Thursday, August 11, 2011

ކީރިތި ގުރުއާންގެ މުއުޖިޒާތުގެ ތެރެއިން.....




   ކީރިތި ޤުރުއާނަކީ، މާތް  ބާއްވައި ލައްވައިފައިވާ، ބޮޑުވެގެންވާ އަދި ޤިޔާމަތާއި ހަމައަށް ދެމިގެންދާނޭ، މުޢްޖިޒާތެކެވެ. އެއީ އެފަދަ ދެވަނަ ފޮތެއް، ނުވަތަ އާޔަތެއް ނަމަވެސް، އިންސީންނާއި ޖިންނީން އެކީގައި މަސައްކަތް ކޮށްގެންވެސް ނުގެނެވޭނޭ ކަމަށް އަންގަވާފައިވާ ފޮތެއްވެސް މެއެވެ. ޤުރުއާނުގެ ޢަޖާއިބުކަމާއި، ފުރިހަމަކަން، އެފޮތުގައިވާ ބައެއް ލަފްޒުތައް، ތަކްރާރު ވެފައިވާ މިންވަރުތަކަށް ފުންކޮށް ވިސްނާލިޔަސް ދޭހަވެއެވެ. ޤުރުއާނުގައިވާ، މިފަދަ ބައެއް ކަންތައްތައް ފަހަކަށް އައިސް، ބައެއް ޢިލްމުވެރިންގެ މަސައްކަތުން ހޯދައިފައިވެއެވެ.


* ޤުރުއާނުގައި، އައްދުންޔާ (ދުނިޔެ)، މިލަފްޒު ތަކުރާރުވެފައިވަނީ، 115 ފަހަރު
* އަލް އާޚިރާ (އާޚިރަތް)، މިލަފްޒުވެސް ތަކުރާރުވެފައިވަނީވެސް، 115 ފަހަރު

* ޤުރުއާނުގައި، އަލްމަލާއިކާ (މަލާއިކަތް ބޭކަލުންގެ ވާހަކަ)، މިލަފްޒު ތަކުރާރުވެފައިވަނީ 8 ފަހަރު
* ޝައިޠާނުގެ ވާހަކަވެސް، ތަކުރާރުވެފައިވަނީ، 8 ފަހަރު

* ޤުރުއާނުގައި، އިބިލީސްގެ ލަފްޒު ތަކުރާރުވެފައިވަނީ 11 ފަހަރު
* އޭނާގެ ނުބައި ކަމުން ﷲގެ ޙަޟްރަތުން އެހީއަށް އެދުމަށް އަންގަވައިފައިވަނީވެސް، 11 ފަހަރު

* ޤުރުއާނުގައި، އައްޞާލިޙާތު (ހެޔޮ ކަންތައް)، މިލަފްޒު ތަކުރާރުވެފައިވަނީ، 167 ފަހަރު
* އައްސައޔިއާތު (ނުބައި ކަންތައް)، މިލަފްޒު ތަކުރާރުވެފައިވަނީވެސް، 167 ފަހަރު

* ޖަޒާގެ ވާހަކަ، 117 ފަހަރު އައިސްފައިވޭ
* ނަމަވެސް، ފާފަ ފުއްސަވާދެއްވުމުގެ ވާހަކަ އޭގެ ދެގުނަ، 234 ފަހަރު އައިސްފައިވޭ

* ޝިއްދާ ނުވަތަ ދަތި އުނދަގޫ މުޞީބާތުގެ ވާހަކަ، އައިސްފައިވަނީ 102 ފަހަރު
* މުޞީބާތްތަކަށް ކެތްކުރުމުގެ ވާހަކަވެސް، 102 ފަހަރު އައިސްފައިވޭ

