މާތްﷲ ފަރުޟް ކުރައްވާފައިވާ ފަރުޟް ފަސް ނަމާދުގެ ކުރިންނާއި
ފަހުގައި ކުރުން ސުންނަތް ވެގެންވާ ނަމާދު ތަކެއް ވެއެވެ. މިނަމާދުތަކުގެ
ތެރެއިން ސުންނަތްކަން ގަދަވެގެންވާ ނަމާދުތަކެއްވެސް ވެއެވެ.
މިނަމާދުތަކަށް "ރަވާތިބު ސުންނަތޭ" ކިޔެއެވެ. ރަވާތިބު ސުންނަތްތައް
ކުރުމަކީ އިތުރުވެގެންވާ ކަމެކެވެ. ގިނަގުނަ ދަރުމަ އާއި ސަވާބު ހުރި
ކަމެކެވެ. އެނަމާދުތަކުގެ ސަބަބުން ފަރުޟް ނަމާދުގައި ކުރެވޭ ކުދި ކުދި
އުނިކަންތައްތައް ފުރިހަމަ ވެގެން ދެވެއެވެ.
މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال : " إن أول ما يحاسب الناس به يوم القيامة من أعمالهم الصلاة ، قال : يقول ربنا جل وعز لملائكته وهو أعلم : انظروا في صلاة عبدي أتمَّها أم نقصها ؟ فإن كانت تامة : كتبت له تامة ، وإن كان انتقص منها شيئاً : قال : انظروا هل لعبدي من تطوع ، فإن كان له تطوع : قال : أتموا لعبدي فريضته من تطوعه ثم تؤخذ الأعمال على ذاكم " .رواه أبو داود ( 864 ) وصححه الألباني في صحيح أبي داود ( 770 )
. މާނައީ: ޤިޔާމަތް ދުވަހު މީސްތަކުންގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. އަހަރެމެންގެ ވެރި ރަސްކަލާނގެ މަލާއިކަތް ބޭކަލުންނަށް ވަޙީ ކުރައްވާނެއެވެ. ތިމަންރަސްކަލާނގެ އަޅާގެ ނަމާދު ފުރިހަމަ ވެގެންވޭތޯ ނުވަތަ އެނަމާދުގައި އެއްވެސް އުނިކަމެއް ހުރިތޯ ބައްލަވާށެވެ. އެނަމާދު ފުރިހަމަ ވެފައިވާނަމަ ފުރިހަމަ ކަމުގައި ލިޔެވިދެއެވެ. އަދި އަޅާގެ ނަމާދުގައި އުނިކަމެއް ވާނަމަ އެކަލާނގެ ވަޙީ ކުރައްވާނެއެވެ. ތިމަންރަސްކަލާނގެ އަޅާއަށް ސުންނަތް ނަމާދެއް ވޭތޯ ބައްލަވާށެވެ. އެއަޅާގެ ސުންނަތް ނަމާދުން ފަރުޟް ނަމާދު ފުރިހަމަ ކުރައްވާށެވެ. މިގޮތުގެ މަތިން ޢަމަލުތަކުން ނައްގަވާ ހުއްޓެވެ."
ރަވާތިބު ސުންނަތް ނަމާދުގެ ރަކުޢަތްތަކުގެ ޢަދަދަކީ ބާރަ ރަކުޢަތެވެ. މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. "عن صلاة رسول الله صلى الله عليه وسلم عن تطوعه فقالت كان يصلي في بيتي قبل الظهر أربعا ثم يخرج فيصلي بالناس ثم يدخل فيصلي ركعتين وكان يصلي بالناس المغرب ثم يدخل فيصلي ركعتين ويصلي بالناس العشاء ويدخل بيتي فيصلي ركعتين وكان يصلي من الليل تسع ركعات فيهن الوتر وكان يصلي ليلا طويلا قائما وليلا طويلا قاعدا وكان إذا قرأ وهو قائم ركع وسجد وهو قائم وإذا قرأ قاعدا ركع وسجد وهو قاعد وكان إذا طلع الفجر صلى ركعتين"
މާނައީ: "ރަސޫލު ﷲ صلى الله عليه وسلم ތިމަންކަމަނާ ކޮޓަރިކޮޅުގައި މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތް ކުރައްވައެވެ. ދެން ނިކުމެވަޑައިގެން މީސްތަކުންނާ އެކު މެންދުރު ނަމާދު (އިމާމުވެ) ކުރައްވައެވެ. އަދި އެކަލޭގެފާނު ކޮޓަރިކޮޅަށްވަޑައިގެން ދެރަކުޢައތް ކުރެއްވިއެވެ.
