Thursday, August 18, 2011

ޚަބަރު ނޫސްތަކުން: ގޯލްޑަން ޗާން ބަޓަރ ކެއުން މެލޭޝިއާގައި މަނާކޮށްފި.

މުޅި ދުނިޔެއަށް ނަން މަޝްހޫރު ގޯލްޑަން ޗާން ބަޓަރ ކެއުން ހުއްދަ ނުވާނެ ކަމަށް މެލޭށިއާގެ އިސްލާމިކް ޑިވެލޮޕްމެންޓް ޑިޕާޓްމެންޓުން ނިންމައިފިއެވެ.


ޚަބަރު ލިބޭ ގޮތުގައި އިސްލާމިކް ޑިވެލޮޕްމެންޓް ޑިޕާޓްމެންޓުން މިގޮތަށް ނިންމާފައި ވަނީ، ގޯލްޑަން ޗާން ބަޓަރ ގައި އޫރުގެ ޑީއެންއޭ ހުންނަކަން ޔަޤީންކުރެވިގެންނެވެ. މި ޑިޕާޓްމެންޓުގެ ޑިރެކްޓާ ޖެނެރަލް އުސްމާން މުސްތަފާ ހާމަކުރެއްވި ގޮތުގައި، މެލޭށިއާއަށް މި ބްރޭންޑުގެ ބަޓަރ އެތެރެކުރާ ފަރާތް ކަމަށްވާ ބެލެންޓައިން ފުޑްސް އަށް މިހާރު ވާނީ އެކަން އަންގާ، ބާޒާރުން މި ބްރޭންޑުގެ ހުރިހާ އުފެއްދުމެއް ނަގަން އަންގައިފައެވެ. އަދި ކުންފުނިންވެސް އެކަމަށް އެއްބަސް ވެފައި ވާކަމަށް އުސްމާން ހާމަކުރެއްވިއެވެ.

މުސްތަފާ މިހެން ހާމަކުރަށްވާފައި ވީނަމަވެސް، ބެލެންޓައިން ފުޑްސްގެ ރީޖަނަލް ޖެނެރަލް މެނޭޖާ، ހިންމަތު ނަސްރުﷲ ނޫސްވެރިންނާ ވާހަކަ ދަށްކަވަމުން ހާމަކޮށްފައި ވަނީ، މެލޭށިއާއަށް އެތެރެ ކުރާ ބަޓަރ ކެއުން ހުއްދަ ވާނެކަމަށެވެ. އަދި ކައިރި މުސްތަޤްބަލެއްގައި އަލުން މި ބްރޭންޑް ފިހާރަތަކުގެ ހަރުތަކުން ފެނިގެން ދާނެކަމަށް އޭނާ ހާމަކުރެއްވިއެވެ. ބެލެންޓައިން ފުޑްސް އުން މެލޭށިއާއަށް ގޯލްޑަން ޗާން ބްރޭންޑުގެ ދެ ވަށްތަރެއްގެ ބަޓާ އެތެރެ ކުރަމުން ދެއެވެ. ނަމަވެސް މީގެ ތެރެއިން ހަލާލު ނޫންކަމަށް ނިންމާފައި ވަނީ ދަޅުގައި ބަންދުކޮށްފައި ހުންނަ ވަށްތަރުގެ ބަޓަރެވެ.

ގޯލްޑަން ޗާން ބަޓަރަކީ ދިވެހި ރާއްޖޭގައިވެސް ވަރަށް ގިނަ އަދަދަކަށް ވިއްކަމުން ދާ ބާވަތަކަށް ވީ ހިނދު، އިތުބާރު ހުރި ފަރާތަކުން މިތަކެއްޗާމެދު ގޮތެއް ނިންމަވާންދެން އަޅުގަނޑުމެން ގޯލްޑަން ޗާން ބަޓާރ ނުކެއުން ރައްކާތެރިވެގެން ވެއެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons