ޢަދާލަތު ޕާޓީގެ ނޫސްބަޔާން ކުށްވެރިކޮށް ހުސެއިންރަޝީދު ބަޔާނެއްނެރެފިއެވެ. މިބަޔާނުގައި މިމަހުގެ 5 ވަނަ ދުވަހު ޢަދާލަތު ޕާޓީގެ ސައިޓުގައި ޝާއިޢު ކޮށްފައިވާ ނޫސްބަޔާނަކީ ވަރަށް ޒިއްމާދާރުކަން ކުޑަގޮތަކަށް، މީހަކު ތިމާގެ ހިތަށް އަރާހާ އެއްޗެއް ދުލުން ބޭރުކުރަމުންދާ ބީދައިން ނެރެފައިވާ ނޫސްބަޔާނެއްކަމަށް ހާމަކޮށްފައިވެއެވެ.
ތިރީގައި އެވަނީ ހުސެއިންރަޝީދުގެ ބަޔާނެވެ. Saturday,September10,2011
ލިޔުއްވީ:ފަޟީލަތުއްޝައިޚްޙުސައިންރަޝީދުއަޙްމަދު
ވ.މިއަރެސްމާލެ،
ދިވެހިރާއްޖެ
މިހިނގަމުންދާ މަހުގެ 5 ވަނަ ދުވަހު ޢަދާލަތު ޕާޓީން، އެޕާޓީގެ ސައިޓުގައި ލިޔެ ޝާއިޢު ކޮށްފައިވާ، 12/2011/ޕީއާރު/އޭޕީ މިނަންބަރު ނޫސްބަޔާނަކީ ވަރަށް ޒިއްމާދާރުކަން ކުޑަގޮތަކަށް، މީހަކު ތިމާގެ ހިތަށް އަރާހާ އެއްޗެއް ދުލުން ބޭރުކުރަމުންދާ ބީދައިން ނެރެފައިވާ ނޫސްބަޔާނެކެވެ. ކަމުގެ ޙަޤީޤަތް ހޯއްދަވަން މަސައްކަތް ކުރުއްވުމަކާ ނުލައެވެ. އެނޫސްބަޔާނުގެ ފަހު ޕެރެގްރާފު ކިޔާލުމުން މިނޫސްބަޔާން ލިޔުނު ބައެއްގެ ފެންވަރު ނެތްކަމާއި މުއައްސަސާތަކާއި އިދާރާތަކުގެ އިދާރީ އޮނިގަނޑަކީ ވަކި ގޮތަކަށް ހަމަޖެހިގެން ހިނގަމުންދާ ކަމެއްކަން އޮޅުންފިލައިވަޑައިގެން ނުވާކަން ހާމަވެގެން ދިޔައެވެ.
މިނިސްޓްރީ އޮފް ހޯމްއެފެއާޒްއިން، އިސްލާމިކް މިނިސްޓްރީއަށް ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑު ބަދަލު ކުރެއްވުމަށްފަހު މިނިސްޓްރީގެ އިސްވެރިންނާ ގުޅިގެން އަޅުގަނޑު ގެނައި އެންމެ ބޮޑު ބަދަލަކީ މީގެ ކުރިން މިނިސްޓްރީގެ ބައެއް އިސްވެރިން ހިންގަމުންދިޔަ ޚުދްމުޚްތާރު އުޞޫލު ބަދަލުކޮށް ސީދާ މިނިސްޓަރުގެ ލަފާފުޅުގެ މަތިން ނޫނީ ރައްޔިތުންނާ ގުޅޭ އެއްވެސް ކަމެއް ނުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެހެންކަމުން މިނިސްޓްރީގެ އެންމެހައި ކަންތައްތައް ކަމާބެހޭ ކޮމިޓީތަކުގެ މަޝްވަރާއާއި ލައިގެން ނޫނީ ނުހިންގޭނެ އިންތިޒާމު ރޭވުނެވެ. މޫނަށް ބަލައިގެން ޚުޠުބާ ކިޔާމީހުންނަށް ހުއްދަ ދޫކުރެވޭ އުޞޫލު ނަތްތާލެވުނެވެ. ސަރުކާރުގެ ޤަވާޢިދުތަކާއި އުޞޫލުތަކާ ފުށުއަރާ ގޮތަށް ކޮރަޕްޝަނަށް މަގުފަހިވެދާގޮތަށް ހިނގަމުންދިޔަ މަސައްކަތްތައް އިޞްލާޙުކޮށް، ޤަވާޢިދަށް ފެއްތުނެވެ. އަދިވެސް މިނޫނަސް ވަރަށް ގިނަ ބަދަލުތައް މިނިސްޓްރީގެ އިޖްތިމާޢީ ވެއްޓަށް ގެނެވުނެވެ. މިވާހަކައަކީ އަޅުގަނޑު މިސައިޓުގައި ދައްކަން ނުޖެހޭ ވާހަކައެއްކަން އެނގިހުރި ޙާލު، މިވާހަކަ މިނިސްޓްރީގެ ނަންގަނެ ބުނެލަނީ ސީދާ މިނިސްޓްރީ މިކަހަލަ ކަމެއްގެ ތެރެއަށް ވެއްދުމަށް ބޭނުންނުވާތީއެވެ.
