މިދިޔަ ރޯދަމަހު ވީޓީވީ އިން ދެއްކި 'އިސްލާމް ދީނާމެދު ޝަރީއަތްކުރާ ދަރުބާރުގެ' ޕްރޮގްރާމްތަކުގެ ފުރަތަމަ ބައިގައި ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވަނީ މުސްލިމް އަންހެނުން ހިލޭފިރިހެނުން ކުރިމަތީ މޫނުބުރުގާ އެޅުމަކީ އިސްލާމް ދީނާ ސީދާ ގުޅުންހުރިކަމެއް ނޫންކަމަށް ބުނެ ވަކާލާތުކޮށްފަ އެވެ.
ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާގައި މޫނު ބުރުގާ އަޅައިގެން ކިޔެވުމަކީ މަނާކަމެއް ކަމުގައި، އެ ކޮލެޖުގެ ރެކްޓަރ އިބްރާހިމް ޒަކަރިއްޔާ މޫސާ ކޮލެޖުގެ ދަރިވަރުންނަށް މިއަދު އަންގައިފިއެވެ. އެކޮލެޖުގެ ދަރިވަރުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި މޫނު ބުރުގާ އެޅުން މަނާކުރިއިރު، މަތީ ސެޓެފިކެޓެއް ހެދުމުގައި ގިނަ ދުވަސް ވެފައިވާ ދަރިވަރެއްވަނީ މިމައްސަލައިގައި އިދާރީ މޭޒުދޮށަށް ހާޒިރުކުރެވިފައެވެ. ރެކްޓަރ ވިދާޅުވެފައިވާ ގޮތުގައި މޫނު ބުރުބާ އެޅުމަކީ ރަސޫލާ (صلى الله عليه وسلم )ގެ އަނބި އަނބި ކަބަލުންނަށް ޚާއްޞަ ކަމެއްކަމަށާއި، އަދި މިގޮތަށް ކޮލެޖަށް ވަންނަން ބޭނުންވާނަމަ، ކޯޓު އަމުރެއްގެ ދަށުން ވަނުމަށް ވަނީ އަންގާފައެވެ.
އަދި މީގެއިތުރުން ވެސް ޒަކަރިއްޔާ ބުނެފައިވަނީ އިސްލާމް ދީނުގައި އަންހެނުން މޫނުބުރުގާ އެޅުމަކީ ވާޖިބު ކުރައްވާފައި އޮތް ކަމެއް ނޫންކަމަށެވެ. އެހެންކަމުން ޢިލްމުއުނގެނުމަށް ހުރަސްއެޅޭކަމުގައި ވަނީނަމަ އެކަން ސުންނަތަކަށް ވީކަމުގައި ވިޔަސް ދޫކޮށްލަންވީ ކަމުގަ އެވެ. އެހެނީ ޢިލްމުއުނގެނުން ވާޖިބު ކަމަކަށް ވާތީ ވާޖިބެއް އަދާކުރުމުގެ ގޮތުން ސުންނަތެއް ދޫކޮށްލެވިދާނެ ކަމުގައި ބުންޏެވެ.
ޒަކަރިއްޔާ ބުނެފައި ވަނީ މޫނު ބުރުގާ އާއިއެކު ލާއުޅޭ ޖިލްބާބުގެ ތެރޭގައި ހަތިޔާރު ފޮރުވައިގެން ޓެރަރިޒަމްގެ އަމަލުތައް ދުނިޔޭގެ ތަންތަނުގައި ހިންގާއުޅޭ ކަމުގަ އެވެ. މޫނު ފޮރުވައިގެން އަޅާ ހެދުމުގެ ތެރޭގައި ނިވާވެ ހުންނަނީ އަންހެނެއްކަމެއް ފިރިހެނެއްކަމެއް ބުނަންނޭނގޭ ކަމުގަ އެވެ. ދެން މިއަންނަ 2012ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އަންހެން ކުދިން ކިޔަވަން އަންނައިރު ހެދުންއަޅަންޖެހޭ މިންގަނޑުތަކެއް ފާސްކުރާނެ ކަމުގައި ވިދާޅުވި އެވެ. އަދިވެސް ޑރ. ޒަކަރިއްޔާ ވިދާޅުވިކަމުގައި ވަނީ ސަލާމަތީ މިންގަނޑުތައް ހިފެހެއްޓުމާ މަތިކުރެވިފައި ތިބޭ މީހުން އެ އޮންނަ ޤަވާއިދަކަށް އަމަލުކުރަންޖެހޭކަމަށެވެ.
"ނަމަވެސް ހިތާމައަކީ، އިސްލާމީ ތަޢުލީމް ހާޞިލް ކޮށްފައިވާ އަދި އިސްލާމީ ކަންތަކަށް އެހާ ލޯބިކުރައްވާ ރެކްޓަރ އަށް އެކޮލެޖުގައި ފުރިހަމައަށް އަޢުރަ ނިވާނުކޮށް އެތަށް ދަރިވަރެއް ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު އެމަންޒަރު މާބޮޑު މައްސަލައަކަށް ނުވެ، ހިތްހަމަ ޖެހިލައިގެން ހުންނަކަމެވެ." ދަރިވަރަކު ކިޔައިދިނެވެ.
0 comments:
Post a Comment