ކޮންމެ ޤައުމެއްގައިވެސް އެބަޔަކަށް އިޙްތިރާމުކުރެވޭ
ބައެއްވެއެވެ. ކޮންމެ އޮފީހެއްގައިވެސް އެފަރާތަކަށް އިޙްތިރާމް ކުރެވޭ
ފަރާތެއްވެއެވެ. ކޮންމެ ޢާއިލާއެއްގައިވެސް އެފަރާތަކަށް އިޙްތިރާމް ކުރެވޭ
ފަރާތެއްވެއެވެ.
ޝައްކެއްނެތް ގޮތުގައި ޢާއިލާއެއްގައި އެންމެ އިޙްތިރާމް
ކުރެވެން ޖެހޭނެ ފަރާތަކީ އެޢާއިލާއެއްގެ މައިންބަފައިން ނުވަތަ މަންމަ
އާއި ބައްޕައަށެވެ.މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި އެމީހުނަށް ހެޔޮ
ބަސް ބުނުމަކީ ދުނިޔެ ދުށް ތަހުޒީބު ކޮންމެ މުޖުތަމައެއްގައިމެ،
ކުރިއަރާފައިވާ ކޮންމެ ވެއްޓެއްގައިމެ ވަރަށް ވެސް ބޮޑު
އަހައްމިއްޔަތުކަމެއް އެކަމަކަށްޓަކައި ދެވިފައިވާ ކަމެކެވެ. މިގޮތުން
އަހުރުމެންގެ މާތް ވެގެންވާ އިސްލާމްދީނުގައި ވަނީ މިކަމަށް ވަރަށްބޮޑު
އަހަންމިއްޔަތުކަމެއް ދެއްވާފައެވެ.
އަޅުގަނޑުމެންގެ މައްޗަށް ބާވާލެއްވުނު ކީރިތި ޤުރުއާނުގައި
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އެތައް ތަނެއްގައި އަންގަވާ
ފައިވެއެވެ. މިގޮތުން ފަސް ތަނެއް ގައި މައިން ބަފައިންނަށް ހެޔޮކޮށް
ހިތުމަށް އަމުރުކުރައްވާފައިވެއެވެ.
އެގޮތުން ﷲ ތަޢާލާ
ވަޙީކުރައްވާފައިވެއެވެ. وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ
إِحْسَانًا حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا وَحَمْلُهُ
وَفِصَالُهُ ثَلَاثُونَ شَهْرًا މާނައީ : "އަދި އިންސާނާ އޭނާގެ
މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަން ﷲ ވަޞިއްޔަތްކުރެއްވީމެވެ.
އޭނާގެ މައިމީހާ އުނދަގުލާއި ތުރާލާއެކު އޭނާ މާބަނޑުގައި އުފުލިއެވެ.
އަދި
އުނދަގުލާއިތުރާލާ އެކުގައި އޭނާ ވިހެއެވެ. އަދި އޭނާއާއިގެން
މާބަނޑުވުމާއި ، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސް ދުވަހެވެ."
ހެޔޮކޮށް ހިތުމުގެ މާނައިގެ ތެރޭ ގައި، ހެޔޮބަސް ބުނުމާއި، އިހްތިރާމް
ކުރުމާއި، ލޯތް ބާއި ކުލުނާއި، މަޑުމަޑުމޮޅިކަމާއި އޯގާތެރި ކަމާ އެކު
މުޢާމަލާތް ކުރުމާއި، ޒުވާބު ނުކުރުމާއި، ހަރުކަށި ކަމާ ގަދަ ފަދަކަން
ނުދެއްކުމާއި، ފައިސާ އިން ހޭދަ ކުރުމާއި، އުފާވާނޭހައި ކަންތައް ކުރުން
ހިމެނިގެން ވެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމްގެ ޙަދީޘްތަކަށް ބަލައިލިނަމަވެސް
އެތައް ޙަދީޘްތަކެއް މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަމުރު ކުރައްވާ
އައިސްފައިވެއެވެ.ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމަޢުއަށް ނަޒަރު
ހިންގާލާ އިރު އަޅުގަނޑުމެންނަށް މިފެންނަނީ މައިންބަފައިންނަށް
އިޙްތިރާމްނުކުރާ މަންޒަރެވެ. އެބައިމީހުންނަށް ދޭންޖެހޭ ލޯތްބާއި ކުލުނާ
އަޅާލުން ނުދޭ ތަނެވެ. މައިންނަކީ ގޭގައި ގެންގުޅޭ މަސައްކަތު މީހުނަށް
ވަނީ ވެފައެވެ. އަޅުގަނޑުގެ ވަރަށްގާތް އެކުވެރިއެއް ކިޔައިދެއްވި
ވާހަކައެއް މިތާގައި ޒިކުރުކޮށްލުން މުހިންމުކަމުގައި ދެކެމެވެ.