މިދޭތެރޭގައި އައްޑޫ ސިޓީގެ ބައެއް މިސްކިތްތަކުގައި ހިނގި ޙާދިސާއަކާ ހުރެ، އެސިޓީގެ ކައުސިލުން އައި ސިޓީއަކަށް އިސްލާމިކް މިނިސްޓްރީގެ ކަމާބެހޭ ސެކްޝަނުން ދީފައިވާ ޖަވާބެއް ދީފައިވަނީ ސީދާ މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ދެއްވި ލަފާފުޅާ އެއްގޮތަށެވެ. މިނިސްޓަރު އެލަފާފުޅު ދެއްވި އިރު އަޅުގަނޑަކީ އެކަމާމެދު މިނިސްޓަރުގެ ލަފާފުޅަކަށް އެދި އަރިހަށް ދިޔަ ދެމީހުންގެ ތެރެއިން އެކަކީމެވެ. އެހެންކަމުން މިނިސްޓްރީން އައްޑޫސިޓީ ކައުންސިލުގައި ދެންނެވި ދެންނެވުމަކީ މިނިސްޓަރަށް އެނގިވަޑައިގެން މިނިސްޓްރީން ނަގާފައިވާ މައުޤިފެކެވެ. އެހެންކަމުން ނަމާދުގައި ބިސްމި ކިއުމާ ބެހޭގޮތުން ޑރ. މަޖީދު ޢަދާލަތު ޕާޓީގެ ބޭފުޅުންނާ އެހެންގޮތަކަށް ވާހަކަފުޅު ދައްކަވާފާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ.
ކޮންމެއަކަސް މަތީގައި ހާމަވެދިޔަ ނޫސްބަޔާނުން މިދެންނެވި ޚުދްމުޚްތާރު މާހައުލުގެ ވަކި ޢަދާލަތު ޕާޓީގެ ތެރޭގައި ވަރަށް ގަދައަށް ހިފާލާފައި އޮތްކަން އެބަ ފާޅުވެގެން ދެއެވެ. ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އަޅުގަނޑުގެ ގާތު ވިދާޅުވަނީ މިގޮތަށް ނޫސްބަޔާން ނުނެރުމަށް އޭނާ އަންގަވާފައި އޮތްކަމަށެވެ. އަދި މިނޫސްބަޔާނާ ބެހޭ އެއްވެސް މަޢުލޫމާތެއް ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސަކަށް އެނގިވަޑައިގެންފައި އޮތްކަމަކަށް ނުވެއެވެ. އަދި މިކަމަކީ ދީނީ ކަމަކަށް ވެފައި، ދީނީ ކަންކަމަކާ ބެހޭގޮތުން ބަޔާނެއް ނެރެންޏާ ނެރެންޖެހޭނޭ ކަމަށް ޕާޓީގެ ދުސްތޫރު ބުނަނީ ޢިލްމުވެރިންގެ މަޖިލީހުންނެވެ. އެމަޖިލީހުން ކަމެއް ނިންމޭނީ އެމަޖްލިސް ބާއްވައިގެން، މަޖިލީހުގެ އަޣުލަބިއްޔަތު ތަންދޭ އުޞޫލަކުންނެވެ. އެނޫން ކަމަމާމެދު ޕާޓީން ބަޔާނެއް ނެރޭނަމަ ނެރެންޖެހޭނީ ދުސްތޫރުގެ 23.1 ވަނަ މާއްދާގެ (ފ) ގައި އޮންނަ ފަދައިން އިދާރީ މަޖިލިސް ބާއްވައިގެންނެވެ. އަދި އިދާރީ މަޖިލީހުން އެކަމެއް ފާސްކޮށް ނިންމަންޖެހޭނެ ކަމަށް ޤަވާޢިދު ބުނަނީ ޕާޓީގެ އިސްވެރިންގެ ލަފާއާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. ޕާޓީގެ އިސްވެރިން ކަމުގައި ދުސްތޫރު ބުނަނީ އެއީ ޕާޓީގެ ހުރިހާ ގުނަވަންތަކުގެ ރައީސުންނެވެ. މިހާ ފާޅުކަންބޮޑު މަގަކުން ހިނގުމަށް ޢަދާލަތު ޕާޓީގެ ދުސްތޫރު ޕާޓީގެ ވެރިންނަށް ގޮވާލާއިރު ޕާޓީގެ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުން އެމީހުން ހިތްޕުޅަށް އަރާހާ ގޮތަކަށް ޕާޓީއާމެދު މުޢާމަލާތް ހިންގަމުންދާއިރު އަނެއްބައި ބޭފުޅުން އެއްޗެއް ވިދާޅުނުވެ، އެބޭފުޅުން އަޅުއްވަންޖެހޭ ފިޔަވަޅުވެސް ނާޅުއްވާ ތިއްބަވާ ތިއްބެވުމަކީ މިފަދަ ޕާޓީއެއް ހިންގެވުމަށް ނުކުޅެދުންތެރިކަން އަތުވެދާނެ ސަބަބަކަށް ވުމީ ވަރަށް ގާތުގައި އޮތް ބިރެކެވެ. އެއްބަޔަކު ޕާޓީ ބޭނުންކޮށްގެން އެނަމުގައި ފަތަމުންދާއިރު އަނެއްބަޔަކު އެއޮތްގެންދަނީ ފެތެމުންނެވެ. އެހެންކަމުން ފާޓީދަނީ ޕާޓީގެ މަޤްޞަދާ ވަރަށް ދުރަށް ފޭވަމުންކަމަށް އަޅުގަނޑު ދެކެމެވެ.
ޢަދާލަތު ޕާޓީގެ ބައެއް އިސްބޭފުޅުންގެ ނަޒަރުގައި ހުރިހާ އެއްޗެއް، ހުރިހާ ކަމެއް އެނގިވަޑައިގަންޖެހެނީ އެބޭފުޅުންނަށެވެ. އެބޭފުޅުންގެ ރައުޔާ ޚިލާފުވާ ބަޔަކު ނުވަތަ މީހަކު، އެބޭފުޅުންނަށް ވިސްނިވަޑައިނުގަންނަވާ ވާހަކައެއް ބުނެފިނަމަ އެމީހެއްގެ މައްޗަށް ނުވަތަ އެބައެއްގެ މައްޗަށް ފާވެގަތުމަކީ އެފަދަ ބޭފުޅުންގެ ޘަޤާފަތަކަށް ވަނީ ވެފައެވެ. މިމަންޒަރު ދެކޭ މީހުންނަށް ހީވާގޮތުގައި، މުޅި ރާއްޖޭގެ ސިޔާސަތު އެނގިވަޑައިގަންނަވަނީ ވެސް އެބޭފުޅުންނަށެވެ. ޤައުމުގެ އިޤްތިޞާދީ އޮނިގަނޑު އޮންނަންޖެހޭނީ ވެސް ހަމަ އެބޭފުޅުންގެ ސިކުނޑިފުޅުތަކަށް ފޯރާ މިންވަރަށެވެ. ޤައުމުގެ ޚާރިޖީ ސިޔާސަތު އޮންނަން ޖެހޭކަމަށް އެއިން ބައެއް ބޭފުޅުންގެ ބަހުރުވަތަކަށް ވިސްނާލުމުން އަޅުގަނޑަށް ސިފަކުރެވެނީ އެއީ، ނަފްސާނީ ބަލިކަމެއް