އދ. އަށް ހުށަހެޅި މައްސަލައެއްގައި ރާއްޖެ އިން ވޯޓް ދޭނެ ގޮތް ބަޔާންކޮށް އެމެރިކާ އަށް އެކަމުގެ މައުލޫމާތު ދީފައިވާ ލިއުމެއް، ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތައް ބޭޒާރުކުރަމުންދާ މަޝްހޫރު ވިކިލީކްސް އިން ފަޅާއަރުވައިލައިފި އެވެ.
ވިކިލީކްސް އިން އާއްމުކުރި އެ ލިއުމަކީ 2008 ވަނަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީން، އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާ ހަވާލާދީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓަށް ފޮނުވާފައިވާ އަވަސް މެސެޖެކެވެ.
އޮގަސްޓް 30 ވަނަ ދުވަހު ވިކިލީކްސް އިން އާއްމުކުރި އެމެސެޖްގައި ވަނީ އޭރު އދ.ގައި ވޯޓް ލުމަށް ތައްޔާރުވަމުން ދިޔަ ދެ ގަރާރަކާ މެދު ރާއްޖެ އިން އަމަލުކުރާނެ ގޮތް ފޮރިން މިނިސްޓަރު ކޮލަމްބޯގައި ހުންނެވި އެމެރިކާގެ އެމްބެސެޑަރަށް އަންގަވާފައިވާ ކަމަށެވެ.
އެގޮތުން އޭރު އދ. އަށް ހުށައަޅާފައިވާ އެއް ގަރާރު ކަމަށްވާ އުތުރު ކޮރެއާ އާއި ބަރުމާއާ ދެކޮޅަށް ފިޔަވަޅު ނޭޅުމުގެ ގަރާރާ ދެކޮޅަށް ވޯޓް ދޭނެ ކަމުގެ ޔަގީންކަން އެމެރިކާ އެމްބެސެޑަރަށް ޑރ. ޝަހީދު ދެއްވާފައިވާ ކަމަށް އެމެސެޖްގައިވެ އެވެ.
އަދި އޭރު ހުށައަޅާފައިވާ އެހެން ގަރާރެއް ކަމަށްވާ އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގަރާރާ އެއްކޮޅަށް ވޯޓް ނުދޭން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކައުންޓްރީސް ]އޯއައިސީ[ އިން ނިންމާފައި ވާތީ އެ ގަރާރަށް ވޯޓް ދިނުމަށް ބާއްވާ ޖަލްސާއަށް ރާއްޖޭގެ ވަފުދު ހާޒިރު ނުވުމަށް އަންގަވާފައިވާނެ ކަން ވެސް ޑރ. ޝަހީދު ޔަގީންކޮށްދެއްވާފައިވާ ކަމަށް އެމެސެޖްގައިވެ އެވެ.
ބެލެވޭ ގޮތުގައި އީރާނާ ދެކޮޅަށް އޭރު ފާސްކުރުމަށް އެމެރިކާ އިން މަސައްކަތް ކުރަމުން ދިޔަ ގަރާރަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ 1803 ވަނަ ގަރާރެވެ. އެއީ އީރާނާ ދެކޮޅަށް އެކައުންސިލުން 2006 ވަނަ އަހަރު ފާސްކުރި ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގަރާރު އިތުރަށް ވަރުގަދަ ކުރުމަށް އެމެރިކާ އިން ހުށައެޅި ގާރާރެވެ.

0 comments:
Post a Comment