* ޤުރުއާނުގައި، އަލްފުއްޖާރް (ނުބައި ނުލަފާ މީހުންގެ ވާހަކަ)، އައިސްފައިވަނީ 3 ފަހަރު
* އަލްއަބްރާރު (ހެޔޮލަފާ މީހުންގެ ވާހަކަ)ގެ ވާހަކަ އައިސްފައިވަނީ، އޭގެ ދެގުނަ ކަމުގައިވާ 6 ފަހަރު

* ޤުރުއާނުގައި، އަލްޢުސްރު (ދަތި އުނދަގޫ)، މިލަފްޒު ތަކުރާރުވެފައިވަނީ، 12 ފަހަރު
* އަލްޔުސްރު (ފަސޭހަކަމުގެ ވާހަކަ)، މިލަފްޒު ތަކުރާރު ވެފައިވަނީ، މީގެ ތިންގުނަ، 36 ފަހަރު

* ޤުލް (ބުނާށޭ)، މިލަފްޒު 332 ފަހަރު އައިސްފައިވޭ
* ޤާލޫ (އެބައިމީހުން ބުންޏޭ)، މިލަފްޒުވެސް ތަކުރާރުވެފައިވަނީ 332 ފަހަރު

* ޙަޔާތުގެ ލަފްޒު، 145 ފަހަރު
* މަރުގެ ވާހަކަވެސް، 145 ފަހަރު އައިސްފައިވޭ

* އަލްޖަޙީމްގެ ވާހަކަ އައިސްފައިވަނީ 26 ފަހަރު
* ޢިޤާބްގެ ވާހަކަވެސް ވަނީ 26 ފަހަރު

* އައްރަޖުލް (ފިރިހެނާގެ ވާހަކަ) ތަކުރާރު ވެފައިވަނީ 24 ފަހަރު
* އަންހެނުންގެ ވާހަކަވެސް، އައިސްފައިވަނީ 24 ފަހަރު

* ދުވަސް، މުފްރަދުކޮށް ، އެއްމެ ދުވަހެއްކަން ބަޔާންކޮށްދޭ ލަފްޒު އައިސްފައިވަނީ 365 ފަހަރު
* ދުވަސް، މުޘައްނާކޮށް، ދެދުވަހެއްކަން ހާމަކޮށްދޭ، ލަފްޒު އައިސްފައިވަނީ 30 ފަހަރު

* އިރުގެ ލަފްޒު އައިސްފައިވަނީ، 12 ފަހަރު
* ނަމާދުގެ ވާހަކަ އައިސްފައިވަނީ 5 ފަހަރު

* ކަނޑުގެ ވާހަކަ އައިސްފައިވަނީ 32 ފަހަރު
* ހިކިފަސްތަނުގެ ވާހަކަ އައިސްފައިވަނީ، 13 ފަހަރު

* އަދި މިދެތަނުގެ ވާހަކަ އެއްތަނެއްގައި 13 ފަހަރަށް ގެނެސްފައިވޭއެވެ. 32، 45 އަކުން ގެއްލައިފިނަމަ، ޖަވާބަކަށް އަންނާނީ، 71.111އިން ސައްތައެވެ. މިއީ ދުނިޔޭގެ ހިކިފަސްތަނަށް ބަލާއިރު، ކަނޑުގެ ނިސްބަތް ކަމަށް، ސައިންސް ވެރިންވެސް ބުނާ ނިސްބަތް

* ލަފްޒުއް ޖަލާލާ ނުވަތަ ﷲ ގެލަފްޒު، އައިސްފައިވަނީ 2699 ފަހަރުއެވެ.  މިއީ ހަމައެކަނި އެނަންބަރުންނޫނީ ގެއްލި ހުސްނުވާ ޢަދަދެކެވެ. މީގެ މާނައަކީ، މިއީ އެކި ބައި ބަޔަށް ބެހޭނެ ޢަދަދެއް ނޫނެވެ. ޢަދަދަށް ވިސްނާލުމުން މިގޮތުންވެސް، އެކަލާނގެ އެއްކައުވަންތަކަން ދައްކައިދޭ މެއެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons