ރަސޫލާ صلى الله عليه وﺴﻠﻡ ގެ މި ބަސްފުޅަށެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.
.
"ރަނގަޅު އެކުވެރިއަކާއި ގޯސް އެކުވެރިއެއްގެ މިސާލަކީ އަތަރު ވިއްކާ މީހަކާއި ކަނބުރުވެރިއެއްގެ މިސާލެވެ.
އަތަރު ވިއްކާ މީހާޔާ އެކީ ވާނަމަ ތިބާއަށް އޭނާ އެއިން ދޭނެއެވެ. ނުވަތަ އޭނާގެ އަތުން ތިބާ ގަންނާނެއެވެ. ނުވަތަ އޭނާގެ ކިބައިން ތިބާއަށް މީރުވަސް ދުވާނެއެވެ. އެކަމަކު ކަނބުރުވެރިޔާ އާއި އެކު އުޅޭނަމަ އޭނާ ތިބާގެ ހެދުން އަންދާލާނެއެވެ، ނުވަތަ އޭނާގެ ކިބައިން ތިބާއަށް ނުބައި ވަސް ދުވާނެއެވެ."
އަލްއިމާމު އަބޫ ދާވުދުގައި ރިވާވެގެންވެއެވެ. މާތްﷲ ރުއްސުންލެއް ޢުމަރު ބުނު ޚައްޠާބުގެ އަރިހުން ރިވާކުރެއްވި ޙަދީޘް އެއްގެމާނައިގައިވެއެވެ. ރަސޫލާ ޙަދީޘް ކުރައްވަނީ" މާތްﷲގެ އަޅުތަކުންގެ ތެރެއިން ބަޔަކު ވާކަން ކަށަވަރެވެ. އެބައިމީހުންނަކީ ނަބީބޭކަލުންނެއް އަދި ޝަހީދުންނެއްވެސް ނޫނެވެ. މީސްތަކުން ދެންނެވިއެވެ.
"އޭ ﷲގެ ރަސޫލާއެވެ! އެބައިމީބހުންނަކީ ކޮންބައެއްކަން އަޅުގަނޑު މެންނަށް ބަޔާންކޮށްދެއްވާށެވެ. " ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. " އެބައިމީހުންނަކީ އެބައިމީހުންގެ މެދުގައި އެއްވެސް ކަހަލަ ތިމާގެ ކަމުގެ ގުޅުމެއް އަދި މުދަލުގެ ދަހިވެތިކަމެއް ނެތި ﷲ އަށްޓަކައި އެއްބަޔަކު އަނެއްބަޔަކަށް ރަޙްމަތްތެރިވެ، ލޯބިވެއުޅުނުމީހުންނެވެ.
ހަމަކަށަވަރުން މާތްﷲ ގަންދީ ބުނަމެވެ. އެބައިމީހުންގެ މޫނުތައް ވާހުށީ، ނޫރުން އަލިވެގެންނެވެ. އަދި އެބައިމީހުން ތިބޭހުށީ ނޫރުލެއްވިގެންވާ ތަންތަނުގައެވެ. މީސްތަކުން ބިރުގަނެ، ހިތާމަކުރާ ހިނދު، އެބައިމީހުންނަށް ބިރެއް، އަދި ހިތާމައެއްވެސް ނުވެއެވެ. އަދި މިއާޔަތް ކިޔަވާ ވިދާޅުވިއެވެ.
(ألآَ إنَّ أَوْلِيَـــاءَ اللهِ لاَ خَوْفٌ عَلَيْــــهِمْ وَلاَ هُمْ يَحْزَنُوْنَ)(يُوْنُسْ 62) މާނައީ: " ދަންނާށެވެ! ހަމަކަށަވަރުން އެއީ ﷲގެ ވަލިއްޔުންނެވެ. އެބައިމީހުންގެ މައްޗައް އެއްވެސް ބިރެއް ނެތެވެ. އަދި އެބައިމީހުން އެއްވެސް ހިތާމައެއް ނުކުރާނެއެވެ." ( އަލް އިމާމު އަބޫ ދާވުދު )
އަދި ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއެކު އެކަކު އަނެކަކަށް ރަޙްމަތްތެރިވެ އުޅުމުގެ މާތްކަން ބަޔާންކުރައްވައި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
0 comments:
Post a Comment