Tuesday, November 19, 2013

ތަރުބިއްޔަތުގެ މުޞްޠަލަޙުތައް


ތަރުބިއްޔަތުގެ ޢިލްމުގައި
 ބޭނުންކުރާ ޚާއްޞަ ބަސްތަކެއްވެއެވެ.
 އޭގެ ތެރެއިން ބައެއް ބަސްތަކަކީ ތަރުބިއްޔަތު
 މިލަފުޒާ އެއް މާނައެއް ދޭހަވާ ބަސްތަކެވެ.


 އަނެއްބައި ބަސްތަކަކީ ތަރުބިއްޔަތުގެ ކޮންމެވެސް ވަރެއްގެ މާނައެއް ހިމެނޭ ނުވަތަ އެއާ ގުޅޭ ބަސްތަކެކެވެ. ތަރުބިއްޔަތާ ބެހޭގޮތުން ލިޔެފައިވާ ފަހުގެ ފޮތްތަކުންނާއި އަދި ކުރީގެ ފޮތްތަކުންވެސް މިފަދަ ބަސްތައް ބޭނުންކުރެވިފައިވާތީ ފެންނާނެއެވެ. ތިރީގައި މިވަނީ އޭގެ ތެރެއިން ބައެއް ބަސްތަކާއި އޭގެ މާނައެވެ.
1- الإصلاح:އިޞްލާޙުކުރުން- އެއީ ފަސާދައިގެ އިދިކޮޅެވެ. ކީރިތި ޤުރުއާނުގައި މި ލަފުޒު ބައެއްފަހަރު ފަސާދައިގެ މުޤާބިލުގައި އަނެއްބައި ފަހަރު ނުބައިކަމުގެ މުޤާބިލުގައި ވާރިދުވެފައިވެއެވެ.
خَلَطُوا عَمَلًا صَالِحًا وَآخَرَ سَيِّئًا – التوبة 102 މާނައީ: “އެއުރެން ހެޔޮ ޢަމަލަކާއި،ނުބައި އެހެން ކަމަކާ އެއްކޮށްފައިވެއެވެ.” އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا- الأعراف 56 މާނައީ:“ބިން އިޞްލާޙު ކުރުމަށްފަހު، ތިޔަބައިމީހުން އެ ބިމުގައި ފަސާދަ ނުކުރާށެވެ!”

އިޞްލާޙުކުރުމަކީ ބަދަލުގެނައުމެވެ. ރަނގަޅުކުރުމެވެ. އިތުރު ވުމާއި ހެދި ބޮޑުވުން އޭގެން ލާޒިމެއް ނުކުރެއެވެ. މާނައަކީ އެއްޗެއް އިޞްލާޙުކުރުމަކީ އެއްޗެއް އިތުރަށް ހެދިބޮޑުވުމެއް ނޫނެވެ. އެހެންކަމުން އިޞްލާޙުކުރުމަކީ އެއީ ތަރުބިއްޔަތުގެ ބައެކެވެ. އެއީ މުޅި ތަރުބިއްޔަތެއް ނޫނެވެ.
2- التأديب:އައްތައުދީބު: އަދަބުވެރި ކުރުން. އެއީ އިންސާނާ ލިބިގަންނަ ރިވެތި ސިފަތެކެވެ. ހަޑި ކަންތައްތައް މަނާކުރުންވެސް ހިމެނެނީ އަދަބުވެރިކަމުގެ ތެރޭގައެވެ. އަދަބުގެ ތެރޭގައި އިޞްލާޙުވުމާއި އިތުރުވުން(ކުރިއެރުން) ހިމެނެއެވެ.
3- التهذيب: ތަހުޛީބުކުރުން: ތަހުޛީބު ކުރުމަކީ ރީތިކުރުމެވެ. އެއްޗެއް ތަހުޛީބުކުރުމޭ ބުނެވެނީ އެއްޗެއް ރީތިކުރުމަށެވެ.  އެއީ ތަހުޛީބު މީހެކޭ ބުނެވިއްޖެނަމަ އޭގެ މާނައަކީ އެއީ އަޚުލާޤު ރީތި މީހެކެވެ.
4- التطهير: ޠާހިރުކުރުން: އެއީ ފާފައިން އެއްކިބާވުމާއި ސާފުވެގެން ހުރުމެވެ. މީހެއްގެ ހެދުމަކީ ޠާހިރު އެއްޗެކޭ ބުނެފިއްޔާ އޭގެ މާނައަކީ އެ ހެދުމަކީ ސާފުތާހިރު އެއްޗެކެވެ.
5- التزكية:: ތަޒްކިޔާކުރުން: ތަޒްކިޔާ މި ލަފުޒު އަންނަނީ ޠާހިރުކުރުމުގެ މާނައިގައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. كَمَا أَرْسَلْنَا فِيكُمْ رَسُولاً مِنْكُمْ يَتْلُو عَلَيْكُمْ آيَاتِنَا وَيُزَكِّيكُمْ وَيُعَلِّمُكُمْ الْكِتَابَ وَالْحِكْمَةَ وَيُعَلِّمُكُمْ مَا لَمْ تَكُونُوا تَعْلَمُونَ (البقرة 151)   މާނައީ: “ހަމައެފަދައިން ތިމަންރަސްކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް ކިޔަވައިދެއްވައި، ތިޔަބައިމީހުން ޠާހިރުރައްވައި، ފޮތާއި ޙިކުމަތްތިޔަބައިމީހުންނަށް އުނގަންނައިދެއްވައި، ތިޔަބައިމީހުންނަށް ކުރިން އެނގިފައިނުވާ ކަންތައް އުނގަންނައި ދެއްވުމަށްޓަކައި،ތިޔަބައިމީހުންގެ ތެރެޔަށް، ތިޔަބައިމީހުންގެ ތެރެއިން ރަސޫލަކު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ.”

އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވިއެވެ. އެއީ އެބައިމީހުން ނުބައި އަޚުލާޤުން ސާފުކުރެއްވުމެވެ. އަދި ނަފުސުގެ ދަމިލައިންނާއި ޖާހިލިއްޔަތުގެ ޢަމަލުތަކުން ސާފުކުރައްވާ އަނދިރިކަމުން އަލިކަމުގެ ތެރެއަށް ނެރުއްވުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. قَدْ أَفْلَحَ مَنْ تَزَكَّى – الأعلى 14މާނައީ: “ޠާހިރުވެގެންފި މީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ.”
މުރާދަކީ ނަފްސު އަޚްލާޤީ ބަލިމަޑުކަމުން ޠާހިރުކޮށް، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަށް ތަބާވުމެވެ.
6- التنشية: ބަލައި ބޮޑުކުރުން: ތަންޝިއާ ނުވަތަ ބަލައިބޮޑުކުރުން މި ލަފުޒުގެ މާނައަކީ ސީދާ ތަރުބިއްޔަތެވެ. މިސާލަކަށް މިވެނި މީހަކު އޭނާގެ ދަރިފުޅު ބަލައި ބޮޑުކުރީ ހެޔޮކަން މަތީގައެވެ. މިފަދައިން ބުނެވިއްޖެނަމަ އޭގެ މާނައަކީ އެދަރިފުޅު އެ ތަރުބިއްޔަތު ކުރީ ހެޔޮކަންމަތީގައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
أَوَمَنْ يُنَشَّأُ فِي الْحِلْيَةِ وَهُوَ فِي الْخِصَامِ غَيْرُ مُبِينٍ-الزخرف : 18މާނައީ: “އަދި (ﷲ އަށް އެއުރެން އެ ނިސްބަތްކުރަނީ) ގަހަނާ އަޅުވައި، ބޮޑުކުރާ މީހަކު ހެއްޔެވެ؟ އަދި އޭނާއީ، ދެކޮޅުވެރިކަމެއް ދިމާވާ ހިނދު ޙުއްޖަތް ބަޔާން ނުކުރެވޭ މީހެކެވެ.”

އަލްބައިޟާވީ އަންވާރުއް ތަންޒީލް ގައި ވިދާޅުވެފައިވެއެވެ. އެއީ (އަންހެން ދަރީން) ތަރުބިއްޔަތު ކުރާ ފަރާތެއްގެ ވާހަކައެވެ.

އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު
أصول التربية الإسلامية
أ.د. خالد بن حامد الحازمي
أستاذ التربية الإسلامية
الجامعة الإسلامية بالمدينة المنورة

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons