ޑރ.މުޙައްމަދު ޢަރީފީ.
މީސްތަކުންވަނީ
އެމީހުންގެ ވެރިންފަދައިން ކޮރަޕްޓުވެފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމަ ޚަބަރުދެއްވާފައިވާ ގޮތުގައި ޤިޔާމާތްދުވަހުގެ ޢަލާމާތްތަކުގެ
ތެރެއިން އެއްއަލާމާތަކީ މީސްތަކުންގެ ކަންތައްތައް މޮޔަ ޖާހިލުވެރިންގެ
އަތްމައްޗަށް ދިޔުމެވެ. އެބައިމީހުންނަކީ ކީރިތި ޤުރުއާނާއި އަދި
ސުންނަތުން އެއްވެސް އެއްޗަކަށް އަމަލުނުކުރާ އަދި ނަޞީހަތެއް ދެވުނަސް
އެނަޞީޙަތަކަސް ބީރުކަންފަތެއްދޭ މީހުންނެވެ.
މާތްﷲ
ރުއްސުންލެއްވި ޖާބިރު ބިން އަބްދުﷲރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމަ މާތް ﷲ ރުއްސުންލެއްވި ކަޢުބު ބިން
އަޖްރަތުއަށް ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. " ތިމަންކަލޭގެފާނުގެ ކަލޭގެފާނު މޮޔަވެރިންގެ ކިބައިން ސަލާމަތްކުރެއްވުން އެދި ﷲ ކިބައިން ރައްކާތެރިކަން އެދެމެވެ."
އެހިނދު އެކަލޭގެފާނު ދެންނެވިއެވެ. " އޭ ﷲގެ ރަސޫލާއެވެ. މޮޔަވެރިންނަކީ
ކޮބައިތޯއެވެ؟
" ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ހަދީޘްފުޅުކުރެއްވިއެވެ. " ތިމަންކަލޭގެފާނުގެ
ފަހުން ތިމަންކަލޭގެފާނުގެ ސުންނަތަށް ތަބަޢަނުވާ އަދި ސުންނަތުގެ
މަގުގައި ނުހިފާ ވެރިން އަންނަހުއްޓެވެ. އަދި އެބައިމީހުންގެ ދޮގުތައް
ޤަބޫލުކޮށް އެބައިމީހުން ކުރާ ނުބައިކަންތައްތަކަށް އެހީވާ މީހަކީ
ތިމަންކަލޭގެފާނާއި ވާ( ތިމަންކަލޭގެފާނުގެ ކިބައިންވާ) މީހެއްނޫނެވެ. އަދި
ތިމަންކަލޭގެފާނު އެބައިމީހުންގެ ތެރެއިން ނުވަމެވެ. އަދި އެބައިމީހުން
ތިމަންކަލޭގެފާނުގެ ކަންޒުން ފެންބޯންނުލިބޭ ހުއްޓެވެ.
އަދި އެބައިމީހުންގެ
ދޮގުތައް ގަބޫލުނުކޮށް އަދި އެބައިމީހުންގެ އަނިޔާވެރިކަމުގައި
އެހީތެރިނުވި މީހުންވަނީ ތިމަންކަލޭގެފާނާއި އެކުގައެވެ. އަދި
ތިމަންކަލޭގެފާނުވަނީ އެމީހުންގެ ތެރެއިންނެވެ. އަދި އެބައިމީހުންގެ
ތިމަންކަލޭގެފާނުގެ ކަންޒުކޮޅުން (ހަވްޟު) ކޮޅު ކައިރިއަށް އެބައިމީހުން
އަންނަހުއްޓެވެ. އޭ ކަޢުބު ބިން ޢަޖްރާއެވެ. ރޯދަހިފުމަކީ އައްޑަނައެކެވެ.
އަދި ޞަދަޤާތް ފާފަތައް ފުހެލައެވެ. އަދި ނަމާދަކީ ޤުރުބާނެކެވެ.
(އަޅުކަމެކެވެ). –ނުވަތަ ވިދާޅުވީ ބުރުހާނެކޭއެވެ- އޭ ކަޢުބު ބުން
ޢަޖްރާއެވެ. ޙަރާމްގޮތުގައި (ކާއެއްޗަކުން) ޖަހާފައިވާ މަހެއް ސުވަރުގެ
ނުވަންނަހުއްޓެވެ. އެޔަށް ހައްޤުވެގެންވަނީ ފުރަތަމަ ނަރަކައިގެ
އަލިފާނެވެ. އޭ ކައުބު ބިން ޢަޖްރާއެވެ. މީސްތަކުންގެ ތެރެއިންވަނީ
ދެބަޔެކެވެ. އެއީ އެބަޔެއްގެ ފުރާނައިން ޤުރުބާންވުމަށްފަހު ނަރަކައިން
ސަލާމާތްކުރާ މީހުންނާއި އަދި އެފުރާނަ ހަލާކުގެ ތެރެއަށް އެއްލާމީހުންނެވެ."
