އެންމެހާ ބޭކަލުންނާއި ބޭކަނބަލުންނޭވެ.
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވީ ހިނދު އަމަލުން މުސްލިމެއްކަމުގައި ދައްކަން އެބަޖެހެއެވެ. އަޅުގަނޑުމެންނަކީ އާ އަހަރު ތަހުނިޔާކިޔައި ކާފަރުންގެ އީދެއްގައި ބައިވެރިވާން ޖެހޭފަދަ ބަޔެއްނޫނެވެ.

އަދި ކިއެއްތަ އަހަރެމެންނަކީ ފަހުރުވެރި މުސްލިމުންނެވެ. މުސްލިމުންނަށް އެކަށީގެންވަނީ މުސްލިމުންގެ ގޮތުގައި ހިފަހައްޓައި ﷲ ފޮނުއްވި ނަބިއްޔާގެ މަގުގައި ހިފައި އެކަލޭގެފާނުގެ ޞަޙާބީންގެ މަގުގައި ހިނގުމެވެ.
ތާރީޚީގޮތުން އާ އަހަރު ފާހަގަކުރަން ފެށުނީ ކިހިނެއް؟

އާއަހަރު ފާހަގަކުރުމަކީ ރޯމަނުން އީސާ ޢަލައިހިއްސަލާމްގެ ކުރިން އެބައިމީހުންގެ ކަލާންގެއަކާއި ގުޅުވައިގެން ފާހަގަކުރަން ފެށިދުވަހެކެވެ. އެގޮތުން މިދުވަސް ރިފޯމްކޮށް 46 ބީސީގެ ކުރިން އަލުން ފާހަގަކުރަން ފެށީ ޖޫލިއަސް ގައިސަރއެވެ. އެޔަށްފަހު މީނާ މަރާލުމުން މިދުވަސް ފަހުން ފާހަގަކުރަން ފެށީ މީނާގެ ހަނދާނުގައެވެ. ނަމަވެސް މިދުވަހުގެ އަސްލަކީ ބީސީގެ 150 އަހަރު ކުރިން ރޯމަނުންގެ ކަލާނގެއެއްކަމަށް ޖޭނަސް އެވެ. މިއީ ދެމޫނު ހުންނަ އެމީހުން ޝަރީކުކޮށް އުޅުނު ބުދެކެވެ. މިދުވަހުގެ އަސްލަކީ ރޯމަނުންގެ މުޝްރިކުންގެ މިފާހަގަކުރުންކަމާއި މެދު ޝައްކެއްނެތެވެ. އަދި ހަތްވަނަ ޤަރުނުގައި ޔޫރަޕުގައި މިދުވަސް ފާހަގަކުރުމަށްޓަކައި ހަދިޔާ ބަދިޔާ ބަދަލުކުރެވެމުން ދިޔައެވެ. (1)
ދެން އެޔަށްފަހު ޔޫރަޕުގައި މިއާދަ ފެތުރި ނަޞާރާއިން މިދުވަސް ފާހަގަކުރަންފެށީ އެބައިމީހުންގެ ދީނާއި ކުރީގެ އެބައިމީހުންގެ އީދުތަކާއި ގުޅުވައިގެންނެނެވެ. ވީމާ މިކަމުގެ އަސްލަކީ އަދި މިހާރުވެސް މިއީ ކާފަރުންގެ އީދެއްކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ. މިއަދު މުޅި ދުނިޔޭގައި ލީޑްކުރާ މީހުންނަކީ ޔޫރަޕުކަމުގައިވެ އެމީހުން ކުރާ ކޮންމެ ކަމެއް މުޅި ދުނިޔެއަށް ފެތުރި އެމީހުންގެ ފިލްމުތަކާއި އަދިވެސް އެނޫން އާދަތަކުގެ ސަބަބުން އެކަންކަން ޙަޤީޤަތެއް ބެލުމެއްނެތި ދުނިޔޭގައި ވަނީ ޖަންގައްޔެއްގައި ހިފާ ހުޅުގަނޑެއްހެން ފެތުރެން ފަށާފައެވެ. އެގޮތުން މުސްލިމު ޒުވާނުންގެ ތެރެއަށްވެސް މިބަލާ އާއި މުޞީބާތް ފެތުރިފައިވަނީ އެފަދައިންނެވެ. މިއީ މުސްލިމުން ކޮންމެހެންވެސް ދުރުވާން ޖެހޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَالَّذِينَ لاَ يَشْهَدُونَ الزُّورَ وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَاماً}