އޭނާ އަކީ
ގެއެއްގައި މަސައްކަތް ކުރުމަށް ގެންގުޅުނު މީހެކެވެ. އެއްއަހަރެއް ގެ
ރޯދަމަހެއް ގައި އެއްރޭ އޭނާ ހާރުކާން ހޭލިއިރުގައި އެގޭގައި އުޅޭ
ކުދިންގެ މަންމަ ސިންކުކައިރީގައި ތަށިދޮވެލަ ދޮވެލާ ހުއްޓެވެ. ތިމަން
ހާރުކައިނިންމައިގެން ބެލި އިރުވެސް އެމަންމަ ތަށިތައް ދޮވުމުގައި
މަޝްޣޫލުވެގެން ހުއްޓެވެ. އޭނާގެ ބޮޑުވެފައި ތިބި އަންހެން ދަރިންނާއި
ފިރިހެންދަރިން ތިއްބެވެ. އެމީހުން ތިބީ އަރާމުކޮށް ނިދާފައެވެ.
މި މަންމަ
އެޙާލުގައި ތަށިތައް ދޮންނަމުންގޮސް ހުއްޓާލީ އެސިންކު ފުރިގެން ގޮސް
ފެންތައް ފައިބާން ފެށުމުންނެވެ. އެ ތަށިތައް ދޮންނަތާ އޭރު 45 ވަރަކަށް
މިނިޓުވެދާނެ އެވެ.ހެނދުނު އޭނާގެ އަންހެން ދަރިންތައް ތެދުވެ
ބަދިގެތެރޭގައި މަންމައަށް ގޯސްކޮށް ކަމެއްކުރެވިގެން އެކަމާ އެ
މަންމައަށް ވަރަށް ހަޑި ހުތުރު ބަހުން އެއްޗެހި ގޮވާ ހެދި އެވެ.
މިއީ މައިންބަފައިންނާއި މެދުގައި ގިނަމީހުންް ކަންތައް ކުރާގޮތެވެ.
ޙަޤީގަތުގައި އަރާާމުގައި ނިދާން އޮންނަންވީ މަންމަ ނޫންތޯއެވެ. ނަމަވެސް
އެމަންމަ އެތައް މަސައްކަތުން ދަރިން ބަލާ ބޮޑުކޮށް ހަދާ އެކުދިން މީހުނާއި
އިންނަންދެން އެންމެހާ ޒިންމާއެއް ނަގައި ބެލެހެއްޓާ ހެދުމުން ، މީހުނާއި
އިނުމަށް ފަހުގައިވެސް އެމީހުނަށް ޚިދުމަތްކުރަން ސައުވީސް ގަޑިއިރު
ނޯކަރެއްހެން އުޅެން ޖެހެނީ ހަމަ އެމަންމައަށެވެ.
މައިމީހާ އަކީ ގޭގައި ގެންގުޅޭ ނޯކަރެއްތޯއެވެ؟ ނުވަތަ ޢާއިލާގެ އެންމެ
ޤަދަރުވެރި އެންމެ ޝަރަފުވެރި މީހާ ތޯއެވެ؟ ތިބާ ގެ ޢާއިލާ ގައި މައިމީހާގެ
ދަރަޖަ އަކީ ކޮބައި ތޯއެވެ.؟ ތިބާގެ މައިމީހާއާއި މެދުގައި ތިބާ ދެކެނީ
ކިހިނަކުން ހެއްޔެވެ؟ މިއީ ތިބާގެ އަމިއްލަ ނަފްސާ ކޮށްލަން ރަނގަޅު
ސުވާލެކެވެ.
ދަންނާށެވެ! ތިބާގެ މައިމީހާއަށް ހެޔޮކޮށް ނުހިތާނަމަ އެކަމުގެ ބަދަލު ﷲ
ތިބާއަށް ދުނިޔެ މަތީގައި ދައްކަވާނެއެވެ. ރަސޫލާ ގެ ޙަދީޡް ފުޅެއް ގައި
ވެއެވެ.ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ އަރިހަށް މީހަކުއައިސް
ސުވާލުކުރިއެވެ. ތިމަންނާ އެންމެ ހެޔޮކޮށް ހިތުމަށް އެންމެ އައުލާވެގެން
ވަނީ ކާކަށް ތޯއެެވެ. ޙަދީޘްކުރެއެއްވިއެވެ. ތިބާގެ މަންމައަށެވެ. އެމީހާ
ދެންނެވިއެވެ. ދެންކާކަށްތޯއެވެ. ޙަދީޘްކުރެއްވިއެވެ. ތިބާގެ މަންމައަށެވެ.
