ހެނދުނުގެ
ވަގުތެކެވެ. ކުޑަކޮށް ނިދި ޖެހިލާފައި އޮއްވާ އައީ ފޯނެކެވެ. ދިން
ޚަބަރުން ދެ ލޯ މަރައިލެވުނެވެ. އޭގެ ދެތިން ހަތަރު ދުވަސް ފަހެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. އައީ ފޯނުކޯލެކެވެ. ލިބުނު ޚަބަރުން ލޮލުން
ކަރުނަ ހިލިގެން ދިޔައެވެ. އާދެ! އެ ޚަބަރަކީ ތޯއެވެ. އެ ޚަބަރަކީ
އިންސާނެއްގެ ދުނިޔޭގެ ދިރިއުޅުމަށް އަލްވަދާޢު ކިޔާ، ނިމުމެއް ނެތް
ޙަޔާތުގެ ގޮވައްޗަށް ދަތުރުކުރުމުގެ ފުރަތަމަ މަރުޙަލާ ފެށި ވާހަކައެވެ.
އެއްވެސް އިންސާނަކު އެ ކަމަކުން އެއްކިބާ ނުވެވޭ މަރާ ބަޔަކު ކުރިމަތިލީ
ވާހަކައެވެ.
ﷲ
ސުބުޙާނަހޫ ވަތަޢާލާގެ ޙައްޤު ބަސްފުޅުގައި ވާ ފަދައިން، ކޮންމެ
އިންސާނަކު ވެސް މަރުގެ ރަހަ ދެކެން ޖެހޭނެއެވެ. ދުނިޔެއަށް އުފަންވި
ކޮންމެ އިންސާނަކު ވެސް މި މަރާ ބައްދަލުކުރަން ޖެހެއެވެ. އެމީހަކީ
ކިތަންމެ ނިކަމެތި ފަޤީރަކަސް، މުޅި ދުނިޔެ އަގުކޮށް ގަނެލެވޭ ވަރުގެ
މުއްސަންޖަކަސް މި މަރާ ކުރިމަތިލާން ޖެހެއެވެ. ދުނިޔެއަށް އުފަންވި އެންމެ
މާތް އިންސާނުން ކަމުގައި ވިޔަސް، ދުނިޔެ ނުދެކޭ ފަދަ ޖައްބާރު ނުލަފާ
މީހުން ވެސް ހަމަ މި މަރާ ބައްދަލުކުރަން ޖެހިފައިވެއެވެ.
އަޅުގަނޑުމެން މި ދުނިޔެއަށް ފޮނުއްވާފައި މި ތިބެނީ އިމްތިޙާނެއްގެ ގޮތުންނެވެ. ﷲ އަށް އީމާންވާ އަޅުންނާ ޙަރާމްކޯރުވާ މީހުން ބެއްލެވުމަށްޓަކައެވެ. މި ދުނިޔޭގެ ޙަޔާތް ނިންމުމަށް ފަހު އެނބުރި ދާން އޮތީ ކޮންމެ އިންސާނެއްގެ ވެސް ދާއިމީ ގޮވައްޗަށެވެ. އެ ތަނަކީ ބާއްޖަވެރި ތަނެއް ކަމުގައި ހަދަން ބޭނުންނަމަ، އަޅުގަނޑުމެން ދުނިޔޭގެ ދުވަސްތައް ވޭތުކުރަން ޖެހޭނީ ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެކަލާނގެ ރަސޫލާ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެންގެވި ގޮތަށެވެ. އެ ނޫން ގޮތަކަށް ޢަމަލުކޮށްފި އިންސާނާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