މާނައިގެ ތަރުޖަމާއީ: "އަދި އެބައިމީހުންނަކީ ދޮގުހެކިނުދޭ މީހުންނެވެ. އަދި ބޭކާރު ކަމަކާއި(ޝައިތާނީ ޢަމަލެއް ނުވަތަ ޝައިތާނީ ބަސްތަކެއް) ދިމާވެއްޖެނަމަ އަބުރުރައްކާކުރާމީހުންގެ ގޮތުގައި އެކަމެއް ދޫކޮށް ދާމީހުންނެވެ." (2)
އަދި މިއާޔަތުގެ ތަފުސީރުގައި މުޖާހިދު އަދި އިކުރިމާއި އަދި ރަބީޢު ބިން އަނަސް ވިދާޅުވަނީ އެއީ މުޝްރިކުންގެ ޢީދުތައްކަމުގައެވެ. (3)
އަދިވެސް ﷲ ސުބުހާނަހޫ ވަަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
اتَّبِعُوا مَا أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُوا مِن دُونِهِ أَوْلِيَاءَ ۗ قَلِيلًا مَّا تَذَكَّرُونَ
ތިޔަބައިމީހުންގެ ވެރިރައްބުގެ ހަޟްރަތުން ބާވާލެއްވުނު ތަކެއްޗަށް(އެބަހީ ޤުރުއާނާއި މާތްނަބިއްޔާގެ ސުންނަތަށް) ތިޔަބައިމީހުން ތަބާވާށެވެ. އަދި އެއިލާހު ފިޔަވައި އެނޫން އެހީތެރިންތަކަށް ތަބާނުވާހުށިކަމެވެ. ތިޔަބައިމީހުން މަދުން މެނުވީ ހަނދުމަކުރާ ކަމުގައިނުވެއެވެ. (4)

وَاتَّبِعُوا أَحْسَنَ مَا أُنزِلَ إِلَيْكُم مِّن رَّبِّكُم مِّن قَبْلِ أَن يَأْتِيَكُمُ الْعَذَابُ بَغْتَةً وَأَنتُمْ لَا تَشْعُرُونَ
އަދި ތިޔަބައިމީހުން ތިޔަބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތުން ބާވާލެއްވުނު އެންމެހެޔޮވެގެންވާ (އެބަހީ ޤުރުއާނަށް) ތަބަޢަވާހުށިކަމެވެ. އެއީ ތިޔަބައިމީހުންނަށް ނޭންގި ތިއްބާ ތިޔަބައިމީހުންގެ ގަދަފަދަވެގެންވާ އަޛާބު އައުމުގެ ކުރިންނެވެ. (5)
މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘްކުރެއްވިއެވެ.
مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ
މީސްތަކުންގެ ބަޔަކާއި ވައްތަރު ވެގެންފީ މީހާވަނީ އެމީހުންގެ ތެރެއިންނެވެ. (6)
އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަބަރުދެއްވާފައިވެއެވެ.
عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ " لَتَتْبَعُنَّ سَنَنَ مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ ". قُلْنَا يَا رَسُولَ اللَّهِ الْيَهُودُ وَالنَّصَارَى قَالَ " فَمَنْ ".
