ޖިންނީންނަކީ ކޮބާ؟
މާތް
ﷲ ކީރިތި ޤުރުއާނުގައި ޖިންނީންގެ ވާހަކަ ބަޔާންކުރައްވާފައިވެ އެވެ.
ކީރިތި ޤުރުއާނުގައި ޖިންނީންނަށް ޚާއްޞަކުރައްވާފައިވާ ސޫރަތެއްވެ އެވެ.
އެއީ "ސޫރަތުލް ޖިންނި" އެވެ. ޖިންނީންނަކީ ބުއްދީގެ ބާރު ދެއްވާފައިވާ
މަޚުލޫޤުންތަކެކެވެ.
ކީރިތި ޤުރުއާނުގައި ސިފަކުރައްވާފައިވާ
ގޮތުގައި، ޖިންނީންނަކީ މާރިޖު އަލިފާނުން ހައްދަވާފައިވާ ބަޔެކެވެ. މާރިޖު
އަލިފާނަކީ، ނޫކުލައިގެ އަލިފާން ހުޅުގަނޑެވެ. އެ ބާވަތުގެ ހުޅުގަނޑު
ފެންނަނީ ގަދަޔަށް އަނދާ އަލިފާނުންނެވެ.
ޖިންނީންވަނީ، އަލިފާނުގެ ސޫރައިން އަތީރުގެ ސޫރަޔަށް ބަދަލުވެފަ އެވެ.
އެހެންވީމާ ޖިންނީންނަކީ ވައިފަދަ މަޚުލޫޤުންތަކެކެވެ. ނަމަވެސް
ވަޔަށްވުރެ ޖިންނީންގެ ހަށިގަނޑުގެ ޑެންސިޓީ ތަންކޮޅެއް މަތިވާނެ އެވެ.
މިމޭރުމުން ސިފަކުރާއިރު، ޖިންނީންގެ މިސާލަކީ އިންސާނުންގެ މިސާލެވެ.
އެހެނީ އިންސާނުން ޚަލްޤުކުރެއްވީ މަށީންނެވެ. އެއަށްފަހު އިންސާނާވަނީ،
ކަށްޓާއި މަހާއި ލެޔަށް ބަދަލުވެފަ އެވެ.
ނަސްލު ދެމެހެއްޓުމާއި
ސިފަ ބަދަލުކުރުމުގެ ޤާބިލުކަން ޖިންނީންނަށް ދެއްވާފައިވެ އެވެ.
އެބައިމީހުން ބެހިފައިވަނީ ޤަބީލާތަކަކަށެވެ. ޢަރަބި ބަހުގައި (الجن) މި
ލަފުޒުގެ މާނައަކީ، ނިވާވުމެވެ. ނުވަތަ ނިވާވެފައިވާ އެއްޗެވެ.
ޖިންނީންގެ ދީން
ޖިންނީންނަކީ
އިންސާނުން ފަދައިން ތަކުލީފުލިބިގެންވާ ބަޔެކެވެ. ޖިންނީންގެ ތެރޭގައި
މުސްލިމުންނާއި ނަޞާރާއިންނާއި ޔަހޫދީން ވެ އެވެ. އަދި ތަރިތަކަށް އަޅުކަންކޮށް، ޝައިޠާނާއާ ތަބާވާ ޖިންނިތައް ވެސް ވެ އެވެ.
ޖިންނީންގެ ކާނާ
އެކި
ބާވަތުގެ ޖިންނި ކައިބޮއި އުޅެނީ އެކި ބާވަތުގެ ކާނާ އެވެ. ޝައިޠާނުންނާއި
ކާފިރު ޖިންނިތައް ކައިބޮއި އުޅޭތަކެތީގެ ތެރޭގައި، ޖަނަވާރުގެ ނަޖިހާއި
ލެޔާއި ނުބައިވަސްދުވާ ތަކެތިން އަރާ އާވި ހިމެނެ އެވެ. މުސްލިމު
ޖިންނިތައް ކައިބޮއިއުޅޭ ތަކެތީގެ ތެރޭގައި މީރުވަސްދުވާ ތަކެތިން އަރާ
އާވި ހިމެނެ އެވެ.
ޖިންނީންގެ ވައްތަރުތައް
ޖިންނީންގެ
ތެރޭގައި ޢާމިރު ޖިންނި އާއި، ޤަރީނު ޖިންނި އާއި، މާރިދު ޖިންނި އާއި،
ޢިފުރީތު ޖިންނި އާއި، މިނޫން ޖިންނިތައް ހިމެނެ އެވެ.