އެކަލޭގެފާނު މީސްތަކުންނާއި އެކު މަޣުރިބް ނަމާދު ކުރައްވައެވެ. އަދި ތިމަންކަމަނާގެ ކޮޓަރިކޮޅަށް ވަޑައިގެން ދެރަކުޢަތް ކުރައްވައެވެ. އެކަލޭގެފާނު މީސްތަކުންނާއެކު އިޝާ ނަމާދު (އިމާމުވެ) ކުރައްވައެވެ. އަދި ތިމަންކަމަނާގެ ކޮޓަރިކޮޅަށް ވަޑައިގެން ދެރަކުޢަތް ކުރައްވައެވެ." އަދި ފަތިސްނަމާދުގެ ސުންނަތުގެ ވާހަކަ ބަޔާންކުރައްވައި، ޢާއިޝްތުގެފާނު އަރިހުން ރިވާ ވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. "لم يكن النبي صلى الله عليه وسلم على شيء من النوافل أشد منه تعاهدا على ركعتي الفجر " (رواه البخاري ومسلم) މާނައީ: "ސުންނަތް ކަންތައްތަކުގެ ތެރެއިން ރަސޫލު ﷲ صلى الله عليه وسلم ފަތިސްނަމާދުގެ ދެރަކުޢަތަށް ވުރެ، ރައްކާތެރިވެ ވަޑައިގެންނެވި ކަމެއް ނުވެއެވެ."
އަދި ގަދަވެގެންވާ މިސުންނަތް ނަމާދުތައް ކުރާ މީހާއަށް ހުރި ދަރުމައިގެ ވާހަކަ ބަޔާން ކުރައްވައި أم المؤمنين أم حبيبة رضي الله عنها ރިވާ ކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރައްވާ އަޑު ތިމަންކަމަނާ އެއްސެވީމެވެ.
"ما من عبد مسلم يصلي لله تعالى في كل يوم ثنتي عشرة ركعة تطوعا غير فريضة إلا بنى الله تعالى له بيتا في الجنة " (رواه مسلم) މާނައީ: "މުސްލިމުންގެ ތެރެއިން މީހަކު ފަރުޟްނަމާދުތަކުގެ އިތުރުން ދުވާލަކު ސުންނަތް ނަމާދުގެ ބާރަ ރަކުޢަތް ﷲ އަށް ޓަކައި ކޮށްފި ނަމަ، މާތްﷲ އޭނާއަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާ ކުރައްވާ ހުއްޓެވެ."
ނަމަވެސް މީގެ ފުރިހަމަ މާތްކަން ޙާޞިލު ވާނީ ދާއިމީކޮށް ފަރުވާތެރި ކަމާއެކު ކުރާ މީހުންނަށް ކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ. މިއަދު މީސްތަކުން އެމީހުންގެ ހުރިހާ ވަގުތުތަކެއް ހޭދަކުރަމުންދަނީ ދުނިޔަވީ ޙަޔާތުގެ ކަންތައްތަކުގައެވެ. އެހެންކަމުން މާއްދިއްޔަތުގެ ތެރެއަށް ގެއްލިފައިވާ މިފަދަ ޒަމާނެއްގައި ޝައިޠާނީ ދަންތުރަތަކުން ސަލާމަތްވެ، ޞާލިޙު ދިރިއުޅުމެއް އުޅުމަކީ ބާއްޖަވެރިކަމަށް ވާޞިލުކޮށްދޭނެ ކަމެކެވެ.
އަޅުގަނޑުމެންގެ އާޚިރަތް ބާއްޖަވެރި ކުރުމަށްޓަކައި މިފަދަ ސުންނަތް ޢަމަލުތަކަށް ފަރުވާތެރިވުމުގެ ބޭނުންތެރިކަން ވަނީ ބޮޑުވެފައެވެ. ސުވަރުގެއަށް ދިއުމުގެ މަގަކީ ތަކުލީފުތަކާއި އުނދަގޫތަކުން ފުރިފައިވާ މަގެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. " حفت الجنة بالمكاره وحفت النار بالشهوات" (رواه مسلم) މާނައީ: "ސުވަރުގެ ވަށާލެވިފައިވަނީ ކުރުމަށް ހިތް ނޭދޭ ކަންތައްތަކުންނެވެ. އަދި ނަރަކަ ވަށާލެވިފައިވަނީ ޝަޙުވަތްތަކުންނެވެ."
ލިޔުނީ: އަޙްމަދު ސަލީމް ޙުސައިން

0 comments:
Post a Comment