ޝައިޠާނާގެ ކިބައިން ސަލާމަތް ވާނީ ކިހިނެއް؟
ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް
ސުވާލު:ޝައިޠާނާގެ ކިބައިން ސަލާމަތް ވާނީ ކިހިނެއް؟ އަމަލީ ގޮތުން ކުރެވިދާނެ ކަންކަމާއި ދުޢާއެއްވާނަމަ ވަރަށް ތަފްސީލުކޮށް ބުނެދީ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ޝައިޠާނާ އަކީ އިންސާނުންގެ އެންމެ ބޮޑު ޢަދާވާތް ތެރިޔާއެވެ. އެހެންކަމުން ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބަޢަ ނުވުމަށް ކީރިތި ގުރްއާނުގެ އެތައް ތަނެއްގައި ވަނީ އަންގަވާފައެވެ. ސޫރަތުލް ބަގަރާގެ 168-169 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. "يَاأَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ إِنَّمَا يَأْمُرُكُمبِالسُّوءِ وَالْفَحْشَاءِ وَأَن تَقُولُوا عَلَى اللَّـهِ مَا لَا تَعْلَمُونَ" މާނައަކީ: " އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިންحلال ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި شيطان އާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން تبع ނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެ شيطان އާއީ، ތިޔަބައިމީހުންނަށްހުރި ކަނޑައެޅި ބަޔާންވެގެންވާ عداوة ތެރިޔެކެވެ. އެ شيطان އާ ތިޔަބައިމީހުންނަށް أمر ކުރާކަން ކަށަވަރީ ނުބައިކަންތަކާއި ހުތުރުކަންބޮޑު ފާފަތަކަށެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް اللَّه އާމެދު ތިޔަބައިމީހުން ބުނުމަށެވެ".
ސޫރަތުލް ބަގަރާގެ 208 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. " يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُواخُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ" މާނައަކީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެން إسلام دينއަށް ކިޔަމަންވުމުގެ ތެރެޔަށް ވަންނާށެވެ! އަދި شيطان އާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން تبع ނުވާށެވެ! އެހެނީ، ހަމަކަށަވަރުން އެ شيطان އާ އަކީ ތިޔަ ބައިމީހުންނަށް ހުރި بيان ވެގެންވާ عدوّ އެކެވެ".
ސޫރަތުލް އަންޢާމްގެ ގެ 142 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. " وَمِنَ الْأَنْعَامِ حَمُولَةً وَفَرْشًا ۚ كُلُوا مِمَّارَزَقَكُمُ اللَّـهُ وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ". މާނައަކީ: " އަދި نعم ސޫފީގެ ތެރެއިން، އެއްޗެތި އުފުލާ އުސްތަކެއްޗާއި، އަދި (އެކަމަށް ކުޅަދާނަވެގެން ނުވާ) ބިމަށްތިރި ތަކެތި، އެކަލާނގެ އުފެއްދެވިއެވެ. ތިޔަބައިމީހުންނަށް اللَّهދެއްވި ތަކެތިން ތިޔަބައިމީހުން ކާށެވެ! އަދި شيطان އާގެ ފިޔަވަޅުތަކަށް، ތިޔަބައިމީހުން تبع ނުވާށެވެ! ހަމަކަށަވަރުން، އެ شيطانއާއަކީ، ތިޔަބައިމީހުންނަށް ކަނޑައެޅި ބަޔާންވެގެންހުރި عداوة ތެރިއެކެވެ".
ސޫރަތުއް ނޫރުގެ 21 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. " يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ وَمَنيَتَّبِعْ خُطُوَاتِ الشَّيْطَانِ فَإِنَّهُ يَأْمُرُ بِالْفَحْشَاءِ وَالْمُنكَرِ ۚ وَلَوْلَا فَضْلُ اللَّـهِ عَلَيْكُمْ وَرَحْمَتُهُ مَا زَكَىٰ مِنكُم مِّنْ أَحَدٍأَبَدًا وَلَـٰكِنَّ اللَّـهَ يُزَكِّي مَن يَشَاءُ ۗ وَاللَّـهُ سَمِيعٌ عَلِيمٌ" މާނައަކީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންشيطان އާގެ ފިޔަވަޅުތަކަށް تبع ނުވާށެވެ! އަދި شيطان އާގެ ފިޔަވަޅުތަކަށް تبع ވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެشيطان އާ ހުތުރުކަންބޮޑު ފާފައާއި، ނުބައިކަންތަކަށް އަމުރުކުރެތެވެ. އަދި اللّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ތިޔަބައިމީހުންގެ މައްޗަށް ނުވާނަމަ، ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް، ދުވަހަކުވެސް ފާފަތަކުން طاهر ވެ ސާފެއްނުވީހެވެ. އެހެނެއްކަމަކު، اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކު طاهر ކުރައްވައި، ސާފުކުރައްވަތެވެ. اللّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ".
ޝައިޠާނާގެ ކިބައިން ދުރުހެލިވުމަށްޓަކައި ޢަމަލީ ގޮތުން ކުރެވިދާނެ ކަންތައް ތަކުގެ ތެރޭގައި:
1. ފަރްޟު ފަސްނަމާދަށް ރައްކާތެރިވެ، މާތް ﷲ ގެ އެންމެހައި އަމުރުފުޅުތަކަށް ފުރިހަމަ އަށް ކިޔަމަންތެރިވެ، ނަހީ ކުރެއްވި ކަންތަކުން ދުރުހެލިވެ ރައްކާތެރިވުން.
2. ދުވާލަކު އެއް ފަހަރު ބަގަރާ ސޫރަތް ކިޔެވުން. ސޫރަތުލް ބަގަރާ ކިޔެވޭ ގެއަކަށް ޝައިޠާނާ ކައިރި އެއް ނުވާނެއެވެ.
3. ނިދަން އޮށޯވެފައި އާޔަތުލް ކުރްސީ ކިޔެވުން. މިގޮތަށް ކަންކޮށްފިނަމަ ފަތިސްވުމާއި ހަމައަށް ޝައިޠާނާ އެމީހަކާ ކައިރި އެއް ނުވާނެއެވެ.
4. “لا إله إلا الله وحده لا شريك له, له الملك وله الحمد وهو على كل شيء
قدير" މިފަދައިން ދުވާލަކު ސަތޭކަ ފަހަރު ކިޔުން.
قدير" މިފަދައިން ދުވާލަކު ސަތޭކަ ފަހަރު ކިޔުން.
5. ގިނަ ގިނައިން ﷲ ޛިކްރު ކުރުން. ﷲ ޛިކްރު ކުރެވޭ ތަނަކަށް ކައިރި ވުމަށް ޝައިޠާނާ ފަސްޖެހެއެވެ.
6. ޝައިޠާނާގެ ކިބައިން ދުރުހެލިކޮށްދެއްވުން އެދި އަޢޫޛު ކިޔުން. والله أعلم
ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް
0 comments:
Post a Comment