ޢާމިރު ޖިންނި
މިއީ
ބިނާތަކުގައި ދިރިއުޅޭ ޖިންނި އެވެ. މިވައްތަރު ޖިންނިތައް މީހުން
ދިރިއުޅޭ ގެދޮރާއި ފާޚާނާތަކުގައި ދިރިއުޅެ އެވެ. އަޅުގަނޑުމެންނާއެކު
ގެދޮރުގައި ގިނައިން ދިރިއުޅެނީ މުސްލިމު ޖިންނި އެވެ. މަދުމަދުން މުސްލިމު
ނޫން ޖިންނި ވެސް ދިރިއުޅެ އެވެ. ވަރަށް ނާދިރު ޙާލަތެއް މެނުވީ
މިބާވަތުގެ ޖިންނިއެއް އިންސާނަކަށް ގެއްލުމެއް ނުދޭނެ އެވެ.
ފާޚާނާތަކުގައި
ދިރިއުޅެނީ މުޅިންވެސް ޝައިޠާނީ ޖިންނި އެވެ. މިހެންވެ، ފާޚާނާތަކަށް
ވަނުމުގެ ކުރިން ނުބައިތަކެތިން ސަލާމަތްކޮށްދެއްވުން އެދި ދުޢާކުރަން
ޖެހެއެވެ.
ޤަރީނު ޖިންނި
ކޮންމެ
އިންސާނަކު އުފަންވާ ހިނދުން ފެށިގެން އޭނާ މަރުވެއްޖައުމަށްދާންދެން
އޭނާއާ އެކުގައި އުޅޭ ޝައިޠާނެއް ވެ އެވެ. އެއީ ޤަރީނު ޖިންނި އެވެ. އެ
ޖިންނި އަބަދުވެސް އިންސާނާއަށް ވަސްވާސްދެމުން ގެންދާނީ
ނުބައިކަންތައްތައް ކުރުމަށެވެ. ކޮންމެ މީހަކާއެކު ޤަރީނު ޖިންނިއެއް
ވާފަދައިން، ޤަރީނު މަލާއިކަތަކު ވެސް ވެ އެވެ. އެމަލާއިކަތާ އަބަދުވެސް
އިންސާނާއަށް ބާރުއަޅުއްވާނީ ހެޔޮކަންތައްތައް ކުރުމަށެވެ.
މާރިދު ޖިންނި
މާރިދު ޖިންނިއަކީ އިސްކޮޅުން ދިގު، ހަށިގަނޑު ބިޔަ، ޖިންނީންގެ ވައްތަރެކެވެ. ނަމަވެސް އެއީ އެންމެ ވަރުގަދަ ޖިންނީންނެއް ނޫނެވެ.
ޢިފުރީތު ޖިންނި
ޢިފުރީތު
ޖިންނިއަކީ، ޖިންނީންގެ އެންމެ ބާރުގަދަ ވައްތަރެވެ. ބާރުގަދަކަން
ބިނާވެފައިވަނީ ހަށިގަނޑުގެ ބިޔަކަމުގެ މައްޗަކަށް ނޫނެވެ. މާސިންގާ ބިޔަ
މާރިދެއް މަރާލުމުގެ ބާރު، ކުޑަކުޑަ ޢިފުރީތަކަށް ލިބިގެންވެ އެވެ.
ދިރިއުޅޭ
ތަނަށް ބަލައިގެން ވެސް ޖިންނީންގެ ވައްތަރުތައް ތަޞްނީފުކުރެވިފައިވެ
އެވެ. ވައިގެ ތެރޭގައި އުދުހޭ ޖިންނި އާއި ކަނޑުތަކުގައި ފީނާ ޖިންނި އާއި
ފަރުބަދަތަކުގައި ދިރިއުޅޭ ޖިންނިއާއި ޕްލެނެޓްތަކުގައި ވަޒަންވެރިވެގެން އުޅޭ ޖިންނި އާއި މިނޫން ވައްތަރުތަކުގެ ޖިންނިތައް ވެ އެވެ.
އުދުހޭ ޖިންނި
އިންސާނުންނާ
އެންމެ ބޮޑަށް އަވަލާ ޖިންނިއަކީ، އުދުހޭ ޖިންނި އެވެ. މީހަކާ
އަވަލާފައިވާ އުދުހޭ ޖިންނިއެއްގެ ކިބައިން އެމީހަކު ސަލާމަތްކުރުމަކީ
ފަސޭހަކަމެއް ނޫނެވެ.ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
މަޞްދަރު: މިއީ
"އިބްނު މިޞްރު" ފަދަ ވަރަށް ގިނަ އިސްލާމީ ފޯރަމްތަކުން ފެންނަ
ލިޔުމެކެވެ. މި ލިޔުމުގެ އަޞްލު ލިޔުނު ލިޔުންތެރިޔަކު އެނގޭކަށް ނެތެވެ. |
0 comments:
Post a Comment