ހުރި މީހެއްގެ ހިތަށާއި ސިކުނޑިއަށް އައިސްގޮސްވަމުންދާ ވަހުތާނެއްގެ ގޮތަށެވެ. ދީނީ ވިސްނުންތަކަށް ބަލާއިރު އެބޭފުޅުންގެ ރައުޔާ ޚިލާފުވާ ކޮންމެ މީހަކީ ބޮޑު މުޖްރިމަކަށް ބަދަލުވަނީއެވެ. ތިމާމެންގެ ރައުޔާ ޚިލާފުވާއިރަށް އެފަރާތެއް ބަދްނާމުކޮށް އެފަރާތަކާ އިދިކޮޅަށް އަރުވާޖަހައިގެން މީޑިޔާއަށް އަރަނީއެވެ. މީގެ ދުވަސްތަކެއް ކުރިން ސަލަފު ޖަމްޢިއްޔާއާއި އެޖަމްޢިއްޔާގެ ޢިލްމުވެރިންވެސް ގޯސްވާ ހިސާބަށް އެމީހުންގެ ފަތިފުށް ގުނާލެވުނެވެ. އިސްލާމިކް ފައުންޑޭޝަނަކީ ރަނގަޅު ބައެއް ނޫންކަމަށް ނިންމުނެވެ. ޝައިޚު ޢަބްދުލްޢަޒީޒު މެން ޝައިޚު ފައްޔާޒު ޢަލީއާއި ޝައިޚު ޝުޢައިބު ޢަބްދުއްރަޙްމާނުމެން ފަދަ ވަކިފަރާތަކަށް ލެނބިވަޑައިނުގެން ތިއްބެވި، ޤައުމުގައި ނަންހިގާ ބޭފުޅުންގެ އަގުވައްޓާލުމަށް ލަހެއް ފަހެއްނެތި މަސައްކަތް ކޮށްފައިވަނީ، އެބޭފުޅުން ވިދާޅުވި އެއްޗަކާމެދު ކުޑަކޮށްވެސް ވިސްނާލުމެއްވެސް ނެތިއެވެ.
މިއަދު މިފުރުޞަތުގައި ޢަދާލަތު ޕާޓީގެ މެންބަރުން ޙަވާލުކޮށްގެން، ޕާޓީގެ އެކިއެކި މަސްއޫލިއްޔަތުތައް ތިމާމެންގެ ކޮނޑުފުޅުގައި އަޅުއްވައިގެން ތިއްބެވި އިސް ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލާ ހިތްވަނީ ތިޔަބޭފުޅުންގެ އަތްޕުޅުގައި ތިޔައޮތީ ޕާޓީން އެކުލަވާލައި ފާސްކޮށްފައި އޮތް ޕާޓީގެ ޤަވާޢިދެވެ. ޕާޓީ ހިންގުމުގައި ކަންކުރާން އޮތް ދުސްތޫރަކީ އެއީއެވެ. ވީއިރު ތިމާމެން ހެދި އުޞޫލަށް ތިމާމެންގެ ޢަމަލުތައް ސީދާކޮށް ތަބާނުވެވޭހާ ހިނދަކު، އެފަދަ ބަޔަކަށް ދެން ތަބާވެވޭނެ އެއްވެސް އުޞޫލެއް ހަމައެއް ލަމައެއް ނޯންނާނެއެވެ. އެހެންކަމުން އެންމެ ފުރަތަމައިންވެސް ތަނުގެ ޤަވާޢިދު އެންމެންގެ ތެރޭގައި ތަންފީޒު ކުރެވޭތޯ ބައްލަވާށެވެ. އެއީ އިޖްތިމާއީ ކޮންމެ މުއައްސަސާއެއް ދެމިގެންދިއުމުގެ ހަރުދަނާ ފިޔަވަޅެކެވެ. ހަމަ އެއާއެކު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހަކީ ޕާޓީގެ ދުސްތޫރުން ވަރަށް ބޮޑެތި ބާރުތަކެއް ލިބިދީފައިވާ މަޖިލީހަކަށް ވީހިނދު އެޒިއްމާ ފުރިހަމަ ގޮތުގައި އުފުއްލެވުމަކީ މަޖިލީހުގެ ހުރިހާ މެންބަރުންގެ ވާޖިބެކެވެ. ޚާއްޞަކޮށް މަޖިލީހުގެ ރައީސާއި ނައިބު ރައީސް މިކަންކަމަށް ވިސްނައިވަޑައިގެން މަޖިލީސް ހިންގެވުމުގެ ފުރިހަމަ ޒިއްމާ އުފުއްލަވަން ޖެހެއެވެ. ދީނޭ ކިޔައިގެން ޕާޓީގެ ތެރެއިން ދެކެވޭ ވާހަކަތަކަށް ޢިލްމުވެރިންގެ މަޖިލީހުން ޒިންމާވާންޖެހޭނެއެވެ. އެއީ އެފަދަ ވާހަކަތައް ނިކުންނަންޖެހޭ ދޮރާއްޓަކީ އެމަޖްލިސް ކަމުގައިވާތީއެވެ. ހަމައެއާއެކު ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސަކީ މިވަގުތު ސަރުކާރުގައި އިސްލާމީ ކަންކަމާބެހޭ މިނިސްޓްރީގެ އެންމެ އިސްވެރިޔާކަމަށް ވީހިނދު އޭނާ ސަރުކާރާއި ޕާޓީއާއި ދެތަނުގައި ދައްކަވާ ވާހަކަފުޅުތަކާއި ޚިޔާލުފުޅުތައް އެއްގޮތް ކުރެއްވުމާއި އެއްބަހުރުވައެއް ގެންގުޅުއްވުން މޮޅުވާނެކަމަށް އަޅުގަނޑު ދެކޭތީ މިދަނޑިވަޅުގައި އެމަނިކުފާނަށްވެސް އެވާހަކަ ހަނދުމަކޮށް އަރުވަމެވެ. އެމަނިކުފާނުންގެ ޒިއްމާ ފުރިހަމައަށް އަދާނުކުރެއްވޭނަމަ، ނުވަތަ ބަޔަކު އެކަން ކުރުވިޔަ ނުދޭން މަސައްކަތް ކުރާނަމަ އެކަމާމެދު ޝަކުވާގެ ޝުޢޫރު ފާޅުކުރެއްވުމުގެ ބަދަލުގައި، މަޤާމުގެ ޙައިޘިއްޔަތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
ކޮންމެއަކަސް ޢަދާލަތު ޕާޓީގެ ބައެއް ބޭފުޅުންގެ ޚުދްމުޚްތާރުކަން މިހާ ހިސާބަށް ދިއުމުން ކޮންމެވެސް އެއްޗެއް ބުނެނުލާ ހަނު ހުރުމަކީ، އަޅުގަނޑުގެ ފަރާތުން ވެސް ޙައްޤު ފޮރުވުމަށް ކޮށިގެންދާނެ މަގަކަށްވެދާނެތީ ޙައްޤުގެ ނަމުގައި މިވަގުތު އެއްޗެއް ބުނެލީއެވެ. ނިންމާލަމުން އަޅުގަނޑު ޢަދާލަތު ޕާޓީގައި ވޭތުވެދިޔަ ދައުރު އިސްކޮށް އުޅެފައި ހުރި މީހެއްގެ ޙައިޘިއްޔަތުންނާއި މުސްލިމު އަޚެއްގެ ޙައިޘިއްޔަތުންނާއި ޕާޓީއަށް ހެއުއެދޭ މީހެއްގެ ޙައިޘިއްޔަތުން ދަންނަވާލާހިތްވަނީ ޢަދާލަތު