފެށުމުން ތިމާމެންނަށް ދެއްކޭ ވާހަކައެއްނޭނގި ޕާޓީ ހެދި މަޤްސަދާޢި ޚިލާފަށް އެނބުރި، މީސްތަކުން އެކަމާއި ވާހަކަދައްކަންފެށީމައި އެކަމާއި އެހެންމީހުން ކުށްވެރި ނުކުރައްޗެވެ.
ޅެންހެދުމުގެ އެދުރުބެއެއްކަމަށް ހެދިގަނެގެންއުޅޭ ތޮއްޑޫ އާދަމް ނަސީރުގެ މަކަރުވެރި ރޭވުމުގެ ދަށުން ސުންނަތަށް ލޯބިކުރާމީހުންގެ ކުރިމަތީގައްޔާއި އަދާލަތުގެ ތެރޭގައި އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަގުވައްޓާލައިފިއެވެ. މިއީ ތޮއްޑޫ އާދަން ނަސީރަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ. ކުރިއާއިފަހަށް ހަނދާން ނުހުންނަ ޣާފިލްވާ މީހުންނަށް ވާނީވެސް މިހެންނެވެ. ﷲ އަހަރެމެން މިފަދަ ބަސްތައް ރައްދު ކުރާމީހުންގެ ތެރެއިން ނުލައްވާށިއެވެ. އަދި މި ފަދަ މީހުންގެ ކިބައިން އަޅަމެން ސަލާމަތްކުރައްވާށި...
ބުރުމާގާސިމަކީ ދިވެހިހުރިހައި ރައްޔިތުންގެ ލޯބި ލިބިފައިވާ ޤަދަރުވެރި އަދި އެހާމެ ދީލަތި ބޭފުޅެކެވެ. ބުރުމާޤާސިމަށް ނޭނގުނަސް ޤާސިމުއާއި ދޭތެރޭގައި ހަސަދަލައިގެން އުޅޭމީހުން އޭނާގެ ކައިރީގަވެސް އުޅޭނެއެވެ. އެކިމީހުން އެބައިމީހުންގެ ހަސަދަ އަނެކާއަށް ފިލުވާލާނީ އެކިގޮތަށެވެ. އެގޮތުން ޤާސިމުގެ ޓީވީއިން ދިވެހި މުސްލިމުން ރުޅިއަރާ ވައްތަރުގެ މީހުން އަރުވައި އަދި އެންމެންގެ ތެރޭގައި ޤާސިމުއަށް މީހުންދޭ އިޙްތިރާމު ގެއްލުވާލަމުންދާއިރު ޤާސިމުވެސް މިކަމާއި ފުންކޮށް ވިސްނަންޖެހޭނެއެވެ. ޤާސިމަކީ ކޮންމެފަހަރަކު ކެމްޕޭނުތެރޭގައި ރައްޔިތުންގެ ކައިރިއަށް ވޯޓަށް ސަލާންޖަހަން އަންނަންޖެހޭ މީހެއްކަން ޚުދު ޤާސިމުވެސް ވިސްނަންޖެހޭނެއެވެ. ނަމަވެސް ރައްޔިތުންގެދީނަށް ޤާސިމުގެ ޓީވީން ފުރައްސާރަކުރަން ފެށުމުން ދިވެހިމުސްލިމުން ބުރުމާ ޤާސިމުއާއިދޭތެރޭގައި ދެން ވިސްނާނެކަން ޔަޤީނެވެ.
ތިރީގައިވާ ލިންކުން އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޮއިކޮށްފާއިވާ ލިޔުން ބައްލަވާލައްވާ...
http://www.jamiyyathusalaf.com/?p=670

0 comments:
Post a Comment