މިއަދު ދުނިޔޭގައި ކިތަންމެ އަގުބޮޑު ހެދުން ލައި، ކިތަންމެ އަގުބޮޑު ސެންޓު ޖަހައިގެން، ކިތަންމެ މީރުކޮށް ކައިގެން އަރާމާ އުފަލުގައި އުޅޭ މީހަކަސް، ލާނެ ހެދުމެއް ނެތް، ބޯހިޔާވަހިކަމެއް ނެތް، ކާނެ އެއްޗެއް ނުލިބޭ މީހަކަސް މަރުވީމަ ދާނީ ފަސްގަނޑު ދަށަށެވެ. ހުދު ކުލައިގެ ފޮތިގަނޑަކުން ނިވާކޮށް، އެ މީހެއްގެ އިސްކޮޅާ އެއްވަރުގެ ސަންދޯކަކަށް ލާނެއެވެ. މިއަދު ބޮޑާކަމާއެކު ދުނިޔޭގައި އުޅޭނެ ގޮތަކަށް އުޅެވިދާނެއެވެ. މާދަމާ ތިބާއަށް އޮތީ ކޮން ގޮތެއްކަން އެނގޭހެއްޔެވެ؟ ކައްވަޅުގައި ކުރެވޭނެ 3 ސުވާލާ މެދު ތިބާއަށް ތައްޔާރުކުރެވުނީ ކޮން ޖަވާބެއް ހެއްޔެވެ؟
މަރަށް ތައްޔާރު ނުވެ ތިއްބާ މަރާ ބައްދަލުކުރަން ޖެހެނީ ކިތަށް ކިތަށް މީހުންނަށް ހެއްޔެވެ؟ ދަނޑުމަތީގައި ވަރުގަދަޔަށް ކުޅެކުޅެ ހުރި މީހާއަށް މަރާ ބައްދަލުކުރަން ޖެހިދެއެވެ. ގޭގައި ނިދަން އޮންނަ މީހާއަށް މަރާ ބައްދަލުކުރަން ޖެހިދެއެވެ. ނަމާދަށް ހުއްޓާ މަރުވެދެއެވެ. ޣާފިލްކަމުގައި ނުބައި ޢަމަލެއްގެ ތެރޭގައި އުޅެނިކޮށް މަރުވެދެއެވެ. މަރަކީ އެއްވެސް އިންސާނަކަށް އެއިން ސަލާމަތް ވެވޭނެ އެއްޗެއް ނޫނެވެ. ވަޤުތު ޖެހުމުން ކަނޑުގައި އޮތަސް ދަނޑުގައި އޮތަސް މަރު އައިސް ތިމާއާ ބައްދަލުކުރާނެއެވެ.
މަރުވުމުގެ ކުރިން ތިމާއަށް ކިޔޭ އެންމެ ފަހުގެ ބަހަކީ ޝަހާދަތުގެ ދެ ކަލިމަ ކަމުގައި ހެދުމަށް ގަދައަޅާ މަސައްކަތްކުރާށެވެ. ހެޔޮ ޢަމަލުތަކުން ތިބާގެ ޙަޔާތް ފުރާލާށެވެ. އެފަދަ މަރަކުން މަރުގަންނަވާ އިންސާނާއަށް އުފާވެރިކަން ހުއްޓެވެ. އެ މީހާއަށް ސުވަރުގެ ނޫން އެހެން ތަނެއް ނެތެވެ. މީ ﷲ ގެ ވަޢުދު ބަސްފުޅެވެ. މި ބަސްފުޅު ދޮގެއް ނުވާނެއެވެ.
އޭ އިންސާނާއެވެ. މަރަކީ މި ދުނިޔޭގެ މަޖަލާ އުފަލާ، ތިބާ ވަކިކޮށްލާ އެއްޗެކެވެ. އާޚިރަތާ ތިބާ ކައިރި ކުރުވާ އެއްޗެކެވެ. ތިބާގެ ޢަމަލުތަކާ މެދު ސުވާލުކުރެވޭނެ ދުވަހަށް ތައްޔާރުވާށެވެ. މިއަދު ކުރި ޢަމަލަކުން މެނުވީ މާދަމާ ފައިދާއެއް ނުކުރާނެއެވެ. ތިބާ މިއަދު ދީފައިވާ ޞަދަޤާތަކުން މެނުވީ އެ ދުވަހަކުން ފައިދާއެއް ނުކުރާނެއެވެ. ތިބާއަށް ހެޔޮ ދުޢާ ކުރާނެ ޞާލިޙު ދަރިއެއްގެ ހެޔޮ ދުޢާއިން މެނުވީ ސަލާމަތެއް ނެތެވެ. ތިބާގެ ހެޔޮ ޢަމަލުތަކުން މެނުވީ ނަޖާތެއް ނެތެވެ.

އަލްއުޚްތު އުއްމު ޒިވާ
0 comments:
Post a Comment