ޕާޓީއަކީ އަޅުގަނޑު ވަރަށް ލޯބިވާ ޕާޓީއެއް ކަމެވެ. ޕާޓީ އުފެއްދުމުގައި ވަރަށް ގިނަ ބޭފުޅުންގެ ޤުރުބާނީތަކެއް އޮތްޙާލުވެސް، ޕާޓީ ވުޖޫދަށް ގެނައުމުގައްޔާއި ޕާޓީ ދަމަހައްޓައި ހިފެހެއްޓުމުގައި ޚުދްމުޚްތާރު އަނިޔާވެރި ސަރުކާރެއްގެ ތެރޭގައި ކުޅެންޖެހުނު ބިރުވެރި އެންމެހައި ނުރައްކާތަކަކާ އަޅުގަނޑުއައީ ވަރަށް ޙިކުމަތްތެރިކަމާއެކު ކުރިމަތިލަމުންނެވެ. މިއަދު މިބުނެވުނު އެންމެހައި ނުރައްކައުތަކެއް ގިރާކޮށް ޕާޓީއެއޮތީ ސިލްމާ ސަލާމަތްތެރިކަމުގެ އައްސޭރިއަކަށް ވާޞިލުވެފައެވެ. އެހެންކަމުން ޕާޓީ ހިންގުމުގައި ޙިކުމަތްތެރިކަމެއް ހުރި ކޮންމެ މީހަކަށް ހެއުލަފާ ބަޔަކާއެކު ޕާޓީ ރަނގަޅަށް ހިންގިދާނެ ހިންގިދާނެއެވެ.
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން ދަންނަވާލަން އޮތް ވާހަކައަކީ މިއަދު މިދިވެހި ޤައުމަށާއި ޚާއްޞަކޮށް ޢަދާލަތު ޕާޓީއަށް މިވަނީ އިޚްލާޞްތެރި ތެދުވެރި ވިސްނުންތެރި ހިންގުންތެރިންތަކަށް ބޭނުންވެފައެވެ. ބައިބައިވެފައި އޮތް މިޤައުމުގެ ކަންކަށީގައި އަތްއަޅައިގެން ޤައުމު ހެވާއި ދިމާއަށް ލަފާލަމުން، ހެއުލަފާ ޢަޤީދާއަކާއެކު އެކުވެރިކަމާއި ކުރިއެރުމާއި ތަރައްޤީއާއި ތަހްޛީބުގެ ދުނިޔެއަށް އަރަފޯދޭ ޤައުމަކަށް ދިވެހި ޤައުމު ހެދޭތޯ މަސައްކަތް ކުރުމުގެ ފުރުޞަތު މިއަދު މިއޮތީ ދީނީ ޢިލްމުވެރިންނަށް މާތް ﷲ ފަހިކޮށް ދެއްވާފައެވެ. މިއީ މިދިވެހި ތާރީޚު ދުވަހަކުވެސް ދެކެފައިނުވާ ނިޢުމަތެކެވެ. އެހެންކަމުން އަޅުގަނޑުމެން ދަންނަވާލާނީ މިޤައުމާގެން މިބުނެވިދިޔަ ކާމިޔާބުގެ މަންޒިލާ ހަމައަށް ވާޞިލު ނުވެވިއްޖެނަމަ ދެނެއް އަޅުގަނޑުމެންގެ ކައުބަފައިން އަޅުގަނޑުމެންނަށް ވާރުތަކޮށް ދެއްވާފައި މިވާ އިސްލާމީ ވަޙުދަތު އަލުން އާރާސްތު ކުރުމަށް މަސައްކަތް ކުރުމުގެ ފުރުޞަތު ހަނިވެގެން ހިނގައިދާނެ ކަން ރާއްޖޭގެ އެންމެހައި ޢިލްމުވެރިންނަށް ހަނދުމަކޮށް އަރުވަމެވެ.

0 comments:
Post a Comment