އިނގިރޭސި ވިލާތުގެ ކްރިސްޓްޗާޗް ކޮލެޖުން ރާއްޖެއަށް ކޮންމެ އަހަރަކު ސްކޮލާޝިޕެއް ދޭން ހަމަޖައްސާފައިވާތީ އަދާލަތު ޕާޓީން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކްރިސްޓްޗާޗް ކޮލެޖުން ރާއްޖޭއަށް ސްކޮލާޝިޕްގެ ފުރުސަތުތައް ހުޅުވައިލުމާ ގުޅިގެން އަދާލަތު އެކަމާ ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކޮލެޖަކީ ޒަމާނީ ތައުލީމުދޭ ނަސާރާ ދީނުގެ ދީނީ ކޮލެޖެއް ކަމަށާއި އެތަނުން ރާއްޖޭގެ ކުދިންނަށް ލިބޭ ސްކޯލާޝިޕްތަކާ މެދު ސަމާލުވުން މުހިންމު ކަމަށެވެ.
މެދުއިރުމަތީގެ ޢަރަބި ޤައުމުތަކާއި ސަޢޫދީ ޢަރަބިއްޔާއާއި މިސްރުގެ އަލްޖާމިޢުލް އަޒްހަރުން ދީނީ ތަޢުލީމާއި އެހެނިހެން ތަޢުލީމުތައް ޙާސިލުކޮށްގެން އަންނަމީހުންނަކީ ހައްދުފަހަނައަޅާފައިވާ ހަރުކަށި އަދި ޑިމޮކްރަސީއަށް ބިރުހުރި ޓެރެރިޒަމް ފެތުރުމަށް މަސައްކަތްކުރާ ބައެއްކަމަށް މިޤައުމުގެ ވަލިއްޔުލް އަމުރު ރައީސް ނަޝީދު (އަންނި) އަދި އޭނާގެ ކުރީގެ ޚާރިޖީވަޒީރާއި މިހާރުގެ ޚާރިޖީވަޒީރު ދުނިޔޭގެ ޞިޙްޔޫނީ އަދި ނަޞްރާނީ ބާރުތަކުގައި ރޮއި އާދޭސްކޮށް މިތަންތަނަށް ދިވެހިން ދިއުން ހުއްޓުވޭނީ ހުޅަނގުގެ ޞަލީބީ ވެރިކަން ހިންގާ ޤައުމުތަކަށް ދިވެހި މުސްލިމްދަރިން ފޮނުވަގެންކަން ތަފާތު އެތައްފަހަރެއްގެ މަތީން އެދުމުން އެކަމުގެ މަގުފަހިވާން މިއަދު ފަށައިފިއެވެ.
އިނގިރޭސި ވިލާތުގެ އޮކްސްފޯޑުގެ ކްރައިސްޓްޗާޗު ކޮލެޖް ކޮންމެ އަހަރަކު އެއްކުއްޖަކަށް ސްކޯލަޝިޕް ހަމަޖެހިއްޖެކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ހާމަކޮށްފިއެވެ. ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައިވާގޮތުން މިކަން ހަމަޖެހިގެން ދިއައީ ރައީސް ނަޝީދު 2010 ވަނަ އަހަރު ޑިސެމްބަރު މަހު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.
ކްރައިސްޓް ޗާޗުކޮލެޖަކީ ޒަމާނީ ތަޢުލީމުދޭ ނަޞާރާ ދީނުގެ ދީނީ ކޮލެޖެކެވެ. މިތަނުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ކުރިމީހުންނާ ކެބިނެޓް މިނިސްޓަރުކަން ކުރިމީހުން ތަޢުލީމުޙާސިލްކޮށްފައިވެއެވެ. މީގެ އިތުރުން ގިނަޢަދަދެއްގެ ނަޞާރާ ފާދިރީންގެ ގޮތުގައި މިއަދު ތިބިމީހުންވެސް ތަޢުލީމު ޙާސިލްކޮށްފައިވަނީ މިތަނުންނެވެ. މިޔުނިވަސިޓީގެ ދަށުން ޢީސާޢީ މަދަރުސާއެއް ކުޑަކުދިންނަށް ހިންގައެވެ. މިމަދަރުސާގެ ނަމަކީ ކްރިސްޓް ޗާޗު ކެތަޑިރަލް ސްކޫލެވެ.
" އެކޮލެޖުން ގިނަ އަދަދެއްގެ ނަސާރާ ފާދިރީންގެ ގޮތުގައި މިއަދު ތިބި މީހުން ވަނީ ތައުލީމު ހާސިލްކޮށްފައި،" އާދާލަތުން ބުނެފައިވެ އެވެ.
މި ސްކޮލާޝިޕްގެ ފުރުސަތަކީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއަށް ކުރެއްވި ޒިޔާރަތުގައި ހަމަޖެހުނު ސްކޮލާޝިޕެއް ކަމަށާއި ކޮންމެ އަހަރަކު އެ ސްކޮލާޝިޕް ދޭން ހަމަޖައްސާފައި ވަނީ ތިމާވެށީގެ ދާއިރާއިން ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކްރިސްޓްޗާޗް ކޮލެޖަކީ އޮކްސްފޯޑް ޔުނިވާސިޓީގެ ކޮލެޖެކެވެ.
0 comments:
Post a Comment