ސަލާމް ލެއްވި ލޫތުގެފާނުގެ ޤައުމުގެ މީހުން ދިރިއުޅުނު ރަށްތައް ބަންޑުން ޖައްސަވާލައްވާފައިވާ ކަމަށް ތާރީޚު ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ އުރުދުންއާއި ފަލަސްތީނާ ދެމެދުގައި އޮންނަ ޑެޑްސީ ސަރަޙައްދަށެވެ.
ޑެޑްސީގެ އަޑީގައި އެރަށްތަކުގެ ބައިތައްވާނެ ކަމަށް މިފަރާތަކުން ދެކެ އެވެ. ޑެޑްސީއަކީ ދިރުމެއްނެތް ބެދިފައިވާ ކަނޑެކެވެ. މިކަނޑުގައި ލޮނުގެ ބާވަތްތައް ގިނަވެފައި ލޮނުގެ ޑެންސިޓީ ބޮޑުކަމުން އެކަނޑުގައި ދިރޭއެއްވެސް ކާއިނާތަކަށް ނޫޅެވެ އެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ، ލޫތުގެފާނުގެ ޤައުމުގެ މީހުން އެކަލާންގެއަށް އުރެދި އެއްޖިންސުން ގުޅުން ހިންގުމުގެ ޢަމަލުތައް ހިންގުމުގައި ހައްދުފަހަނަޅައި ދިޔުމުން އެމީހުންނަށް ކޯފާލައްވައި އެމީހުން ދިރިއުޅޭ ރައްތައް ބަންޑުން ޖައްސަވާލެއްވި އެވެ. ލޫތުގެ ފާނުގެ ޤައުމުގެ މީހުން ދިރިއުޅުނު ރަށްތަކަކީ ސަދޫމް، ޢަމޫރާ އަދި އަދްމާ އެވެ.
އުރުދުން އިންވަނީ ލޫތުގެފާނުގެ ޤައުމުގެ ގެއްލިފައިވާ ރަށްތަކުގެ އަސަރެއް ފެނޭތޯ ޑެޑްސީގެ ބިމުގެ އަޑި ބަލައި ތަޙްލީލް ކުރުމުގެ ޕްރޮގްރާމެއް އެކުލަވާލާފަ އެވެ. މިޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ރަޝިޔާގެ ފަންނީ އަދި ޓެކްނޮލޮޖީގެ އެހީއާއެކުގަ އެވެ. އުރުދުންގެ އާޘާރީ ތަންތަނާބެހޭ އިދާރާގެ ވެރިޔާ ޒިޔާދުއްސަޢްދު ވިދާޅުވީ ޑެޑްސީގެ އަޑީގައިވާ ކަމަށް ބެލެވޭ ލޫތުގެފާނުގެ ޤައުމުގެ މީހުންގެ ރަށްތައް ހޯދުމުގެ މަސައްކަތް އަންނަ މާޗްމަހު ފެށޭނެކަމުގަ އެވެ. އޭނާ ވިދާޅުވީ މިކަމުގައި އުރުދުންއަށް އެހީތެރިވާނީ ރަޝިޔާގެ އާކިއޮލޮޖިސްޓުންގެ ޓީމަކުން ކަމަށާއި މިކަން ކުރިޔަށް ގެންދިޔުމަށް ޓަކައި ވާންޖެހޭ އިދާރީ އަދި ލޮޖިސްޓިކް ތައްޔާރީތައް މިހާރު ވަމުންދާ ކަމުގަ އެވެ.
ރަޝިޔާގެ ޓީމުން މިހާރުވަނީ މިމަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ޕްލޭނަކާއި މިމަސައްކަތުގައި ބޭނުންކުރާނެ ޒަމާނީ އާލާތްތަކާއި ފަންނީ އާކިއޮލޮޖިސްޓުންގެ މަޢްލޫމާތު އުރުދުންގެ ކަމާބެހޭ ފަރާތްތަކަށް ދީފަ އެވެ. ލޫތުގެފާނުގެ ޤައުމުގެ މީހުންގެ ރަށްތައް ހޯދުމަށް ރަޝިޔާގެ ފަންނީ ޓީމުން ބޭނުންކުރާނެ އާލާތްކާއި ވަސީލަތްތަކުގެ ތެރޭގައި ލޭޒަރ ގެ އައްޔާއި ސެޓަލައިޓް ގެ އެހީގައި މިފަދަތަންތަން ހޯދުމަށްބޭނުންކުރާ ޒަމާނީ ސާމާނާއި އާލާތްތައް ހިމެނެ އެވެ. މިމަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ސަރވޭތައް މިހާރުވަނީ ކޮށްފަ އެވެ.

މިކަމާބެހޭ ދިރާސާތަކަށްފަހު ރަޝިޔާގެ ޓީމުން އުރުދުންގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދީފައިވާ ތަކެތީގެ ތެރޭގައި މީލާދީގެ ދެހާސް ފައްސަތޭކަ އަހަރުކުރިން އެސަރަޙައްދު އޮތްގޮތުގެ ތާރީޚީ ޗާޓްތަކާއި ލޫތުގެފާނުގެ ޤައުމުގެ މީހުންގެ ރަށްތައް ވާނެކަމަށްބެލެވޭ ތަންތަން ސެޓަލައިޓްގެ އެހީގައި ބެލުމަށްފަހު ނަގާފައިވާ ސެޓަލައިޓް ފޮޓޯތައްވެސް ހިމެނެ އެވެ. މިފޮޓޯތަކާއި މިޗާޓްތައް ރަޝިޔާގެ ޢިލްމީ ދިރާސާތަކާބެހޭ އިންސްޓިޓިއުޓްތަކާއި ޖިއޮލޮޖިކަލް ސަރވޭއާބެހޭ މަރުކަޒުތަކުންވަނީ ބަލައި ދިރާސާކޮށްފަ އެވެ.
އެމެރިކާގެ ސެޓަލައިޓް ފޮޓޯތަކުން ދައްކާގޮތުންވެސް ދުނިޔޭގެ އެހެން ކަނޑުތަކުގެ އަޑީގައިވާ ބިމުގެ ސަތްޙު ހުންނަގޮތާއި ޑެޑްސީގެ އަޑީގެ ސަތްޙު ހުންނަގޮތް ވަރަށްބޮޑަށް ތަފާތެވެ. އެހެންކަމުން ޑެޑްސީގެ ބިމުގެ އަޑީގައި އާސާރީ ތަންތަން ހުރެދާނެކަމަށް އެމެރިކާގެ ކަމާބެހޭ ޢިލްމުވެރިންވެސް ލަފާކުރެ އެވެ.

0 comments:
Post a Comment