’ދާރްއަލްކާމިނާ‘ ލިޔުއްވާފައިވާ ލިޔުންތެރިޔާ އޭގެ
ތިންވަނަ ފޮތުގެ 202 ވަނަ ޞަފްޙާގައި ހިމަނާފައިވާ
ވާހަކައެއްގައިވެއެވެ. ނަޞާރާއިންގެ އިސްވެރިންތަކެއް،
އަލަށް ނަޞާރާދީނަށް ވަތް، މޮންގޯލްގެ
ރަސްގެފާނަކާއި ބައްދަލު ކުރުމަށް ދިޔައެވެ. މިނަޞާރާއިންގެ ތެރެއިން އެކަކު ނަބިއްޔާ (صلى
الله عليه وسلم) އަށް ފުރައްސާރަ ކުރަން ފެށިއެވެ. އަދި އެތާގައި ޝިކާރަކުރާ
ކުއްތާއެއް އައްސާފައި އޮތެވެ. މިކުއްތާ ވަރަށް ރުޅިވެރިކަމާއިއެކު ވަރަށް ބާރަށް
މިނަޞާރާ މީހާއާއި ދިމާލަށް ގޮވަން ފެށިއެވެ.
އެމީހުން ވަރަށް އުނދަގުލުން އެކުއްތާ އެތަނުން ދުރަށް ގެންދިޔައެވެ. އަދި އެމީހުންގެ
ތެރެއިން އެކަކު ބުންޏެވެ.” އެސޮރު
އެގޮތަށް އެހެދީ ކަލޭ މުޙަންމަދާއި ބެހޭގޮތުން ދެއްކި ވާހަކައިގެ ސަބަބުންނެވެ.“
ނަމަވެސް އެނަޞާރާ މީހާ ރައްދުގައި ބުންޏެވެ. ”ނޫނެކެވެ. މިކުއްތާ މާ ކިބުރުވެރީއެވެ.
އަހަރެން އެސޮރާދިމާލަށް އިނގިލި ދިއްކުރާތީ އެސޮރު ހީކުރީ އަހަރެން އެސޮރަށް ގޯނާ
ކުރަން އުޅެނީ ކަމަށެވެ.“ މިހެން ބުނެ އަނެއްކާވެސް އެނަޞާރާ މީހާ އޭނާ ނަބިއްޔާ
(صلى الله عليه وسلم) އަށް ކުރަމުންދިޔަ ފުރައްސާރަޔައިގެން ކުރިޔަށް
ދިޔައެވެ. މިހިސާބުން ކުއްތާގެ ރުޅިވެރިކަން އިތުރަށް ގަދަވެ އެސޮރު އައްސާފައިވާ
ވާގަނޑުކަނޑާލައި ފުންމައިގެން ގޮސް އެނަޞާރާމީހާގެ ގަޔަށް އަރައިގަތެވެ. އަދި އޭނާގެ
ވައިނޮޅި ބުރިވާނެ ފަދައިން އޭނާގެ ކަރުގައި ވަކިދަމާލިއެވެ. ކުއްތާ މިދިން ޙަމަލައިން
ނަޞްރާނީ މީހާ ހަމަ އެވަގުތު މަރުވެއްޖެއެވެ.
މިޙާދިޘާގެ ސަބަބުން މޮންގޯލުންގެ ތެރެއިން 40000 މީހުން އިސްލާމް ވިއެވެ. ނަބިއްޔާ
(صلى الله عليه وسلم) އަށް ފުރައްސާރަ ކުރުމުން ކުއްތާއެއް ނުރުހުންވެ
ރުޅިގަދަވީއެވެ. ނަމަވެސް އަހަރުމެން މިކަމާއިމެދު އަންނަނީ ކޮން ރުޅިއެއްބާއެވެ.
ގަސްގަހާއި ގެހި ނަބިއްޔާއަށް ބޭނުންވެ ކެއްތެރިކަން ކުޑަވެފައިވެއެވެ. ނަމަވެސް
އަހަރުމެންގެ މިއެދުން ކޮބައިބާވައެވެ؟
ހަސަން އަލްބަޞްރީ (رحمه الله) އަށް، ﷲ ގެ ނަބިއްޔާ ( صلى الله عليه
وسلم) މިދުނިޔެއާއި ވަކިވެޑައިގަތުމާއި ގުޅިގެން ގަސްގަހުގެ ބުޑު އެކަމާއި ހިތާމަކޮށް
ރޮއެ ހަދާކަމަށް އައިސްފައިވާ ހަދީޘް އިވިވަޑައިގަތުމުން ކީރިތި ކުރައްވަން ފައްޓަވައެވެ.
އަދި ވިދާޅުވެއެވެ. ”އޭއިސްލާމީ އުންމަތުގެ އަހުލުވެރިންނޭވެ. ގަސްގަހާއި ގެހި ނަބިއްޔާ
(صلى الله عليه وسلم) އަށް ލޯބި ކުރެއެވެ. ފަހެ ކަލޭމެންނަށް ނަބިއްޔާ
(صلى الله عليه وسلم) ގެ ހަދާން އާވުމުން އަސަރު ނުކުރޭ ހެއްޔެވެ.“
އިސްވެދިޔަ ވާހަކަތަކުން ޢިބްރަތް ޙާޞިލް ނުކުރާނަމު ހެއްޔެވެ؟ ޢާލަމްތަކުގެ ވެރި ﷲ
ތަޢާލާއާއި އެއިލާހުގެ ރަސޫލާ މުހަންމަދު (صلى الله عليه وسلم) އަށާއި
އެއިލާހުގެ ފޮތަށް ފާޅުގައި އިންކާރުކޮށް އޭގައިވާ އަސާސްތަކަށް ފުރައްސާރަކޮށް
އެސާސްތަކަށް ފުރައްސާރަކުރުން ހުއްދަކޮށް ގޮވާލާ، ރައްބުލް ޢާލަމީންގެ ޤާނޫން
މުގުރަމުންދާއިރު އަހަރުމެންގެ ޒިންމާ އަކީ ކޮބައިތޯއެވެ؟
0 comments:
Post a Comment