އެމީހާ ދެންނެވިއެވެ. ދެންކާކަށްތޯއެވެ. ޙަދީޘްކުރެއްވިއެވެ.
ތިބާގެމަންމައަށެވެ. އެމީހާ ދެންނެވިއެވެ. ދެންކާކަށްތޯއެވެ.
ޙަދީޘްކުރެއްވިއެވެ ތިބާގެބައްޕައަށެވެ.
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް މައިންބަފައިންނަށް ނުބައިކޮށް
ހިތުމަކީ"އަލްކަބާއިރް" ނުވަތަ ބޮޑެތިފާފައިގެ ތެރޭގައި ހިމެނޭ
ކަމެއްކަމުގައި ބަޔާންކުރައްވާފައިވެެއެވެ. ޙަދީޡް ފުޅެއްގައި ވެއެވެ. ألا
أنبئكم بأكبر الكبائر ؟ - ثلاثا - قلنا : بلى يا رسول الله ، قال : الإشراك
بالله ، وعقوق الوالدين وكان متكئا فجلس ، وقال : ألا وقول الزور ، وشهادة
الزور
މާނައީ : ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ބޮޑެތިފާފަތައް
ބުނެދެމުހެއްޔެވެ؟؟ އެބޭކަލުން ދެންނެވިއެވެ. އާދޭހެވެ. އެކަލޭގެފާނު
ޙަދީޘްކުރެއްވިއެވެ. ﷲއަށް ޝިރުކު ކުރުމެވެ. އަދި މައިންބަފައިންނަށް
ނުބައިކޮށް ހިތުމެވެ. އަދި ލެނގިވަޑައިގެން އިންތަނުން
ތެދުވެވަޑައިގެންފައި ޙަދީޘްކުރެއްވިއެވެ. ދަންނާށެވެ! އަދި ދޮގުބަސް
ބުނުމާއި ދޮގުހެކި ދިނުމެވެ.
މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި
މައިންބަފައިންނަށް ނުކިޔަމަން ތެރިވުމާއި އެެބައިމީހުންނަށް ކުރަންޖެހޭ
އިޙްތިރާމު ނުކުރުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ދަރިން ބޮޑުވާ
ވަރަކަށް މައިން ކުރަން ޖެހޭމަސައްކަތް ތަށް ހައްތަހާވަނީ ގިނައެވެ. ދަރިން
އަރާމުގައި ކޮޓަރީގައި ނިދާއިރު މައިމީހާ ބުރަކަށި ޖައްސާލާނެ ތަނެއްވެސް
ވަގުތެއްވެސް އެމަންމަ އަކަށް ނުވެއެވެ.
ލޮބުވެތި އަޚުން އަދި އުޚުތުންނޭވެ! ވިސްނާލައްވާށެވެ. ތިބާ އަށް މަންމަ
އަށްޓަކައި ތިބާ ކަންތައް ކުރާ ގޮތަކީ ކޮބައި ތޯއެވެ.؟ މަންމަގެ ހައްގު
ގައި ކުރެވުނީ ކޮންކަމެއް ތޯއެވެ.؟ އަތުން ހޭދަކުރެވުނީ ކިތައް
ރުފިޔާތޯއެވެ؟ މަންމަ އަށް ހެޔޮހިތުން އެއްޗެކޭ ބުނެލީ ކިތައްފަހަރުތޯއެވެ؟
މަންމަގެ ކުރިމަތީގައި ހިނިތުންވެލީ ކިތައްފަހަރު ތޯއެވެ.؟
ދުނިޔޭގެ
ވަގުތުކޮޅަކީ ކުޑަ ވަގުތުކޮޅެކެވެ. ވީމާ ހެޔޮޢަމަލުތައް ގިނަކުރެވޭތޯ
ބަލާށެވެ. އެންމެ ގިނަ ޘަވާބާއިދަރުމަ ލިބޭ އެއްޢަމަލަކީ
މައިންބަފައިންނަށް ހެޔޮކޮށް ހިތާ އިޙްސާންތެރިވުމެވެ.
0 comments:
Post a Comment