މޮޔަމީހާއަކީ އޭނާގެ ބުއްދިރަނގަޅަށް ނުޖެހޭ، އަދި އޭނާގެ އަމިއްލަ ކަންތައްތައްވެސް ރަނގަޅަށް ނުކުރެވޭ މީހާއެވެ. އަދި އެކަނި އެހެންމީހުންގެ ކަންތައްތައްކުރެވޭނީ ކިހިނަކުންހެއްޔެވެ؟
މޮޔަމީހާއަކީ އޭނާގެ ބުއްދިރަނގަޅަށް ނުޖެހޭ، އަދި އޭނާގެ އަމިއްލަ ކަންތައްތައްވެސް ރަނގަޅަށް ނުކުރެވޭ މީހާއެވެ. އަދި އެކަނި އެހެންމީހުންގެ ކަންތައްތައްކުރެވޭނީ ކިހިނަކުންހެއްޔެވެ؟
އެހެން ޙަދީޘްފުޅެއްގައިވެއެވެ.
"ކޮންމެ ޤަބީލާއެއްގެ ނަގާކިޔާބަޔަކީ މުނާފިޤުންކަމުގައި ވެއްޖައުމަށް ދާންދެން ޤިޔާމަތްނުވާހުއްޓެވެ." މުނާފިޤުންނަކީ އިމާންތެރިކަންކުޑަ، ﷲއަށް ބިރުވެތިވުމެއްނެތް އަދި ދޮގުހެދުން ގިނަ ޖާހިލުކަންބޮޑު މީހުންނެވެ.
ރަސްރަސްކަލުންނާއި ޤައުމުތަކުގެ ރައީސުންނާއި ވެރިންނަކީ މިފަދަ ބަޔަކަށް ވެއްޖެނަމަ ދެން ހުރިހާކަމެއްވެސް އެކޮޅުކޮޅުންޖެހި ތަރުތީބުގެއްލިދާނެއެވެ. ދޮގުވެރިންނަކީ އިތުބާރުކުރެވޭ ތެދުވެރިންކަމުގައިވެ، އަދި ތެދުވެރިންގެ ބަސްދޮގުވާ ހުއްޓެވެ. ޚިޔާނާތްތެރިންނަކީ އަމާނާތްތައް ހަވާލުކުރެވި ތަންތަނުގެ ވެރިން(މިނިސްޓަރުން ނުވަތަ އެނޫންވެސް މަޤާމުތައް) ހަވާލުކުރެވޭ ބަޔެއްކަމުގައިވެ، އަދި އަމާނާތްތެރިންނަކީ އިތުބާރުނުކުރެވޭ ބަޔެއްކަމުގައި ވާނެއެވެ. އަދި ޖާހިލުންނަކީ ކަންކަމަށް ބަސްކިޔާ ފާޑުކިޔާ މީހުންނަށްވެ، އަދި ޢިލްމުވެރިން ހަމަހިމޭންވާހުއްޓެވެ.
(މިމަންޒަރުތައް އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތީގައި ކުރެހެމުންދާ ދިޔުން ޤަބޫލުކުރަން ނުފުދޭތޯއެވެ؟)
ޝަޢަބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ: "ޢިލްމަކީ ޖާހިލުކަންކަމުގައިވެ، އަދި ޖާހިލުކަމަކީ ޢިލްމުކަމުގައި ވެއްޖައުމަށް ދާންދެން ޤިޔާމަތްދުވަސް ނުވާހުއްޓެވެ"
މިފަދަ އެތައްއެތައްކަމެއް ފަހުޒަމާނަށް އައިސް ދުނިޔެ ނިމެންގާތްވުމުން އެފުށްމިފުށަށް ޖެހެމުންދާނެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވި ކަމަށް ޢަބްދުﷲ ބިން ޢަމްރު ރިވާކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.
"ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ހެޔޮލަފާ ރަނގަޅު މީހުން ދަށްކޮއްލެވި، ނުބައިނުލަފާ ޖާހިލުން (މަޤާމުގެ ގޮތުން) މަތިވެރިކުރެވޭނެއެވެ"
ޝެއިޚުގެ ބަސްކޮޅު ނިމުނީ
ޑރ.މުޙައްމަދު ބިން އަބްދުއްރަޙުމާން އަލްޢަރީފީއަކީ ސައޫދީޢަރަބިއްޔާގެ ރިޔާޒުގެ ސަޢުދުރަސްގެފާނު ޔުނިވަރސިޓީގައި ޢަޤީދާއި މަޒުހަބާތަކާއި އަދި ދީންތަކާއި ބެހޭގޮތުން ކިޔަވައިދެއްވާ ޕުރޮފެސަރެކެވެ.
ނިންމުން
އޭ އިއްޒަތްތެރި އެންމެހާ ދިވެހި އަޚުންނާއި އުޚުތުންނޭވެ. މަތީގައި ދެންނެވިފައިވާ ކަންތައްތައް އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތިން ފެންނަމުންދާ ކަމުގައި ޤަބޫލުކުރެއްވޭތޯއެވެ؟ އަޅުގަނޑުމެންގެ ވެރިން ﷲއާއި އެއިލާހުގެ ރަސޫލާ ގެންނެވި ޝަރީޢަތްކަމުނުގޮަސްގެން ފާޑުކިޔާއިރު އެކިއެކި މަގާމުތަކުގައި ތިއްބަވައިގެން އަމިއްލައަށް އިއްޒަތްތެރިކަމަށްބުނަމުން ދީނަށް މަލާމާތްކުރަމުންދަނީއެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ހަޖޫޖަހަމުންދަނީއެވެ. ހުކުމްކުރެވެމުންދަނީ ﷲގެ ޝަރީއަތާއި ޚިލާފަށެވެ.
ދީނަށް އުޅޭމީހުންނަކީ ހައްދުފަހަނަ އަޅާފައި ތިބޭ މީހުންކަމުގައިވެ، ތަފާތުމައްސަލަތަކުގައި ބެދިފައިވާ މީހުންނަކީ އަމާނާތްތެރިންކަމުގައިވެއްޖެއެވެ. ދީނަށް ފުރައްސާރަކުރާ މީހާއަކީ އެންމެމޮޅު ނޫސްވެރިޔާކަމުގައިވެ އަދި އެނޫންވެސް ނަންތައް ދެވެމުންދަނީއެވެ. ކަންކަން އިސްލާހްކުރުމުގެ ނަމުގައި ބާއްވަނީ ދީނުގައި ޙަރާމްކުރެފައިވާ މިޔުޒިކު ފާހިޝް ޝޯތަކެވެ. ލާދީނީ މީހުންނަކީ ޒަމާނީ މޮޑަން ތަންދޮރު ދަންނަ 21 ވަނަ ޤަރުނުގެ މީހުންކަމުގައިވެއްޖެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުގެ ތެދުކަމާއެވެ. އަޅުގަނޑުމެންގެ މައްޗަށް އޮތީ މިކަންކަމާއި ބިރުވެތިވެ ﷲ އާއި އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އީމާންވުމެވެ. އަދި ކެތްތެރިވެ ގަދައަށް ޙައްޤުގެ މަގުގައި ހިފެހެއްޓުމެވެ. އަދި އަޅުގަނޑުމެންނަށް ކުރެވޭ ކުށްތަކުން ތައުބާވެ، ޞާލިޙު މީހުންގެ ތެރޭގައި ވުމަށް އެދި ޝަރީކު ކުރުމާއި ނުލައި ހެޔޮ ޢަމަލުކުރުމެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.
فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا
މާނައީ:"ފަހެ އެމީހެއްގެ ވެރިރައްބާއި ބައްދަލުކުރަން އެދޭމީހާ ހެޔޮ އަމަލުކުރާށެވެ. އަދި އެއިލާހާއި އެއްވެސް އަޅުކަމެއްގައި އެއްވެސްފަރާތަކާއި ޝަރީކުނުކުރާށެވެ."
ދުޢާއަކީ އަޅުގަނޑުމެންގެ އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންގެ ފާފަ ފުއްސަވައި ކަންކަން އިސްލާޙުކޮށް ރަނގަޅުކުރާ ޞާލިޙުބަޔެއްކަމުގައި ލެއްވުމެވެ. އާމީން
ނިމުނީ
0 comments:
Post a Comment