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. : ތިޔަބައިމީހުންގެ ކުރީގެ މީހުންގެ ގޮތްތަކަށް ތިޔަބައިމީހުން ކާވަތުން ކާވަތުން ތަބާވާނެއެވެ. އެޔަށްފަހު މުށްމުށުން ތަބާވާނެއެވެ. އެއީ އެބައިމީހުން ސަޙަރާގެ އުޅޭ ބޮނޑެއްކަމަށްވާ ޟައްބުގެ ޙަރަށް ވަންކަމުގައިވިޔަސް އެމީޙުންގެ ފަހަތުން ގޮސްވަންނާނެއެވެ. ދެން ތިމަންބޭކަލުން(ޞަޙާބީ ބޭކަލުން) ދެންނެވީމެވެ. އޭ ރަސޫލުﷲއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިންހެއްޔެވެ؟ ނަބިއްޔާ ޙަދީޘްކުރެއްވިއެވެ. "ދެން ކޮންބައެއްހެއްޔެވެ؟" (7)
އަދިވެސް މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
"مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ" .
"މިދީނުގައި(ނުވަތަ ޝަރީޢަތުގައި) ކީރިތި ޤުރުއާނުން ނުވަތަ ސުންނަތުން ސާބިތުނުވާ ޢަމަލެއްކޮށްފި މީހާ ދަންނާށެވެ. ފަހެ އެކަމެއްވަނީ އެމީހަކަށް ރައްދުވެގެންނެވެ.(އެބަހީ އަމަލުޤަބޫލުވެވިގެން ނުވެއެވެ.)" (8)

(خير الحديث كتاب الله وخير الهدي هدي محمد صلى الله عليه وسلم ، و شر الأمور محدثاتها وكل بدعة ضلالة )
އެންމެ ހެޔޮވެގެންވާ ބަހަކީ ﷲގެ ފޮތެވެ. އަދި އެންމެ ހެޔޮވެގެންވާ މަގަކީ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދައްކަވައިދެއްވި އެކަލޭގެފާނުގެ ހިދާޔަތެވެ.(ސުންނަތެވެ.) އަދި އެންމެ ނުބައިވެންވަނީ ދީނުގެ ނަމުގައި އަލަށް އުފެދޭ ކަންކަމެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. (9)

فَإِنَّهُ مَنْ يَعِشْ مِنْكُمْ فَسَيَرَى اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيينَ، عَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ؛ فَإِنَّ كُلَّ بِدْعَةٍ ضَلَالَةٌ".
ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ދިރިތިބީންގެ މައްޗަށް ބޮޑެތިވެގެންވާ ޚިލާފުތައް ފެންނާނެއެވެ. ފަހެ އޭރުން ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަންކަލޭގެފާނުގެ ސުންނަތާއި އަދި ތެދުމަގު ދައްކަނިވި ހަތަރުޚަލީފާއިން(ޚުލަފާއުއްރާޝިދޫން) ހިންގެވި ގޮތެވެ. ފަހެ ތިޔަބައިމީހުންގެ ކޮލުދަތްތަކުން އޭގައި ގަދަޔަށް ދަތްއަޅާހުށިކަމެވެ. ފަހެ ތިޔަބައިމީހުންގެ މައްޗަށް ދީނުގެ ނަމުގައި އަލަށްއުފެދޭކަންކަމުގެ މައްޗަށް އިންޒާރުކުރައްވަމެވެ(އެކަމުން ސަލާމަތްވެ ތިބުމުގެ މައްޗަށެވެ). ފަހެ ހަމަކަށަވަރުން ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." (10)
ޝެއިޚުލް އިސްލާމް އިބުނި ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
" (ކާފަރުންގެ) އީދުދުވަސްތަކާއި އަދި ބަންދު ދުވަސްތަކުގެ ވާހަކަ ދައްކާއިރު އެތައް ގޮތަކުން ބަލާ ވިސްނަން ޖެހެއެވެ. ފުރަތަމަ ޢީދުތަކާއި ބަންދު ދުވަސްތައް އަންނަނީ ފުޅާ ގޮތްތަކަކާއި އަދި ޤަވާއިދުތަކާއި އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތިޤުރުއާނުގައި ބަޔާންކޮށްދެއްވާފައިވާ ފަދައިން ކޮންމެ ޤައުމަކަށް އެބަޔަކު ފާހަގަކުރާނެ ހާއްޞަ ކަންތައްތަކެއް ވެއެވެ. މިސާލަކަށް ޤިބުލައަށް ކުރިމަތިލުމާއި، ނަމާދު ކުރުމާއި އަދި ރޯދަހިފުމެވެ. އެބައިމީހުންގެ ބަންދު ދުވަސްތަކަށް އެއްބައިވުމަކީ އެބައިމީހުންގެ ކާފަރުކަމާއި އެއްބައިވުމެވެ. އަދި އެބައިމީހުންގެ ދީނުގެ ކުދިކަންކަމަށް އެއްބަސްވުމެވެ. (ނުވަތަ ރުހުން އޮތްކަން ހާމަކުރުމެވެ. ) އެއީ ކާފަރުކަމުގެ ވަކި މިންވަރަކަށް ތަބާވެވެނީއެވެ. ހަޤީޤަތުގައި އެބައިމީހުންގެ ޢީދުތަކާއި އަދި ބަންދު ދުވަސްތަކަކީ އެބައިމީހުން މުސްލިމުންނާއި އެންމެ ބޮޑަށް ފާހަގަކޮށްދޭ ދުވަސްތަކެވެ. ޙާއްޞަކޮށް އެބައިމީހުންގެ އީދުދުވަސްތަކެވެ. ( މިސާލަކަށް ވެލެންޓައިންސް ދުވަސް ކުރިމަސް ފަދަ ދުވަސްތަކެވެ) މިބަޔަށް އެއްބަސްވުމަކީ ކާފަރުކަމުގެ އެންމެބޮޑަށް ފަރަޤުކޮށްދޭ ކަންކަމަށް އިއުތިރާފުވުމެވެ. އެހެންކަމުން އެކަމަށް އެއްބަސްވެ ވަކިބަޔަކަށް އިއުތިރާފު ވުމަކީ ދީނުން ތިމާ ނަފީކުރަމުން ގެންދާނެ ކަންކަމެވެ. އެންމެ ފަހުން އޭނާ ދީނުން ބޭރުވެފައިވާ ހާލަށް މިފަދަ އަމަލުތައް ވައްޓާލައެވެ " (11)
އިމާމު އިބުނު ޤައްޔިމު ވިދާޅުވެފައި ވެއެވެ.
" " އިބުނުލް ޤާސިމް އެކަލޭގެފާނު ނަޞާރާއިންގެ ޢީދުތަކުގައި އެބައިމީހުންނަށް ހަދިޔާ ދިނުމަށް ނުރުއްސަވައެވެ. އެކަލޭގެފާނު ދެކިވަޑައިގަތީ އެއީ އެބައިމީހުންނަށް އެހީތެރިވެ އެބައިމީހުންގެ ކާފަރުކަމަށް އެހީތެރިވުން ކަމުގައެވެ...." އެޔަށްފަހު އަބޫ ހަނީފާ ވިދާޅުވިކަމަށް އެކަލޭގެފާނު ބަޔާން ކުރައްވައެވެ. " އެބައިމީހުންގެ އީދުތަކާއި އަދި ދީނީ ބަންދު ދުވަސްތަކުގައި ހަދިޔާއެއްގެ ގޮތުގައި ކަރައެއް، އެބަހީ އެބައިމީހުންގެ ޢީދުގައި ހަދިޔާއެއް ދީފިނަމަ އެ ކުރެވުނީ ޝިރުކުގެ އަމަލެކެވެ." "އަދި ޞައްހަ ސަނަދުން އައިސްފައިވާ ރިވާޔަތެއްގައި ﷲ ރުއްސުންލެއްވި އަބްދުﷲ ބިން ޢުމަރު ރިވާކުރައްވައެވެ. " ބޭރުބައެއްގެ ( މުސްލިމުނޫން މީހުން) ގެ ތެރޭގައި ހުރެފައި އަދި އެބައިމީހުންގެ އާ އަހަރު ފާހަގަކުރުމަށްފަހު އަދި މަރުވަންދެން އެގޮތުގައި ދެމިހުރެއްޖެމީހާ، މަޙުޝަރު ކުރެއްވޭ ހުށީ އެބައިމީހުންނާއި އެކުގައެވެ. " (12)
ނިންމުން
އާއަހަރު ފާހަގަކޮށް ކުރިސްމަސް ފާހަގަކޮށް ވެލެންޓައިންސް ޑޭ ފާހަގަކޮށް އެކިއެކި އިސްލާމްދީނާއި ގުޅުމެއްނެތް ކަންކަމާއި ބެހޭ ދުވަސްތައް ފާހަގަކޮސް ލޯބިވެރިންގެ ދުވަސްފާހަގަކޮށްފައި ބައިނަލްއަޤުވާމީ ލޯބިކުރާ ދުވަސް ފާހަގަކޮށް މިހެންގޮސް ކާފަރުންގެ އެތައް އީދުތަކެއް މުސްލިމުންދަނީ އެބައިމީހުންގެ އީދެއްފަދައިން ފާހަގަކުރަމުންނެވެ. މިއީ ﷲއާއި ރަސޫލާއަށް ކިޔަމަންވާ މީސްތަކުންކުރާނެ ކަމެއްނޫނެވެ. ﷲ އާއި އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވާ މީސްތަކުންނަށް އޮތީ މިކަމުން ދުރުވެ ގާތްތިމާގެ އަހުލުންނާއި ރައްޓެހިން މިކަންކަމުން ދުރުކުރުވަން މަސައްކަތްކުރުމެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
" مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ "
"ފަހެ ހެޔޮކަމަކަށް މަގުދައްކައިފިމީހާ އޭނާއަށް އެކަންކުޅަ މީހާއާ އެއްވަރަށް ހެޔޮކަން ލިބޭހުއްޓެވެ." (13)
ވީމާ މި މެސެޖު ފޯރުކޮށްދީގެން އެހެޔޮކަން ލިބިގަންނަ މީހެއްކަމުގައި ވެލެއްވުމުގެ ތަޢުފީޤު ތަފުރެމެންނަށް ﷲ ދެއްވާށިއެވެ. އާމީން.
سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ (14)
އިޚުތިރާމް ގަބޫލުކުރެއްވުން އެދެމެވެ. ނިމުނީ

އަބޫ ޢަބްދުﷲ ޢަބްދުއްރަހީމް
________________
މަޞްދަރުތައް
1. ވިކިޕީޑިއާ. އާއަހަރު
2. (الفرقان: 72)
3.(ތަފުސީރު އިބުނު ޖަރީރު އަދި އެނޫން ތަފުސީރުތައް ބައްލަވާ)
4. ﴿الأعراف: ٣﴾
5. سورة الزمر : 55
6. ރިވާކުރެއްވީ އަބޫ ދާވޫދު، ޞައްޙަކުރެއްވީ ޝެއިޚު އަލްބާނީ. إرواء الغليل - الصفحة أو الرقم: 1269
7. ރިވާކުރެއްވީ ބުޚާރީ އަދި މުސްލިމް
8. ރިވާކުރެއްވީ މުސްލިމް. (ބުޚާރީގައި އެހެން ލަފުޒަކުން)
9. ރިވާކުރެއްވީ މުސްލިމް.
10. ރިވާކުރެއްވީ އަބޫދާވޫދު އަދި ތިރްމިޛީ
11. އިޤުތިޟާއުލް ސިރާތުލް މުސްތަގީމްގެ ފުރަތަމަ އަދަދުގެ ސަފުހާ 470 ގައި
12. އިބުނު ޤައްޔިމު އެކަލޭގެފާނުގެ ފޮތްކަމުގައިވާ އަޙުކާމުލް ޛިއްމާގައި
13. صحيح مسلم 1859 ނަމްބަރު ޙަދީޘް.
14. سورة الصافات: 180، 181، 182 ވަނަ އާޔަތް.
0 comments:
Post a Comment