ދަނޑުވެރިކަން ކުރުމުގެ ނަމުގައި އެގްރިކަލްޗަރ މިނިސްޓްރީން ރާއްޖެ ގެންނަ އިޒްރޭލުގެ ދަނޑުވެރިން ހއ. ފިއްލަދޫއަށް ދިއުމަށް ހަމަޖެހިފައިވާތީ އެރަށަށް އިޒްރޭލުގެ ދަނޑުވެރިން ނާރުވަން އެރަށު ރައްޔިތުން ނިންމައިފިއެވެ.
މިކަން ރައްޔިތުން ފާސްކުރީ ރަށު ކައުންސިލުން ރައްޔިތުންނާއިއެކު ރޭ އެރަށުގައި ބޭއްވި ބައްދަލުވުމުގައެވެ.
މިއަދުނޫހަށް މައުލުމާތު ލިބިފައިވާ ގޮތުގައި ރޭ ރަށު ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރީ އިޒްރޭލުގެ ދަނޑުވެރިން ރަށަށް ނޭރުވުމަށް އެދި ރަށުގެ ގިނަބައަކު ސޮއިކޮށް އިއްޔެ ރަށު ކައުންސިލަށް ޤަރާރެއް ހުށަހެޅުމުންނެވެ.
ފިއްލަދޫން މިއަދުނޫހަށް މައުލޫމާތު ދިން ރައްޔިތަކު ބުނީ ރައްޔިތުން އެއްވުމަށް ގޮވާލުމުން އެރަށު ރައްޔިތުންގެ މާބޮޑު ތަރުޙީބެއް ކުރިން ނުދިން ނަމަވެސް ނިޞްބަތުން ބަލާއިރު ރޭ ރައްޔިތުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބުނުކަމަށެވެ.
"އެއްވި ރައްޔިތުންގެ ތެރެއިން އެންމެ ދެ މީހުން ފިޔަވައި އެންމެން ވޯޓު ދިނީ އިޒްރޭލު ރައްޔިތުން ރަށަށް ނޭރުވުމަށް. އެދެމީހުން ވަކިގޮތަކަށް ވޯޓެއް ނުދޭ. އެރިޔަސް ނޭރިޔަސް އެދެމީހުންގެ މައްސަލައެއް ނެތް. ނަމަވެސް ދެން ތިބި އެންމެން ވޯޓު ދިނީ އެމީހުން ރަށަށް ނުއެރުވުމަށް."
ފިއްލަދޫ ރައްޔިތުން ބުނާގޮތުގައި އިޒްރޭލުގެ ދަނޑުވެރިން އެރަށަށް އައިސް ކޮށްދޭނެ އެއްވެސް ކަމެއް އެރަށަކު ނެތެވެ. "އެމީހުން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އަހަރެމެންގެ ފަލަސްޠީނު އަޚުންގެ ލޭބުއިން ހުއްޓާލުން. އަހަރެމެންގެ އަޚުންގެ ލޭ ބޮމުން އަހަރެމެންނަށް ވެވޭނެ އެހީއެއް ނޯންނާނެ. ސްޓޭޓް މިނިސްޓަރ ޝާފިއާގެ ރަށެއް އޮތިއްޔާ އެރަށަކަށް ގެންދޭ. އެއަސްވުރެ ރަނގަޅުވާނީ ޝާފިއާ އިޒްރޭލަށް ބަދަލުވުންކަމަށް ފިއްލަދޫ ރައްޔިތުން ދެކެނީ." ކަމަށްވެސް ފިއްލަދޫ ރައްތިތުން ބުނެއެވެ.

0 comments:
Post a Comment